ad_banner
ކީރިތި ޤުރްއާނުގެ ސުމޭކު ފިޠުރަތު (3)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

29 އޭޕްރިލް 2026

(2026 އެޕްރީލު 22ގެ އަދަދާ ގުޅޭ)

އަލުން މި ފަސް އާޔަތަށް ބަލަމާ ހިނގާށެވެ!

1.    يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ وَلَنْ نُّشْرِكَ بِرَبِّنَا أَحَدًا (2)

2.    وَأَنَّهُمْ ظَنُّوا كَمَا ظَنَنْتُمْ أَنْ لَنْ يَبْعَثَ اللَّهُ أَحَدًا (7)

3.    وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا (18)

4.    قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا (20)

5.    عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَى غَيْبِهِ أَحَدًا (26)

މި ފަސް އާޔަތް ނިމެނީ ކަލިމަތު (أَحَدًا)އަށެވެ.

-         ކަލިމަތު (أَحَدًا) ގެ އަކުރުތައް ތަކުރާރުވެފައިވަނީ 83 ފަހަރުއެވެ.

-          83 އަކީ ފުރައަދަދެކެވެ. އެއީ ފުރައަދަދުގެ ލިސްޓުގައި 23 ވަނަ އަދަދެވެ.

-         މި ފަސް އާޔަތް ފެށިފައިވާ ފަސް ކަލިމައަކީ: (يَهْدِي - وَأَنَّهُمْ - وَأَنَّ - قُلْ - عَالِمُ) އެވެ. މި ފަސް ކަލިމައިގެ އަކުރުތައް މި ފަސް އާޔަތުގައި ތަކުރާރުވެފައިވަނީ 241 ފަހަރުއެވެ.

-          241 އަކީ ފުރައަދަދެކެވެ. ފުރައަދަދުގެ ލިސްޓުގައި މިއީ 53 ވަނަ އަދަދެވެ. 53 އަކީ ވެސް ފުރައަދަދެކެވެ.

ފުރައަދަދުގެ ފަލަކުގައި މި ފަސް އާޔަތް ދައުރުކުރަމުންދާ ހަރުދަނާ ގޮތަށް ނިކަން ބަލައިބަލާށެވެ!

-         މި ފަސް އާޔަތުގެ ބައިވެރިވާ ބަހާއަކީ މި ފަސް އާޔަތް ކަލިމަތު (أَحَدًا) އަށް ނިމޭ ނިމުމެވެ.

-         ފުރައަދަދުގެ ޚާއްޞަ ސިފައަކީ އެ އަދަދު އޭގެ އަމިއްލަ ނަފުސުން ނުވަތަ 1 ން މެނުވީ ނުގެއްލޭ ކަމެވެ.

-         މި ފަސް އާޔަތުގައި ކަލިމަތު (أَحَدًا)ގެ އަކުރުތައް ތަކުރާރުވެފައިވަނީ 83 ފަހަރުއެވެ.

-         މި ފަސް އާޔަތް ފެށޭ ފަސް ކަލިމައަކީ (يَهْدِي - وَأَنَّهُمْ - وَأَنَّ - قُلْ - عَالِمُ) އެވެ. މި ފަސް ކަލިމައިގެ އަކުރުތައް މި ފަސް އާޔަތުގައި ތަކުރާރުވެފައިވަނީ 241 ފަހަރުއެވެ.

-         މިދެ އަދަދުގެ ޖުމުލައަކީ  83 + 241 = 324 އެވެ.

-         މީގެ  މާނައަކީ ކޮބާ؟ 324 = 18 × 18 އެވެ.

 މެދު އާޔަތަށް ދެ ލޮލުން ރަނގަޅަށް ބަލައިބަލާށެވެ! އެއީ

وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا (18)

އަޖައިބެއް ނުވަންހެއްޔެވެ؟

މި ފަސް އާޔަތް ފެށުނު ކަލިމަތައް ( يَهْدِي - وَأَنَّهُمْ - وَأَنَّ - قُلْعَالِمُ ) މި ކަލިމަތަކުގެ އަކުރުތަކުގެ އަދަދަކީ 18 ނޫން ހެއްޔެވެ؟

ލަފުޒުގެ އަދަދަށް ބަލާއިރު މި ފަސް އާޔަތުގެ ތެރެއިން އެންމެ ކުރު އާޔަތަކީ އެންމެ ފަހު އާޔަތެވެ. މި އާޔަތުގައި އޮތީ އެންމެ 7 ކަލިމައެވެ.

މި ފަސް އާޔަތުގައި ތަރުތީބު ނަންބަރު 7 ވަނައަށް   އޮތް ކަލިމަތަކަކީ : نُّشْرِكَيَبْعَثَ - اللَّهِ - بِهِ - أَحَدًا 

-         މި ފަސް ކަލިމައިގެ އަކުރުތަކުގެ ޖުމުލައަކީ  18 އަކުރެވެ.

އެންމެ ފަހު އާޔަތް ( عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَى غَيْبِهِ أَحَدًا ) ގެ ފެށޭކޮޅުން 18 ވަނަ އަކުރަކީ ކޮބާ!

-         އެއީ ކަލިމަތު (عَلَى) ގެ اللّام އެވެ.

-         އަޖައިބުވަނިވި ކަމަކީ މި ފަސް އާޔަތުގައި އަކުރު اللّام 18 ފަހަރު ތަކުރާރުވެފައި ވުމެވެ.

-         ކަލިމަތު(عَلَى) ގައިވާ އަކުރު اللّام ގެ ކުރީގައި އޮތީ ކޮން އަކުރެއް ހެއްޔެވެ؟ އެއީ އަކުރު العين އެވެ.މިއީ އަލިފުބާ އަކުރުގެ 18 ވަނަ އަކުރެވެ.

-         މި ފަސް އާޔަތުގެ ފުރަތަމަ އާޔަތު ( يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ وَلَنْ نُّشْرِكَ بِرَبِّنَا أَحَدًا )ގެ އަކުރުތަކުގެ ނުކުތާތަކުގެ އަދަދަކީ 18 އެވެ.

-         މި ފަސް އާޔަތުގެ އެންމެ ފަހު އާޔަތް ( عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَى غَيْبِهِ أَحَدًا ) ގެ ނުކުތާ ނުޖަހާ އަކުރުތަކުގެ އަދަދަކީ 18 އެވެ.

-          سورة الجن ގެ އެންމެ ފަހު އާޔަތް (لِيَعْلَمَ أَنْ قَدْ أَبْلَغُوا رِسَالَاتِ رَبِّهِمْ وَأَحَاطَ بِمَا لَدَيْهِمْ وَأَحْصَى كُلَّ شَيْءٍ عَدَدًا ) ގެ އަކުރުތަކުގެ ނުކުތާތަކުގެ އަދަދަކީ 18 އެވެ.

-         سورة الجن ގެ ފުރަތަމަ އާޔަތް (قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا ) ގައި ވާ އަކުރުތަކުގެ ނުކުތާތަކުގެ އަދަދަކީ 18 އެވެ.

-          سورة الجن ގެ އާޔަތްތަކުގައިވާ އަކުރުތަކުގެ ނުކުތާތަކުގެ ޖުމުލައަކީ 450 އެވެ. މިއީ 18 × 5 × 5 އެވެ.

-         މުޞްޙަފު ތަރްތީބުން سورة الجنގެ ވަނައަކީ 72 އެވެ. އެއީ 18 × 4

-         سورة الجنގައި 4 އާޔަތެއް ވެއެވެ.މިއިން ކޮންމެ އާޔަތެއްގައި ވާ އަކުރުތަކުގެ ނުކުތާތަކުގެ އަދަދަކީ 18 އެވެ. މި ހަތަރު އާޔަތަކީ 

يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ وَلَنْ نُشْرِكَ بِرَبِّنَا أَحَدًا (2)

وَأَنَّهُ كَانَ رِجَالٌ مِنَ الْإِنْسِ يَعُوذُونَ بِرِجَالٍ مِنَ الْجِنِّ فَزَادُوهُمْ رَهَقًا (6)

وَأَنَّا ظَنَنَّا أَنْ لَنْ نُعْجِزَ اللَّهَ فِي الْأَرْضِ وَلَنْ نُعْجِزَهُ هَرَبًا (12)

لِيَعْلَمَ أَنْ قَدْ أَبْلَغُوا رِسَالَاتِ رَبِّهِمْ وَأَحَاطَ بِمَا لَدَيْهِمْ وَأَحْصَى كُلَّ شَيْءٍ عَدَدًا (28)

މިއިން ކޮންމެ އާޔަތެއްގެ އަކުރުތަކުގެ ނުކުތާތަކުގެ އަދަދަކީ 18 އެވެ.

-         ވީމާ މި ހަތަރު އާޔަތުގެ އަކުރުތަކުގެ ނުކުތާތަކުގެ ޖުމުލައަކީ 72އެވެ.

-         ކީރިތި ޤުރްއާނަކީ ﷲގެ ކަލާމުފުޅެއް ނޫނޭ އަދިވެސް ބުނާނަންހެއްޔެވެ؟  

އަޖައިބުކަން އިތުރު

سورة الجن ގެ ފުރަތަމަ ފަސް އާޔަތަށް އަލުން ދަމާ ހިނގާށެވެ!  

ފުރަތަމަ އާޔަތަކީ : يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ وَلَنْ نُّشْرِكَ بِرَبِّنَا أَحَدًا (2)

އެންމެ ފހު އާޔަތަކީ : عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَى غَيْبِهِ أَحَدًا  - (26)

މި ދެ އާޔަތުގެ ތަރްތީބީ ވަނަތަކުގެ ޖުމުލައަކީ 28 އެވެ. سورة الجن ގައި އޮތީ ޖުމުލަ 28 އާޔަތެވެ.  

މި ދެ އާޔަތުގެ ތެރެއިން ފުރަތަމަ އާޔަތް އައިސްފައި މި ވަނީ سورة الجن ގެ ފެށޭކޮޅުން 49 ވަނަ އަކުރުގެ ފަހުންނެވެ.

ފަހު އާޔަތް އައިސްފައި މިވަނީ  سورة الجن ގެ ނިމޭކޮޅުން 96ވަނަ އަކުރުގެ ކުރިންނެވެ.

މި ދެ އަދަދުގެ ޖުމުލައަކީ 49 + 96  = 145

މި އަދަދު އިޝާރަތް ކުރަނީ ކޮން އެއްޗަކަށް ހެއްޔެވެ؟

އުނިއިތުރުކަމެއް ނެތި 1 ކީރިތި ޤުރްއާނުގައި  145 ފަހަރު އައިސްފައިވެއެވެ.

ތިބާއަށް މިހާރު އެނގިފައިވާނޭ ފަދައިން މި ފަސް އާޔަތުގެ ބައިވެރިވާ ބަހާއަކީ މި ފަސް އާޔަތް ކަލިމަތު (أَحَدًا) އަށް ނިމުމެވެ.

 މި ހިސާބުން އަދި ނިންމައިލެވޭކަށް ނެތެވެ.

سورة الجن ގެ ފުރަތަމަ އާޔަތަށް قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا  އަށް ދަމާހިނގާށެވެ!  

سورة الجن ފެށިފައި މި ވަނީ  ދެ އަކުރަކުންނެވެ. އެއީ (قُلْ) މި ކަލިމައިގެ القاف އާއި اللّام އިންނެވެ.

-         سورة الجنގެ ފުރަތަމަ ފަސް އާޔަތުގައި އަކުރު القاف ވާރިދުވެފައިވަނީ އެންމެ ފަހަރަކުއެވެ.

-         سورة الجنގެ ފުރަތަމަ ފަސް އާޔަތުގައި އަކުރު اللّام ވާރިދުވެފައިވަނީ 18 ފަހަރުއެވެ.

-         މިދެ އަކުރު ތަކުރާރުވެފައިވާ އަދަދުގެ ޖުމުލައަކީ 1 + 18= 19 މިއީ ފުރައަދަދެކެވެ.

ފުރަތަމަ އާޔަތް  ( قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا ) ގެ ދެވަނަ ކަލިމަ (أُوحِيَ)އަށް ދަމާ ހިނގާށެވެ!

-         މި ފަސް އާޔަތުގައި އަކުރު ( الألف )  34 ފަހަރު ތަކުރާރުވެފައިވެއެވެ.

-         މި ފަސް އާޔަތުގައި އަކުރު (الواو )  7 ފަހަރު ތަކުރާރުވެފައިވެއެވެ.

-         މި ފަސް އާޔަތުގައި އަކުރު( الحاء ) 5 ފަހަރު ތަކުރާރުވެފައިވެއެވެ.

-         މި ފަސް އާޔަތުގައި އަކުރު (الياء )  7 ފަހަރު ތަކުރާރުވެފައިވެއެވެ.

-         މި ފަސް އާޔަތުގައި ކަލިމަތު (أُوحِيَ) ގެ އަކުރުތައް 53 ފަހަރު ތަކުރާރުވެފައި ވެއެވެ.މިއީ ވެސް ފުރައަދަދެކެވެ.

سبحان الله.. ހުރިހާ ދިމާއަކުން މި ފެންނަނީ ސުމޭކީ ފިޠުރަތެވެ.  

 ފުރަތަމަ އާޔަތުގެ 3 ވަނަ ކަލިމަ (إِلَيَّ) ދަމާ ހިނގާށެވެ!

قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا 

-         سورة الجن ގެ މި ފަސް އާޔަތުގައި އަކުރު الألف  ތަކުރާރުވެފައިވަނީ 34 ފަހަރުއެވެ.

-          سورة الجن ގެ މި ފަސް އާޔަތުގައި އަކުރު اللّام  ތަކުރާރުވެފައިވަނީ 18 ފަހަރުއެވެ.

-         سورة الجن ގެ މި ފަސް އާޔަތުގައި އަކުރު الياء   ތަކުރާރުވެފައިވަނީ 7 ފަހަރުއެވެ.

-         ވީމާ މި ފަސް އާޔަތުގައި ކަލިމަތު (إِلَيَّ) ގެ އަކުރުތައް ތަކުރާރުވެފައި މި ވަނީ 59 ފަހަރުއެވެ.މިއީ ފުރައަދަދެކެވެ.

އަޖައިބުވަނިވި ސުމޭކީ ގުޅުންތަކެކެވެ.  (ނުނިމޭ)

ކޮމެންޓު