ad_banner
ކީރިތި ޤުރުއާނުގެ ސުމޭކު ފިޠުރަތު (5)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

13 މޭ 2026

(2026 މޭ 06ވަނަ ދުވަހުގެ އަދަދާ ގުޅޭ)

ޖިންނީން ބުނީ ކީކޭ ހެއްޔެވެ؟

ޖިންނީން ބުންޏެވެ. (إِنَّا سَمِعْنَا قُرْآنًا - ހަމަކަށަވަރުން، ތިމަންމެން عجائبވާ ފަދަ قرآنއެއްގެ އަޑު އަހައިފީމުއެވެ.)

-         މި ފަސް އާޔަތުގައި الألف ތަކުރާރުވެފައިވަނީ 34  ފަހަރުއެވެ.

-         މި ފަސް އާޔަތުގައި النون ތަކުރާރުވެފައިވަނީ 12 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި الألف ތަކުރާރުވެފައިވަނީ 34  ފަހަރުއެވެ.

-         މި ފަސް އާޔަތުގައި السين ތަކުރާރުވެފައިވަނީ އެންމެ ފަހަރަކުއެވެ.

-         މި ފަސް އާޔަތުގައި الميم ތަކުރާރުވެފައިވަނީ 8 ފަހަރުއެވެ.

-          މި ފަސް އާޔަތުގައި العين ތަކުރާރުވެފައިވަނީ 6 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި النون ތަކުރާރުވެފައިވަނި 12 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި الألف ތަކުރާރުވެފައިވަނީ 34 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި القاف ތަކުރާރުވެފައިވަނީ އެންމެ ފަހަރަކުއެވެ.

-         މި ފަސް އާޔަތުގައި الراء ތަކުރާރުވެފައިވަނީ 6 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި الألف ތަކުރާރުވެފައިވަނީ 34 ފަހަރުއެވެ.

-         މި ފަސް އަޔަތުގައި النون ތަކުރާރުވެފައިވަނީ 12 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި الألف ތަކުރާރުވެފައިވަނީ 34 ފަހަރުއެވެ.

-         އަޖައިބުވަނިވި ކަމަކީ (إِنَّا سَمِعْنَا قُرْآنًا) މި ޖުމުލައިގެ އަކުރުތައް މި ފަސް އާޔަތުގައި 228  ފަހަރު ތަކުރާރުވެފައިވާތީއެވެ. އެއީ  114 + 114 އެވެ.

-         114 އަކީ ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ އަދަދެވެ.

 މި ފަސް އާޔަތާ މެދު އަލުން ބަލާށެވެ!

يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ وَلَنْ نُّشْرِكَ بِرَبِّنَا أَحَدًا (2)

وَأَنَّهُمْ ظَنُّوا كَمَا ظَنَنْتُمْ أَنْ لَنْ يَبْعَثَ اللَّهُ أَحَدًا (7)

وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا (18)

قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا (20)

عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَى غَيْبِهِ أَحَدًا (26)

-         މި ފަސް އާޔަތުގެ ތަރުތީބީ ވަނަތަކުގެ ޖުމުލައަކީ 73އެވެ.

-         މުޞްޙަފުގައި سورة الجن ގެ ތަރުތީބީ ވަނައަކީ 72އެވެ.

-         މި ދެ އަދަދުގެ ފަރަގަކީ 73 – 72 = 1އެވެ.

-         މި ފަސް އާޔަތް ނިމިފައިވަނީ ކަލިމަތު (أَحَدًا) އަށެވެ.

-         73 + 72 = 145

 އަދަދު 1 ކީރިތި ޤުރުއާނުގައި 145 ފަހަރު އައިސްފައިވެއެވެ.

سبحان الله!!

 سورة الجنގެ މި ފަސް އާޔަތަށް އަލުން ބަލާށެވެ!

يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ وَلَنْ نُّشْرِكَ بِرَبِّنَا أَحَدًا (2)

وَأَنَّهُمْ ظَنُّوا كَمَا ظَنَنْتُمْ أَنْ لَنْ يَبْعَثَ اللَّهُ أَحَدًا (7)

وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا (18)

قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا (20)

عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَى غَيْبِهِ أَحَدًا (26)

-         މި ފަސް އާޔަތުގެ އަކުރުތަކުގެ ޖުމުލައަކީ 152އެވެ. އެއީ = 73 + 79

73އަށާއި 79އަށް ބަލާށެވެ!

އަކުރު އަލިފުބާ އަކުރުގެ ތަރުތީބު ވަނަ سورة الجنގެ ފަސް އާޔަތުގައި ތަކުރާރުވެފައިވާ އަދަދު
ا 1 34
ل 23 18
ل 23 18
هـ 26 9
ޖުމުލަ 73 79
 

 -         ލަފުޒުލްޖަލާލަތި ﷲގެ އަކުރުތަކުގެ އަލިފުބާ ތަރުތީބުގެ ޖުމުލައަކީ 73 އެވެ. 73 އަކީ ފުރައަދަދެކެވެ. ފުރައަދަދުގެ ލިސްޓުގައި މި އަދަދުގެ ވަނައަކީ 21 އެވެ.

-         މި އަކުރުތައް އެ ފަސް އާޔަތުގައި ތަކުރާރުވެފައިވާ އަދަދުތަކުގެ ޖުމުލައަކީ 79 އެވެ.މިއީ ވެސް ފުރައަދަދެކެވެ.ފުރައަދަދުގެ ލިސްޓުގައި މިއަދަދުގެ ވަނައަކީ 22 އެވެ.

-         21 + 22 = 43  މިއީ ވެސް ފުރައަދަދެކެވެ.43 އަކީ މުޞްޙަފު ނިމޭކޮޅުން ގުނާއިރު  سورة الجن ގެ ތަރުތީބީ ވަނައެވެ.

އަވަސް އަރުވައިނުގަނޭ!

سورة الجن ގެ މި ފަސް އާޔަތުގެ އަޖައިބުކަން ވަރަށް ބޮޑެވެ.

މި ފަސް އަޔަތުގައި ލަފުޒުލްޖަލާލަތި (ﷲ)ގެ އަކުރުތައް ތަކުރާރުވެފައިވަނީ 79 ފަހަރުއެވެ.

މި ތާވަލަށް ބަލާށެވެ!

އަކުރު އަލިފުބާ ތަރުތީބުގެ ވަނަ سورة الجنގެ ފަސް އާޔަތުގައި ތަކުރާރުވެފައިވާ އަދަދު
ا 1 34
ل 23 18
ن 25 12
ب 2 8
ى 28 7
ޖުމުލަ 79 79

މިއީ ލަފުޒު (النبي)ގެ އަކުރުތައް سورة الجنގެ މި ފަސް އާޔަތުގައި ތަކުރާރުވެފައިވާ އަދަދެވެ. މި ކަމާ މެދު ވިސްނާށެވެ!

ޖިންނީން ބުނީ ކީކޭހެއްޔެވެ؟  

يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ وَلَنْ نُّشْرِكَ بِرَبِّنَا أَحَدًا  - 2

މި އާޔަތުގެ ފުރަތަމަ ބައި (يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ)ގައި ޖިންނީން ބުނީ : އެ قرآن މަގުދައްކަނީ، حق ތެދު މަގަށެވެ. ފަހެ، ތިމަންމެން އެ قرآنއަށް إيمانވެއްޖައީމުއެވެ.

މި އިލާހީ ސުމޭކު ގެތުމަށް ނިކަން ބަލައިބަލާށެވެ!

-         މި ފަސް އާޔަތުގައި الألف  ތަކުރާރުވެފައިވަނީ 34 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި اللّام  ތަކުރާރުވެފައިވަނީ 18 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި الراء  ތަކުރާރުވެފައިވަނީ 6 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި الشين  ތަކުރާރުވެފައިވަނީ 3 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި الدال  ތަކުރާރުވެފައިވަނީ 10 ފަހަރުއެވެ.

-         ވީމަ މި ފަސް އާޔަތުގައި ލަފުޒު (الرشد) ގެ އަކުރުތައް ތަކުރާރުވަފައި މިވަނީ 71 ފަހަރުއެވެ.  

ދެން (فَآمَنَّا) ބަލާށެވެ!

-         އަލިފުބާގެ ތަރުތީބުގައި އަކުރު الفاء ވަނައަކީ 20އެވެ.

-         އަލިފުބާގެ ތަރުތީބުގައި އަކުރު الألف ވަނައަކީ 1އެވެ.

-         އަލިފުބާގެ ތަރުތީބުގައި އަކުރު الميم  ވަނައަކީ 24އެވެ.

-         އަލިފުބާގެ ތަރުތީބުގައި އަކުރު النون ވަނައަކީ 25އެވެ.

-         އަލިފުބާގެ ތަރުތީބުގައި އަކުރު الألف ވަނައަކީ 1އެވެ.

ވީމާ ކަލިމަތު (فَآمَنَّا) ގެ އަކުރުތަކުގެވ ތަރުތީބީ ވަނަތަކުގެ ޖުމުލައަކީ 71އެވެ.

ދެން (الوحي) އަށް ބަލާށެވެ!

ޙައްޤު ތެދުމަގަށާއި އީމާންކަމަށް ގޮވައިލާ (الوحي)ގެ އަކުރުތަކަށް ބަލަމާހިނގާށެވެ!

-         މި ފަސް އާޔަތުގައި الألف  ތަކުރާރުވެފައިވަނީ 34 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި اللّام  ތަކުރާރުވެފައިވަނީ 18 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި اللّام  ތަކުރާރުވެފައިވަނީ 18 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި الواو ތަކުރާރުވެފައިވަނީ 7 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި الحاء  ތަކުރާރުވެފައިވަނީ 5 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި الياء ތަކުރާރުވެފައިވަނީ 7 ފަހަރުއެވެ.

-         ވީމާ މި ފަސް އާޔަތުގައި ލަފުޒު (الوحي) ގެ އަކުރުތައް ތަކުރާރުވެފައި މި ވަނީ ޖުމުލަ  71 ފަހަރުއެވެ.  

ދެން (القرآن)އަށް ބަލާށެވެ!

ޙައްޤު މަގުގެ މަޞްދަރަކީ (القرآن) ނޫންހެއްޔެވެ؟

-         މި ފަސް އާޔަތުގައި الألف  ތަކުރާރުވެފައިވަނީ 34 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި اللّام  ތަކުރާރުވެފައިވަނީ 18 ފަހަރުއެވެ.

-         މި ފަސް އާޔަތުގައި القاف  ތަކުރާރުވެފައިވަނީ 1 ފަހަރު އެވެ.

-         މި ފަސް އާޔަތުގައި الراء  ތަކުރާރުވެފައިވަނީ 6 ފަހަރު އެވ

-          މި ފަސް އާޔަތުގައި النون ތަކުރާރުވެފައިވަނީ 12  ފަހަރު އެވެ.

-         ވީމާ މި ފަސް އާޔަތުގައި ލަފުޒު (القرآن)  ގެ އަކުރުތައް ތަކުރާރުވެފައި މި ވަނީ ޖުމުލަ  71 ފަހަރުއެވެ.  

އަދަދު 71 އާ ގުޅިފައިވާ ގޮތަށް ނިކަން ބަލައިބަލާށެވެ!  سورة الجن އައިސްފައިވަނީ މުޞްޙަފު ތަރުތީބުން 71 ވަނަ ސޫރަތަށް ފަހުގައެވެ.

-         މުޞްޙަފުގައި سوره الجن ގެ ތަރުތީބީ ވަނައަކީ 72 އެވެ. 72- 71 = 1

-         سورة الجن ގެ މި ފަސް އާޔަތުގެ ބައިވެރިވާ ބަހާއަކީ މި އާޔަތްތައް ކަލިމަތު  (أَحَدًا) އަށް ނިމުމެވެ.

މިއީ ކީރިތި ޤުރުއާނެވެ.

މިއީ އެ ފޮތުގެ އާޔަތްތަކާއި ކަލިމަތަކާއި އަކުރުތައް އޮޅުމެއްނެތި މާނަ ސާފުކޮށް އެނގޭ ގޮތުގައި ފުރިހަމަ ނިޒާމަކުން ތަންޒީމުކުރައްވައިފައިވާ ފޮތެކެވެ.  އަދި އެ ފޮތުގައިވާ ހުރިހާ ތަކެއްޗެއް ވަނީ ތަފުޞީލުކޮށް ބަޔާންކުރައްވައިފައެވެ. އެއީ މޮޅަށް ދެނެވޮޑިގެންވާ، ޙަކީމުވަންތަ ރަސްކަލާނގެ ޙަޟުރަތުން މުޙައްމަދު ރަސޫލާ rގެ މައްޗަށް ބާވައިލެއްވި ފޮތެވެ. މި ފޮތުގައި އެއްވެސް އަރައިރުމެއް ތަޢާރުޟުވުމެއްނެތެވެ. މި ފޮތުގެ ލަފުޒުތަކާއި އަކުރުތައް ﷲގެ ކުޅަދުންވަންތަކަމަށް ހެކިވާ ގޮތަށް މި ފޮތުގެ ކޮންމެ ވިޔައަކުރަކާއި އަދަދަކާއި ސުމޫކު ގެތުމަކީ ﷲގެ އެއްކައުވަންތަކަމަށް ހެކިވާ ހެކިވެރިއެކެވެ. އެއީ ކިތަންމެ ވަރަށް ކިޔެވިޔަސް ފޫހިވުމެއް ނެތް ފޮތެކެވެ. މި ފޮތުގެ އަޖައިބުތައް ހުސްވެގެންނެއްނުވެއެވެ. (ނިމުނީ)

ކޮމެންޓު