އަޙުމަދު ފަޔާޒު ޙަސަން
29 މޭ 2026
2026 މޭ 05ގެ ޢަދަދާ ގުޅޭ)
ރައީސް ވޫޑުރޯ ވިލްސަން އަތުގައި އެ ވަރަކަށް ފައިސާއެއް ނެތެވެ. މިހެންކަމުން، ރައީސް ވިލްސަން އެ ގުޅުން ހިންގި އަންހެން މީހާއަށް އުންޓާރމްޔަރގެ އަމިއްލަ ޖީބުން އެ ފައިސާ ދިނުމަށް އޭނާ ވޮލަންޓިއަރުކުރިއެވެ. މި ފައިސާ ދިނުމަށް އުންޓާރމްޔަރގެ ޝަރުޠަކީ، އެމެރިކާގެ ސުޕުރީމް ކޯޓުން ފުރަތަމަ ހުސްވާ ޖާގައަށް އުންޓާރމްޔަރ ބުނާ ކެންޑިޑޭޓެއްގެ ނަން ރައީސް ވިލްސަން ހުށަހެޅުމަށް ވަޢުދުވުމެވެ. ރައީސް ވިލްސަން މި ކަމަށް އެއްބަސްވެވަޑައިގަތެވެ.
ޖޭ. ޕީ. މޯރގަން ބޭންކިންގ ވިޔަފާރީގެ އެމްޕަޔަރގެ މިލްކުވެރިޔާކަމަށް ބެލެވިފައިވާ ޖޭ. ޕީ. މޯރގަން (J. P. Morgan) މާރޗް 31ގައި މަރުވިއެވެ. އެމެރިކާގައި އޭރު ހުރި އެންމެ މުއްސަނދި މީހާކަމަށް ބެލެވިފައިވަނީ އޭނާއެވެ. ނަމަވެސް އޭނާގެ ވަޞިއްޔަތުން ފާޅުވި ގޮތުގައި އޭނާއަށް ލިބިފައިވަނީ ޖޭ. ޕީ. މޯރގަން ކުންފުނިތަކުގެ އެންމެ 19 އިންސައްތަ މިލްކުވެރިކަމެވެ. އަނެއް 81 އިންސައްތައިގެ މިލްކުވެރިޔަކީ ރޮތުސްޗައިލްޑު ޢާއިލާއެވެ.
އެމެރިކާގައިވާ ބްނައި ބްރިތުގެ ގޮތްޕެއްގެ ގޮތުގައި "އެންޓައި ޑިފެމޭޝަން ލީގް" (އޭ.ޑީ.އެލް.)، ޖޭކަބް ސްކިފު ޤާއިމްކުރިއެވެ. މި ޖަމާޢަތް އުފެއްދުމުގެ ހަމައެކަނި މަގުސަދަކީ ބޭފުޅު ޔަހޫދީންނާއި، ރޮތުސްޗައިލްޑު ޢާއިލާއިން މުޅި ދުނިޔޭގައި ހިންގާ ޣައިރުޤާނޫނީ ސިއްރު މަޝްރޫޢުތަކާ ގުޅޭ ޙަރަކާތްތަކާ މެދު ސުވާލު އުފައްދައި، ނުވަތަ ގޮންޖަހާ ކޮންމެ މީހަކު ފާހަގަކޮށް، އެ މީހުންނަކީ ޔަހޫދީންނާ އިދިކޮޅު (އެންޓި ސެމިޓިކު) މީހުންކަމުގައި، އަދި ޖުމްލަ ގޮތެއްގައި ޔަހޫދީ ނަސްލާ އިދިކޮޅު ބަޔެއްގެ ގޮތުގައި ފާހަގަކުރުމެވެ.
ހަމަ މި އަހަރު އެ މީހުންގެ އެންމެ ފަހުގެ، އަދި މިހާރު ހިނގަމުންދާ މަރުކަޒީ ބޭންކު، "ފެޑެރަލް ރިޒާރވް ބޭންކު" އެ މީހުން އެމެރިކާގައި ޤާއިމްކުރިއެވެ.
ޑިސެމްބަރ 23 ގައި "ފެޑެރަލް ރިޒާރވް އެކުޓު" (ފެޑެރަލް ރިޒާވާބެހޭ ޤާނޫނު)ގެ ނަމުން، މަރުކަޒީ ބޭންކެއް ޤާއިމްކުރުމާ ބެހޭ ޤާނޫނެއް ފާސްކުރެވުމަށް ފަހު، އެމެރިކާގެ ކޮންގްރެސްގެ މެންބަރެއްކަމުގައިވާ ޗާރލްސް ލިންޑުބާރގް (Charles Lindbergh) މިފަދައިން ބުންޏެވެ.
[މި ބިންމަތީގައިވާ އެންމެ ބޮޑު އިތުބާރު (ޓުރަސްޓު) މި ޤާނޫނުގެ ސަބަބުން ޤާއިމް ވެއްޖެއެވެ. ރައީސް މި ބިލް ތަޞްދީޤު ކުރެއްވުމުން، ފައިސާގެ ބާރުގެ ވަންހަނާގައިވާ ސަރުކާރަށް ޤާނޫނީ ހައިސިއްޔަތު ދެވޭނެއެވެ. ޒަމާންތަކުގެ އެންމެ ބޮޑު ޖަރީމާ ހިންގޭނީ ބޭންކިންގއާއި ފައިސާއާ ބެހޭ މި ބިލުގެ ސަބަބުންނެވެ.]
ފެޑެރަލް ރިޒާވަކީ ޕުރައިވެޓު ކުންފުންޏެއްކަން މި ނުކުތާގައި ފާހަގަކުރުމަކީ މުހިންމު ކަމެކެވެ. އެއީ ސަރުކާރުގެ އެއްވެސް މިލްކުވެރިކަމެއް ލިބިގެންވާ ބޭންކެއްނޫނެވެ. އަންދާޒާ ކުރެވިފައިވާ ގޮތުގައި އެ ބޭންކުގެ ނަފާ އަހަރަކު 150 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މައްޗަށްދެއެވެ. ނަމަވެސް އެ ބޭންކުގެ މުޅި ތާރީޚުގައި ވެސް އެ މީހުން އެންމެ ފަހަރަކު ވެސް އެ މީހުންގެ ހިސާބުތައް ޢާންމުކޮށް ޝާއިޢުކޮށްފައެއް ނުވެއެވެ. ފެޑެރަލް ރިޒާވުގެ މިލްކުވެރިކަން ވަނީ ތިރީގައިވާ ރޮތުސްޗައިލްޑުގެ ޢާއިލީ ބޭންކުތަކުގެ އަތްމަތީގައެވެ.
· ރޮތުސްޗައިލްޑު ބޭންކު އޮފު ލަންޑަން
· ވޯރބާރގު ބޭންކު އޮފު ހޭމްބަރގު
· ރޮތުސްޗައިލްޑު ބޭންކު އޮފު ބާރލިން
· ލީމަން ބުރަދާރޒް އޮފު ނިޔުޔޯރކު
· ލަޒާރޑު ބުރަދާރޒް އޮފު ޕެރިސް
· ކޫން ލިއޮބް ބޭންކު އޮފު ނިޔުޔޯރކު
· އިސްރާއީލް މޯސަސް ސައިފު ބޭންކުސް އޮފު އިޓަލީ
· ގޯލްޑުމަން، ސަކުސް އޮފު ނިޔުޔޯރކު
· ވޯރބާރގް ބޭންކު އޮފު އަމްސްޓަރޑަމް
· ޗޭސް މެންހެޓަން ބޭންކު އޮފު ނިޔުޔޯރކު
1914 ގައި ފުރަތަމަ ބޮޑު ހަނގުރާމަ ފެށުން.
މި ހަނގުރާމައިގައި ޖަރުމަނުވިލާތުގެ ރޮތުސްޗައިލްޑު ޢާއިލާގެ މީހުން ޖަރުމަނު ސަރުކާރަށް ދަރަނި ދޫކުރިއެވެ. އަދި އިނގިރޭސިވިލާތުގެ ރޮތުސްޗައިލްޑު ޢާއިލާގެ މީހުން އިނގިރޭސި ސަރުކާރަށް ދަރަނި ދޫކުރިއެވެ. އަދި ފަރަންސޭސިވިލާތުގެ ރޮތުސްޗައިލްޑު ޢާއިލާގެ މީހުން ފަރަންސޭސި ސަރުކާރަށް ދަރަނި ދޫކުރިއެވެ.
މީގެ އިތުރަށް ވެސް، ޔޫރަޕުގެ ޚަބަރުފަތުރާ ތިން އޭޖެންސީގެ ކޮންޓުރޯލު ވެސް އޮތީ ރޮތުސްޗައިލްޑު ޢާއިލާގެ އަތްމަތީގައެވެ. އެއީ 1849ގައި ޖަރުމަނުވިލާތުގައި ޤާއިމުކުރެވިފައިވާ ވުލްފު (Wolff) ނިއުސް އޭޖެންސީއާއި، 1851ގައި އިނގިރޭސިވިލާތުގައި ޤާއިމުކުރެވިފައިވާ ރޮއިޓަރސް (Reuters) ނިއުސް އޭޖެންސީއާއި، 1835ގައި ފަރަންސޭސިވިލާތުގައި ޤާއިމްކުރެވިފައިވާ ހަވަސް (Havas) ނިއުސް އޭޖެންސީއެވެ.
ރޮތުސްޗައިލްޑު ޢާއިލާގެ ވާހަކަ މީޑިއާގައި މަދުން އަންނާން ފެށީ މިދުވަސްވަރު މީޑިއާގެ މިލްކުރެވިކަން އެމީހުންގެ އަތުގައި އޮތީތީއެވެ.
1915 ގައި ތުރުކީވިލާތުގެ އިސްލާމީ ޢުޘްމާނީ ސަރުކާރު، މާސޫނީ ޔަހޫދީ އިސްތިރާކީން ވައްޓައިލިއެވެ. މި ކަން ޙާޞިލު ކުރުމަށް ޓަކައި، އެ މީހުންގެ ޙަޤީޤަތް މީސްތަކުންނަށް އޮޅުވައިލުމަށް ޓަކައި އެ މީހުންގެ ޖަމާޢަތަށް އެ މީހުން އަމިއްލައަށް ދިން ނަމަކީ "ޔަންގް ޓާރކުސް" (ޒުވާން ތުރުކީން)އެވެ. މި އިންޤިލާބުގެ އާޚިރު ނަތީޖާއަކަށްވީ، ޔަހޫދީން އިސްނަގައިގެން ހިންގި، އާރމީނިއާގެ ދެ މިލިއަން ނަޞާރާއިން މަރައިލި ޤަތުލުޢާންމެކެވެ.
މި އިންޤިލާބުގެ ނަތީޖާއެއްގެ ގޮތުން، ފަހުން މުޞްޠަފާ ކަމާލު އަތާތުރުކުގެ ނަމުން މަޝްހޫރުވެގެންދިޔަ، ބަނގުރާ ބުއިމުގައި ޙައްދުފަހަނަޅައިފައިވާ ކުރިޕުޓޯ ޔަހޫދީއަކަށް ތުރުކީވިލާތުގައި ޚުދުމުޚުތާރު ވެރިއެއްގެ މަޤާމް ލިބިގެންދިޔައެވެ.
1916ގެ ޖޫން 4ގައި، އަސްކެނާޒީ ޔަހޫދީއެއްކަމުގައިވާ ލޫއީ ޑެމްބިޓުޒް ބްރެންޑެއިސް (Louis Dembitz Brandeis)، އެމެރިކާގެ ސުޕުރީމް ކޯރޓުގެ ފަނޑިޔާރެއްގެ މަޤާމަށް ރައީސް ވޫޑުރޯ ވިލްސަން ޢައްޔަނުކުރެއްވިއެވެ. އެއީ، ރައީސް ވިލްސަން ބްލެކުމެއިލް ކޮށްގެން ސެމިއުލް އުންޓަރމްޔަރ ދެއްކި ފައިސާގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީންނެވެ. ފަނޑިޔާރު ބްރެންޑެއިސަކީ "އެކުޒެކެޓިވް ކޮމިޓީ ފޮރ ޒަޔަނިސްޓު އެފެއަރޒް" ޖަމާޢަތުގެ އިންތިޚާބު ކުރެވިފައިވާ ލީޑަރު ވެސް މެއެވެ. އެއީ 1914އިން ފެށިގެން އޭނާ ފުރަމުން އަންނަ މަޤާމެކެވެ.
ބޮޑު ހަނގުރާމައިގެ މެދުތެރެއެވެ. ރޮތުސްޗައިލްޑު ޢާއިލާއިން ފައިސާ ދިނުމުގެ ސަބަބުން ޖަރުމަނުވިލާތުން ދަނީ ހަނގުރާމަ ކާމިޔާބުކުރަމުންނެވެ. މި ގޮތަށް އެ މީހުން ކަންކުރި ހަމައެކަނި ސަބަބަކީ، ރަޝިއާގެ ޒާރއަށް ވާގިދޭން ރޮތުސްޗައިލްޑު ޢާއިލާއިން ބޭނުން ނުވީތީއެވެ. އަދި މި ހަނގުރާމައިގައި ރަޝިއާ އޮތީ ފަރަންސޭސިވިލާތާއި، އިޓަލީވިލާތާއި، އިނގިރޭސިވިލާތާ އެއް ފަޅީގައި ކަމަށްވާވީތީއެވެ.
މިހެން ކަންތައްވަމުން ދަނިކޮށް، ވަރަށް މުހިންމު ހާދިސާއެއް ހިނގިއެވެ. ޖަރުމަނުވިލާތުން ހަނގުރާމަ ކާމިޔާބުކުރަމުން ދިޔަކަމުގައި ވިއަސް، އަދި ބޭރުގެ އެންމެ ސިފައަކު ވެސް ޖަރުމަނުވިލާތުގެ ބިމުގައި ފައިޖައްސައިފައި ނުވިއެއްކަމަކު، ހަނގުރާމައިގެ އެއްވެސް ބަދަލެއް ދިނުމުގެ ޝަރުޠެއްނެތި، ހަނގުރާމަ އެއްކޮށް ހުއްޓައިލުމުގެ ހުށަހެޅުމެއް ޖަރުމަނުވިލާތުގެ ފަރާތުން ޑިސެމްބަރ 12ގައި އިނގިރޭސިވިލާތަށް ދިނެވެ. އިނގިރޭސީން މި ކަން ޤަބޫލުނުކުރުމަށް ރޮތުސްޗައިލްޑު ޢާއިލާއިން ތިބީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. ސަބަބަކީ، އެ މީހުން މި ހަނގުރާމަ ފެއްޓުމަށް ބޭނުންވި ކަންތައްތަކުގެ ތެރެއިން ބައެއް ހާސިލުނުވެ ބާކީ ހުރުމެވެ.
މިހެންކަމުން، ޖަރުމަނުވިލާތުގެ ހުށަހެޅުމާ މެދު އިނގިރޭސިވިލާތުން ވިސްނަމުންދިޔަ ދަނޑިވަޅުގައި ރޮތުސްޗައިލްޑުގެ އޭޖެންޓެއްކަމުގައިވާ ލޫއީ ބްރެންޑެއިސް، އެމެރިކާއިން އިނގިރޭސިވިލާތަށް ޒަޔަނިސްޓު ވަފުދެއް ފޮނުވިއެވެ. މި ވަފުދުގެ މަޤްޞަދަކީ، އިނގިރޭސީންގެ ފަޅިއަށް އެމެރިކާ މި ހަނގުރާމައިގެ ތެރެއަށް ގެނެސްދޭނެކަން ވަޢުދުވުމެވެ. މި ކަމުގެ ޝަރުޠަކީ، ފަލަސްޠީނުގެ ބިން ރޮތުސްޗައިލްޑު ޢާއިލާއަށް ދިނުމަށް އިނގިރޭސިން އެއްބަސްވުމެވެ.
ދުނިޔޭގެ އިރުމަތީގައިވާ އެ މީހުންގެ ގިނަގުނަ ވިޔަފާރީގެ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް ރޮތުސްޗައިލްޑު ޢާއިލާއިން ފަލަސްޠީނުގެ ބިން ބޭނުންވެއެވެ. މީގެ އިތުރަށް ވެސް، އެ މީހުންގެ ވިޔަފާރީގެ މަޞްލަޙަތުތަކަށް ނުރައްކާކުރާ ކޮންމެ ދައުލަތަކަށް ޢުދުވާނުކުރުމަށް، އެ މީހުންގެ އަމިއްލަ ޢަސްކަރިއްޔާއާ އެކުގައި އޮންނަ އެ މީހުންގެ އަމިއްލަ ދައުލަތެއް ވެސް އެ ސަރަޙައްދުގައި އޮންނާން އެމީހުން ބޭނުންވިއެވެ.
ރޮތުސްޗައިލްޑު ޢާއިލާއަށް ފަލަސްޠީނު ދިނުމަށް އިނގިރޭސިވިލާތުން ފަހުން އެއްބަސްވިއެވެ. މިއާ އެކު، ލަންޑަނުގައި ތިބި ޒަޔަނިސްޓުން އެމެރިކާގައި ތިބި، އެ މީހުންގެ ބައިވެރީންނަށް މި ކަން އެންގިއެވެ. އެ ދުވަހާ ހަމައަށް ޖަރުމަނުވިލާތުގެ ކޮޅަށް ލިޔުންތައް ލިޔަމުންގެންދިޔަ އެމެރިކާގެ ހުރިހައި ބޮޑެތި ނޫސްތަކުން ކުއްލިއަކަށް ޖަރުމަނުވިލާތާ ދެކޮޅަށް އެއްޗެހި ލިޔާން ފަށައިފިއެވެ. މި ގޮތުން، ޖަރުމަނުވިލާތާ އިދިކޮޅަށް އެމެރިކާގެ ޢާންމު ރައްޔިތުންގެ ވިސްނުން އަނބުރައިލުމަށް ޓަކައި ދޮގު ޚަބަރުތައް އެމެރިކާގެ ނޫސްތަކުންގައި ލިޔާން ފެށިއެވެ. މި ފަދަ ޚަބަރުތަކުގެ ތެރޭގައި: ރެޑު ކުރޮސް ޖަމާޢަތުގެ ނަރުހުން ޖަރުމަނު ސިފައިން މަރަމުންގެންދާ ވާހަކައާއި އަދި ތުއްތުކުދީންގެ އަތްތައް ޖަރުމަނު ސިފައިން ބުރިކުރަމުންގެންދާ ވާހަކަ ހިމެނެއެވެ.
ހައިރާންކުރުވަނިވި ގޮތަކަށް ރައީސް ވޫޑުރޯ ވިލްސަން މި އަހަރު ދެވަނަ ދައުރަކަށް އިންތިޚާބުވިއެވެ. އޭނާގެ ކެމްޕޭނު ޝިޢާރަކަށްވީ، "ތިޔަބައިމީހުންގެ ފިރިހެން ދަރީންތައް ހަނގުރާމައާ ދުރުގައި ބައިތިއްބައިދޭނެ މީހާ ހޮވާށެވެ!"
1917ގައި ޞުލްޙަވުމަށް ޖަރުމަނުވިލާތުން ހުށަހެޅި ހުށަހެޅުމުގެ ސަބަބުން، އެމެރިކާގައިވާ ރޮތުސްޗައިލްޑު ޢާއިލާގެ ހަނގުރާމައިގެ މެޝިނުގަނޑު ވަރަށް ބޮޑަށް ޙަރަކާތްތެރިވެގެން ދިޔައެވެ. އެމެރިކާގެ މުޅި މީޑިއާގައި ޖަރުމަނުވިލާތާ އިދިކޮޅު ދޮގު ވާހަކަތައް ފެތުރުން ވަރަށް މަތީ ދަރަޖައަކަށް އިތުރުވެގެން ދިޔައެވެ. ނަތީޖާއަކީ، ސުޕުރީމް ކޯޓުގެ އެމެރިކާގެ ޔަހޫދީ ފަނޑިޔާރު ލޫއީ ޑެމްބިޓުޒް ބްރޭންޑެއިސް ގެ އިރުޝާދުގެ ދަށުން، ވެވަޑައިގަތް އިންތިޚާބުގެ ވަޢުދުތަކާ ޚިލާފަށް އޭޕުރިލް 6ގައި ރައީސް ވޫޑުރޯ ވިލްސަން، ފުރަތަމަ ބޮޑުހަނގުރާމައިގެ ތެރެއަށް އެމެރިކާ ވެއްދެވިއެވެ. (ނުނިމޭ)