އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ލ. މާވަށް
30 އޯގަސްޓް 2026
ތަޢާރަފު
ފާއިތުވި ދަހަރުގެ ތެރޭގައި، އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) ވެފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދިރާސާތަކާއި، ފިކުރީ ވިސްނުންތަކާއި، އަދި އިލްމީ ބަދަލުކުރުންތަކުގެ ކުރިއެރުންތައް އެތައް ގުނައެއް ހާމަކޮށްދޭ އެންމެ ފާހަގަކޮށްލެވޭ މަންސައަށެވެ. ކުޑަ ކޮންފަރެންސަކުން ފެށުނު މި ހަރަކާތް ވަނީ، މަހައްލީ އަދި ބައިނަލްއަގުވާމީ ދިރާސީ ގާބިލުކަން އެކި ދާއިރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދައްކުވައިދޭ ބޮޑު އެކަޑެމިކް އެއްވުމަކަށް ބަދަލުވެފައެވެ.
2016ވަނަ އަހަރު [އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އަވޭކެނިންގ]ގެ ނަމުގައި އުފެދި، 2019ގައި މިހާރުގެ ނަމަށް ބަދަލުކުރެވުނެވެ. މި ކޮންފަރެންސަކީ ގައުމީ ގާބިލުކަން ބިނާކުރުމަށާއި، ގިނަ ބަސްބަހުން އިލްމީ ކަރުދާސްތައް ހުށަހަޅާ ޢިލްމީ މުހިންމު ފޯރަމެކެވެ.
މި އަހަރު ރާވައިލެވިފައިވާ ކަންކަން
މި އަހަރުގެ އައިސީއައިއޭ އިންތިޒާމުކުރެވިފައިވަނީ އިލްމީ އަދި ސަގާފީ ގޮތުން ވަރަށް ގިނަ ޕްރޮގްރާމްތަކަކާއެކުގައެވެ. ކޮންފަރެންސްގެ މައިގަނޑު ހަރަކާތްތައް ފުރިހަމަ ދެ ދުވަހުގެ މުއްދަތަށް (ހެނދުނު 8:30 އިން ހަވީރު 17:00 އަށް) 10 ޕެރެލަލް ރޫމްތަކުގައި ކުރިއަށްދާ ގޮތަށް ވަނީ ތަރުތީބުކުރެވިފައެވެ.
އައިސީއައިއޭ 2026ގައި ފާހަގަކޮށްލެވޭ މުހިންމު ބައެއް ކަންކަން:
1. ޚާއްޞަ ކީނޯޓް މުގައްރިރުންތަކެއް
1.1 ޑރ. ޞާލިޙް ބިން ޢަލީ އަލްޢަޤްލާ (އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާގެ ރައީސް)
1.2 އެމެރިޓަސް ޕްރޮފެސަރ (ތަން ޝްރީ) ޒުލްކިފްލި ޢަބްދުއްރައްޒާޤު ( އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާގެ ކުރީގެ ރެކްޓަރ)
1.3 ޕްރޮފެސަރ ޑރ. ނަހްލާ ޞަބްރީ ޤުޠުބު އައްސަޢީދީ (މިޞްރުގެ ޝައިޚުލްއަޒްހަރުގެ އެޑްވައިޒަރ)
2 . ޚާއްޞަ ދެ ޕެނަލް މަޝްވަރާ:
2.1 އިނގިރޭސި ބަހުން: "Restructuring Higher Education Alliances for a Sustainable Learning Society" (ރާއްޖޭގެ 2 ޔުނިވަރސިޓީއާއި ބޭރުގެ 3 ޔުނިވަރސިޓީއެއް ބައިވެރިވާނެއެވެ).
2.2 ދިވެހި ބަހުން: "އެކަޑެމިކް ދާއިރާގައި މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި މަސައްކަތުގެ އަޚުލާޤު ވަރުގަދަކުރުން"
3. މަސައްކަތުބައްދަލުވުންތަކާއި އިޖުތިމާއީ ހަރަކާތްތައް:
3.1 އެޕްރީލް އިން މޭ މަހުގެ ނިޔަލަށް ކުރިއަށްދިޔަ 8 ޕްރީ-ކޮންފަރެންސް ވަރކްޝޮޕްގެ އިތުރުން ކޮންފަރެންސްގެ އެއް ދުވަސް ތެރޭގައި 10 ވަރކްޝޮޕް ބޭއްވުނެވެ.
3.2 ބައިވެރީންގެ ގުޅުން ބަދަލުކުރުމަށް ރަސްމީ ގާލާ ނައިޓަކާއި، މިއުޒިއަމަށް ޒިޔާރަތް ކުރުން ބައިނަލް އަގުވާމީ ޢިލްމުވެރީންނަށް ޚާއްޞަ ކުރެވިފައިވެއެވެ.
3.3 އެންމެ ފަހުގެ ހަރަކާތަކަށް ކޮންފަރެންސްގެ ބައިވެރީން ކައިރި ރަށަކަށް ކޮންފަރެންސް ދަތުރު ވެސް ހިމެނެއެވެ.

4. މި އަހަރުގެ ރިކޯޑުތައް
މި އަހަރުގެ ކޮންފަރެންސުން ވަނީ އިދާރީ އަދި އެކަޑެމިކް ގޮތުން ފާހަގަކޮށްލެވޭ ގިނަ ރެކޯޑުތަކެއް ގާއިމުކޮށްފައެވެ:
|
ދާއިރާ |
މި އަހަރުގެ ރެކޯޑު އަދަދުތައް |
|
ޖުމްލަ ރަޖިސްޓްރޭޝަން |
526 (ހާޒިރުވެގެން: 344، އޮންލައިންކޮށް: 182) |
|
ބައިވެރީންގެ ނިސްބަތް |
473 ދިވެހި، 53 ބައިނަލްއަގުވާމީ (18 ގައުމަކުން) |
|
ކަރުދާސް ހުށަހެޅުން |
167 (85 ދިވެހި ، 83 ބައިނަލްއަގުވާމީ) |
|
އެބްސްޓްރެކްޓް ގަބޫލުކުރެވުނު |
139 ބަލައިގަނެވުނު |
|
ފުލް ކަރުދާސް ހުށަހެޅުނު |
67 ކަރުދާސް ބަލައިގަނެވި އަދި 15 ކަރުދާސް ބަލައިނުގަނެވެއެވެ. |
|
ފައިނަލް ޕްރެޒެންޓަރުން |
119 ކަރުދާސް ހުށަހެޅުން |
|
ޕޯސްޓަރ |
11 ހުށަހެޅުންތެރީން |
|
ތަފާތު ބަސްތަކުގެ ހުށަހެޅުނު ކަރުދާހުގެ ނިސްބަތް |
147 އިނގިރޭސި، 12 ޢަރަބި، 8 ދިވެހި |
|
ކޮންފަރެންސް އިޢުލާންކުރުމަށްފަހު ކަރުދާސް ހުށަހެޅުމަށް އެހީތެރިވެދިނުމަށް ބޭއްވުނު 8 ވަރކްޝޮޕްގެ ބައިވެރިވުން |
277 ކޮންފަރެންސް ކުރީން |
|
ކޮންފަރެންސް 1 ދުވަސްކުރީން ބޭއްވުނު 10 ވަރކްޝޮޕްގެ ބައިވެރިވުން |
400އަށް ވުރެ ގިނަ ބައިވެރީން |
|
ޖުމްލަ އިވެންޓް މެޓްރިކް |
1199އަށް ވުރެ ގިނަ ބައިވެރީން |
މީގެ އިތުރަށް، ބައިވެރީންނަށް ފުރުސަތު ހުޅުވައިލުމުގެ ގޮތުން 50 ފަރާތަކަށް ހިލޭ ރަޖިސްޓްރޭޝަން ދެވިފައިވެއެވެ. ފުލް ކަރުދާސް ހުށަހެޅި ބައިނަލްއަގުވާމީ 20 ޢިލްމުވެރިޔަކަށް 3 ދުވަހުގެ އެކޮމޮޑޭޝަން ފޯރުކޮށްދީފައެވެ.
ކުރިމަގުގައި ގެނެވިދާނެ ބަދަލުތައް
އައިސީއައިއޭގެ ކުރިއަށް އޮތް ދުވަސްތަކަށް ބަލާއިރު، މި މަންސަ އިތުރަށް ފުޅާކުރުމަށްޓަކައި ތިރީގައިވާ ބަދަލުތައް ގެނެވިދާނެކަމަށް ގަބޫލުކުރެވެއެވެ.
1. ބައިނަލްއަގުވާމީ އެއްބާރުލުން ފުޅާކުރުން: ދުނިޔޭގެ އެކި ޔުނިވަރސިޓީތަކާއި ދިރާސީ މަރުކަޒުތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި އިލްމީ ބައިވެރިވުން އިތުރަށް ފުޅާކުރުން.
2. މަޝްވަރާއަށް އިތުރު ފުރުސަތުތައް ހުޅުވައިލުން: ހަމައެކަނި ކަރުދާސް ހުށަހެޅުމުގެ ބަދަލުގައި، ސެމިނާރާއި ވެބިނާރތަކާއި، ސީދާ މަޝްވަރާކުރެވޭ ވަށްމޭޒު ބައްދަލުވުންތަކާއި، ކޮންފަރެންސްގެ ކުރީން ތަފާތު ބަސްބަހުން ބާއްވާ ދަންފަޅިތަކާއި މަސައްކަތުބައްދަލުވުންތައް އިތުރުކުރުން.
3. ދިވެހި އަދި ޢަރަބި ބަހުގެ ބައިވެރިވުން އިތުރުކުރުން: އިނގިރޭސި ބަހުގެ އިތުރުން ގައުމީ ބަހާއި ޢަރަބި ބަހުން ހުށަހެޅޭ ދިރާސާތައް އިތުރުކުރުމަށް ޚާއްޞަ އިސްނެގުމެއް ތަޢާރަފުކުރުން.
4. ވަގުތުން ތަރުޖަމާ ކުރެވޭ ނިޒާމެއް ގާއިމުކުރުން: އައި ސީ އައި އޭގެ ކުރިޔަށް އޮތް އަހަރަށް އިންތިޒާމުކުރެވޭ އެއް ކަމަކަށް، ކަރުދާސްތައް ހުށަހަޅަމުން އަންނައިރު، އިނގިރޭސި ޢަރަބި އަދި ދިވެހިބަހުން ތަރުޖަމާ އިވޭ ގޮތް ހެދޭ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތްކުރުން.
5. ޢަރަބި ބަހުން އާ ޖާނަލެއް ތަޢާރަފުކުރުން: އައި ސީ އައި އޭގެ ކުރިޔަށް ހުރި އުންމީދުތަކުގެ ތެރޭގައި، ޢަރަބި ބަހުގެ ޖާނަލެއް ތަޢާރަކުފުކުރަމަކީ މުހިންމު ކަމެއްކަމަށް މަޝްވަރާކުރެވިފައި ވެއެވެ. އެކަން ހާޞިލުކުރުމަށް މަސައްކަތްތަކެއްކުރުން.
6. އައި ސީ އައި އޭ އިންޑެކްސްކުރުން: ކުރިޔަށް އޮތް އަހަރުތަކުގައި އައި ސީ އައި އޭ އިންޑެކްސްކޮށް، ބައިނަލްއަގުވާމީ މަންސަތަކުގައި ކޮންފަރެންސް ރަޖިސްޓަރީކުރުމަށް މަސައްކަތްކޮށް އެ ކަން ކާމިޔާބުކުރުން.
އައިސީއައިއޭއަކީ އިލްމުވެރިކަން ފަތުރައި އާލާކުރުމުގެ މަގުބޫލުކަން ހޯދައިފައިވާ މަންސައެކެވެ. މި އަހަރުގެ ކާމިޔާބީތަކާ އެކު، އައިސީއައިއޭ ދެމިއޮންނާނީ އިލްމީ ޚިޔާލުތައް ހިއްސާކުރެވޭ، މުޖުތަމައުގެ ކުރިއެރުމަށް މަގުކޮށައިދޭ މުހިންމު މަންސައެއްގެ ގޮތުގައިކަމަށް އިސްލާމިކު ޔުނިވަރސިޓީއިން ވިދާޅުވެއެވެ.[ފަރަގު]ން އުންމީދުކުރަނީ ވެސް އެ ގޮތަށެވެ. މި މުހިންމު ކޮންފަރެންސް މިއަދު ހެނދުނު ފަށައިގެން މިހާރު ކުރިއަށްދާކަން ފާހަކޮށް މި ޢިލްމީ ކޮންފަރެންސަށް ހުރިހައި ވެސް ކާމިޔާބީއަކަށް އެދެމެވެ.
ބައެއް ލަފުޒުގެ މާނަ:
މަންސަ ނ. ވަކި މައުޟޫޢަކަށް ގިނަބައެއްގެ ތެރޭގައި ޚިޔާލު ހުށަހެޅުމުގެ ނުވަތަ މަޝްވަރާކުރުމުގެ ފުރުސަތު. platform
ދަހަރު ނ. ދިހަ އަހަރު decade