ad_banner
އީރާނަށް ހަމާލަދޭނެކަމަށް އިންޒާރުދިނުމަށް ފަހު، އެ ޙަމަލާތައްދިނުން ހުއްޓައިލާން ޓުރަންޕު ނިންމީ ކީއްވެ؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

12 ޖޫން 2026

އީރާނަށް ވަރުގަދަ ޙަމަލާތަކެއް ދޭނެކަމަށް ބުނެ އީރާނަށް އިންޒާރުތަކެއް ދިނުމަށް ފަހުން ޓުރަންޕުގެ އެ ނިންމުން އޭނާ ބަދަލުކުރީ ކީއްވެބާވައެވެ. އެއް ގޮތެއްގައި ސާބިތުވެ ހުރުމުގެ ގާބިލުކަން އޭނާގެ ނުހުންނާތީބާވައެވެ. މިއީ ފާޑެއްގެ ބަލިމަޑުކަމެއްގެ ސަބަބުން ޓުރަންޕަށް ދިމާވާ ގޮތެއްކަމަށް ލަފާކުރެވެއެވެ. އެހެނީ އީރާނަށް ހަރުކަށި އިންޒާރުތަކެއްދިނުމަށް ފަހު، އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕު އޭނާގެ ނިންމުން ބަދަލުކޮށްފައިވާކަމަށް ޓުރަންޕު ވަނީ އިޢުލާނުކޮށްފައެވެ. ސަބަބެއްކަމަށް ޓުރަންޕު ބުނެފައިވަނީ އީރާނުގެ އިދާރިއްޔަތުގެ އެންމެ މަތީ އިސްވާރުން މަޝްވަރާތަކަށް ހުއްދަ ދީފައިވާކަމަށެވެ. މިއީ ސަބަބެއްކަމަށް ބުނެ އީރާނަށް ދޭން ރާވައިފައިވާ ބޮންއެޅުމާއި މިސައިލު ޙަމަލާތައްދިނުމުގެ އާ އޮޕަރޭޝަން  ކެންސަލުކޮށްފައިވާކަމަށް ރޭ ޓުރަންޕު ވަނީ ބުނެފައެވެ.

އީރާނުން ދީފައިވާ ބަޔާނުން ވެސް މި ކަން ވަނީ ކަށަވަރުވެފައެވެ. އީރާނުން ބުނެފައިވަނީ އެކުލަވައިލެވިދާނެކަމަށް އުންމީދުކުރެވޭ އެއްބަސްވުމެއްގެ ދެލިކޮޕީގެ ގިނަ ބައިތަކަށް އީރާނުން އެއްބަސްވެފައިވާކަމަށެވެ. ނަމަވެސް އެމެރިކާއިން ގެންގުޅޭ ވިސްނުން ތަކުރާރުކޮށް ބަދަލުކުރަމުންދާކަމަށް އީރާނުން ތުހުމަތުކުރެއެވެ.

މީގެ ކުރީން ޓުރަންޕު އިޢުލާނުކޮށްފައިވަނީ ރޭ ވަރަށް ވަރުގަދައަށް އީރާނަށް ޙަމަލާދޭން ފަށާނެކަމަށެވެ. އެމެރިކާއިން އީރާނަށް [ވަރަށް ވަރުގަދަ] ހަމަލާތަކެއްދޭނެ ކަމުގެ އިންޒާރު ޓުރަންޕު ދީފައި ވަނީ އީރާނުގެ ތެލުގެ މައި ޖަޒީރާކަމަށްވާ ޚަރުޤު ޖަޒީރާއާއި ތެލުގެ އެހެނިހެން ވަސީލަތްތައް ހުންނަ ތަންތަން އެމެރިކާގެ ބާރުގެ ދަށަށް ގެންދާނެކަމަށް ބުނެފައެވެ.

އެމެރިކާއިން އީރާނަށް ދިން ހަމަލާތައް އީރާނުގެ ޚާރިޖީ ވުޒާރާއިން ކުށްވެރިކޮށްފައިވާ އިރު، އެ ހަމަލާތަކުގެ ސަބަބުން ހަމަލާ ބަދަލުކުރުން ހުއްޓައިލުން [އަމަލީ ގޮތުން މާނައެއް ނެތް]ކަމަކަށް ވެފައިވާކަމަށް އީރާނުގެ ޚާރިޖިއްޔާއިން ބުނެއެވެ.

އީރާނުގެ ޚަބަރުތައް ބުނާ ގޮތުގައި، އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރު (އައި.އާރް.ޖީ.ސީ)އިން ވަނީ އެ ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިންނަށް ރައްދުގައި ހަމަލާތަކެއްދީފައެވެ. އޭގެ ތެރޭގައި ކުވެއިތާއި ބަހުރައިނާއި އުރުދުންގައި ތިބި އެމެރިކާ ސިފައިން ހިމެނެއެވެ.

މީގެ އިތުރަށް، އީރާނުގެ އަސްކަރިއްޔާއިން ވަނީ ހުރިހައި އުޅަނދުފަހަރަކަށް ހުރުމުޒު ކަނޑުއޮޅި އެކީއެކަށް، އެއްވެސް އިސްތިސްނާއެއް ނެތި ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި ހުރިހައި ކަމެއް މިހެން ހުރިއިރު ވެސް އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާން އިންޒާރު ދިން ޙަމަލާތައް ނުދޭން ނިންމި ނިންމުމުން ދޭހަވަނީ އެމެރިކާއަށް ވެސް ގެއްލުންތަކެއް ލިބިއްޖެކަމެވެ. އަދި އީރާނުގެ ބާރުވެރިކަން ގަދަކަމެވެ. އެހެންކަމުން ކިތަންމެ ދިގު މުއްދަތަކަށް ހަނގުރާމަކުރިއަސް ހަނގުރާމައިގެ މައިދާނުގައި އެމެރިކާއަށް އީރާނު ބަލިނުކުރެވޭނެކަން މިހާރު ޓުރަންޕު ވެސް ގަބޫލުކުރާކަން މި ކަމުން ދޭހަވެއެވެ. ނަމަވެސް އީރާނު ބަލިނުކުރެވެނީ އެމެރިކާގެ އަސްކަރީ ގާބިލުކަން ނެތިގެންނެއް ނޫނެވެ. އެ ގޮތަށް ހަމަލާދީފި ނަމަ، އެމެރިކާއަށް ވެސް ފައިދާއެއް ނެތި ފެންނާން އޮތީ ޞަރީޙަ ގެއްލުމެވެ. މި ކަމުގެ މައިގަނޑު ސަބަބަކީ އީރާނު އޮންނަ އިސްތިރާޖީ ނުކުތާއާއި، ދުނިޔޭގެ ނިޔުކުލިއަރު ތިން ބާރަުކަށްވާ، ޗައިނާއާއި ރޫސީވިލާތާއި އުތުރުކޮރެއާއާ އިރާނާ އެކު އޮންނަ ގާތް ގުޅުމެވެ. މިއީ އެމެރިކާއަށް އީރާނާ ދެކޮޅަށް ހަނގުރާމަކުރުމުގައި ހުރި އުނދަގޫތަކެކެވެ.  (މަޢުލޫމާތު: އަލްޖަޒީރާ)

ކޮމެންޓު