ad_banner
"ޕުޓިނާ އެކު މަޝްވަރާތައް ބާއްވަމުން އެބަ ގެންދަމެވެ. ތަފުސީލު ހާމަކުރާކަށް ބޭނުމެއްނޫނެވެ." - ޓުރަންޕު

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

29 އޭޕްރިލް 2026

ޓުރަންޕު ރަޝިޔާގެ ރައީސް ޕުޓިނާ އެންމެ ފަހުން ވާހަކަދެއްކީ ކޮން އިރަކުތޯ، 'ފޮކްސް ނިއުސް'ގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޓުރަންޕު ބުނެފައިވަނީ [އަހަރެން އެ ކަން ހާމަކުރާކަށް ބޭނުމެއްނޫނެވެ. ނަމަވެސް އަހަރެން ހަގީގަތުގައި ވެސް އޭނާ (ޕޫޓިން)އާ އެކު މަޝްވަރާތައް ބާއްވަމުން އެބަ ގެންދަމެވެ.]

ހަމައެއާއެކު، ޔޫކުރޭންގެ ހަމަނުޖެހުން ހައްލުކުރެވޭތޯ ކުރާ މަސައްކަތުގެ ތެރެއިން ރައީސް ވްލަޑިމީރް ޒެލެންސްކީއާ ވެސް ގުޅުން ކުރިއަށް ގެންދަވާކަމަށް ޓުރަންޕު އިޝާރާތްކުރިއެވެ.

ހޯމަ ދުވަހު ޝާއިޢުކުރި ބަސްދީގަތުމެއްގައި ޓުރަންޕު ބުނީ ރަޝިޔާއާއި ޔޫކުރޭނުގެ ހާލަތުގެ މައްޗަށް ރިޢާޔަތްކޮށް އެ ކަން ޙައްލުކުރުމަށް ޓަކައި މަސައްކަތްކުރަމުން އަންނަކަމަށާއި އެ ކަން ހައްލުކުރެވޭނެކަމަށް އުންމީދުކުރާކަމަށެވެ.

މި ދިޔަ ހަފުތާތަކުގައި ވައިޓު ހައުސް އިސްވެ އޮވެ ކުރިއަށް ގެންދިޔަ މަތީ ފެންވަރުގެ ބައްދަލުވުންތަކާއި މަޝްވަރާތަކަށް ފަހު، ޔޫކުރޭނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ޓަކައި ވޮޝިންޓަނުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާކަމަށް ޓުރަންޕު ހުކުރު ދުވަހު ވިދާޅުވެފައިވެއެވެ.

ޓުރަންޕު ވަނީ 2025ވަނަ އަހަރުގެ އޮގަސްޓް މަހު 15 ވަނަ ދުވަހު އަލަސްކާގެ އެންޗަރޭޖްގައި ބޭއްވި ސަމިޓެއްގައި ރައީސް ޕޫޓިންއާ ބައްދަލުކޮށް، އެ ބައްދަލުވުމަކީ [ވަރަށް މޭވާވެތި] ބައްދަލުވުމެއް ކަމަށް ސިފަކޮށް، މަޝްވަރާތަކުގައި [ކުރިއެރުން] ލިބުނުކަމަށް ބުނެފައެވެ. ވައިޓް ހައުސްގައި ވިލާތުގެ އިސްވާރުންނާ އެކު ވްލަޑިމިއާ ޒެލެންސްކީ ވެސް ވަނީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ވަނީ ބައްދަލުކޮށްފައެވެ.

ދެ ފަރާތުގެ މެދުގައި ޓުރަންޕު މެދުވެރިވެގެން ކުރިއަށް ގެންދާ މަޝްވަރާތަކުގައި ރަޝިޔާގެ ޝަރުތުތަކަށް އެމެރިކާގެ އިދާރިއްޔަތުން ގަބޫލުކުރާތީ، ޒެލެންސްކީ ހުންނަނީ ވަރަށް [ރުޅިއައިސްފައި]ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ޙާލަތުގައި މި މަޝްވަރާތަކުން ނަތީޖާއެއް ނުކުމެދާނެކަމާ މެދަކު މާ ބޮޑު ޔަގީންކަމެއް ނެތެވެ.

ޓުރަންޕު ވަނީ ވަނީ ރޫސީވިލާތާއި ޔޫކުރޭނުގެ އަރައިރުން ނިމުމަކަށް ގެނައުމަށް ޓަކައި ޒެލެންސްކީ ޑީލެއްހަދާން ބޭނުންނުވާތީ އެ ކަމާ މާޔޫސީކަން ފާޅުކޮށްފައެވެ. ޓުރަންޕު ބުނެއެވެ. [ޑީލެއް ހަދާން ޒެލެންސްކީ ގާތު ބުނާށެވެ! ސަބަބަކީ ޕޫޓިން ހުރީ ޑީލެއްހަދާން ތައްޔާރަށެވެ.] ޓުރަންޕު ބުނަނީ ޒެލެންސްކީއާ އެކު ޑީލެއްހަދާން ވަރަށް އުނދަގޫ]ކަމަށެވެ.

ކްރެމްލިންގެ ފަރާތުން ޔޫކްރޭންގައި ސުލްހަވެރިކަމާ އެކު ހައްލެއް ހޯދުމަށް ރަޝިޔާ ތައްޔާރަށް ހުރިކަން ތަކުރާރުކޮށް އިއުލާންކޮށްފައިވާ އިރު، ކްރެމްލިންގެ މަންދޫބު ޑިމިޓްރީ ޕެސްކޯވް ވަނީ ކުރިމަތީގައި އޮތް ނުފޫޒާއި މުޢާމަލާތު [އަހަރެމެންނަށްފައްސި]ކަމަށް ވިދާޅުވެފައެވެ.

 

ބައެއް ލަފުޒުގެ މާނަ:

ބަސްދީގަތުން  ނ.    ސުވާލުކޮށްގެން އަނެކާގެ ކިބައިން ކަމަކާ ބެހޭ މައުލޫމާތު ހޯދުމަށް ނުވަތަ ސާފުކުރުމަށް ބާއްވާ ބައްދަލުވުން.

ފައްސި      ނ.    (1) އެއްޗެއްގައި ނުވަތަ މީހެއްގައި ވަކި ކަމެއް ނުވަތަ ވަކި ސިފައެއް ހުރިތޯ ބަލަން ކުރާ ޓެސްޓަކުން އެ ކަމެއް ނުވަތަ އެ ސިފައެއް ހުރިކަމަށް ދައްކާ. (2) ގަބޫލުވެވޭ ނުވަތަ ރުހެވޭ. (3) ސުމަކަށްވުރެ މަތި.

ކޮމެންޓު