އަބާ މުޙަންމަދު
23 ޖޫން 2026
އިނބަގެ ކެއުމުން އެކީއެކަށް ހަކުރު މުޅީން ނައްތައިލުމަކީ ޞިއްޙަތަށް އެންމެ ފައިދާ ހުރި ގޮތްކަމަށް އެންމެ ބާރަށް އަޑު ފެތުރިފައިވެއެވެ. ނަމަވެސް ފަހުގެ ދިރާސާއަކުންތައްކާ ގޮތުގައި އެ ކަމުން ލިބޭ ރަނގަޅަށް ވުރެ، ކުރިމަތިވާ ނުރައްކާ މާ ބޮޑެވެ. އޭގެ ސަބަބުން މެޓަބޮލިކް ސިއްހަތު ރަނގަޅުވުމުގެ ބަދަލުގައި ގޯހުން ގޯހަށް ބަދަލުވާކަމަށް އެ ދިރަސާއިން ވަނީ ހާމަވެފައެވެ. މެޓަބޮލިކް ސިއްހަތޭ މި ދެންނެވީ ހަތާތަކުގެ ފެންވަރުގައި ހަށިގަނޑުން ހަކަތަ އުފައްދައި، ބޭނުންކުރަނީ ކިހައި ހަރުދަނާކޮށްތޯ ދެނެގަންނަ ދެނެގަތުމަށެވެ. އިނބަގެ މެޓަބޮލިކް ސިއްހަތު ރަނގަޅު ނަމަ، ލޭގެ ހަކުރުގެ މިންވަރާއި ލޭމައްޗަށްދިޔުމާއި ނުވަތަ ހަށިގަނޑު ދުޅަވުން ފަދަ ކަންކަމަށް ކުއްލި ބޮޑެތި ބަދަލުތަކެއް ނައިސް، ކާބޯތަކެތި ރަނގަޅަށް ހަޖަމުކޮށް ހަށިގަނޑަށް ބޭނުންވާ ކަނާދު ފުރިހަމައަށް ލިބިދިނުމުގެ ގާބިލުކަން ހަށިގަނޑަށް ލިބިދެއެވެ.
ހަމައެކަނި ހަށިގަނޑުގެ ބަރުދަނަށް ނުވަތަ ބޭރުފުށުން ފެންނަ ސިފައަށް ބެލުމުގެ ބަދަލުގައި، ޑޮކްޓަރުން މެޓަބޮލިކް ސިއްހަތު މިންކުރަނީ ވަކި ޚާއްސަ މީޔާރުތަކަކަށް ބަލައިގެންނެވެ.
ނަމަވެސް، އިނބަގެ ބާޒާރުކުރާ ލިސްޓު ބަދަލުކޮށް އާކުރެއްވުމުގެ ކުރީން، މި ދެންނެވި ދިރާސާކުރެވިފައިވަނީ މީދާ ބޭނުންކޮށްގެންކަމާއި، މީގައި ހިމެނެނީ ކޮންމެ ގުރޫޕަކުން އެންމެ ހަ މީދަލުގެ ވަރަށް ކުޑަ ސުންކެއްކަން ފާހަގަކުރުން މުހިންމެވެ. މީދަލުގެ ހަޖަމުކުރާ ނިޒާމަކީ އިންސާނުންގެ ނިޒާމާ މުޅިން ތަފާތު ނިޒާމެކެވެ. އެހެންނަމަވެސް، މި ހޯދުންތަކުން ބުނެދެނީ އާދަޔާ ޚިލާފަށް ހަކުރު މަދުކުރުމުގެ ސަބަބުން ކުރިމަތިވެދާނެ، ފޮރުވިފައިވާ ނުރައްކާތަކެއްގެ ވާހަކައެވެ.
ހައިރާންކުރުވަނި މި ނަތީޖާ އަކީ، މިހާރު މުޖުތަމައުގައި އޮތް "ކްލީން އީޓިންގް" (ނުވަތަ ސާފުތާހިރުކޮށް ކެއުމަށް) ދެވިފައިވާ ބޮޑު ސަމާލުކަމާ މުޅިން ގުޅޭ ކަމެކެވެ. މިއީ އިއްތިފާގެއް ނޫނެވެ. ގިނައިން ހަކުރު ކެއުމާއި، ދުނިޔޭގެ ފެންވަރުގައި ފަލަވުމާއި [ޓައިޕް 2] ހަކުރުބަލި ފަދަ ބަލިތައް އިތުރުވުމާ ސީދާ ގުޅުންހުރިކަން އެތައް އަހަރެއްގެ ތަފާސްހިސާބުތަކުން ދައްކައެވެ. ނަތީޖާއެއްގެ ގޮތުން، ސިއްހީ އިރުޝާދުތަކުގައި އަބަދުވެސް ބާރުއަޅަނީ މި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ޓަކައި، ކާއެއްޗެހީގައި ހިމަނާ ހަކުރުގެ ބައި ވަރަށް ބޮޑަށް މަދުކުރުމަށެވެ. ތައްޔަރުކޮށްފައި ހުންނަ ކާނާއަށް ބަރޯސާވާ މީހުންނަށް، ނޭނގި ނަމަވެސް ގިނަ އަދަދަކަށް ހަށިގަނޑަށް ހަކުރު އެތެރެކުރެވި، އޭގެ ސަބަބުން ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.
މީގެ ސަބަބުން، ހަކުރު ގިނަވުމަކީ [ވިހައެއް ނަމަ]، ހަކުރު ކެއުން މުޅީން ހުއްޓައިލުމަކީ އެންމެ ރަނގަޅު އަދި ފުރިހަމަ ގޮތްކަމަށް ގިނަބަޔަކު ގަބޫލުކުރާން ފެށިއެވެ. ނަމަވެސް، ހަށިގަނޑުން މުޅި ކަނާދުގެ ގިންތިއެއް (މާއްދާއެއް) މުޅީން މަދުކޮށްލައިގެން ހަށިގަނޑު [ސާފުކުރާން] އުޅުމުން، އިނބަ ރަނގަޅުކުރާން ބޭނުންވާ ނިޒާމަށް ލިބޭ ކަނާދު މަދުވެ، [ބަނޑަށްޖެހި]، އެ ނިޒާމު ހަލާކުވުމަށް މަގުފަހިވެދާނެއެވެ.
ސިއްހަތަށް ބަލާނެ އާ ގޮތްތަކެއް މި ދިރާސާއިން ދައްކުވައިދެއެވެ. އެއީ ހަމައެކަނި ކެލޮރީއާއި ބަރުދަން ލުއިކުރުމަށް ކުރާ ސަމާލުކަމަށްވުރެ މާ ފުޅާ ދާއިރާއެކެވެ. މި ދިރާސާގައި، ހަކުރު މުޅީން ހުއްޓައިލި ކެއުމެއްގައި ގެންގުޅުނު މީދާތަކުގެ ބަރުދަނެއް އިތުރެއް ނުވެއެވެ. އަދި އާންމުކޮށް ސިއްހަތު ވަޒަންކުރާ މިންގަނޑުތަކުން ބަލާއިރު، އެ އެއްޗެހީގެ ސިއްހަތު މުޅިން ރަނގަޅުކަމަށް ދެއްކިއެވެ.
އެހެންނަމަވެސް، ބޭރުފުށުން މިހެން ފެނުނު ކަމުގައިވިޔަސް، އެ އެއްޗެހީގެ މެޓަބޮލިޒަމް (ހަށިގަނޑުގައި ހަކަތަ އުފައްދާ ނިޒާމު) ވަނީ ފޭލުވެފައެވެ. އެ އެއްޗެހީގެ ހޯމޯންތަކުން ދެއްކި ގޮތުގައި ގޮހޮރަށް ވަނީ ވަރަށް ބޮޑު މައްސަލައެއް ކުރިމަތިވެފައެވެ. އަދި ލޭގައި ހުންނަ ގުލުކޯޒު ސާފުކުރުމުގެ ގާބިލުކަން ވެސް އެ އެއްޗެއްސަށް ވަނީ ގެއްލިފައެވެ. މިއިން ދޭހަކޮށްދެނީ، ގޮހޮރުގެ އިކޯސިސްޓަމް (ލާބަދޭ ބެކްޓީރިއާގެ ނިޒާމު) ހަލާކުވެއްޖެ ނަމަ، ހަށިގަނޑު ހިކިކޮށް ހުއްޓަސް މެޓަބޮލިކު ގޮތުން ސިއްހަތު ސަލާމަތުން ނުހުރެދާނެކަމެވެ.
މިހެންވާން ދިމާވި ސަބަބު ދެނެގަތުމަށް ޓަކައި، ހަޖަމުކުރާ ނިޒާމުގައި ދިރިއުޅޭ ކުދި މައިކުރޯބުސް (ޖަރާސީމު)ތަކަށް ބަލާންޖެހެއެވެ. ފައިދާހުރި ބެކުޓީރިއާގެ ބައެއް އާއިލާތައް ދިރިތިބުމަށްޓަކައި ސާދާ ހަކުރަށް ބަރޯސާވެއެވެ. މި ކުދި ޖަރާސީމުތައް ކާބޯހައިޑްރޭޓްސް ކެއުމުން، ހަށިގަނޑަށް މުހިންމު ކެމިކަލް ބައި-ޕްރޮޑަކްޓްސް (އިތުރު މާއްދާތައް) އުފައްދައިދެއެވެ. މި މާއްދާތަކުގެ ސަބަބުން ގޮހޮރުގެ ފާރު ދުޅަހެޔޮކަންމަތީ ހުރުމަށާއި، ހަށިގަނޑަށް ކަނާދު ފަދަ މާއްދާތައް ދަމައިގަތުމުގެ ގާބިލުކަމަށް އެހީތެރިވެދެއެވެ. މީގެ އިތުރަށް، މިއީ ކާހިތްވުން ކޮންޓުރޯލުކުރުމަށާއި އިންސިއުލިންއަށް ހަށިގަނޑު އިޖާބަދޭ މިންވަރު ރަނގަޅުކުރުމަށް އެހީވާ ހޯމޯންތައް އުފެއްދުމަށް ވެސް ބާރުއަޅާ އެއްޗެކެވެ.
މުޅީން ހަކުރު ހުއްޓައިލާ ކެއުމެއް (ޑައެޓު)ގެ ސަބަބުން މި ބާވަތުގެ ތެޔޮ (ހަކަތަ) އުފެދުން ހުއްޓުމުން، ގޮހޮރުގެ ދިފާޢީ ފާރުގައި ހުންނަ ހަތާތަކަށް ލިބޭ މައިގަނޑު ހަކަތައިގެ މަސްދަރު ގެއްލި، ގޮހޮރުގެ ރައްކާތެރިކަމުގެ [ފާރު] ހަލާކުވާން ފަށައެވެ. އަދި މި ފަދަ ހަރުކަށި ޑައެޓްގެ ސަބަބުން، ދިފާއީ ނިޒާމަށް އެހީތެރިވެދޭ ފައިދާހުރި މައިކްރޯބްތައް ވެސް މަރުވެގެންދެއެވެ.
އާދައިގެ ކާބޯހައިޑްރޭޓްސް މަދުވުމުގެ ސަބަބުން ރަނގަޅު މައިކްރޯބްތައް މަރުވުމުން، އެ ތަން ފޫބެއްދުމަށްޓަކައި ގެއްލުންދޭ، އަދި ބުރަ ހާލަތްތަކަށް ހޭނިފައިވާ ބެކްޓީރިއާތައް ހަލުވިކަމާ އެކު އިތުރުވެއެވެ. މި ބަދަލުގެ ސަބަބުން ގޮހޮރުގެ ދިފާޢީ ފާރުން ތަކެތި ބޭރުވުން މެދުވެރިވެއެވެ. ނަތީޖާއެއްގެ ގޮތުން، ނުބައި ބެކްޓީރިއާގެ ވިހަ މާއްދާތައް، ހަލާކުވެފައިވާ ގޮހޮރުގެ ފާރުން ދެމިގަނެގެން ގޮސް، ހަށިގަނޑުގެ ތެރޭގައި ދައުރުވާން ފަށައެވެ. އަދި މީގެ ސަބަބުން ދިފާއީ ނިޒާމުން އާދަޔާ ޚިލާފަށް ބޮޑަށް ދިފާއީ ހަމަލާއެއް ދޭން ފަށައެވެ.
މި ތަޖުރިބާގައި ބޭނުންކުރި ޑައެޓަކީ ކާބޯހައިޑްރޭޓުސް ވަރަށް ބޮޑަށް މަދު ޑައެޓެއްކަން ފާހަގަކުރުން މުހިންމެވެ. މިއީ ހަގީގީ ދުނިޔޭގައި ގިނަ ބަލިތައް ފެތުރުމަށް މެދުވެރިވާ، ކާބޯހައިޑުރޭޓުސް ގިނަ އަދި ހަކުރު ގިނަ ހުޅަނގުގެ ކެއުންތަކާ ވަރަށް ތަފާތު އެއްޗެކެވެ. އިނބަ ކާ ކާނާއަކީ ކެލޮރީ ގިނަ ކާނާ ކަމަށްވާ ނަމަ، ހަކުރު މަދުކުރުމަކީ އަދިވެސް ސިއްހަތަށް ވަރަށް ފައިދާހުރި ރަނގަޅު ނިންމުމެކެވެ. (https://www.independent.co.uk/life-style/health-and-families)
ބައެއް ލަފުޒުގެ މާނަ
ހަކަތަ ނ. (1) ހަށިގަނޑު ޙަރަކާތްކުރުމުގެ ކުޅަދާނަކަން ލިބިދޭ ބާރު، ނުވަތަ ގައިގެ ވަރު. (2) އެއްޗެއްގައި ހުންނަ އެހެން އެއްޗެއް ހިންގައިދިނުމުގެ ބާރު. (3) އިރުގެ އަލި ނުވަތަ ވައި ނުވަތަ ރާޅުން ކަރަންޓު އުފައްދާ ބާރު. (4) އެއްޗެއް ވަކިވަރަކަށް ވުރެ ބާރަށް އެނބުރުމުން އުފެދޭ ކަރަންޓު އުފެއްދުމުގެ ބާރު. energy
ހަތާ ނ. ދިރޭއެއްޗެއްގައި ދިރުން ހުންނަ އެންމެ ކުޑަ ބައި، ނުވަތަ ހުރިހާ ދިރޭ އެއްޗެހި އެ އެއްޗަކުން އުފެދިގެންވާ އަސާސީ މާއްދާ. މައިކްރޯބް ފަދަ ސާދާ ދިރޭ އެއްޗެހި އުފެދިފައިވަނީ އެންމެ ހަތަޔަކުންނެވެ. އިންސާނުން ފަދަ އޮޅުންބޮޅުން ބޮޑު އެއްޗެހި އުފެދިގެންވަނީ އެތައް މިލިޔަން ހަތާތަކަކުންނެވެ. cell (2) ކުޅަނދުރު އުޅޭން އެ އެއްޗިހި ހަދާ ގެ. (3) ތުނި ގައު ފޮތިފޮތި. (4) މޫދުގައި ތުނިކޮށް ފަތިކޮށް ފެތުރި ހެދޭ ގައު.
ކަނާދު ނ. ދިރުންހުރި ކޮންމެ އެއްޗެއްގެ ދިރުން ދެމެހެއްޓުމަށާއި ހެދިބޮޑުވުމަށާއި ގުނަވަންތައް މަސައްކަތްކުރުމަށް ބޭނުންވާ ކާނާގެ އެންމެހައި އުންސުރު. Nutrients
ސުންކު ނ. ތަޙުލީލެއް ކުރުމަށް ޓަކައި އެއްޗަކުން ނުވަތަ ތަނަކުން ނަގާ މަދު މިންވަރެއް ނުވަތަ ކުޑަ އެތިކޮޅެއް. (2) ސެންޕަލް. sam