އަޙުމަދު ފަޔާޒު ޙަސަން
2 ޖޫން 2026
2026 މޭ 29ގެ ޢަދަދާ ގުޅޭ)
ރޮތުސްޗައިލްޑު ޢާއިލާއިން އިނގިރޭސިންނަށް ކުރި ވަޢުދާ އެއްގޮތަށް އެމެރިކާ ހަނގުރާމައިގެ ތެރެއަށް ވެއްދިއެވެ. މިއާއެކު، ފަލަސްޠީނާ މެދު ދެ ފަރާތުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އިނގިރޭސިން ކަންތައްކުރާނެ ކަމުގެ ހެއްކެއްގެ ގޮތުގައި ލިޔުމެއް ހޯދުމަށް ރޮތުސްޗައިލްޑު މީހުން ޤަޞްދުކުރިއެވެ. މިހެންކަމުން، އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރުކަމުގައި ހުރި ޔަހޫދީ، އާރތަރ ޖޭމްސް ބެލްފޯރ (Arthur James Balfour)، "ބެލްފޯރ ޤަރާރު" ގެ ގޮތުގައި މަޝްހޫރުވެފައިވާ ސިޓީއެއް ޑުރާފުޓުކުރިއެވެ. އެ ސިޓީ ގައިވެއެވެ.
[ފޮރިން އޮފީސް
02 ނޮވެމްބަރ 1917،
ޢިއްޒަތްތެރި ލޯރޑު ރޮތުސްޗައިލްޑު އަށް،
މާތްވެގެންވާ އިނގިރޭސި ރާޖާގެ ސަރުކާރުގެ ފަރާތްޕުޅުން، ޔަހޫދީ ޒަޔަނިސްޓު އެދުންތަކާ މެދު ހަމްދަރުދީވާކަމުގެ ތިރީގައިވާ ޤަރާރު ކެބިނެޓަށް ހުށަހަޅައިގެން ކެބިނެޓުން އެ ކަން ތަސްދީގުކޮށްފައިވާކަމުގެ ޚަބަރު، މާތް މަނިކުފާނަށް އަރިސްކުރުމުގެ އުފާ އަޅުގަނޑު ލިބިގަންނަމެވެ.
ފަލަސްޠީނުގެ ބިމުގައި ޔަހޫދީންނަށް ޤައުމީ ވަޒަނެއް ޤާއިމްކުރުމުގެ ފިކުރާ މެދު، މާތްވެގެންވާ އިނގިރޭސި ރާޖާގެ ސަރުކާރުން ދެކެވަޑައިގަންނަވަނީ ރުހުމުގެ ލޮލަކުންނެވެ. މި މަޤްޞަދު ޙާޞިލުކުރުމަށް ޓަކައި ކުރެވޭން ހުރި އެންމެހައި ކަންތައްތައް އިނގިރޭސި ސަރުކާރުން ކުރާނެއެވެ. ފަލަސްޠީނުގައި މިހާރު ދިރިއުޅޭ ޔަހޫދީ ނޫން މީސްތަކުންގެ މަދަނީ އަދި ދީނީ ޙައްޤުތަކަށް އެއްވެސް އުނިކަމެއް ލިބިދާ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެކަން ދަންނާންޖެހެއެވެ. އަދި ހަމައެހެންމެ، ޔަހޫދީންނަށް އެހެން ޤައުމެއްގައި ލިބިފައިވާ އެއްވެސް ޙައްޤަކަށް، އަދި އެ މީހުންގެ ސިޔާސީ ޙާލަތަށް ވެސް އެއްވެސް އުނިކަމެއް ލިބިގެންނުވާނެއެވެ.
ޒަޔަނިސްޓު ފެޑެރޭޝަންގެ ސަމާލުކަމާއި މަޢުލޫމާތަށް މި ޤަރާރު ގެންނަވައި ދެއްވައިފި ނަމަ، މަނިކުފާނަށް އަޅުގަނޑު ނުހަނު ޝުކުރުވެރި ވާނޫއެވެ.
މަނިކުފާނަށް އިޚުލާޞްތެރި،
އާރތަރ ޖޭމްސް ބެލްފޯރ]
ރަޝިއާގެ ޒާރ ނިކޮލަސް 2އާއި އޭނާގެ މުޅި ޢާއިލާ ޤަތުލުކުރުމަށް ރޮތުސްޗައިލްޑު ޢާއިލާއިން ކޮންޓުރޯލްކުރާ ޔަހޫދީ ބޯލްޝެވިކުންނަށް ރޮތުސްޗައިލްޑު ޢާއިލާއިން އެނގިއެވެ. މާރިޗް 2ގައި ޒާރ އޭނާގެ ތަޚުތު ދޫކުރައްވައިފައި ވުމާއެކުގައި ވެސް މެއެވެ. މި ކަން އެ މީހުން ކުރީ، މުޅި ރަޝިއާގެ ކޮންޓުރޯލު އެމީހުންގެ އަތްމައްޗަށް ގެނައުމަށާއި، ވިއެނާގެ ކޮންގްރެސްގައި، [ދުނިޔޭގެ ސަރުކާރު] އުފެއްދުމަށް 1815ގައި އެމީހުން ރޭވި ރޭވުމަށް ޒާރ އެލެކުޒެންޑަރ 1، ހުރަސްއަޅުއްވައި 1864ގައި ޒާރ އެލެކުޒެންޑަރ 2، ރައީސް އެބްރަހަމް ލިންކަންގެ ކޮޅަށް ތާއީދު ކުރެއްވިކަމުގެ ބަދަލުހިފާށެވެ.
ޒާރ ގެ މުޅި ޢާއިލާ، ޤަތުލުކުރުމަކީ ރޮތުސްޗައިލްޑު ޢާއިލާއަށް ވަރަށް މުހިންމު ކަމެކެވެ. އެއީ، އެ ގޮތަށް އެ ކަން ކުރުމަށް 1815ގައި ނަތާން މެޔަރ ރޮތުސްޗައިލްޑު ވެފައިވާ ވަޢުދު ފުރިހަމަ ކުރުމަށް ޓަކައެވެ. މިއީ އެ މީހުންގެ ކިބައިގައިވާ ވަރުގަދަ ބާރާއި، ނޭއްގާނިކަން މުޅި ދުނިޔެއަށް ދެއްކުމަށް އެ މީހުން ކުރި ކަމެކެވެ.
ޖޭ. ޕީ. މޯރގަނަކީ ރޮތުސްޗައިލްޑު ޢާއިލާއިން މީސްތަކުންގެ ކުރިމައްޗަށް ދައްކާން ނެރެފައިވާ މީހެއްކަމަށް އެމެރިކާގެ ކޮންގްރެސްގެ މެންބަރެއްކަމުގައިވާ އޮސްކަރ ކަލަވޭ (Oscar Callaway)، ކޮންގްރެސްއަށް އެންގިއެވެ. އަދި އެ މީހުން އެމެރިކާގެ މީޑިއާގެ ކޮންޓުރޯލު އެމީހުންގެ އަތަށް މުޅީން ޖަމާކޮށްފައިވާކަން ވެސް އެންގިއެވެ. އޭނާ މި ކަން މި ގޮތަށް ބަޔާންކުރިއެވެ.
"1915 ގެ މާރޗް ގައި ޖޭ. ޕީ. މޯރގަންގެ ދަގަނޑާއި، އާގުބޯޓުފަހަރު ބަނުމާއި، އަދި ވިޔަފާރިކުރާ ކުންފުނިތަކާއި، އަދި އެ މީހުންގެ ކުންފުނިތަކުގެ ގޮފިތައް ގުޅިގެން ނޫސްވެރިކަމުގެ ދުނިޔޭގައި މަތީ ފަންތީގައި ތިބި ބާރަ މީހުން ހޮވައިފައި، އެމެރިކާގައި އެންމެ ނުފޫޒުގަދަ، [ދުވަހުނޫސްތައް] ފާހަގަކުރުމަށް އެ މީހުންނާ ޙަވާލުކުރިއެވެ. އަދި ދުވަހުނޫސްތަކުގެ ސިޔާސަތު ޢާންމު ގޮތެއްގައި ކޮންޓުރޯލުކުރުމަށް އޭގެތެރެއިން ފުދޭވަރެއްގެ ޢަދަދެއްގެ މީހުން ޚިޔާރުކުރިއެވެ.
އެމީހުންނަށް ފެނުނު ގޮތުގައި އެންމެ ބޮޑެތި 25 [ދުވަހުނޫހު]ގެ ކޮންޓުރޯލު އެކަނި ގަތުމުން އެމީހުންގެ މަޤްޞަދަށް ފުދޭނެއެވެ. މިގޮތުން އެއްބަސްވުމަކަށް އާދެވުނެވެ. އެހުރިހައި ނޫސްތަކަށް ކޮންމެ މަހަކު އެކަމުގެ އަގު ދޭގޮތަށް އެ ނޫސްތަކުގެ ސިޔާސަތުތައް ގަނެވުނެވެ.
1918 ގައި ރަޝިއާގައި ބޯލްޝެވިކު އިންޤިލާބު ހިންގުނުތާ އެއް އަހަރުވެސް ނުވަނީސް ކޮމިއުނިޒަމްގެ ޙަޤީޤީ މަޤްޞަދު ހާމަވާން ފެށިއެވެ. އެއީ މީސްތަކުންގެ މުއްސަނދިކަން (ޚާއްޞަކޮށް ރޮތުސްޗައިލްޑު ޢާއިލާއިން އެންމެ ލޯބިކުރާ ރަން!) ދައުލަތުގެ މަންފާއަށް ޓަކައި ވަގަށްނެގުމެވެ. އެއީ މިހާރު ރޮތުސްޗައިލްޑު ޢާއިލާއިން ކޮންޓުރޯލްކުރާ، އަދި ޔަހޫދީން ހިންގައިދޭ ދައުލަތެވެ. ޖެނުއަރީ 30ގައި ނުކުތް [ނިޔުޔޯރކު ޓައިމްސް]ގެ ޢަދަދުގައި ރިޕޯރޓުކޮށްފައިވާ، ޚަބަރަކުން މި ކަން އެނގުނެވެ.
މި އަހަރުގެ މާރިޗު މަހުގައި، ޔަހޫދީންނާ އިދިކޮޅު ޙަރަކާތްތަކާ މެދު (އެންޓައި ސެމިޓިޒަމް އާމެދު) ލެނިން ބަޔާނެއް ދިނެވެ. މި ބަޔާން ފޮނޮގްރާފު ހޮޅިއަކަށް އަޅާފައި މުޅި ޤައުމު ތެރޭގައި އޭތި ފެތުރިއެވެ. އެއީ، ޔަހޫދީންގެ އިންޤިލާބާ އިދިކޮޅަށް ވަރަށް ބާރަށް ފޯދެމުންދިޔަ ޙަރަކާތުގެ އަޑު ކަނޑުވައިލުމަށް ޓަކައި ހިންގުނު ވަރަށް ބޮޑު ކެމްޕޭނެއްގެ ބައެއްގެ ގޮތުގައެވެ.
ރަޝިއާގެ އާ ސަރުކާރުގައި ހިމެނޭ 384 ކޮމިސަރުންގެ (Commissar) ނަސްލީ އޮނިގަނޑު ދައްކުވައިދޭ ތާވަލެއް، ރަޝިއާގައި ހުންނަ ލަންޑަން ޓައިމްސްގެ މުރާސިލު ރޮބަޓު ވިލްޓަން (Robert Wilton) މި އަހަރުގެ އެޕުރީލު މަހު އުފެއްދިއެވެ. މި ކޮމިސަރުންގެ ތެރޭގައި: 02 ބަބުރުން؛ 13 ރަޝިއާމީހުން؛ 15 ޗައިނާމީހުން؛ 22 އަރުމީނިއަނުން؛ އަދި 300 އަށްވުރެ ގިނަ ޔަހޫދީން ހިމެނެއެވެ. މި 300 ޔަހޫދީންގެ ތެރެއިން 264 ޔަހޫދީންނަކީ، ރަޝިއާގެ އިމްޕީރިއަލް ސަރުކާރު ވެއްޓުނުފަހުން އެމެރިކާއިން ރަޝިއާއަށް ހިޖުރަކޮށްފައިވާ މީހުންނެވެ.
ޔުނިވަރސިޓީ އޮފު ވިސްކޮންސިންގެ ރައީސް ޗާރލްސް އާރ. ވެން ހައިސް (Charles R. Van Hise) "ދަ ފައުންޑޭޝަން އޮފު އެ ނިޔު ވަރލްޑު އޯޑަރ" (އާ ދުނިޔޭގެ ނިޒާމެއްގެ ބިންގާ) މި މައުޟޫޢުގައި ތަޤްރީރެއް ދިނެވެ. އޭނާ މި ތަޤްރީރުގައި ބުނެފައިވެއެވެ.
[ދުނިޔެ މިހާރު މި ވަނީ އެއް ބަޔަކަށްވެފައެވެ. އަދި އެ ބައިގެ ބޮޑު އެއް މެންބަރަކަށް އެއްވެސް ޙާލެއްގައި އެހެން މެންބަރުންނާ ނުލައި ކަންތައްތަކެއް ނުކުރެވޭނެއެވެ. އެމީހުން ކަންތައްތައް ކުރާންޖެހެނީ އެހެން މީހުންނާ އެކުވެގެންނެވެ. އަދި މި ކަން ކުރެވޭނެ ހަމައެކަނި ގޮތަކީ ރަސްމީ މުޢާހަދާތަކެވެ.]
1919 ގެ ޖެނުއަރީގައި ޔަހޫދީ ކާރލް ލީބްކެނެޚްޓު (Karl Liebknecht) އާއި ޝަރްޤިޔޫން (ސެފާރޑިކު) ޔަހޫދީއެއްކަމުގައިވާ ރޯޒާ ލަގްޒެމްބާރގް (Rosa Luxemburg)، ރޮތުސްޗައިލްޑު ޢާއިލާއިން ފައިސާދީގެން ގެންނާން އުޅުނު ކޮމިއުނިސްޓު އިންޤިލާބެއްގެ މަސައްކަތުގެ ތެރޭގައި އިސްވެ ޙަރަކާތްތެރިވުމުގެ ތެރޭގައި އުޅެނިކޮށް މަރުވިއެވެ. މި ފަހަރު އެ މީހުން އިންޤިލާބު ގެންނާން އުޅުނީ ޖަރުމަނުވިލާތުގެ ބާރލިންގައެވެ.
މި އަހަރުގެ ޖެނުއަރީ 18ގައި ވާރސެއި (Versailles)ގެ ޞުލްޙައިގެ ޖަލްސާ ފެށުނެވެ. އެއީ، ބޮޑު ހަނގުރާމަ ނިމުމާ އެކު، ހަނގުރާމަ ކާމިޔާބުކުރި ޤައުމުތަކަށް ޖަރުމަނުވިލާތުން ދޭންޖެހުނު ބަދަލުދިނުމުގެ ކަންތައް ކަނޑައެޅުމަށް ޓަކައެވެ. އަސްކެނާޒީ ޔަހޫދީ ބާނަރޑު ބަރޫކު (Bernard Baruch)ގެ ވެރިކަމުގައި 117 ޔަހޫދީންގެ ވަފުދަކުން، އެ މީހުންނަށް ފަލަސްޠީނުގެ ބިން ވަޢުދުކުރެވިފައިވާކަމުގެ މައުޟޫޢު މަތިކުރިއެވެ. ޖަރުމަނާ ދެކޮޅަށް އެމެރިކާ ތެދުވީ ރޮތުސްޗައިލްޑު ޢާއިލާގެ ސަބަބުންކަން އެމީހުންނަށް އެނގުނެވެ.
ޖަރުމަނުގެ ޔަހޫދީ އާބާދީ އެ މީހުންނަށް ޚިޔާނާތްތެރިވީކަން ވެސް ޖަރުމަނު މީހުންނަށް އެނގުނެވެ. އެއީ މުޅި ދުނިޔޭގައި ވެސް އޮތް ޔަހޫދީންނާ މެދު އެންމެ ރަޙުމަތްތެރި ބަޔަކީ ޖަރުމަނު މީހުންކަމަށްވީހާލުގައި ވެސްމެއެވެ. ޖަރުމަނުވިލާތުން 1822ގައި ތަޢާރަފުކުރި "އިމަންސިޕޭޝަން އެޑިކުޓު" (ކަސްތަޅުތަކުން ވީއްލުމުގެ ޤާނޫނު)އިން، ޖަރުމަނު ރައްޔިތުންނަށް ލިބިދީފައިވާ މަދަނީ ހުރިހައި ޙައްޤެއް ޖަރުމަނުވިލާތުގައި ދިރިއުޅޭ ޔަހޫދީންނަށް ކަށަވަރު ކޮށްދިނެވެ.
ކޮންމެއަކަސް، ފަލަސްޠީނު ވަނީ ޔަހޫދީންގެ ވަޒަނެއްގެ ގޮތުގައި ކަށަވަރުވެފައެވެ. އެ ޤައުމު ރޮތުސްޗައިލްޑު ޢާއިލާއަށް ހިބަކޮށްދިނުމުގެ ކަންތައް ކުރިއަށްދާ އިރު، އެ ޤައުމު އޮންނާންޖެހެނީ އިނގިރޭސިވިލާތުގެ ކޮންޓުރޯލްގެ ދަށުގައެވެ. ސަބަބަކީ، އިނގިރޭސިވިލާތް ކޮންޓުރޯލްކުރަނީ ރޮތުސްޗައިލްޑު ޢާއިލާއިން ކަމުގައިވާތީއެވެ. އެ ދުވަސްވަރު ފަލަސްޠީނުގެ އާބާދީގެ ޔަހޫދީންގެ އިންސައްތައަކީ އެންމެ އެކަކަށްވުރެ ވެސް މަދު ޢަދަދެކެވެ. ވާރސެއިގެ ޞުލްޙައިގެ ބައްދަލުވުން ބާއްވައިދިނީ އެ ގަނޑުވަރުގެ ޔަހޫދީ މިލްކުވެރިޔާ، ބެރޮން އެޑުމަންޑު ޑި ރޮތުސްޗައިލްޑެވެ.
"ދި އިންސައިޑު ސްޓޯރީ އޮފު ދަ ޕީސް ކޮންފަރެންސް" (ޞުލްޙައިގެ ޖަލްސާގެ އެތެރޭގެ ވާހަކަ) މި ފޮތުގައި އެމިލް ޖޯސެފު ޑިލޮން (Emile Joseph Dillon)، ވާރސެއި ޞުލްޙައިގެ ބައްދަލުވުއާމެދު ބުންޏެވެ.
"ބައެއް ކިޔުންތެރީންނަށް ޙައިރާންކަން ލިބިދާނެއެވެ. ނަމަވެސް، ވާރސެއިގެ ޞުލްޙައިގެ ޖަލްސާއަށް ހާޒިރުވި ގިނަ ޢަދަދެއްގެ ވަފުދުތަކުގެ ތެރެއިން ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި އެންގްލޯ-ސެކުސަން މީހުންގެ ފަހަތުގައިވާ ޙަޤީޤީ ނުފޫޒަކީ ޔަހޫދީންކަން އެއީ ކުޑަ ޙަޤީޤަތެއް ނޫނެވެ."
މިއަދުން ފެށިގެން މުޅި ދުނިޔޭގެ ހުރިހައި ކަމެއް ހިންގާނީ އެންގްލޯ-ސެކުސަން މީސްތަކުންނެވެ. އަދި އެމީހުން ލެނބެނީ އެ މީހުންގެ ތެރޭގައިވާ ޔަހޫދީ ޢުންޞުރުތަކަށެވެ.
މީގެ އިތުރަށް ވެސް، ފަލަސްޠީނުގައި ޖަރުމަނުވިލާތަށް މިލްކުވެރިކަން ލިބިފައިވާ ރޭލްވޭގެ ޙައްޤުތައް އަތުލުމަށް ވެސް ރޮތުސްޗައިލްޑު ޢާއިލާއިން މި ޖަލްސާގެ ބޭނުންހިފިއެވެ. މީގެ ސަބަބުން ފަލަސްޠީނުގެ ހުރިހައި އަސާސީ އޮނިގަނޑު (އިންފުރާސްޓުރަކުޗަރ) ގެ ކޮންޓުރޯލް ރޮތުސްޗައިލްޑު ޢާއިލާގެ އަތަށް އެރިއެވެ.
ޞުލްޙައިގެ ބައްދަލުވުމުގެ ގޮތުގައި ނަން ދެވިފައިވާ މި ބައްދަލުވުމުން ފެށުނު ބައްދަލުވުމެއް މެއި 30ގައި ބޭއްވުނެވެ. މި ބައްދަލުވުމުގެ ވެސް ރިޔާސަތު ބެލެހެއްޓީ ބެރޮން އެޑުމަންޑު ޑި ރޮތުސްޗައިލްޑެވެ. މި ބައްދަލުވުން ބޭއްވުނީ ޕެރިސްގެ ހޮޓެލް މެޖެސްޓިކުގައެވެ. ސަރުކާރުތަކުން ކުރާ ކަންކަމަށް ލަފާދޭން (ކޮންޓުރޯލްކުރާން) ޖަމާޢަތެއް އުފެއްދުމަށް މި ބައްދަލުވުމުގައި ކަނޑައެޅުނެވެ.
މި ޖަމާޢަތުގެ ނަމަކީ، "އިންސްޓިޓިއުޓު އޮފު އިންޓަރނޭޝަނަލް އެފެއަރޒް" އެވެ. މި މުއައްސަސާ ފަހުން ދެ އިދާރާއަކަށް ބަދަލުވިއެވެ. އެއީ 1920 ގައި އުފެދުނު، އިނގިރޭސިވިލާތުގައި ހުންނަ "ދަ ރޯޔަލް އިންސްޓިޓިއުޓު އޮފު އިންޓަރނޭޝަނަލް އެފެއަރޒް" (އާރ.އައި.އައި.އޭ.) އާއި، 1921 ގައި އުފެދުނު، އެމެރިކާގައި ހުންނަ "ދަ ކައުންސިލް އޮން ފޮރިން ރިލޭޝަންސް" (ސީ.އެފު.އާރ.) އެވެ. މި ދެ ޖަމާޢަތް ވެސް ކޮންޓުރޯލްކުރީ ރޮތުސްޗައިލްޑު ޢާއިލާއިންނެވެ.
އެންމެފަހުން، "ދުނިޔޭގެ ސަރުކާރު" އުފެއްދުމަށް ރޮތުސްޗައިލްޑު ޢާއިލާއިން ފާޅުގައި ކުރާ ދެވަނަ މަސައްކަތް ޤާއިމްކުރުމަށް ވެސް ވާރސެއި ޞުލްޙައިގެ ބައްދަލުވުމުގެ ތެރެއިން އެ މީހުން މަގުފަހިކުރިއެވެ. މި ކަން އެމީހުން ކުރަނީ ހުރިހައި ހަނގުރާމައެއް (އެއީ ޚުދު އެ މީހުން އުފައްދާ ހަނގުރާމަތަކެވެ.) ހުއްޓުވުމުގެ އުޒުރުގެ ދަށުންނެވެ. މި މުއައްސަސާއަކީ "ލީގް އޮފު ނޭޝަންސް" އެވެ.
މި ޖަމާޢަތް ފޭލިވާނެކަން އެނގުނެވެ. "ވަރލްޑު ޒަޔަނިސްޓު ކޮންގްރެސް"ގެ މުސްތަޤްބަލުގެ ރައީސް ނަހުމް ސޮކޮލޮވް (Nahum Sokolow) އެ ކަމާމެދު ބުންޏެވެ.
"ލީގް އޮފު ނޭޝަންސް އުފެއްދުމުގެ ޚިޔާލަކީ ޔަހޫދީ ޚިޔާލެކެވެ. އަހަރެމެން އެ މުއައްސަސާ އުފެއްދީ 25 އަހަރުވަންދެން އެ ކަމަށް ގަދައަޅައި މަސައްކަތް ކުރުމަށް ފަހުގައެވެ."
މާރިޗު 29ގައި "ދަ ޓައިމްސް އޮފު ލަންޑަން" ނޫހުގައި ރަޝިއާގެ ބޯލްޝެވިކުންނާ މެދު ތިރީގައިވާ ގޮތަށް ރިޕޯޓުކޮށްފައިވެއެވެ.
[ބޯލްޝެވިކު ޙަރަކާތާ މެދު އެންމެ އަޅައިގަންނަ އެއް ސިފައަކީ، އެ ޙަރަކާތުގެ ލީޑަރުންގެ ތެރޭގައި ހިމެނޭ ރަޝިއާ ނޫން މީހުންގެ އިންސައްތަ މަތިކަމެވެ.] (ނުނިމޭ)