އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
20 މޭ 2026
އެއް ދުވަހަކު ތިބާ ބަޔަކުމީހުންނާއެކު ތަނެއްގައި ހުއްޓައި އޭގެ ތެރެއިން މީހަކު ތިބާއާ އެކަހެރިކޮށް ވަކީން ބައްދަލުކޮށްލާން ބޭނުންވާކަމަށް ބުނެފި ނަމަ، ތިބާގެ ހިތަށް އެތައް ސުވާލުތަކެއް އަރާނެއެވެ.
ތިބާއާ އެކަހެރިކޮށް ބައްދަލުކުރާން ބޭނުންވާ މީހަކީ ދުނިޔޭގެ ރަސްރަސްކަލުންގެ ތެރެއިން ރަސްކަލެއް ނަމަ، ތިބާގެ ހިތަށްއަރާނީ ކޮން ކަހަލަ އިޙްސާސްތަކެއް ބާވައެވެ.
ތިބާއާ އެކަހެރިކޮށް ބައްދަލުކުރައްވާން ބޭނުންފުޅުވާ ފަރާތަކީ ތިބާގެ ވެރިރަސްކަލާނގެ ނަމަ، ތިބާ ކިހާވަރަކަށް އުފާވާނެހެއްޔެވެ؟
އާނއެކެވެ! ތިބާއާ ތިބާގެ ވެރިރަސްކަލާނގެއާ ދެމެދުގައި ޚާއްޞަ ބައްދަލުވުމެއް ވެއެވެ.
ވިސްނައިލާށެވެ! ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَكُلُّهُمْ آتِيهِ يَوْمَ الْقِيَامَةِ فَرْدًا[1] - އަދި قيامة ދުވަހުން، އެއުރެން ކުރެ ކޮންމެ މީހަކު، އެކަލާނގެ حضرةއަށް އަންނަހުށީ، އެކަނިމާއެކަންޏެވެ.))
ރަސޫލާ r ޙަދީސްކުރެއްވިއެވެ. ((ما مِنكُم مِن أحَدٍ إلّا سَيُكَلِّمُهُ رَبُّهُ، ليسَ بيْنَهُ وبيْنَهُ تُرْجُمانٌ [2] – އޭނާގެ ވެރިރަސްކަލާނގެ އޭނާއާ މުޚާޠަބުނުކުރައްވާނެ ހަމަ އެކަކު ވެސް ތިޔަބައިމީހުންގެ ތެރެއަކު ނުހުންނާނެތެވެ. އެކަލާނގެއާ އޭނާއާ ދެމެދުގައި ތަރުޖަނާކު ނުހުންނާނެތެވެ.))
ޤިޔާމަތްދުވަހުން ތިބާއާ ﷲއާ ދެމެދުގައި ޚާއްޞަ ބައްދަލުވުމެއް އޮންނާނެއެވެ. މި ބައްދަލުވުމުގައި ތިބާ ދުނިޔެމަތީގައި ކުރި އެންމެހައި ޢަމަލުތަކުގެ ހިސާބުބައްލަވާނެއެވެ.
މި މުހިންމު ބައްދަލުވުމަށް ތިބާ ތިޔަ ހުރީ ތައްޔާރުވެގެންހެއްޔެވެ؟
މި ބައްދަލުވުމަށް ތިބާ އީމާންވާންހެއްޔެވެ؟
ކީރިތި ޤުރްއާނަށާއި މި ޤުރްއާނުގައިވާ ކަންތައްތަކަށް ތިބާ އީމާންވަންހެއްޔެވެ؟ މި ކަމުގައި ޝައްކެއް އޮތް ނަމަ، މި އަންނަ މަންޒަރަށް ބަލައިލާށެވެ! ތިބާ މި ސުމޭކު މަންޠިޤާމެދު ވިސްނައިލާށެވެ! އެއީ މީހެއްގެ އުފެއްދުމެއްނޫންކަން ރަނގަޅަށް އެނގޭނެއެވެ.
ވިސްނަމާ!
ކީރިތި ޤުރްއާނުގައި (فردا [3]) މި ލަފުޒު ތިން އާޔަތެއްގައި ޖުމްލަ ތިން ފަހަރު ވާރިދުވެފައިވެއެވެ. އެއީ:
- وَنَرِثُهُ مَا يَقُولُ وَيَأْتِينَا فَرْدًا - އަދި އޭނާ އެބުނާ މުދަލާއި، ދަރިން (ނެތިކުރައްވައި) އެހުރިހާ އެއްޗެއް، ތިމަންރަސްކަލާނގެ މިލްކުކުރައްވާހުށީމެވެ. އަދި ތިމަންރަސްކަލާނގެ حضرة އަށް އޭނާ އަންނަހުށީ، އެކަނިމާ އެކަންޏެވެ. - مريم : 80
- وَكُلُّهُمْ آتِيهِ يَوْمَ الْقِيَامَةِ فَرْدًا - އަދި قيامة ދުވަހުން، އެއުރެންކުރެ ކޮންމެމީހަކު، އެކަލާނގެ حضرة އަށް އަންނަހުށީ، އެކަނިމާއެކަންޏެވެ. - مريم :95
- وَزَكَرِيَّا إِذْ نَادَى رَبَّهُ رَبِّ لَا تَذَرْنِي فَرْدًا وَأَنْتَ خَيْرُ الْوَارِثِينَ - އަދި زكريّا ގެފާނު ހަނދުމަކުރާށެވެ! އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاء ކުރެއްވި ހިނދެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މި އަޅާޔަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ، ދިރިދެމިވޮޑިގެންވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. - الأنبياء : 89
މި ތިން އާޔަތުގެ އަކުރުތަކުގެ ޖުމްލައަކީ 88އެވެ.
މި ތިން އާޔަތުގެ ތަރުތީބީ ވަނަތަކުގެ ޖުމްލައަކީ 264 = 88 + 88 + 88
މިއީ ހިސާބިއްޔާތީ ޙަޤީޤަތެކެވެ. އިންކާރުކުރެވިދާނެހެއްޔެވެ؟
ތިބާ ރަނގަޅަށް ވިސްނާށެވެ!
- (القرآن) މި ލަފުޒު އެކުލެވިގެންވަނީ އަލިފުބާގެ 5 އަކުރުންނެވެ. އެއީ : الألف - اللام - القاف - الراء – النون . އިސްވެދިޔަ ތިން އާޔަތުގައި މި އަކުރުތައް ތަކުރާރުވެފައިވަނީ 39 ފަހަރުއެވެ.
- (الرسول) މި ލަފުޒު އެކުލެވިގެންވަނި އަލިފުބާގެ 5 އަކުރުންނެވެ. އެއީ: الألف - اللام - الراء - السين – الواو . އިސްވެދިޔަ ތިން އާޔަތުގައި މި އަކުރުތައް ތަކުރާރުވެފައިވަނީ 39 ފަހަރުއެވެ.
- (النبي) މި ލަފުޒު އެކުލެވިގެންވަނީ އަލިފުބާގެ 5 އަކުރުންނެވެ. އެއީ : الألف - اللام – النون - الباء - الياء. އިސްވެދިޔަ ތިން އާޔަތުގައި މި އަކުރުތައް ތަކުރާރުވެފައިވަނީ 39 ފަހަރުއެވެ.
- (الوحي) މި ލަފުޒު އެކުލެވިގެންވަނީ އަލިފުބާގެ 5 އަކުރުންނެވެ.އެއީ: الألف - اللام - الواو - الحاء - والياء. އިސްވެދިޔަ ތިން އާޔަތުގައި މި އަކުރުތައް ތަކުރާރުވެފައިވަނީ 39 ފަހަރުއެވެ.
އިސްވެދިޔަ ވާހަކަތަކުގެ ޚުލާޞާއަކީ
· (القرآن) މި ލަފުޒުގެ ފަސް އަކުރު މި ތިން އާޔަތުގައި ތަކުރާރުވެފައިވަނީ 39 ފަހަރުއެވެ.
· الرسول) މި ލަފުޒުގެ ފަސް އަކުރު މި ތިން އާޔަތުގައި ތަކުރާރުވެފައިވަނީ 39 ފަހަރުއެވެ.
· النبي) މި ލަފުޒުގެ ފަސް އަކުރު މި ތިން އާޔަތުގައި ތަކުރާރުވެފައިވަނީ 39 ފަހަރުއެވެ.
· (الوحي) މި ލަފުޒުގެ ފަސް އަކުރު މި ތިން އާޔަތުގައި ތަކުރާރުވެފައިވަނީ 39 ފަހަރުއެވެ..
އާނއެކެވެ! ތިބާ ކުރާނެ ސުވާލެއް އޮންނާނެއެވެ. 39 މި އިޝާރަތްކުރަނީ ކޮން އެއްޗަކަށްހެއްޔެވެ؟
ޖަވާބަކީ:
އިސްވެ ބަޔާންކުރި ތިން އާޔަތުގައި ބައިވެރިވާ ލަފުޒަކީ (فردا)އެވެ.
އަލިފުބާ ތަރުތީބުގައި الفاء އަކީ 20ވަނަ އަކުރެވެ.
އަލިފުބާ ތަރުތީބުގައި الراءއަކީ 10ވަނަ އަކުރެވެ.
އަލިފުބާ ތަރުތީބުގައި الدالއަކީ 8ވަނަ އަކުރެވެ.
އަލިފުބާ ތަރުތީބުގައި الألفއަކީ 1 ވަނަ އަކުރެވެ.
ވީމާ (فردا)ގެ އަކުރުތަކުގެ ތަރުތީބީ ވަނަތަކުގެ ޖުމްލައަކީ: 39އެވެ.
މި ޖަވާބާ ގަޔާވޭހެއްޔެވެ؟
އިތުރަށް ވިސްނައިލަމާ ހިނގާ!
އާޔަތްތަކުގެ އަދަދަކީ 3އެވެ. މި އާޔަތްތަކުގައި އެންމެ ގިނައިން ތަކުރާރުވެފައިވާ 3 އަކުރަކީ الألف އާއި الراءއާއި الياءއެވެ.
އަލިފުބާ ތަރުތީބުގައި الألفގެ ވަނައަކީ 1އެވެ. މި ތިން އާޔަތުގައި މި އަކުރު ތަކުރާރުވެފައިވަނީ 16 ފަހަރުއެވެ.
އަލިފުބާ ތަރުތީބުގައި الراءގެ ވަނައަކީ 10އެވެ. މި ތިން އާޔަތުގައި މި އަކުރު ތަކުރާރުވެފައިވަނީ 10 ފަހަރުއެވެ.
އަލިފުބާ ތަރުތީބުގައި الياءގެ ވަނައަކީ 28 އެވެ. މި ތިން އާޔަތުގައި މި އަކުރު ތަކުރާރުވެފައިވަނީ 10 ފަހަރުއެވެ.
މި ތިން އަކުރުގެ އަލިފުބާ ތަރުތީބުގެ ޖުމްލައަކީ 39އެވެ.
ހިސާބިއްޔާތުގެ މި ޙަޤީޤަތާ މެދު ތިބާގެ ރައުޔަކީ ކޮބައިހެއްޔެވެ؟
އިތުރަށް ބަލަމާހިނގާށެވެ!
އިސްވެ ދިޔަ ތިން އާޔަތަށް ބަލަމާހިނގާށެވެ. އެއީ:
- وَنَرِثُهُ مَا يَقُولُ وَيَأْتِينَا فَرْدًا - مريم: 80
- وَكُلُّهُمْ آتِيهِ يَوْمَ الْقِيَامَةِ فَرْدًا - مريم: 95
- وَزَكَرِيَّا إِذْ نَادَى رَبَّهُ رَبِّ لَا تَذَرْنِي فَرْدًا وَأَنْتَ خَيْرُ الْوَارِثِينَ - الأنبياء: 89
މި ތިން އާޔަތުގެ ތަރުތީބީ ވަނަތަކުގެ ޖުމްލައަކީ ކޮބައިހެއްޔެވެ؟ އެއީ 264އެވެ.
ކީރިތި ޤުރްއާނުގައި 264ވަނަ ނަންބަރު ލިބިފައިވާ ހަމައެކަނި އާޔަތަކީ البقرة ސޫރަތުގެ މި އާޔަތެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تُبْطِلُوا صَدَقَاتِكُمْ بِالْمَنِّ وَالْأَذَى كَالَّذِي يُنْفِقُ مَالَهُ رِئَاءَ النَّاسِ وَلَا يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَمَثَلُهُ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُ وَابِلٌ فَتَرَكَهُ صَلْدًا لَا يَقْدِرُونَ عَلَى شَيْءٍ مِمَّا كَسَبُوا وَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ - البقرة : 264
މި އާޔަތުގެ ކަލިމަތަކުގެ އަދަދަކީ 39އެވެ.
އިތުރަށް ބޭނުންތަ؟
މި އަންނަ ތިން އާޔަތަށް ބަލައިލަމާހިނގާށެވެ!
- فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُوا فِي دَارِهِمْ جَاثِمِينَ - الأعراف : 78
- فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُوا فِي دَارِهِمْ جَاثِمِينَ - الأعراف : 91
- خَالِدِينَ فِيهَا أَبَدًا لَا يَجِدُونَ وَلِيًّا وَلَا نَصِيرًا - الأحزاب : 65
(فردا) މި ލަފުޒުގެ އަކުރުތައް ފުރަތަމަ އާޔަތުގައި ތަކުރާރުވެފައިވަނީ 13 ފަހަރުއެވެ.
ދެވަނަ އާޔަތުގައި ވެސް ތަކުރާރުވެފައި ވަނީ 13 ފަހރުއެވެ.
ތިންވަނަ އާޔަތުގައި ވެސް ތަކުރާރުވެފައިވަނީ 13 ފަހަރުއެވެ.
ފުރަތަމަ އާޔަތުގެ ތަރުތީބީ ވަނައަކީ 78 އެވެ. އެއީ 13 × 6
ދެވަނަ އާޔަތުގެ ތަރުތީބީ ވަނައަކީ 91 އެވެ. އެއީ 13 × 7
ތިންވަނަ އާޔަތުގެ ތަރުތީބީ ވަނައަކީ 65 އެވެ. އެއީ 13 × 5
ވީމާ
މި ތިން އާޔަތުގައި ލަފުޒު (فردا)ގެ އަކުރުތައް ތަކުރާރުވެފައި ވަނީ 39 ފަހަރުއެވެ.
މި ތިން އާޔަތުގެ ތަރުތީބު ވަނަތަކުގެ ޖުމްލައަކީ 234 އެވެ. އެއީ 39 × 6އެވެ.
މިއަށްވުރެ އަޖައިބުކަން ބޮޑު ކަމެއް
ފުރަތަމަ އާޔަތުގެ އަކުރުތަކުގެ އަދަދަކީ 33 އެވެ.
ދެވަނަ އާޔަތުގެ އަކުރުތަކުތަކުގެ އަދަދަކީ 33 އެވެ.
ތިންވަނަ އާޔަތުގެ އަކުރުތަކުތަކުގެ އަދަދަކީ 33 އެވެ.
އެންމެ ފަހު އާޔަތް އައިސްފައިވަނީ الأحزاب ސޫރަތުގައެވެ. މި ސޫރަތުގެ މުޞްޙަފު ވަނައަކީ 33އެވެ. (ނުނިމޭ)