ad_banner
الفاتحة ސޫރަތުގެ އަކުރުތަކުގެ ފަރުމާ (3)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

24 ޖޫން 2026

(2026 ޖޫން 17ވަނަ ދުވަހުގެ އަދަދާ ގުޅޭ)

ވިސްނާ!

ފުރަތަމަ ވަޙީބަސްފުޅުގެ ފުރަތަމަ 7 އަކުރުގެ އަލިފުބާ ތަރުތީބު ވަނަތަކުގެ ޖުމްލައަކީ 92އެވެ. އެއީ  23 × 4

މި 7 އަކުރުގެ ތަރުތީބީ ވަނަތަކުގެ ޖުމްލައާއި މި އަކުރުތައް سورة الفاتحةގައި ތަކުރާރުވެފައިވާ އަދަދުގެ ޖުމްލައަކީ  152އެވެ.  އެއީ:  114 + 19 + 19 އެވެ.

ކީރިތި ޤުރްއާނުން ފުރަތަމަ ބާވައިލެއްވި ސޫރަތަކީ سورة العلقއެވެ. މި ސޫރަތުގެ އާޔަތްތަކުގެ އަދަދަކީ 19އެވެ.

سورة الفاتحةގެ ފުރަތަމަ އާޔަތަކީ ބަސްމަލާ އާޔަތެވެ. މި އާޔަތުގެ އަކުރުތަކުގެ އަދަދަކީ 19އެވެ. 

-               ކީރިތި ޤުރްއާނުން ބާވައިލެއްވި ފުރަތަމަ 7 އަކުރަކީ: (أ ق ر ب س م ك)އެވެ.

-               سورة الفاتحةގެ ފުރަތަމަ 7 އަކުރަކީ: (ب س م أ ل هـ ر)އެވެ.

 ފުރަތަމަ ސެޓުގައި ނުހިމެނޭ ދެ އަކުރެއް ދެވަނަ ސެޓުގައި ހިމެނެއެވެ. އެއީ اللَّام އާއި الهاءއެވެ.

ދެވަނަ ސެޓުގައި ނުހިމެނޭ ދެ އަކުރެއް ފުރަތަމަ ސެޓުގައި ހިމެނެއެވެ. އެއީ القافއާއި الكافއެވެ.

 މި ހަތަރު އަކުރުގެ އަލިފުބާ ތަރުތީބަށް ބަލާށެވެ!

އަކުރު

ل

هـ

ق

ك

ޖުމުލަ

އަލިފުބާ ތަރުތީބު

23

26

21

22

92

 

 

 

-               މި ހަތަރު އަކުރުގެ އަލިފުބާ ތަރުތީބުގެ ޖުމުލައަކީ 92އެވެ. އެއީ 23 × 4

 ކުރީ ތާވަލުގައި ހިމެނޭ ހަތް އަކުރުގެ އަލިފުބާ ތަރުތީބުގެ ޖުމުލައަކީ ވެސް މި އަދަދު ނޫންހެއްޔެވެ؟

 83 އަޖައިބުކަން ބޮޑު އަދަދެއް 

-               ފުރަތަމަ ބާވައިލެއްވުނު ވަޙީބަސްފުޅުގައި ހިމެނޭ ފުރަތަމަ 7 އަކުރު سورة الفاتحةގައި 60 ފަހަރު ތަކުރާރުވެފައި ވެއެވެ.

-               އަލިފުބާގެ އަކުރުތަކުގެ ތެރެއިން 21 އަކުރެއް  سورة الفاتحةގައި ވެއެވެ. މި އަކުރުތައް 143 ފަހަރު ތަކުރާރުވެފައިވެއެވެ. ބާކީ އޮތް 7 އަކުރު سورة الفاتحة ގައި 83 ފަހަރު ތަކުރާރުވެފައި ވެއެވެ.

-                83 މި އަދަދަކީ ވަރަށް އަޖައިބުވަނިވި އަދަދެކެވެ.

-                83 = 60 + 23އެވެ. 23އަކީ ވަޙީގެ އަހަރުތަކުގެ އަދަދެވެ.

މި އަދަދުގެ ބައެއް ސިއްރުތައް

-               سورة الفاتحةގައި މުޤައްޠަޢާތުގެ ހުރިހާ އަކުރުތަކެއް ހިމެނެއެވެ. އެއީ 14 އަކުރެވެ.

-               މުޤައްޠަޢާތުނޫން  އަކުރުތަކުން މި ސޫރަތުގައި 7 އަކުރެއް  ހިމެނެއެވެ. އަދި 7 އަކުރެއް ނުހިމެނެއެވެ.  

މުޤައްޠަޢާތު ނޫން އަކުރުތަކުގެ ޝަޚުޞިއްޔަތަށް ބަލާށެވެ! 

އަކުރުތައް

އަލިފުބާގެ ތަރުތީބު

ب

2

ت

3

د

8

ذ

9

ض

15

غ

19

و

27

ޖުމުލަ

83

 

 

سورة الفاتحة ގައި ވާރިދުވެފައިވާ ފުރަތަމަ 7 އަކުރަކީ: (ب س م ا ل هـ ر)  

މި 7 އަކުރު سورة الفاتحة ގައި ތަކުރާރުވެފައިވަނީ ކިތައް ފަހަރުތޯ ތިބާ ސުވާލު ކުރީންހެއްޔެވެ؟ 

 އެއީ 83 ފަހަރެވެ.

-               83 އަކީ ފުރައަދަދެކެވެ. އެއީ ފުރައަދަދުގެ ލިސްޓުގައި 23 ވަނަ އަދަދެވެ. 23 އަކީ ވެސް ފުރައަދަދެކެވެ.

-               ފުރައަދަދުގެ ލިސްޓުގައި ހިމެނޭ 83 ވަނަ އަދަދަކީ 431 އެވެ.

-               ފުރައަދަދުގެ ލިސްޓުގައި ހިމެނޭ 431 ވަނަ އަދަދަކީ 3001 އެވެ.

-               83 +31 = 114  މިއީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ އަދަދެވެ.  

ދެން 31އަށް ބަލައިލާނަމެވެ.

 سورة الفاتحةގެ އާޔަތްތަކުގެ ފުރަތަމަ ކަލިމައިގެ އަކުރުތަކުގެ އަދަދަށް ބަލައިލަމާ ހިނގާށެވެ!

بِسْمِ اللَّهِ الرَّحْمَنِ الرَّحِيْمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ (2) الرَّحْمَنِ الرَّحِيْمِ (3) مَالِكِ يَوْمِ الدِّيْنِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِيْنُ (5) اِهدِنَا الصِّرَاطَ الْمُسْتَقِيْمَ (6) صِرَاطَ الَّذِيْنَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوْبِ عَلَيْهِمْ وَلَا الضَّالِّيْنَ (7)

ކޮންމެ އާޔަތެއްގެ ފުރަތަމަ ކަލިމައިގެ އަކުރުތައް

-        ފުރަތަމަ އާޔަތުގެ ފުރަތަމަ ކަލިމައަކީ  بسم    އެވެ.އެއީ 3 އަކުރެވެ.

-        ދެވަނަ  އާޔަތުގެ ފުރަތަމަ ކަލިމައަކީ  الحمد  އެވެ. އެއީ 5 އަކުރެވެ.

-        ތިންވަނަ އާޔަތުގެ ފުރަތަމަ ކަލިމައަކީ الرحمن އެވެ. އެއީ 6  އަކުރެވެ.

-        ހަތަރުވަނަ އާޔަތުގެ ފުރަތަމަ ކަލިމައަކީ مالك އެވެ. އެއީ 4 އަކުރެވެ.

-        ފަސްވަނަ އާޔަތުގެ ފުރަތަމަ ކަލިމައަކީ  إياك    އެވެ.އެއީ 4 އަކުރެވެ.

-        ހަވަނަ އާޔަތުގެ ފުރަތަމަ ކަލިމައަކީ   اهدنا   އެވެ. އެއީ 5 އަކުރެވެ.

-        ހަތްވަނަ އާޔަތުގެ ފުރަތަމަ ކަލިމައަކީ  صراط  އެވެ. އެއީ 4 އަކުރެވެ.

-        ޖުމުލައަކީ  31 އަކުރެވެ.

-        ވީމާ (مالك)ގެ ބަދަލުގައި (ملك)  ކިޔަވައިފި ނަމަ އޭގެ ތަވާޒުނު ގެއްލޭނެއެވެ. މި މީޒާނަކީ އެންމެ އަކުރެއްގެ އުނިއިތުރުކަމުން ވެސް އޭގެ ތަވާޒުނު ގެއްލިގެން ހިނގައިދާނެ، ގެތުން ބަދަހި އާރު ހުރި ނިޒާމެކެވެ.  

ކޮންމެ އާޔަތެއްގެ ދެވަނަ ކަލިމައިގެ އަކުރުތައް

بِسْمِ اللَّهِ الرَّحْمَنِ الرَّحِيْمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ (2) الرَّحْمَنِ الرَّحِيْمِ (3) مَالِكِ يَوْمِ الدِّيْنِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِيْنُ (5) اِهدِنَا الصِّرَاطَ الْمُسْتَقِيْمَ (6) صِرَاطَ الَّذِيْنَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوْبِ عَلَيْهِمْ وَلَا الضَّالِّيْنَ (7)

-               ފުރަތަމަ އާޔަތުގެ ދެވަނަ ކަލިމައަކީ  ލަފުލްޖަލާލަތި ( اللَّه )   އެވެ. އެއީ 4 އަކުރެވެ.

-               ދެވަނަ އާޔަތުގެ ދެވަނަ ކަލިމައަކީ  للَّه  އެވެ. އެއީ 3 އަކުރެވެ.

-               ތިންވަނަ އާޔަތުގެ ދެވަނަ ކަލިމައަކީ الرحيم އެވެ. އެއީ 6 އަކުރެވެ.

-               ހަތަރުވަނަ އާޔަތުގެ ދެވަނަ ކަލިމައަކީ  يومއެވެ. އެއީ 3 އަކުރެވެ.

-               ފަސްވަނަ އާޔަތުގެ ދެވަނަ ކަލިމައަކީ نعبد އެވެ. އެއީ 4 އަކުރެވެ.

-               ހަވަނަ އާޔަތުގެ ދެވަނަ ކަލިމައަކީ الصراط އެވެ. އެއީ 6 އަކުރެވެ.

-               ހަތްވަނަ އާޔަތުގެ ދެވަނަ ކަލިމައަކީ    الذين އެވެ. އެއީ 5 އަކުރެވެ.

-               ޖުމުލައަކީ 31އެވެ.  

ކޮންމެ އާޔަތެއްގެ ތިންވަނަ ކަލިމައިގެ އަކުރުތައް

بِسْمِ اللَّهِ الرَّحْمَنِ الرَّحِيْمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ (2) الرَّحْمَنِ الرَّحِيْمِ (3) مَالِكِ يَوْمِ الدِّيْنِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِيْنُ (5) اِهدِنَا الصِّرَاطَ الْمُسْتَقِيْمَ (6) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوْبِ عَلَيْهِمْ وَلَا الضَّالِّيْنَ (7)

-        ފުރަތަމަ އާޔަތުގެ ތިންވަނަ ކަލިމައަކީ  الرحمن  އެވެ. އެއީ 6 އަކުރެވެ.

-        ދެވަނަ އާޔަތުގެ ތިންވަނަ ކަލިމައަކީ   رب އެވެ. އެއީ 2 އަކުރެވެ.

-        ތިންވަނަ އާޔަތުގައި ތިންވަނަ ކަލިމައެއް ނެތެވެ.  އެއީ 0 އަކުރެވެ.

-         ހަތަރުވަނަ އާޔަތުގެ ތިންވަނަ ކަލިމައަކީ   الدين އެވެ. އެއީ 5 އަކުރެވެ.

-        ފަސްވަނަ އާޔަތުގެ ތިންވަނަ ކަލިމައަކީ    وإياك އެވެ. އެއީ  5 އަކުރެވެ.

-        ހަވަނަ އާޔަތުގެ ތިންވަނަ ކަލިމައަކީ      المستقيم އެވެ. އެއީ 8 އަކުރެވެ.

-        ހަތްވަނަ އާޔަތުގެ ތިންވަނަ ކަލިމައަކީ    أنعمت އެވެ. އެއީ 5 އަކުރެވެ.

-         ޖުމުލައަކީ 31އެވެ. 

މި ސޫރަތުގައި ﷲގެ ރިވެތި އިސްމުފުޅުތައް 6 ފަހަރު ތަކުރާރުވެފައި ވެއެވެ. އެއީ

بِسْمِ اللَّهِ الرَّحْمَنِ الرَّحِيْمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ (2) الرَّحْمَنِ الرَّحِيْمِ (3)

މި 6 ނަންފުޅުގެ އަކުރުތަކުގެ ޖުމުލައަކީ 31އެވެ.

ކޮން ފަރާތެއް

ކީރިތި ޤުރްއާނުގެ  މި ސުމޭކު ނިޒާމު އެކުލަވައިލެއްވީ ކޮން ފަރާތަކުންހެއްޔެވެ؟

ނަބިއްޔާ صلى الله عليه وسلّم ކީރިތި ޤުރްއާނުގެ އަކުރުތަކާއި ފިލިތަކާއި އާޔަތްތަކާއި ކަލިމަތަކާއި ސޫރަތްތަކާއި މިސޫރަތްތަކުގެ ތަރުތީބު އަދަދުކުރައްވައި ވިޔަކުރައްވައިފައި ވޭހެއްޔެވެ؟

ކީރިތި ޤުރްއާން ބާވައިލެއްވި އިރު، އަރަބީންނަށް މިހާރުގެ އަލިފުބާ ތަރުތީބެއް ނޭނގޭނެތެވެ. މި ގޮތަށް އަލިފުބާ އަކުރުތައް ތަރުތީބު ކުރެވުނީ ރަސޫލާ صلى الله عليه وسلّم  ސުވަރުގެ ވަޑައިގަތް ފަހުން 8   ދަހަރު ފަހުންނެވެ. ވީމާ އެކަލޭގެފާނަށް މި ކަން އެނގިވަޑައިގަންނަވާނެހެއްޔެވެ؟ މަރްބަޠުލްފަރަސަކީ މިއީއެވެ.

(ނުނިމޭ)

 

ބައެއް ލަފުޒުގެ މާނަ:

ނިޒާމު      ނ.     (1) ރޭވިފައިވާ ގޮތް. (2) ތަރުތީބު. (3) އިންތިޒާމު. system

ވިޔަކުރުން    މ.     ހިސާބުކުރުން.    

މީޒާން      ނ.     (1) ހަމަހަމަ. (2) އިންސާފު. (3) ތިލަފަތް. (4) ކިރައި ވަޒަންކުރާން ބޭނުންކުރާ އެއްޗެއް.

ދަހަރު      ނ.     ދިހަ އަހަރު decade

ތަވާޒުނު     ނ.     ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން.

ސުމޭކު      ނއ.    (1) ހިސާބު ޢަދަދު ބޭނުންކޮށްގެން މަޢުލޫމާތު ރައްކާކޮށް ބޭނުންކުރާ. (2) ހިސާބުކުރުމާ ގުޅުން ހުރި. (3) ކަށްޓެއް ނުވަތަ ތީރަކުން މިންވަރު ދައްކައިދިނުމުގެ ބަދަލުގައި ހިސާބު އަދަދުން މިންވަރު އަންގައިދޭ. digital

ކޮމެންޓު