އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
9 އޭޕްރިލް 2026
(ފައިލް ފޮޓޯ)
ޕާކިސްތާނު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެމެރިކާއާއި އީރާނާ ދެ ގައުމުން ހަނގުރާމަ ހުއްޓައިލިޔަސް މެދުއިރުމައްޗަށް އަދިވެސް ހަމަޖެހުމެއް ނާދެއެވެ. އިއްޔެ ވެސް އިސްރާއީލުން ޣައްޒާއަށް ދިން ޙަމަލައެއްގައި އަލްޖަޒީރާގެ ނޫސްވެރިޔާ މުޙަންމަދު ވިޝާހު ޝަހީދުކޮށްލިއެވެ.
އަނެއްކޮޅުން ގަލްފުގެ ގިނަ ގައުމުތަކުން ޚަބަރު ދިންގޮތުގައި އެ ގައުމުތަކުގެ ސަރަހައްދަށް މިސައިލާއި ޑުރޯނުން އިއްޔެ ވެސް ގިނަ ހަމަލާތަކެއް ދިނެވެ. އެކުވެރި އަރަބު އިމާރާތް (ޔޫއޭއީ) އިން އިއްޔެ ބުނެފައިވާ ގޮތުގައި އީރާނުން އައި ޑުރޯނުތަކުން ސަލާމަތްވުމަށް ޓަކައި ވައިގެ ދިފާއީ ބާރުތަކުން އިއްޔެ އުޅޭން ޖެހުނީ ވަރަށް އަވަދިނެތިކޮށެވެ.
ޔޫއޭއީގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޅި ގައުމުގެ އެކި ކަންކޮޅުތަކުން ގޮވުންތަކުގެ އަޑު އިވުނެވެ. އީރާނުން ފޮނުވި ބެލިސްޓިކް މިސައިލާއި ކުރޫޒް މިސައިލާއި އިންސާނުންނާ ނުލައި އުދުގޭ އުޅަނދުތަކުން ސަލާމަތްވުމަށް ޓައި ވައިގެ ދިފާއީ ނިޒާމު ބޭނުންކޮށްގެން އިއްޔެ މަސައްކަތްކުރުމުގައި އުޅޭން ޖެހުނީ ވަރަށް އަވަދިނެތިކޮށެވެ.
[ވައިގެ ދިފާޢީ ބާރުތަކުން މި ވަގުތު ޝާމިލުވެގެން އުޅެނީ އީރާނުން އަންނަ މިސައިލުތަކާއި ޑުރޯންތަކުން ސަލާމަތްވާށެވެ.] ދިފާޢީ ވުޒާރާގެ ބަޔާނުގައި ވެއެވެ.
މީޑިއާ އޮފިޝަލެއް ބުނި ގޮތުގައި ޑެބްރިސްއާއި އަބޫޡަބްޔަށް ވެއްޓުނު މިސައިލުތަކުން އަލިފާން ރޯވުމުގެ ސަބަބުން [ހަބުޝާން ގޭސް އެކުވެނީ]ގެ މަސައްކަތްތައް ހުއްޓައިލާން ޖެހުނެވެ.
ދިފާޢީ މަސައްކަތުގައި ޙަރަކާތްތެރިވި، ޔޫއޭއީގެ ދެ މީހަކާއި އިންޑިއާ މީހަކު ޒަޚަމުވެފައިވެއެވެ.
އިއްޔެ ހެނދުނު ކުވައިތު ގަޑީން އަށެއް ޖެހި އިރު (ޖީއެމްޓީ 5:00) އީރާނުން އައި ޑުރޯނުގެ ރާޅަކުން ދިފާޢުވާން ވައިގެ ދިފާޢީ ނިޒާމުގެ މަސައްކަތްކުރާން ޖެހުނެވެ.
ކުވައިތުގެ ދިފާޢީ ވުޒާރާއިން ބުނި ގޮތުގައި އީރާނުން ފޮނުވި 28 ޑުރޯނެއް ވައިގެ ދިފާޢީ ނިޒާމު ބޭނުންކޮށްގެން ހަލާކުކޮށްލެވުނެވެ.
ކުވެއިތުގެ ދެކުނުގައި ހުންނަ ތެލުގެ މުހިންމު ކާރުޚާނާތަކަކާއި ކަރަންޓުދޭ މަރުކަޒުތަކަށް އަމާޒުވި ގިނަ ޢަދަދެއްގެ ޑުރޯނުން ސަލާމަތްކޮށްވުމަށް ޓަކައި ކުވައިތުގެ ހަތިޔާރުއެޅި ބާރުތަކުން މަސައްކަތްކުރާން ޖެހުނެވެ.
ކުވައިތުގެ ދިފާޢީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ކުވައިތު ޕެޓްރޯލިއަމް ކޯޕަރޭޝަނާއި ފެނުގެ ވަސީލަތްތަކަށް ވަރަށް ބޮޑެތި މާއްދީ ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ވުޒާރާއިން ބުނި ގޮތުގައި ހަމާލަދިން ބައެއް ތަންތާނގައި އަލިފާން ރޯވިއެވެ.
ބަހުރައިނުގެ ދާޚިލީ ވުޒާރާއިން ތުހުމަތުކުރި ގޮތުގައި އެމެރިކާއިން ހަނގުރާމަ ހުއްޓައިލިކަން އިޢުލާނުކުރި ފަހުން އީރާނުން ދިން ޙަމަލާއެއްގައި ދެ މީހުން ޒަޚަމުވެފައި ވެއެވެ.
[އީރާނުގެ ޑުރޯނުތައް ހަލާކުކޮށް ވައްޓައިލުމުން އެއިން ޖެހި ސިތުރާ ސަރަހައްދުގައި އެތައް ގެޔަކަށް ގެއްލުން ލިބި ދެ ރައްޔިތަކަށް ކުދިކުދި ޒަޚަމުތަކެއް ލިބިފައިވެއެވެ.] ވުޒާރާގެ ބަޔާނުގައި ވެއެވެ.
އޭއެފްޕީ ނޫސް އެޖެންސީއިން ރިޕޯޓުކުރި ގޮތުގައި ބަޙުރައިނުގެ ވެރިރަށް މަނާމާއިން ގޮވުންތަކެއްގެ އަޑު އިވުނެވެ. ސިތުރާ ޖަޒީރާއިން ދުންއަރަމުން ދިޔަ މަންޒަރު ނޫސްވެރިއަކަށް ފެނިފައި ވެއެވެ.
މި ފަދަ ޙަމަލާތަކުގެސަބަބުން އަލިފާން ރޯވި ސަރަހައްދުތަކުން ވަރަށް އަވަހަށް އަލިފާން ކޮންޓުރޯލުކުރެވުނުކަމަށް މަދަނީ ދިފާޢީ ވުޒާރާއިން ބުނެފައިވެއެވެ.
ޤަޠަރުގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ އީރާނުން ފޮނުވައިލި ހަތް ބެލިސްޓިކް މިސައިލު ވައްޓައިލުމުގައި ކާމިޔާބު ހޯދިފައިވެއެވެ.
މި ހުރިހައި ޙަމަލާތަކެއް ދިންކަން އީރާނުން ވަނީ ކަށަވަރުވެސް ކޮށްދީފައެވެ. އީރާނުން ބުނީ އެއީ އީރާނުގެ ތެލުގެ މަރުކަޒުތަކަށް ބުދަދުވަހު (އިއްޔެ) އެމެރިކާއާއި އިޒުރޭލުން ދިން ޙަމާތަކެއްގެ ބަދަލު ހިފުމުގެ ގޮތުން ދިން ޙަމަލާތަކެއްކަމަށެވެ.
ފަހުން، ސުޢޫދީ ޢަރަބިއްޔާއިން ބުނެފައިވާ ގޮތުގައި ނުވަ ޑުރޯނެއް އެ ގައުމުން ވައްޓައިލައިފައި ވެއެވެ.
އީރާނުން ބުނާ ގޮތުގައި ހަނގުރާމަ ހުއްޓާން އެއްބަސްވި ފަހުން އީރާނުގެ ފަރާތުން އައި ޙަމަލާއެއް ނަމަ، އައިސްފައިވާނީ އީރާނުގެ އަސްކަރީ އެކި ސަރަހައްދުތަކުންނެވެ. އެއީ އީރާނުގެ އަސްކަރީ ޙަރަކާތްތައް ލާމަރުކަޒުކުރެވިފައިވާތީ، މަރުކަޒީ އަމުރު ހުރިހައި ދިމާއަކަށް ކުއްލިއަކަށް ފޯރައިފައިނުވެދާނެތީއެވެ.
އަނެއްކޮޅުން އީރާނުގެ ޓީވީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުގެ ލަވާން ޖަޒީރާގައި ހުރި ތެޔޮކާރުޚާނާއަކަށް ބުދަ ދުވަހު އިޒުލޭރުން ޙަމަލާދީފައިވެއެވެ. އަލިފާން ނިންވާ މީހުން ކުރި މަސައްކަތުން މީހަކަށް ހާނިއްކާވުމުގެ ކުރީން އަލިފާން ކޮންޓުރޯލްކުރެވުނެވެ. މެހުރު ނޫސް އެޖެންސީއިން ބުނާ ގޮތުގައި، ބުދަ ދުވަހު އެ ގައުމުގެ ސިއްރީ ޖަޒީރާގައި ވެސް ގޮވުންތަކެއް ވަނީ ގޮވައިފައެވެ.
އީރާނު ސުންނާފަތިކޮށްލައި ހިލައިގެ ޒަމާނަށް ފޮނުވައިލައި ޙަޟާރަތެއް އެކީއެކަށް ނައްތައިލާނެކަމަށް ޓުރަންޕު ބުނި ގަޑި ޖެހުމުގެ ކުރީން ޕާކިސްތާނާއި އެހެން ބައެއް ގައުމުތަކުން ކުރި މަސައްކަތުން ޓުރަންޕުވަނީ ދެ ހަފުތާއަށް ހަނގުރާމަ މެދުކަނޑައިލިކަން އިޢުލާނުކޮށްފައެވެ. އީރާނުން މި [ސުލްހަ] ގަބޫލުކުރީ ޗައިނާއިން ބާރުއެޅުމާ އެކުގައެވެ.
ހަނގުރާމަ ހުއްޓައިލާން ނިންމި ގަޑީގެ ފަހުން މި ހުރިހައި ޙަމަލާތަކެއް ބަދަލުކުރެވުނު ނަމަވެސް އަލްޖަޒީރާގެ މާލިކު ތުރައިނާ ބުނާ ގޮތުގައި ގަލްފު ސަރަހައްދުގައި ހަނގުރާމަ ހުއްޓައިލުމަށް ނިންމި ނިންމުން ދެމެހެއްޓޭނެކަމުގެ އުންމީދު އެބަ އޮތެވެ.
[ޑިޕްލޮމެޓިކް މަގު އޮތްކަމަށް އުންމީދުކުރެވެއެވެ. ދެ ގައުމުން ވެސް އެ ކަމަށް ވަގުތު ހޭދަވާނެކަމަށް ވަނީ ބުނެފައެވެ.] އޭނާ ބަޔާންކުރިއެވެ.
ޕާކިސްތާނުން ބުނެފައިވާ ގޮތުގައި ލުބުނާނާއި އީރާނު ހިމެނޭހެން މުޅި ސަރަހައްދުގައި ސުލްޙަ ގާއިމުކުރެވޭނެއެވެ. މި ކަމަށް ހުރިހައި ފަރާތަކުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް އިޒުރޭލުން ފަހުން ބުނެފައިވަނީ މި ސުލްހައިގެ ތެރޭގައި ލުބުނާނު ނުހިމެނޭނެކަމަށެވެ. އިޒުރޭލަނީ މި ފަދަ ކޮންމެ އެއްބަސްވުމަކާ އަބަދުވެސް ޚިލާފުވުމުގެ ތާރީޚެއް އޮތް ނުލަފާ މައްކާރު ދައުލަތެވެ.