ad_banner
الفاتحة ސޫރަތުގެ އަކުރުތަކުގެ ފަރުމާ (2)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

17 ޖޫން 2026

(2026 ޖޫން 10ގެ އަދަދާ ގުޅޭ)

އެންމެ ފަހު ތިން އަކުރު

سورة الفاتحةގެ އަކުރުތަކުގެ ތެރެއިން 7ގެ ގުނައެއް ހިމެނޭ އެންމެ ފަހު އަކުރަކީ ހަތްވަނަ އާޔަތުގެ އެންމެ ފަހު ކަލިމަ "الضالين"ގެ ހަތަރުވަނަ އަކުރެވެ. އެއީ ދެވަނަ الألفއެވެ. މި އަކުރަށް ފަހު، ސޫރަތް ނިމޭއިރު ބާކީ އޮތީ ތިން އަކުރެވެ. އެއީ: اللَّامއާއި الياءއާއި النونއެވެ. މި އަކުރުތަކުގެ އަލިފުބާ ތަރުތީބުގެ ވަނަތަކަކީ: 23، 28، 25 = 76  އެވެ. އެއީ =  19 × 4 އެވެ.

 19 އަކީ  ބަސްމަލާ އާޔަތުގެ އަކުރުތަކުގެ އަދަދެވެ. 4އަކީ މި އާޔަތުގެ ކަލިމަތަކުގެ އަދަދެވެ.

ކޮންމެ އާޔަތެއްގެ ހަތްވަނަ އަކުރު

ކީރިތި ޤުރްއާނުގައި ސޫރަތުގެ ފެންވަރުގައި އަކުރުތަކުގެ ތަފާސްހިސާބުގެ ބިނާއަށް ބަލައިލުމަށް ފަހު އާޔަތުގެ ފެންވަރުގައި މި އަޖައިބު ފެންނަގޮތަށް ބަލައިލަމާ ހިނގާށެވެ!

سورة الفاتحةގެ 7 އާޔަތުގައި ކޮންމެ އާޔަތެއްގެ 7ވަނަ އަކުރަށް ބަލައިލާނަމެވެ.

بِسْمِ اللَّهِ الرَّحْمَنِ الرَّحِيْمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ (2) الرَّحْمَنِ الرَّحِيْمِ (3) مَالِكِ يَوْمِ الدِّيْنِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِيْنُ (5) اِهْدِنَا الصِّرَاطَ الْمُسْتَقِيْمَ (6) صِرَاطَ الَّذِيْنَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوْبِ عَلَيْهِمْ وَلَا الضَّالِّيْنَ (7)

-        ފުރަތަމަ އާޔަތުގެ 7 ވަނަ އަކުރަކީ الهاء އެވެ.

-        ދެވަނަ އާޔަތުގެ  7 ވަނަ އަކުރަކީ اللَّام އެވެ.

-        ތިންވަނަ އާޔަތުގެ 7 ވަނަ އަކުރަކީ الألف އެވެ.

-        ހަތަރުވަނަ އާޔަތުގެ 7 ވަނައަކުރަކީ الميم އެވެ.

-        ފަސްވަނަ އާޔަތުގެ 7 ވަނައަކުރަކި الباء އެވެ.

-        ހަވަނަ އާޔަތުގެ 7 ވަނަ އަކުރަކީ اللَّام އެވެ.

-        ހަތްވަނަ އާޔަތުގެ 7 ވަނަ އަކުރަކީ الذال އެވެ.

-        މި ހަތް އަކުރު سورة الفاتحة ގައި 73 ފަހަރު ތަކުރާރުވެފައި ވެއެވެ. މި އަދަދަކީ ލަފުޒުލްޖަލާލަތި "ﷲ" މި ކަލިމައިގެ އަކުރުތައް (ا ل ل هـ) ގެ އަލިފުބާ ތަރުތީބުގެ ޖުމްލައެވެ. އަދަދު 73އަކީ ފުރައަދަދެކެވެ. ފުރައަދަދުގެ ލިސްޓުގެ މި އަދަދުގެ ވަނައަކީ 21 އެވެ. އެއީ  7 × 3އެވެ.

7 އާޔަތުގައިވާ 7ވަނަ އަކުރުތަކުގެ ޝަޚުޞިއްޔަތު

سورة الفاتحةގެ 7 އާޔަތުގައި އައިސްފައިވާ މި 7 އަކުރަކީ: (هـ، ل، أ، م، ب، ل، ذ) އެވެ.

ފުރަތަމަ 4 އަކުރަކީ (هـ، ل، ا ، م) ކީރިތި ޤުރްއާނުގައި ވާރިދުވެފައިވާ ލަފުޒުލްޖަލާލަތި "ﷲ " ގެ ތަފާތު ޞީޣާތަކުގެ އަކުރުތަކެވެ. މި ޞީޣާތަކަކީ (اللَّه، للَّه، اللَّهم) އެވެ. ތަކުރާރުވެފައިވާ އަކުރަކީ اللَّامއެވެ. ލަފުޒުލްޖަލާލަތިގެ ތިން ޞީޣާގައި ވެސް މި އަކުރު ތަކުރާރުވެފައިވެއެވެ.

އެހެނަސް الباء އާއި الذال ލަފުޒުލްޖަލާލަތީގެ އެއްވެސް ޞީޣާއެއް ( اللَّهللَّهاللَّهم)ގައި ނުހިމެނެއެވެ.

މި ދެ އަކުރު އިސްތިސްނާވުން

މި ސޫރަތް ފެށުނީ الباءއިންނެވެ. ކީރިތި ޤުރްއާން ފެށުނީ ވެސް މި އަކުރުންނެވެ. އެއީ އަލިފުބާ ތަރުތީބުގައި 2ވަނަ އަކުރެވެ. الذالއަކީ އަލިފުބާ ތަރުތީބުގައި 9ވަނަ އަކުރެވެ. 9- 2 = 7އެވެ. السبع المثاني (ތަކުރާރުކޮށް ކިޔެވޭ ހަތް އާޔަތް ނުވަތަ ސޫރަތުލްފާތިޙާ)އަށް ބަލާ އިރު މިއީ އަޖައިބުވަނިވި ކަމެއްނޫނެވެ.

މި ދެ އަދަދު، އެއް އަދަދަކަށް ހަދަމާ ހިނގާށެވެ! އޭރުން މިއަދަދު ވަނީ 29އަށެވެ. އެއީ سورة الفاتحةގެ ކަލިމަތަކުގެ އަދަދެވެ.

މި ދެ އަދަދުގެ ވަޅު ބަދަލުކޮށްލާށެވެ.އޭރުން  ވާނީ 92އެވެ. އެއީ ކީރިތި ޤުރްއާނުން ބާވައިލެއްވި ފުރަތަމަ 7 އަކުރުގެ ތަރުތީބީ ވަނަތަކުގެ ޖުމްލައެވެ.

7 އާޔަތުގައިވާ  3 ވަނަ އަކުރުގެ ޝަޚުޞިއްޔަތު

-        ފުރަތަމަ އާޔަތުގައި 3ވަނަ އަކުރަކީ  الميمއެވެ. އެއީ އަލިފުބާގެ 24ވަނަ އަކުރެވެ.

-        ދެވަނަ އާޔަތުގައި 3ވަނަ އަކުރަކީ الحاءއެވެ. އެއީ އަލިފުބާ ތަރުތީބުގައި 6ވަނަ އަކުރެވެ.

-        ތިންވަނަ އާޔަތުގައި 3ވަނަ އަކުރަކީ الراءއެވެ. އެއީ އަލިފުބާ ތަރުތީބުގައި 10ވަނަ އަކުރެވެ.

-        ހަތަރުވަނަ އާޔަތުގައި 3ވަނަ އަކުރަކީ اللَّامއެވެ. އެއީ އަލިފުބާ ތަރުތީބުގައި 23ވަނަ އަކުރެވެ.

-        ފަސްވަނަ އާޔަތުގައި 3ވަނަ އަކުރަކީ الألفއެވެ. އެއީ އަލިފުބާ ތަރުތީބުގައި 1ވަނަ އަކުރެވެ.

-        ހަވަނަ އާޔަތުގައި 3ވަނަ އަކުރަކީ الدالއެވެ. އެއީ އަލިފުބާ ތަރުތީބުގައި 8ވަނަ އަކުރެވެ.

-        ހަތްވަނަ އާޔަތުގައި 3ވަނަ އަކުރަކީ الألفއެވެ. އެއީ އަލިފުބާ ތަރުތީބުގައި 1ވަނަ އަކުރެވެ.

-        މި ހަތް އަކުރުގެ ތަރުތީބީ ވަނަތަކުގެ ޖުމްލައަކީ 73އެވެ. އެއީ ލަފުޒުލްޖަލާލަތި "ﷲ"ގެ އަކުރުތަކުގެ ތަރްތީބީ ވަނަތަކުގެ ޖުމްލައެވެ. 73އަކީ ފުރައަދަދެކެވެ. އެއި ފުރައަދަދުގެ ލިސްޓުގައި 21ވަނަ އަދަދެވެ. އެއީ 7 × 3އެވެ.

އަކުރުތަކުގެ ޝަރަފުވެރިކަން

އަލިފުބާގެ އަކުރުތަކުގެ ތެރެއިން ލަފުޒުލްޖަލާލަތި "ﷲ"ގެ އަކުރުތައް ކަމުގައި، މާތް ﷲ ހޮއްވަވައިފައިވާ ތިން އަކުރުގެ މާތްކަމާއެވެ! މި ތިން އަކުރަކީ  الألف އާއި اللَّام އާއި الهاء އެވެ. ތައުޙީދުގެ ކަލިމަފުޅު (لا إله إلا اللَّه)ގައި ވެސް ހިމެނެނީ ހަމަ މި 3 އަކުރެވެ.

ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި އެކަލާނގެ ފޮތުގައި އަކުރުތަކާއި ކަލިމަތަކާއި ސޫރަތްތައް އަތުރުއްވަވާ ތަރުތީބުކުރައްވައިފައ ވަނީ ވަރަށް ރީތި ވަރަށް ފުރިހަމަ ނިޒާމަކުންނެވެ. ވަރަށް ބަދަހި ގެތުމަކުންނެވެ. އެ ފޮތަކީ އެކަލާނގެ އެކުލަވައިލެއްވި ފޮތެއްކަން ބަޔާންކޮށްދެއްވުމަށް ޓަކައެވެ. އެ ފޮތުގައިވާ ކޮންމެ އަކުރެއް އެ އޮންނަންވާ ތަނުގައި ބޭއްވެވީ ﷲކަން އެންގެވުމަށް ޓަކައެވެ. ފުރަތަމަ އާޔަތަށް ބިސްމިއަށް (ބަސްމަލާއަށް) ބަލައިލަމާ ހިނގާށެވެ!

بِسْمِ اللَّهِ الرَّحْمَنِ الرَّحِيْمِ  - (سورة الفاتحة: 1)

 ލަފުޒުލްޖަލާލަތި "ﷲ"ގެ އަކުރުތައް (ا ل هـ)އަށް ސަމާލުކަންދޭށެވެ!  

މި އާޔަތުގައި ލަފުޒުލްޖަލާލަތި "ﷲ" އަކުރުތައް ތަކުރާރުވެފައ ވަނީ

އަކުރު

ا

ل

هـ

ތަކުރާރު

3

4

1

 

 

 

މިތިން އަދަދު އެއް އަދަދެއްގެ ގޮތުގައި ކިޔަމާ ހިނގާށެވެ! އެއީ 143އެވެ. މިއީ سورة الفاتحةގެ  އަކުރުތަކުގެ އަދަދެވެ.

 ގެ އިސްމުފުޅުތައް

اللَّه عزّ وجلّ ގެ ފޮތުގެ ފުރަތަމަ އާޔަތުގައި ލަފުޒުލްޖަލާލަތި "ﷲ"ގެ އިތުރަށް އެކަލާނގެ ރިވެތި އިސްމުފުޅުތަކުން ދެ އިސްމުފުޅެއް ވެއެވެ.

ކީރިތި ޤުރްއާނުގައި ލަފުޒުލްޖަލާލަތި 2704 ފަހަރު އައިސްފައިވެއެވެ.

 2704= 114 × 23 + 41 × 2

-        114 އަކީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ އަދަދެވެ.

-        23 އަކީ ވަޙީގެ އަހަރުތަކުގެ އަދަދެވެ.

-        41 އަކީ މުޤައްޠަޢާތު އަކުރުތަކުގައި ލަފުޒުލްޖަލާލަތި " ﷲ " ގެ އަކުރުތައް ތަކުރާރުވެފައިވާ އަދަދެވެ.

-        2 އަކީ ކީރިތި ޤުރްއާނުގެ ފުރަތަމަ އާޔަތުގައި ލަފުޒުލްޖަލާލަތި " ﷲ" އޮތް ތަނުގެ ވަނައެވެ.

-        2 އަކީ ކީރިތި ޤުރްއާނުގެ މުޤައްޠަޢާތު އަކުރުތަކުން ފެށުނު ފުރަތަމަ ސޫރަތުގެ ތަރްތީބީ ވަނައެވެ.

-        ކީރިތި ޤުރްއާނުގައި "الرحمن"  މި އިސްމުފުޅު 57 ފަހަރު ތަކުރާރުވެފައިވެއެވެ.

-        ކީރިތި ޤުރްއާނުގައި "الرحيم" މި ކަލިމަ  115 ފަހަރު އައިސްފައިވެއެވެ. 114 ފަހަރު އައިސްފައިވަނީ ﷲ ތަޢާލާގެ ރިވެތި އިސްމުފުޅުގެ ގޮތުގައެވެ. އެއްފަހަރު މި ކަލިމަ އައިސްފައިވަނީ ކައު ރަސޫލާ صلى الله عليه وسلّم ގެ ސިފަފުޅެއްގެ ގޮތުގައެވެ. އެއީ މި އަންނަ އާޔަތުގައެވެ.

لَقَدْ جَاءَكُمْ رَسُوْلٌ مِنْ أَنْفُسِكُمْ عَزِيْزٌ عَلَيْهِ مَا عَنِتُّمْ حَرِيْصٌ عَلَيْكُم بِالْمُؤْمِنِيْنَ رَؤُوفٌ رَحِيْمٌ  - (التوبة : 128)  

ތިން އިސްމުފުޅު އެއްކޮށް

ﷲ ތަޢަލާގެ ތިން އިސްމުފުޅު (اللَّهالرحمنالرحيم) ތަކުރާރުވެފައިވާ ގޮތަށް ބަލައިލަމާ ހިނގާށެވެ!

އެއީ: 2704 + 57 + 114 = 2875

މި އަދަދު = 23 × 5 × 5 × 5

23އަކީ ވަޙީގެ އަހަރުތަކެވެ. ކީރިތި ޤުރްއާނުން ފުރަތަމަ ބާވައިލެއްވީ 5 އާޔަތެވެ. އިސްލާމްދީނުގެ ރުކުންތަކުގެ އަދަދަކީ 5އެވެ.

ފުރަތަމަ ބާވައިލެއްވި އާޔަތްތަކުގެ އަދަދަކީ 5އެވެ. މި 5 އާޔަތުގައި އޮތީ 20 ކަލިމައެވެ. އޭގެ ޖުމްލައަކީ 25އެވެ. އެއީ 5 × 5 އެވެ.

 ފުރަތަމަ ވަޙީބަސްފުޅުގެ ފުރަތަމަ ހަތް އަކުރު

ކީރިތިޤުރްއާނުގެ ސޫރަތްތަކުގެ ތަފާސްހިސާބުގެ ބިނާއަކީ އަތޮޅެއްގެ ވެށީގައިހިމެނޭ އެކަހެރި ރަށްތަކެއް ނޫނެވެ. މި ނިޒާމު ކޮންމެ ސޫރަތަކުން ދެމިގެން ގޮސް ހުރިހާ ސޫރަތެއްގެ އަޑިއަށް ފޭދިގެން ގޮސްފައިވެއެވެ. ހުރިހާ ސޫރަތްތަކެއް ވަނީ ވަރުގަދަ ދަލަކުން ގެތި ބެނދެވިފައެވެ. އިންސާނެއްގެ ބުއްދިއަށް މި ނިޒާމު ދެނެއެއް ނުގެނެވޭނެއެވެ. މިސާލެއް ޖެހުމުގެ ގޮތުން ފުރަތަމަ ބާވައިލެއްވި ފުރަތަމަ 7 އަކުރާމެދު ބަލައިލާނަމެވެ.

މި ހަތް އަކުރު އައިސްފައިވަނީ ފުރަތަމަ ބާވައިލެއްވި އާޔަތުގެ ފުރަތަމަ ތިން ކަލިމައިގައެވެ. އިލްމުވެރިންގެ މެދުގައި އެއްވެސް ދެބަސްވުމެއް ނެތްގޮތުގައި މި އާޔަތަކީ سورة العلقގެ އާޔަތެކެވެ. އެއީ:  اِقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ  - (العلق : 1)

ފުރަތަމަ 7 އަކުރަށް ބަލަމާ ހިނގާށެވެ! އޭރުން سورة الفاتحةއާ ގުޅިފައިވާ ގޮތް އެނގޭނެއެވެ.

އަކުރު

އަލިފުބާ ތަރުތީބު

سورة الفاتحةގައި ތަކުރާރުވެފައިވާ އަދަދު

ޖުމްލަ

أ

1

26

27

ق

21

1

22

ر

10

8

18

ب

2

4

6

س

12

3

15

م

24

15

39

ك

22

3

25

ޖުމްލަ

92

60

114 + 19 + 19

 

 

 

 

 

 

 

 

 

 

 

 

 

 

 

(ނުނިމޭ)

ކޮމެންޓު