އަޙުމަދު ފަޔާޒު ޙަސަން
18 އޭޕްރިލް 2026
(2026 އެޕްރީލް 11ގެ ޢަދަދާ ގުޅޭ)
1869ގައި އިސް ޙަބްރު ސިމިއޮން ބެން-އިއުދާ (Simieon Ben-Iudah)ގެ ޖަނާޒާގައި، ޙަބްރު ރައިކޯން (Reichorn) ތިރީގައިވާ ސިއްރު ހާމަވާ ބަޔާނެއް ދިނެވެ.
[އަހަރެމެންގެ ބައިނަލްއަޤްވާމީ ބޭންކުތަކުގެ ބާރުގެ ސަބަބުން، ނަޞާރާއިންގެ މައްޗަށް އަހަރެމެން ވަނީ ޢަދަދު ނުކުރެވޭހާ ގިނަ ހަނގުރާމަތައް މަޖުބޫރުކޮށްފައެވެ. ހަނގުރާމަތަކުގައި ޔަހޫދީންނަށް ޚާއްޞަ އަގެއްވެއެވެ. ސަބަބަކީ، ނަޞާރާއިން އެއް ބަޔަކު އަނެއް ބަޔަކު ކަތިލައިފައި އަހަރެމެން ޔަހޫދީންގެ މަޝްރޫޢުތައް ހިންގުމަށް އިތުރު ޖާގަ ތަނަވަސްކޮށްދޭތީއެވެ. ހަނގުރާމަތަކަކީ ޔަހޫދީންގެ ގޮވާންކެނޑުމެވެ. ޔަހޫދީންގެ ބޭންކުތައް ފަލަވަނީ ނަޞާރާއިންގެ ހަނގުރާމަތަކުންނެވެ. އެއް ސަތޭކަ މިލިއަން ނަޞާރާއިން ވަނީ ހަނގުރާމަތަކުގެ ސަބަބުން ދުނިޔޭގެ މޫނުމަތީން ފޮހެވިގެން ގޮސްފައެވެ. ނަމަވެސް އަދިވެސް ޔަހޫދީންގެ ނުބައި ރޭވުންތަކުގެ ނިމުން އަންނާކަށް ނޫޅެއެވެ.]
މިއަހަރުގެ މާރޗް 16ގައި ބަބެޓު ރޮތުސްޗައިލްޑު މަރުވިއެވެ.
1870ގައި ނަތާނިއެލް ޑި ރޮތުސްޗައިލްޑު މަރުވިއެވެ.
1871ގައި އިލޫމިނާޓީންގެ ތެރެއަށް ވަނުމަށް ޖިއުސެއްޕޭ މަޒީނީ ހައްލައިލި މީހެއް ކަމުގައިވާ، އެމެރިކާގެ ޖެނެރަލެއްކަމުގައިވާ އަލްބަރޓު ޕައިކު (Albert Pike)، ދުނިޔޭގެ ބޮޑެތި ތިން ހަނގުރާމަ ހިންގުމަށާއި، ދުނިޔޭގެ ތަފާތު ތަންތަނުގައި ގެނައުމަށް އެ މީހުން ރާވައިފައިވާ އިންޤިލާބުތައް ހިންގުމަށް އެ މީހުން ރާވައިފައިވާ ގޮތުގެ ތަފުޞީލީ ޢަޝްކަރީ މަޝްރޫޢު ފުރިހަމަކުރިއެވެ. މި މަސައްކަތް ނިމެނީ، މި ނުބައި ސިއްރު ރޭވުން އޭގެ އެންމެ ފަހުގެ މަރުޙަލާއަށް ގެންދާނެ ގޮތުގެ ކުރެހުމާ ވެސް އެކުގައެވެ. މި ތަފުޞީލުތައް ރޭވިފައިވަނީ ތިރީގައިވާ ގޮތަށެވެ.
1. 1815ގައި ނަތާން މެޔަރ ރޮތުސްޗައިލްޑު ވަޢުދުވި ފަދައިން، ދުނިޔޭގެ އެއްވަނަ ބޮޑު ހަނގުރާމަކުރެވޭންޖެހޭނީ ރަޝިއާގެ ޒާރ ނައްތައިލުމަށް ޓަކައެވެ. ޒާރގެ ވެރިކަމުގެ ބަދަލުގައި ރަޝިއާއަށް ގެންނާންޖެހޭނީ ކޮމިއުނިޒަމެވެ. ކޮމިއުނިޒަމް، މައިގަނޑު ގޮތެއްގައި ބޭނުންކުރެވެންޖެހޭނީ ދީންތަކަށް، ޚާއްޞަ ގޮތެއްގައި ނަޞާރާދީނަށް، ޙަމަލާދޭށެވެ. އިނގިރޭސިވިލާތާއި، ޖަރުމަނުވިލާތާ ދެ އެމްޕަޔަރގެ މެދުގައިވާ ޚިލާފުތައް، މި ހަނގުރާމަ ހިލުވުމަށް ބޭނުންކުރާން ޖެހޭނެއެވެ.
2. ފެޝިޒަމް އާއި ސިޔާސީ ޒަޔަނިޒަމާ ދެ ފިކުރުގެ ދޭތެރޭގައިވާ ދިގުލީ އަރައިރުން ހިލުވުމަށް ދެވަނަ ބޮޑު ހަނގުރާމަ ބޭނުންކުރެވޭނެއެވެ. އެ ކަން ކުރެވޭނީ ޖަރުމަނުވިލާތުގެ ރައްޔިތުންގެ މައްޗަށް ނަފުރަތްތެރިކަން ގެނައުމަށް ޓަކައި ބޭނުންކުރެވޭ މުހިންމު އާލަތެއްގެ ގޮތުގައި، ޖަރުމަނުވިލާތުގައި ޔަހޫދީންނަށް އަނިޔާކުރުމުގެ ވަސީލަތް ބޭނުން ކޮށްގެންނެވެ. މި ކަން ފަރުމާކުރެވިފައިވަނީ ރޮތުސްޗައިލްޑު ޢާއިލާގެ އުފެއްދުމެއްކަމުގައިވާ ފެޝިޒަމް ނައްތައިލައިފައި، އޭގެ ބަދަލުގައި ސިޔާސީ ޒަޔަނިޒަމްގެ ބާރު ގަދަ ކުރުމަށް ޓަކައެވެ. މި ހަނގުރާމަ އިތުރަށް ފަރުމާކުރެވިފައިވަނީ، ނަޞާރާދީނުގެ ހުރިހައި މަޒުހަބުތަކެއްގެ ބާރާ އެއްހަމަވާ ވަރުގެ ބާރެއް ކޮމިއުނިޒަމަށް ހޯދުމަށް ޓަކައެވެ.
3. ތިންވަނަ ބޮޑު ހަނގުރާމަ ކުޅެވޭނީ މުސްލިމުންނާ މެދު ނަފުރަތްތެރިކަން ހިލުވައިގެން، އިސްލާމީ ދުނިޔެއާއި، ސިޔާސީ ޒަޔަނިޒަމާ ދެބައިމީހުން އެއް ބަޔަކު އަނެއް ބަޔަކާ ތެޅުވުމުގެ މަޤްޞަދުގައެވެ. މި ކަން މި ގޮތަށް ކުރިއަށްދާ އިރު، ބާކީ ދެން ހުރި ހުރިހައި ޤައުމެއް، އެ މީހުންގެ ޒިހުނީ، ޖިސްމާނީ، ރޫޙާނީ، އަދި އިޤްތިޞާދީ ހުރިހައި ހަކަތައެއް ބޭކާރުވަންދެން، އެ މީހުންގެ އެއްބަޔަކާ އަނެއް ބަޔަކާ ހަނގުރާމަކުރުމަށް މަޖުބޫރުކުރެވޭނެއެވެ.
މި އަހަރުގެ އޮގަސްޓު 15ގައި އަލްބަރޓު ޕައިކު، ޖިއުސެއްޕޭ މަޒީނީއަށް ސިޓީއެއް (މި ސިޓީ މިހާރު ވަނީ ބްރިޓިޝް މިއުޒިއަމް ގައި ކެޓަލޮގް ކުރެވިފައެވެ.) ލިޔުނެވެ. އެ ސިޓީގައި އޭނާ ބަޔާންކޮށްފައިވެއެވެ.
[އަހަރެމެން، ނިހިލިސްޓުންނާއި، އެތީސްޓުން (މުލްޙިދުން) ހައްޔަރުން މިނިވަންކޮށް، މީސްތަކުންގެ ތެރެއަށް ދޫކޮށްލާންވާނެއެވެ. އަދި އެއާ އެކު އިޖުތިމާޢީ ބޮޑު ކާރިސާއެއް މީސްތަކުންގެ މައްޗަށް ފާކުރާންވާނެއެވެ. މި ކަމުގެ ސަބަބުން، މުޠުލަޤް އިލްޙާދުގެ އަސަރު، އޭގެ ހުރިހައި ނާމާންކަމާއި، ނުރައްކާތެރިކަމާ އެކު ދުނިޔޭގެ ހުރިހައި ޤައުމުތަކަށް ދައްކާނެއެވެ. އަދި ހަމައެހެންމެ، ޙައިވާނިއްޔަތުގެ އަޞްލާއި، އަދި އެންމެ ލޭއޮހުރުވަނިވި ފަސާދައާއި ހަމަނުޖެހުން ވެސް މީސްތަކުންގެ މައްޗަށް ގެނުވާނެއެވެ.]
ފުރީމޭސަންރީ ޙަރަކާތުގެ ދެކުނުގެ ޤަޟާޢީ ދާއިރާގެ ސްކޮޓިސް ގޮފީގެ [ސަވަރިން ގްރޭންޑު ކޮމާންޑަރު]ގެ ގޮތުގައި 1859ގައި އިންތިޚާބުކުރެވިފައިވާ ޕައިކަކީ އެމެރިކާގައިވާ އެންމެ ބާރުގަދަ ފުރީމޭސަން މީހާއެވެ. 1891ގައި އޭނާ މަރުވަންދެން އެ މަޤާމުގައި އޭނާ ބައްތިރީސް އަހަރު ދެމިހުއްޓެވެ. ފުރީމޭސަންގެ މައުޟޫޢުގައި އޭނާ 1872ގައި ފޮތެއްވެސް ޝާއިޢުކުރިއެވެ. އެ ފޮތުގެ ނަމަކީ "މޯރަލްސް އެންޑު ޑޮގްމާ އޮފު ދި އޭންސަންޓު އެންޑު އެކުސެޕުޓަޑު ސުކޮޓިސް ރައިޓު އޮފު ފުރީމޭސަންރީ" (އެވޭލާ، އަދި ބަލައިގަނެވިފައިވާ ފުރީމޭސަންރީ ޙަރަކާތުގެ ސްކޮޓިސް ގޮފީގެ އަޚުލާޤިއްޔާތާއި، ޢަޤީދާ)އެވެ. އެފޮތުގައި، އޭނާ ބަޔާންކުރިއެވެ.
"ޤަބާލާނިއްޔަތު (ކައްބާލާ)ގެ އަހުލުވެރީން ބުނާ ގޮތުގައި، ޝައިޠާނާގެ އަޞްލު ނަމަކީ ޔަޙްވޭގެ ނަން އިދިކޮޅަށް ޖެހީމާ އޮންނަ ގޮތެވެ. ފަހެ، ޝައިޠާނާއަކީ ކަޅު ކަލާނގެއެއްނޫނެވެ. ނަމަވެސް ﷲ ނަފީކުރުމެވެ. މި ކަމުގައި އިސްނަގާ މީހުންނަށް މިއީކީ މީހެއްނޫނެވެ. ނަމަވެސް ބާރެކެވެ. އޭނާ ޚަލްޤުކުރެއްވިފައިވަނީ ޙައްޤަށް ޓަކައެވެ. ނަމަވެސް ނުބަޔަށް ޓަކައި އޭނާ ބޭނުންކުރެވިދާނެއެވެ. އެއީ މިނިވަންކަމާއި، އަމިއްލަ ޤަޞްދުގެ ހަތިޔާރެވެ.
[ލުސިފަރ އަކީ އަލި އުފުލާ ފަރާތެވެ! އެނަމަކީ އަނދިރިކަމުގެ ފުރާނައަށް ދިނުމަށް ވަރަށް އައިބު، އަދި ސިއްރުވެރި ނަމެކެވެ. ލުސިފަރއަކީ ހެނދުނުގެ ދަރިއެވެ! އެއީ އަލި އުފުލާ ފަރާތެވެ. އަދި އެ ފަރާތުގައިވާ ތަޙަންމަލު ކުރާން އުނދަގޫހާ ޢަޖާއިބު ކަންތައްތަކުން ބަލިކަށި މީހުންނާއި، ލައްޒަތުން ފުރިގެންވާ މީހުންނާއި، އަދި އަމިއްލަ އެދުމުން ފުރިފައިވާ ނަފުސުތައް އޭނާ ކަނުކުރެއެވެ؟ އެ ކަމާ މެދު ޝައްކުނުކުރާ ހުށިކަމެވެ!]
ހަމަ މި ފޮތުގައި ޕައިކު ފާހަގަކޮށްފައިވާ ގޮތުގައި، ފުރީ މޭސަންރީ ޙަރަކާތަކީ ޤަބާލާނިއްޔަތުގައިވާ ޔަހޫދީ ސިހުރު ހާހޫރައިގެ ފަލްސަފާގެ މައްޗަށް ބިނާވެފައިވާ ދީނެކެވެ.
1872ގައި ޖިއުސެއްޕޭ މަޒީނީ މި އަހަރު މަރުވުމުގެ ކުރިން، އެހެން އިންޤިލާބީ ޒަޢީމެއްކަމުގައިވާ އޭޑުރިއަން ލެމީ (Adrian Lemmy) އެއީ އޭނާގެ ޚަލަފުކަމުގައި އޭނާ ހަމަޖެއްސިއެވެ. ލެމީގެ ފަހުން މި މަޤާމަށް އިސްވާނީ ލެނިން (Lenin)އެވެ. ލެނިންގެ ފަހުން ޓުރޮސްކީ (Trotsky)، އަދި އެއަށް ފަހު ސްޓާލިން (Stalin)އެވެ. މި ހުރިހައި އެންމެންގެ އިންޤިލާބީ ޙަރަކާތްތަކަށް ޚަރަދުކުރަނީ ރޮތުސްޗައިލްޑު ޢާއިލާއިންނެވެ.
1873ގައި ގެއްލުން ވަމުންދާ ސްޕޭންގެ "ރިއޯ ޓިންޓޯ" (Rio Tinto) ރަތުލޯ ނަގާ ބިން، ބޭރުގެ ފައިނޭންސަރުންގެ ޖަމާޢަތަކުން ގަތެވެ. އޭގެ ތެރޭގައި ރޮތުސްޗައިލްޑު ޢާއިލާ ވެސް ހިމެނެއެވެ. މިއީ ޔޫރަޕުގެ އެންމެ ބޮޑު ރަތުލޯގެ ބިމެވެ.
1875ގައި ސޮލޮމަން ލޮއިބްސް (Solomon Loebs)ގެ އަންހެން ދަރިފުޅު ޓެރީސާ (Teresa)އާ މިހާރު ކައިވެނިކޮށްގެން ހުރި ޖޭކަބް ސްކިފު، ބޭންކިންގ ވިޔަފާރިގެއެއްކަމުގައިވާ [ކޫން، ލޮއިބް އެންޑު ކޯ] (Kuhn, Loeb & Co.)ގެ ކޮންޓުރޯލް އޭނާގެ އަތަށްގެނައެވެ. ކުރިޕުޓޯ ޔަހޫދީއެއްކަމުގައިވާ ޖޯން ޑީ. ރޮކެފެލާރގެ [ސްޓޭންޑަރޑު އޮއިލް ކޮމްޕެނީ] އުފެއްދުމަށް ފައިސާދިނީ ސްކިފެވެ. އެޑުވަރޑު އެޗް. ހެރިމަން (Edward H. Harriman)ގެ ބޮޑު ރޭލްވޭ ވިއުގައާއި، އެންޑުރޫ ކާރނެގީ (Andrew Carnegie)ގެ ދަގަނޑުގެ ބޮޑު ވިޔަފާރި އުފެއްދުމަށް ބޭނުންވާ ފައިސާ ދިނީ ވެސް ސްކިފެވެ. މި ހުރިހައި ކަމެއް މި ކުރަނީ ރޮތުސްޗައިލްޑު ޢާއިލާގެ ފައިސާއިންނެވެ.
އެއަށްފަހު، އެމެރިކާގައި އެ ވަގުތު ހުރި އެންމެ ބޮޑެތި އެހެން ބޭންކުތައް ސްކިފު ފާހަގަކުރިއެވެ. އެއީ، ވޯލް ސްޓުރީޓު (Wall Street) ކޮންޓުރޯލުކުރާ "ޖޭ. ޕީ. މޯރގަން" (J. P. Morgan) ޢާއިލާއާއި، ފިލަޑެލްފިއާގެ "ޑުރެކުސްލް" (Drexel) ޢާއިލާއާއި، ބިޑުލްސް (Biddles) ޢާއިލާއެވެ. (ވޯލް ސްޓުރީޓަކީ އެމެރިކާގެ މާލީ މަރުކަޒަށް ކުރުކޮށް ބޭނުންކުރާ ނަމެވެ. އެއީ ނިޔުޔޯކުގެ ބޮޑެތި ބޭންކުތައް ހުންނަ މަގެވެ. މުތަރްޖިމް.) ކުޑަޔަސް، ބޮޑަސް، ދެން ތިބި ހުރިހައި މާލީ ވިޔަފާރިވެރީންނަކީ އެ ތިން ވިޔަފާރި ގޭގެ ރާގަށް ނަށާނެ މީހުންނެވެ. ސްކިފު ދެން ކުރި ކަމަކީ، ޔޫރަޕުގެ ރޮތުސްޗައިލްޑު މީހުން ލައްވައި މި ތިން ބޭންކުގެ ގޮފިތައް ޔޫރަޕުގައި ޤާއިމްކުރުވީއެވެ. އެ ގޮތަށް އެ ކަން ކުރީ، ނިޔުޔޯކުގެ، އަދި އެހެންކަމާ އެކު މުޅި އެމެރިކާގެ ބޭންކިންގ ވިޔަފާރީގެ އެންމެ ބޮޑު މުއްލާއަކީ އޭނާ (ނުވަތަ ރޮތުސްޗައިލްޑު ޢާއިލާ)ކަމުގައި ވުމުގެ އެއްބަސްވުމުގެ މައްޗަށެވެ.
ފަރަންސޭސިވިލާތާއި، އިނގިރޭސިވިލާތާ ގުޅުވުމަށް ފުރަތަމަ ރޭވުނު ޗެނެލް ޓަނަލް ބިނާކުރުމުގެ މަޝްރޫޢަށް ބޭނުންވާ ރައުސުލްމާލު ހޯދުމަށް ޙިއްޞާ ދޫކުރުމުގެ ޒިންމާއާ "އެން. އެމް. ރޮތުސްޗައިލްޑު އެންޑު ސަންސް" ކުންފުނިން ޙަވާލުވިއެވެ. މި ކަމަށް ބޭނުންވާ ފައިސާގެ ދެބައިކުޅަ އެއްބަޔައީ ރޮތުސްޗައިލްޑު ޢާއިލާގެ މިލްކުގައިވާ ކުންފުންޏެއްކަމުގައިވާ "ކޮމްޕަންޔީ ޑު ޗެމިން ޑި ފަރ ޑު ނޯރޑު" ކިޔާ ކުންފުނީން ހޯދި ފައިސާއެވެ.
އެ ސަރަޙައްދުގައިވާ އެމީހުންގެ ގިނަގުނަ ބޮޑެތި ވިޔަފާރީގެ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް ޓަކައި ސުއޭޒް ކެނެލް ކޮންޓުރޯލް ކުރާން ރޮތުސްޗައިލްޑު ޢާއިލާއިން ބޭނުންވެ އެ ގޮތަށް އެ ކަންކުރިއެވެ. ސުއޭޒް ކެނެލްގެ ސީދާ މިލްކުވެރިކަން ޚުދު އެ މީހުންގެ ނަމަށް ގެންނާކަށް ރޮތުސްޗައިލްޑު ޢާއިލާއިން ބޭނުމެއްނުވިއެވެ. ސަބަބަކީ، އެ ތަން ޙިމާޔަތްކުރުމަށް ޓަކައި ބޭނުންވާ އަޝްކަރީ ބާރު އެ މީހުންނަށް ހޯދޭނީ އެ މީހުންގެ ކޮންޓުރޯލްގެ ދަށުގައިވާ ސަރުކާރެއް މެދުވެރިވެގެންކަމުގައިވާތީއެވެ. އެހެންކަމުން، އެ ފަދަ ސަރުކާރެއްގެ އަތުގައި އެ ތަނުގެ މިލްކުވެރިކަން އޮތުން އެ މީހުންނަށް މުހިންމެވެ.
1878ގައި ރޯޒްބެރީގެ ފަސްވަން އާރލް، އާރޗިބަލްޑު ފިލިޕު ޕުރިމްރޯސް، ފަހުން އިނގިރޭސި ބޮޑުވަޒީރު (Archibald Philip Primrose)، ހަންނާ ޑި ރޮތުސްޗައިލްޑާ ކައިވެނިކުރިއެވެ. ހަންނާއަކީ ބެރޮން މެޔަރ ޑި ރޮތުސްޗައިލްޑުގެ ދަރިއެކެވެ. މި ކައިވެންޏަށް ހަތަރު ދަރީން ލިބުނެވެ. އެއީ: ހެރީ ޕުރިމްރޯސް (Harry Primrose)، ނުވަތަ ލޯރޑު ޑަލްމެނީ (Lord Dalmeny) (ފަހުން ރޯޒްބެރީގެ ހަވަނަ އާރލް)؛ ދި އޮނަރަބްލް ނީލް ޕުރިމްރޯސް (Neil Primrose)؛ ލޭޑީ ސިބިލް ޕުރިމްރޯޒް (Sybil Primrose)؛ އަދި ލޭޑީ މާރގެރެޓު ޕުރިމްރޯސް (Margaret Primrose)، މި ހަތަރު ދަރީންނެވެ.
1879 ގައި ލަޔޮނެލް ޑި ރޮތުސްޗައިލްޑު މަރުވިއެވެ.
1880ގައި މައިގަނޑު ގޮތެއްގައި ރަޝިއާގައި ޤަތުލު ޢާންމުތަކެއް ރޮތުސްޗައިލްޑު ޢާއިލާގެ އޭޖެންޓުން ހިންގާން ފެށިއެވެ. ރަޝިއާގެ އިތުރަށް ޕޯލަންޑު، ބަލްގޭރިއާ، އަދި ރޮމޭނިއާގައި ވެސް މި ކަންތައް އެ މީހުން ހިންގިއެވެ. މި ކަމުގެ ނަތީޖާއަކަށްވީ އެތަކެއް ހާސް ޔަހޫދީންނެއް މަރުވެގެންދިޔުމެވެ. މި ކަމުގެ ސަބަބުން ގާތްގަނޑަކަށް ދެ މިލިއަނެއްހާ ޔަހޫދީން އެމެރިކާގެ ނިޔުޔޯރކަށް ހިޖުރަކުރިއެވެ. އެމެރިކާގެ އިތުރު ރަށްރަށަށް ވެސް ޔަހޫދީން ހިޖުރަކުރިއެވެ. ނަމަވެސް މި ގޮތަށް ހިޖުރަކުރި މީހުންގެ ތެރެއިން ބަޔަކު ފަލަސްޠީނުގައި ވަޒަންވެރިކުރާން ފެށުމުގެ މަގު ވެސް ރޮތުސްޗައިލްޑު ޢާއިލާގެ ފައިސާއިން ފަހިކޮށްދިނެވެ.
މި ޤަތުލު ޢާންމުތައް ޔޫރަޕުގައި ހިންގުނު ސަބަބަކީ، އެމެރިކާގައި ޔަހޫދީންގެ ބޮޑު މަރުކަޒެއް ޤާއިމްކުރުމެވެ. މި ގޮތަށް ހިޖުރަކުރި މީހުން ގާތުގައި ބުނެފައިވަނީ އެ މީހުން އެމެރިކާއަށް އައުމާއެކު ޑިމޮކުރެޓިކު ޕާރޓީގެ ވޯޓަރުންގެ ގޮތުގައި އެ މީހުން ރަޖިސްޓުރީކުރުމަށެވެ. އޭގެ ވިއްސަކަށް އަހަރުފަހުން، އެމެރިކާގައި ޑިމޮކުރެޓިކު ޕާޓީގެ ވަރުގަދަ ސިޔާސީ ބާރެއް ޤާއިމްކުރެވުނެވެ. މި ސިޔާސީ ބާރު ބޭނުންކޮށްގެން، ވޫޑުރޯ ވިލްސަން ފަދަ މީހުން އެމެރިކާގެ ރިޔާސަތަށް އިންތިޚާބުކުރުމުގެ މަގުފަހިކުރިއެވެ. އެ ފަދަ މީހުން މުޅިންވެސް ކަންތައްކުރީ ރޮތުސްޗައިލްޑު ޢާއިލާއިން އެންގި ގޮތަކަށެވެ.
އެ ދުވަސްވަރު އެންމެ ފާހަގަކޮށްލެވޭ ނިޔުޔޯކުގެ ނޫސްވެރިއެއްކަމުގައިވާ ޖޯން ސްވިންޓަން (John Swinton)ގެ ޝަރަފުގައި އޭނާގެ ފަންނުގެ ލީޑަރުން އިންތިޒާމްކުރި ޖާފަތެއްގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ހުރެ އޭނާ ބުންޏެވެ. (ނުނިމޭ)