އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
15 ޖޫން 2026
ކީރިތި ޤުރްއާނުގެ އެތައްއެތައް އާޔަތްތަކެއްގައި ނަބަވީ ހިޖުރައިގެ ވާހަކަ އައިސްފައިވެއެވެ. އަޅުގަނޑުމެން އެކަކު އަނެކަކަށް ވާހަކަ ކިޔައިދޭ ގޮތަކަށް ނޫނެވެ. އެ މަތިވެރި ޙާދިސާއިން އަޅުގަނޑުމެން ޢިބުރަތް ލިބިގަތުމަށް ޓަކައެވެ. އަޅުގަނޑުމެންގެ ޙަޔާތް ބައްޓަންކުރުމުގައި އެ އިރުޝާދުތަކަށް ތަބާވުމަށް ޓަކައެވެ.
1- ﷲ I ކީރިތި ޤުރްއާނުގައި ވަޙީކުރެއްވިއެވެ. ((وَإِذْ يَمْكُرُ بِكَ ٱلَّذِينَ كَفَرُوا۟ لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ ۚ وَيَمْكُرُونَ وَيَمْكُرُ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَٰكِرِينَ [1] - كافر ވި މީހުން، ކަލޭގެފާނު ހައްޔަރުކުރުމަށް، ނުވަތަ އަވަހާރަކޮށްލުމަށް، ނުވަތަ ކަލޭގެފާނު ރަށުން ބޭރުކޮށްލުމަށް ރޭވިހިނދު، ހަނދުމަކުރައްވާށެވެ! އެއުރެން މަކަރުވެރި، ނުބައި ރޭވުންތައް ރާވަތެވެ. އަދި اللَّه (އެއުރެންގެ ރޭވުންތައް، باطلކުރައްވައި، އެއުރެންނަށް ކެހި ލިބޭނެ ގޮތަށް) تدبيرކުރައްވަތެވެ. اللَّهއީ، މަކަރުވެރީންނަށް ވުރެ، تدبيرކުރެއްވުން މޮޅު ރަސްކަލާނގެއެވެ.))
2- ﷲ ތަޢާލާ އެހެން އާޔަތެއްގައި ވަޙީކުރެއްވިއެވެ. (( إِلَّا تَنصُرُوهُ فَقَدْ نَصَرَهُ ٱللَّهُ إِذْ أَخْرَجَهُ ٱلَّذِينَ كَفَرُوا۟ ثَانِىَ ٱثْنَيْنِ إِذْ هُمَا فِى ٱلْغَارِ إِذْ يَقُولُ لِصَٰحِبِهِۦ لَا تَحْزَنْ إِنَّ ٱللَّهَ مَعَنَا ۖ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَيْهِ وَأَيَّدَهُۥ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُوا۟ ٱلسُّفْلَىٰ ۗ وَكَلِمَةُ ٱللَّهِ هِىَ ٱلْعُلْيَا ۗ وَٱللَّهُ عَزِيزٌ حَكِيمٌ[2] - ތިޔަބައިމީހުން އެކަލޭގެފާނަށް نصر ނުދިނަސް، ހަމަކަށަވަރުން، اللَّه، އެކަލޭގެފާނަށް نصر ދެއްވިއެވެ. ދެމީހުންކުރެ އެކަކު ކަމުގައިވާ حال، كافر ވި މީހުން، އެކަލޭގެފާނު ނެރެލިހިނދުގައެވެ. އޭގެ ދެކަލުން (ثَور ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދުގައެވެ. އެހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން اللَّه ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ لشكر ތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި كافر ވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. اللَّه ގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.))
3- ޤުރްއާނުގައި ވާރިދުވެފައިވާ ޙާދިސާތަކުގެ ވާހަކަތައް ޤުރްއާނުގެ ނައްޞުން ކިޔުމަށް އިސްކަންދިނުމަށް ޢިލްމުވެރިން ގޮވައިލައްވައެވެ. ސަބަބަކީ ކީރިތި ޤުރްއާނުގައި ޙާދިސާތަކާއި މި ޙާދިސާތަކުގެ ޙުކުން ބަޔާންވެގެން އައިސްފައިވާތީއެވެ. ކާވެނީގެ ނުވަތަ ވަރީގެ ނުވަތަ ގަނެވިއްކުމާ ބެހޭ ވާހަކަތައް ޤުރްއާނުން ކިޔައިލުމާ ފިޤްހު ފޮތަކުން ކިޔައިލުމާ ، އުޑާ ބިމާހައި ތަފާތެވެ. ކީރިތި ޤުރްއާނުގައި މި ޙާދިސާގެ ޝާމިލުކަން ބޮޑުކަމާއި މި ޙާދިސާގައި ހިމެނޭ އިލާހީ ތަރްބަވީ މާނަތައް ބޮޑުކަމުންނެވެ. ކީރިތި ޤުރްއާނުގައި ކޮންމެ ޙާދސާއަކާއި މި ޙާދިސާއަކާ ގުޅިފައިވާ ޙުކުންތަކާއި އީމާންކަމުގެ މައިދާން ބަޔާންކުރައްވައިފައި ވާތީއެވެ.
ނަބަވީ ހިޖްރައާ ބެހޭ ގޮތުން ޤުރްއާނުގައި އައިސްފައިވާ ބަސްފުޅުގައި ދާރުއްނަދްވާގައި މުޝްރިކުން ކުރި ސައްލާތަކުގައި ރަސޫލާ r އާ ދެކޮޅަށް ރޭވި ރޭވުންތަކުގެ ވާހަކަ އައިސްފައިވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَإِذْ يَمْكُرُ بِكَ ٱلَّذِينَ كَفَرُوا۟ لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ ۚ وَيَمْكُرُونَ وَيَمْكُرُ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَٰكِرِينَ [3]- كافر ވި މީހުން، ކަލޭގެފާނު ހައްޔަރުކުރުމަށް، ނުވަތަ އަވަހާރަކޮށްލުމަށް، ނުވަތަ ކަލޭގެފާނު ރަށުން ބޭރުކޮށްލުމަށް ރޭވިހިނދު، ހަނދުމަކުރައްވާށެވެ! އެއުރެން މަކަރުވެރި، ނުބައި ރޭވުންތައް ރާވަތެވެ. އަދި اللَّه (އެއުރެންގެ ރޭވުންތައް، باطل ކުރައްވައި، އެއުރެންނަށް ކެހިލިބޭނެގޮތަށް) تدبير ކުރައްވަތެވެ. اللَّه އީ، މަކަރުވެރިންނަށްވުރެ، تدبير ކުރެއްވުން މޮޅު ރަސްކަލާނގެއެވެ.)) މި އާޔަތް ނިންމަވައިލައްވަމުން މާތްﷲ ކައު ރަސޫލާ ﷺއަށް ދެއްވި ހިތްހަމަޖެހުމަށް ބަލަމާހިނގާށެވެ! މުޝްރިކުން ސައްލާކޮށްފައިވަނީ ކައު ރަސޫލާ ހައްޔަރުކުރުމަށެވެ. ނުވަތަ ޤަތުލުކޮށް އަވަހާރަކޮށްލުމަށެވެ. ނުވަތަ ރަށުން ބޭރުކޮށްލުމަށެވެ. އެއީ ކުރީ ޒަމާނުގައި އަދި މި ޒަމާނުގައި ވެސް ކަންތައްކުރާނެ ގޮތެވެ. މި ވާހަކަތައް ނިންމަވައިލައްވަމުން މާތް ﷲ ވަޙީކުރެއްވި ބަސްފުޅަކީ ((وَيَمْكُرُونَ وَيَمْكُرُ اللهُ وَاللهُ خَيْرُ الْمَاكِرِينَ - އެއުރެން މަކަރުވެރި، ނުބައި ރޭވުންތައް ރާވަތެވެ. އަދި اللَّه (އެއުރެންގެ ރޭވުންތައް، باطل ކުރައްވައި، އެއުރެންނަށް ކެހި ލިބޭނެގޮތަށް) تدبير ކުރައްވަތެވެ. اللَّه އީ، މަކަރުވެރިންނަށްވުރެ، تدبير ކުރެއްވުން މޮޅު ރަސްކަލާނގެއެވެ.))
މިއީ ﷲ ތަޢާލާއަށް އީމާންވާ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޢިބުރަތެކެވެ. އޭނާ ސާބިތުކަން މަތީ ﷲއަށް އިތުބާރުކޮށްގެން ހުރި ނަމަ މީސްތަކުން ކިތަންމެ ވަރަށް ނުބައި ރޭވުންތައް ރޭވިޔަސް މާތް ﷲ އޭނާ އެ މީހުންގެ ނުބައިކަމުން ޙިމާޔަތްކުރައްވާނެއެވެ. ކީރިތި ރަސޫލާ ﷺ އިބްނު ޢައްބާސުގެފާނު ތަރުބިޔަތުކުރައްވަމުން ޙަދީސްކުރެއްވިއެވެ. ((يا غلامُ، إنِّي أُعَلِّمُكَ كلماتٍ، احفظِ اللهَ يَحْفَظْكَ، احفظِ اللهَ تَجِدْهُ تُجاهَكَ، إذا سألتَ فاسألِ اللهَ، وإذا استَعَنْتَ فاستَعِنْ باللهِ، واعلم أنَّ الأُمَّةَ لو اجتمعت على أن ينفعوكَ بشيءٍ لم ينفعوك إلّا بشيءٍ قد كتبه اللهُ لك، ولو اجتمعوا على أن يضرُّوكَ بشيءٍ لم يضروكَ إلّا بشيءٍ قد كتبه اللهُ عليكَ، جَفَّتِ الأقلامُ، ورُفِعَتِ الصُّحُفُ [4] - އޭ ކޮއިފުޅާއެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިބާއަށް ބަސްފުޅުތަކެއް ދަސްކޮށްދެއްވާނަމެވެ. ތިބާ ﷲ އަށް ރައްކައުތެރިވާށެވެ! އޭރުން އެކަލާނގެ ތިބާ ރައްކައުތެރިކުރައްވާނެއެވެ! ތިބާ ﷲއަށް ރައްކައުތެރިވާށެވެ! އޭރުން ތިބާއާއެކު އެކަލާނގެ ވޮޑިގެންވާނެއެވެ. ތިބާ ކަމަކަށް އެދޭނަމަ ފަހެ ތިބާ ﷲގެ ޙަޟްރަތުން އެ ކަމަކަށް އެދޭށެވެ!ތިބާ ވާގިވެރިކަމެއް ހޯދަން އެދޭނަމަ ފަހެ ތިބާ ﷲގެ ޙަޟްރަތުން ވާގިވެރިކަމަށް އެދޭށެވެ! އަދި ތިބާ ދަންނާށެވެ!ތިބާއަށް ފައިދާއެއްކޮށްދިނުމަށް މުޅި އުންމަތް ޖަމާވިޔަސް ﷲ އިރާދަކުރައްވައި މިންވަރުކުރައްވައިފައިވާ ކަމެއް މެނުވީ އެބައިމީހުންނަކަށް ނުކޮށްދެވޭނެއެވެ. އަދި ތިބާއަށް ގެއްލުމެއް ދިނުމަށް މުޅި އުންމަތް ޖަމާވިޔަސް ﷲ އިރާދަކުރައްވައި މިންވަރުކުރައްވައިފައިވާ ކަމެއް މެނުވީ އެބައިމީހުންނަކަށް ނުކުރެވޭނެތެވެ. ގަލަންތަކުން ދެލި ހިކިއްޖެއެވެ. އަދި ފޮތްތައް އުފުއްލެވިއްޖެއެވެ.))
ހިޖުރައިގައި މަލާއިކަތުންގެ ފާރަވެރިކަން:
ﷲ I ވަޙީކުރެއްވިއެވެ. ((إِلَّا تَنصُرُوهُ فَقَدْ نَصَرَهُ ٱللَّهُ إِذْ أَخْرَجَهُ ٱلَّذِينَ كَفَرُوا۟ ثَانِىَ ٱثْنَيْنِ إِذْ هُمَا فِى ٱلْغَارِ إِذْ يَقُولُ لِصَٰحِبِهِۦ لَا تَحْزَنْ إِنَّ ٱللَّهَ مَعَنَا ۖ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَيْهِ وَأَيَّدَهُۥ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُوا۟ ٱلسُّفْلَىٰ ۗ وَكَلِمَةُ ٱللَّهِ هِىَ ٱلْعُلْيَا ۗ وَٱللَّهُ عَزِيزٌ حَكِيمٌ[5] - ތިޔަބައިމީހުން އެކަލޭގެފާނަށް نصر ނުދިނަސް، ހަމަކަށަވަރުން، اللَّه، އެކަލޭގެފާނަށް نصر ދެއްވިއެވެ. ދެމީހުންކުރެ އެކަކު ކަމުގައިވާ حال، كافر ވި މީހުން، އެކަލޭގެފާނު ނެރެލިހިނދުގައެވެ. އޭގެ ދެކަލުން (ثَور ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދުގައެވެ. އެހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން اللَّه ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ لشكر ތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި كافر ވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. اللَّه ގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.)) ނަބިއްޔާ ﷺ ޘައުރުފަރުބަދައިގެ ހޮހަޅައިގެ ތެރޭގައި އަބޫބަކުރުގެފާނާ އެކު އިންނެވި އިރު، އެ ދެބޭކަލުން ހޯދާން އުޅުނު މުޝްރިކުންނަށް އެކަލޭގެފާނު ފެނިދާނެތީ އަބޫބަކުރުގެފާނު އިންނެވީ ބިރުފުޅުންނެވެ. ރަސޫލުﷲގެފާނު އަބޫބަކުރުގެފާނަށް ކަންބޮޑުވެވަޑައިނުގެންނެވުމަށް ވިދާޅުވިއެވެ. އެ ދެބޭކަލުންނާއެކު ﷲ ވޮޑިގެންވާކަމަށް ވިދާޅުވިއެވެ.
ﷲގެ މަގުގައި ކުރިއަށްދާ މުސްލިމު އަޅާއަށް ބިރުގަންނާކަށް ނުޖެހޭނެއެވެ. އޭނާއާ އެކު ﷲ ވޮޑިގެންވާނެތީއެވެ. މާތް ﷲ އޭނާގެ ހިތަށް ހިތްހަމަޖެހުން ވައްދަވާނެތީއެވެ. ﷲ ޢައްޒަ ވަ ޖައްލަ މޫސާގެފާނަށް ފިރުޢައުނުގެ ގާތަށް ވަޑައިގެންނެވުމަށް އެންގެވުމުން މޫސާގެފާނު ދެންނެވިއެވެ. ((قَالا رَبَّنَا إِنَّنَا نَخَافُ أَن يَفْرُطَ عَلَيْنَا أَوْ أَن يَطْغَى قَالَ لاَ تَخَافَا إِنَّنِي مَعَكُمَا أَسْمَعُ وَأَرَى [6]- އެ ދެބޭކަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އޭނާ އަޅަމެންގެ މައްޗަށް (عقوبات ދިނުމަށް) އަވަސްވެގަނެ، ނުވަތަ އަނިޔާވެރިވެ، ހައްދުފަހަނަޅައި ހިނގައިދާނެކަމަށް، ހަމަކަށަވަރުން، އަޅަމެން ބިރުގަނެތެވެ. އެކަލާނގެ وحىކުރެއްވިއެވެ. ތިޔަ ދެބޭކަލުން ބިރުފުޅުނުގަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އައްސަވާވޮޑިގެން، އަދި ބައްލަވާވޮޑިގެންވާ حال، ތިޔަ ދެބޭކަލުންނާ އެކުގައި ވޮޑިގެންވަމެވެ.))
މޫސާގެފާނާއި ބަނީއިސްރާއީލު ބާގައިގެ މީހުން އަތުލަންވެގެން ފިރުޢައުނާއި އޭނާގެ ލަޝްކަރު އަންނަ ތަން ފެނުމުން ބަނީއިސްރާއިލު ބާގައިގެ މީހުން ބިރުން ގޮސް މޫސާގެފާނަށް ދެންނެވިއެވެ. ((فَلَمَّا تَرَٰٓءَا ٱلْجَمْعَانِ قَالَ أَصْحَٰبُ مُوسَىٰٓ إِنَّا لَمُدْرَكُونَ[7] - ފަހެ، އެއުރެން އެއް ބަޔަކު އަނެއް ބަޔަކަށް ފެނުނު ހިނދު، موسىގެފާނުގެ أصحابން ދެންނެވޫއެވެ. ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ.)) އެ ހިނދު މޫސާގެފާނު ވަރަށް އިތުބާރާ އެކު ވިދާޅުވިއެވެ. ((كـَلَّآ ۖ إِنَّ مَعِىَ رَبِّى سَيَهْدِينِ [8] - ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއާ އެކު (نصرދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ.))
ﷲ ތަޢާލާ އޭނާ ރައްކައުތެރިކުރައްވާނެކަން ދަންނަ މުއުމިން އިންސާނާ މާތް ﷲ ރައްކައުތެރިކުރައްވާނެއެވެ. އުޑާއި ބިމުގައިވާ ﷲގެ ބިޔަ ވަރުގަދަ ލަޝްކަރުން އޭނާއަށް ޙިމާޔަތްދެއްވާނެއެވެ. މާތްﷲ ރަސޫލާގެ ހިޖުރައިގެ ދަތުރުފުޅު ޙިމާޔަތްކޮށްދެއްވީ މަލާއިކަތުން ފޮނުއްވައިގެންނެވެ. ޞަޢީފު ބައެއް ރިވާޔަތްތަކުގައި އައިސްފައިވާ ގޮތުގައި ދެ ކޮތަރާއި ފައިދިގުމަކުނެއްގެ ޒަރީޢާއިންނެވެ. އެއީ ކީރިތި ރަސޫލާގެ ސީރަތުގެ މަލަތަކުގެ ތެރޭގައި ހިމެނޭ އުސް މަލައެކެވެ. މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރެއްވިއެވެ. ((وَأَيَّدَهُۥ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ ٱلَّذِينَ كَفَرُوا۟ ٱلسُّفْلَىٰ ۗ وَكَلِمَةُ ٱللَّهِ هِىَ ٱلْعُلْيَا ۗ وَٱللَّهُ عَزِيزٌ حَكِيمٌ[9] - އަދި ތިޔަބައިމީހުންނަށް ނުފެންނަ لشكرތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި كافرވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. اللَّهގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. اللَّهއީ، عزيزވަންތަ، حكيمވަންތަ ރަސްކަލާނގެއެވެ.)) އެބައިމީހުންނަށް ނުފެންނަ ލަޝްކަރުތަކަކީ މަލާއިކަތުންނެވެ.
އެކަލޭގެފާނު ހިޖުރައިގެ ދަތުރުފުޅަށް ޓަކައި ގެކޮޅުން ނުކުމެވަޑައިގަތް ވަގުތުގައްޔާއި ޘައުރުފަރުބަދައިގެ ހޮހަޅައިގައި ހޭދަކުރެއްވި ވަގުތުތަކުގައްޔާއި ހިޖުރައިގެ ދިގު ދަތުރުފުޅުގެ މަގުމަތީގައި މާތް ﷲ އެކަލޭގެފާނު ރައްކައުތެރިކުރެއްވުމަށާއި ޙިމާޔަތްކުރެއްވުމަށް މަލާއިކަތުންގެ ލަޝްކަރުތައް ފޮނުއްވިއެވެ.
ކައު ރަސޫލާ ހިޖްރައިގެ ދަތުރުފުޅަށް ޓަކައި ދުންޔަވީ ހުރިހާ ވަސީލަތްތަކެއް ފުރިހަމަކުރެއްވިއެވެ. ރައްކައުތެރިކަމުގެ ހުރިހައި ފިޔަވަޅުތަކެއް އެޅުއްވިއެވެ. ސަބަބުތަކުގައި ހިފެހެއްޓެވިއެވެ. މިއީ ބޮޑުވެގެންވާ ދަރުސެކެވެ. މުސްލިމުންނަށް ސަބަބުތަކުގައި ހިފެހެއްޓުމަށް އެންގެވިއެވެ. ހަމަ އެއާ އެކު މާތްﷲގެ ވާގިފުޅަށާއި މަދަދަށް އެދުމަށް ވެސް އެންގެވިއެވެ. އެ ހިނދު މާތްﷲ އޭނާ ރައްކައުތެރިކުރައްވާނެއެވެ. އިންސާނާ އޭނާގެ މަސައްކަތުގައި ﷲއަށް އިޚުލާޞްތެރިވެ ފަސާދައާ ދެކޮޅަށް މަސައްކަތްކުރާ ނަމަ، މީސްތަކުން އޭނާ ވަށައިލައިގެން މަކަރުވެރި މަޅިތައް ޖަހައި އަނދަވަޅުތައް ކޮނުނަސް މާތް ﷲ އޭނާއަށް ރައްކައުތެރިކަން ދެއްވާނެއެވެ. މާތްﷲ ކައު ރަސޫލާ ﷺ ޙިމާޔަތްކުރެއްވި ފަދައިން މުއުމިން އިންސާނާ ވެސް ޙިމާޔަތްކުރައްވާނެއެވެ.
ހުރިހައި މުއުމިނުން ޙިމާޔަތްކުރައްވާނެ:
ﷲ ތަޢާލާ ޙިމާޔަތްކުރައްވައި ރައްކައުތެރިކުރައްވަނީ ހަމައެކަނި ރަސޫލުބޭކަލުންނާއި ވަލީވެރީންނެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެކަލާނގެ މަލާއިކަތުންނާ ޙަވާލުކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި ﷲގެ މުއުމިން އަޅުން ޙިމާޔަތްކޮށް ދިފާޢުކުރުންވެއެވެ. ﷲ U ވަޙީކުރެއްވިއެވެ. ((لَهُۥ مُعَقِّبَٰتٌ مِّنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦ يَحْفَظُونَهُۥ مِنْ أَمْرِ ٱللَّهِ [10] - އޭނާއަށް (އެބަހީ: އިންސާނާއަށް) އޭނާގެ ކުރިމަތީގައްޔާއި، އޭނާގެ ފަހަތުގައި، ބަދަލުވަމުންދާ ގޮތުގައި ތިއްބަވާ ملائكةން ވެއެވެ. اللَّهގެ أمرފުޅަށް، އެބޭކަލުން އޭނާ ރައްކާތެރިކޮށް ބަލަހައްޓަވަތެވެ.))
ކީރިތި ރަސޫލާ r ބަޔާންކޮށްދެއްވައިފައިވާ ގޮތުގައި ނިދާން އޮށޯވެ އާޔަތުލްކުރުސީ ކިޔެވި މީހާ އޭނާ ނިދިން ތެދުވާންދެން މާތް ﷲ ރައްކައުތެރިކޮށްދެއްވާނެއެވެ. ޢިލްމުވެރީންގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި އާޔަތުލްކުރުސީއާއި سورة الإخلاصއާއި سورة الفلقއާއި سورة الناس ކިޔަވައި ދެ އަތަށް ފުމެ ގައިގައި ފުހުމަށް ފަހު ނިދާ މީހާ ހެނދުންވަންދެން ރައްކައުތެރިކޮށްދެއްވާނެއެވެ. [11] އާޔަތުލްކުރުސީ ކިޔެވުމަކީ އިންސާނާ ސިޙުރުވެރީންގެ ސިޙުރުތަކުން ރައްކައުތެރިކޮށް ޙިމާޔަތްކޮށްދޭނެ ކަމެކެވެ.[12]
ﷲ ތަޢާލާގެ ބަސްފުޅު ((وَجَعَلَ كَلِمَةَ الَّذِينَ كَفَرُوا السُّفْلَى وَكَلِمَةُ اللهِ هِيَ الْعُلْيَا - އަދި كافر ވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. اللَّهގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ.)) މި ބަސްފުޅުން ކަށަވަރުކޮށް މި ދެއްވަނީ ޙައްޤަކީ ސާބިތު އެއްޗެކެވެ. ބާޠިލަކީ ބިލާހެކެވެ. ފުލޯކެކެވެ. ބާޠިލު ކިތަންމެ ވަރުގަދަކަމަށް ފެނުނަސް އޭގައި ފަނާވެދިޔުމުގެ ޢުންޞުރުތައް ވެއެވެ. ބާޠިލު ކިތަންމެ ގިނަޔަސް އެއީ ކަނޑުގެ ފޮނުތައް ފަދަ އެއްޗެކެވެ. މިއާ ޚިލާފަށް ޙައްޤުގައި ބާރާއި އާރުވެއެވެ. އޭގައި ހިމެނޭ ޢުންޞުރުތަކުގެ ސަބަބުން ޙައްޤު ދާނީ އުފުލެމުން މަތިވެރިވަމުންނެވެ.
ކޮންމެ ހިޖުރައަކީ ފަތަޙައެއް:
ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((لَاهِجْرَةَ بَعْدَ الفَتحِ[13] - މައްކާ ފަތަޙަވުމަށް ފަހު، ހިޖުރަކުރުމެއް ނެތެވެ.)) މި ބަސްފުޅުން އެނގެނީ ހިޖުރައަކީ ފަތަޙައެއްކަމެވެ. މުސްލިމަކު ﷲގެ ވަޖުހުފުޅު އަދައިގެން ކުރާ ކޮންމެ ހިޖުރައަކީ ފަތަޙައެކެވެ. ޙަރާން ގޮތުގައި މުދާ ހޯދުން ދޫކޮށްލައިފި މީހާއަށް އުފާވެރި ޚަބަރު ހުށްޓެވެ. އޭނާއަށް މާތް ﷲ ރިޒުޤުގެ މަގު ފަތަޙަކޮށްދެއްވާނެއެވެ. ޙަރާން ވަޒީފާއެއް ދޫކޮށްލައި މީހާއަށް އޭނާއަށް އެއަށް ވުރެ ރަނގަޅު ވަޒީފާއެއް ތަނަވަސްކޮށްދެއްވާނެއެވެ. ޒިނޭއާ ދުރުހެލިވި މީހާއަށް ޞާލިޙު އަތްނބެއް ދެއްވާނެއެވެ. ﷲގެ ޒާތުފުޅަށް ޓަކައި ކަމެއް ދޫކޮށްލާ މީހާއަށް އެއަށް ވުރެ މާ ރަނގަޅު ކަމަކަށް ދޮރު ހުޅުއްވައިދެއްވާނެއެވެ. އަރަހުށި މާތް ﷲ ވަޙީކުރެއްވިއެވެ. ((وَمَن يَّتَّقِ اللهَ يَجْعَل لَّهُ مَخْرَجًا وَيَرْزُقْهُ مِنْ حَيْثُ لاَ يَحْتَسِبُ [14] - އަދި اللَّهއަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ.))
މަރުޖާ:
[1] - الأنفال : 30
[2] - التوبة : 40
[3] - الأنفال : 30
[4] - أخرجه الترمذي (٢٥١٦) وأحمد (٢٦٦٩)
[5] - التوبة : 40
[6] - طه : 45 – 46
[7] - الشعراء : 62
[8] - الشعراء : 63
[9] - التوبة : 40
[10] - الرعد : 11
[11] - محمد أحمد إسماعيل، لماذا نصلي، صفحة 17، جزء 11
[12] - سَعِيد بن علي بن وهف القحطاني (1408 ه)، الذكر والدعاء والعلاج بالرقي من الكتاب والسنة (الطبعة الأولى)، السعودية: مكتبة الرشد، صفحة 141
[13] - أخرجه البخاري (٢٧٨٣) ً، ومسلم (١٣٥٣)
[14] - الطلاق : 2-3