އަޙުމަދު ފަޔާޒު ޙަސަން
5 އޭޕްރިލް 2026
(2026 މާރިޗު 28ގެ ޢަދަދާ ގުޅޭ)
އެމެރިކާ އަހުލީ ހަނގުރާމައެއްގެ ތެރެއަށް ވައްޓައިލައިގެން، އެމެރިކާ ބައިބައިކޮށްލައިގެން އެ ޤައުމު ފަތަޙަކުރުމުގެ ފުރުޞަތު ޔަހޫދީ ފައިސާ މާރުކުރާ މީހުންނަށް ފެނުނު ދަނޑިވަޅަކީ މިއީއެވެ. ޖަރުމަނުވިލާތުގެ ޗާންސެލަރުކަން 1871އިން 1890އަށް ކުރެއްވިއިރު އޮޓޯ ފޮން ބިސްމާރކު (Otto Von Bismarck) ވަނީ މި ކަން ކަށަވަރުކޮށްދީފައެވެ. އޭނާ 1876ގައި ވިދާޅުވިއެވެ.
[އެއް ހަމަ ބާރުތަކެއް ލިބިގެންވާ އިއްތިޙާދުތަކަކަށް އެމެރިކާ ބައިބައިކޮށްލުމުގެ ކަންތައް ޔޫރަޕުގެ މަތީ މާލީ ބާރުތަކުން ވަނީ އަހުލީ ހަނގުރާމައިގެ މާކުރިއްސުރެ ނިންމައިފައެވެ. މި ކަމުގެ ސަބަބަކީ، އެމެރިކާ އެކަތިގަނޑެއްގެ ގޮތުގައި، އެއް ޤައުމެއްގެ ގޮތުގައި އޮވެއްޖެ ނަމަ، މުޅި ދުނިޔޭގެ މައްޗަށް އެ މީހުން (ޔަހޫދީ މާލީ ބާރުތަކުން) ހިންގާން ކަނޑައަޅައިފައިވާ މާލީ ނުފޫޒު ހިންގުމަށް ގުޑުންއަރާނެކަމަށް ޓަކައި އެމެރިކާއަށް އިޤްތިޞާދީ އަދި މާލީ މިނިވަންކަން ލިބުން އެއްކިބާކުރާން އެ މީހުން ބޭނުންވީއެވެ.]
ގަދަވީ ރޮތުސްޗައިލްޑު ޢާއިލާގެ މީހުންގެ އަޑެވެ. އެހެންކަމުން، އަޅުވެތިކަމުގެ މައްސަލައިގައި ޖުމްހޫރިއްޔާގެ ދެ ބައިގައި އުފެދިފައިވާ ފިތުނަ އިތުރަށް ފުންކޮށް، ދެބައިމީހުން ބައިބައިކުރުމަށް ޓަކައި ރޮތުސްޗައިލްޑު ޢާއިލާގެ މަންދޫބުން ފޮނުވައިގެން މި ބައިބައިވުމުގެ ނާޖާއިޒު ފައިދާ ނަގާން އެ މީހުން މަސައްކަތް ފެއްޓިއެވެ.
ސައުތު ކެރޮލައިނާގައި ފުރަމަތަ އިވުނު ބަޑީގެ އަޑުތައް އިވުނުތާ މަސްތަކެއް ފަހުން، މެކުސިކޯ އަތުލައިގަނެ، އެމެރިކާގެ ދެކުނުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި ލަޝްކަރުތައް ޤާއިމްކުރުމަށް ފުރާންސުގެ ނަޕޯލިއަން 3 އަށް (ވޯޓަރލޫގެ ހަނގުރާމައިގެ ނަޕޯލިއަންގެ ބޮޑުބޭބެދަރި، ނަޕޯލިއަން) 210 މިލިއަން ފުރޭންކުގެ ލޯނެއް ރޮތުސްޗައިލްޑު ޢާއިލާއިން ދިނެވެ. އެ މީހުން މި ގޮތަށް މި ކަން ކުރީ، އެމެރިކާގެ އަހުލީ ހަނގުރާމައިގެ ފައިދާ ނަގައިގެން، އިސްތިޢުމާރީ ވެރިކަމަށް މެކުސިކޯ އަލުން އަނބުރައި ލުމަށް ޓަކައެވެ.
މިއީ [މޮންރޯއީ ޑޮކުޓުރިން] (މޮންރޯއީ ޤަރާރު)އާ ޚިލާފަށް ކުރިކަމެކެވެ. މޮންރޯއީ ޑޮކުޓުރިންއަކީ އެމެރިކާގެ ރައީސް ޖޭމްސް މޮންރޯއީ (James Monroe)، އޭނާގެ ހަތްވަނަ [ސްޓޭޓު އޮފު ދި ޔޫނިއަން] ތަޤްރީރު ކޮންގްރެސް އަށް އިއްވުމުގައި 1823 ގައި ކަނޑައެޅުއްވި ޤަރާރެކެވެ. އުތުރު އަދި ދެކުނު އެމެރިކާގެ އެއްވެސް ސަރަޙައްދެއް އިސްތިޢުމާރުކޮށް، އަދި އުތުރު އެމެރިކާއާއި ދެކުނު އެމެރިކާގައި ޤާއިމްވެފައި ހުރި އެއްވެސް މުސްތަޤިއްލު ދައުލަތެއްގެ (މިސާލަކަށް ޔުނައިޓެޑު ސްޓޭޓުސް އޮފު އެމެރިކާ ނުވަތަ މެކުސިކޯ ފަދަ)، އަދި އެ ނޫން ޤައުމުތަކުގެ ވެސް ދާޚިލީ ކަންކަމުގެ ތެރެއަށް ޔޫރަޕުގެ ބާރުތަކުން ވަދެގެން ނުވާނެކަމަށް މި ޤަރާރުގައި ކަނޑައަޅައި، އިޢުލާންކޮށްފައިވެއެވެ.
މިހެން ކަން އޮއްވައި، ފަރަންސޭސިވިލާތުން [މޮންރޯއީ ޑޮކުޓޮރިން] (މޮންރޯއީ އުޞޫލު)އާ ޚިލާފަށް ކަންތައް ކުރަމުން ދިޔަ އިރު، އެ މީހުންގެ ލަޝްކަރީންގެ 000،11 މީހުން ކެނެޑާއަށް ބަދަލުކޮށް، އެ ލަޝަކަރުތައް އެމެރިކާގެ އުތުރު ސަރަޙައްދީ ރޮނގު ކައިރީގައި ޤާއިމްކުރިއެވެ. މިހެންކަމުން، އެމެރިކާއަށް މިހާރު މި ވަނީ ބޮޑު މައްސަލައެއް ކުރިމަތިވެފައިކަމަށް ރައީސް ލިންކަނަށް ވިސްނިވަޑައިގަތެވެ. މިހެންކަމުން، އެމެރިކާގެ ދިފާޢަށް ޓަކައި ޟަރޫރަތްތެރިވާ ފައިސާ ހޯދުމަށް ޓަކައި އޭނާގެ މާލީ ވަޒީރު ސެލޮމަން ޕީ. ޗޭސް (Salomon P. Chase) ގޮވައިގެން ރައީސް ލިންކަން ނިޔުޔޯރކަށް ވަޑައިގަތެވެ.
މިއީ އެމެރިކާގެ އިއްތިޙާދު ރޫޅައިލުމަށް ޓަކައި ރޮތުސްޗައިލްޑު ޢާއިލާއިން ރާވައިފައިވާ ހަނގުރާމައެއްކަމުން، އެ މީހުން ތިބީކީ އިއްތިޙާދު ރައްކާތެރިކޮށްދޭން މާބޮޑު ޝައުޤުވެރިކަމެއްގައެއްނޫނެވެ. މިހެންކަމުން، އެމެރިކާގައި ހުރި އެ މީހުންގެ ބޭންކުތަކަށް އެ މީހުން އެންގީ %24 ނުވަތަ %36ގެ އިންޓަރެސްޓުގައި އެމެރިކާ ސަރުކާރަށް ލޯނު ދޫކުރުމަށެވެ. އެ މީހުން ވެސް ކުރީން ދެނެ ތިބި ފަދައިން، ރައީސް ލިންކަން މި ކަމަށް އިންކާރުކުރައްވައިފައި ވޮޝިންޓަނަށް އެނބުރިވަޑައިގަތެވެ. އެނބުރިވަޑައިގެން، ޗިކާގޯގެ ކާނަލް ޑިކު ޓޭލަރ (Dick Taylor)އަށް އޭނާގެ އަރިހަށް އައުމަށް އެންގެވިއެވެ. ހަނގުރާމައަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތެއްގެ ވިސްނުމެއް ނެރުމުގެ ކަންތަކަށް ގޮތެއް ހޯއްދެވުމަށް ރައީސް ލިންކަން އޭނާއަށް އަމުރުކުރެއްވިއެވެ.
ކާނަލް ޖަވާބުދެއްވީ މި ގޮތަށެވެ.
[ރައީސް ލިންކަން އެވެ. އެއީ ވަރަށް ފަސޭހަ ކަމެކެވެ. ފުރިހަމަ ލީގަލް ޓެންޑަރ ގެ ހައިސިއްޔަތު ލިބިފައިވާ ޓުރެޒަރީ ނޯޓު ޗާޕުކުރުމަށް ހުއްދަކުރާ ޤާނޫނެއް ކޮންގްރެހުން ފާސްކުރައްވާށެވެ. . . އަދި އެ ފައިސާއިން މަނިކުފާނުގެ ސިފައިންނަށް މުސާރަދެއްވައި، އަދި ހަމަ އެ ފައިސާ ބޭނުން ކުރައްވައިގެން ތިޔަ ހަނގުރާމަވެސް ކާމިޔާބު ކުރައްވާށެވެ.]
އެމެރިކާގެ ރައްޔިތުން އެ ޓުރެޒަރީ ނޯޓުތައް ޤަބޫލުކުރާނެތޯ ރައީސް ލިންކަން ސުވާލުކުރެއްވުމުން އޭގެ ޖަވާބުގައި ކާނަލް ޓޭލަރ ބުންޏެވެ.
[އެ ޓުރެޒަރީ ނޯޓުތަކަކީ ފުރިހަމަ ލީގަލް ޓެންޑަރެއް ކަމަށް މަނިކުފާނު ހައްދަވައިފިއްޔާ އެކަމުގައި ރައްޔިތުންނަކަށްވެސް، އަދި އެހެން މީހަކަށްވެސް އެއްވެސް އިޚްތިޔާރެއް ނޯންނާނެއެވެ. އެ ނޯޓުތަކަށް ވާނީ ސަރުކާރުގެ ފުރިހަމަ ހުއްދަ ލިބިފައެވެ. އަދި އެވާނީ އެހެން އެއްވެސް ފައިސާއެކޭ ހަމަ އެއްވަރު އެއްޗަކަށެވެ. ސަބަބަކީ، އެކަން އެގޮތަށް ކުރުމުގެ ސާފު ޙައްޤު ޤާނޫނު އަސާސީއިން ކޮންގްރެސް އަށް ލިބިދީފައިވާތީއެވެ.]
މި އަހަރު އިސަބެއްލާ ރޮތުސްޗައިލްޑު މަރުވިއެވެ.
1862ގައި އެމެރިކާގެ ފައިސާގެ 000،000،450ގެ ނޫޓު ޗާޕުކުރުމުގެ މަސައްކަތް ރައީސް ލިންކަން ފެއްޓެވިއެވެ. މި ނޫޓުތައް ޗާޕުކުރެވުނީ ނުއަތު ފުށުގައި ފެހިކުލަ ހުންނަ ގޮތަށެވެ. އެއީ މިހާރު ބޭނުންކުރެވެމުންދާ ނޫޓާއި، އާ ނޫޓާ ތަފާތު ކުރުމަށް ޓަކައެވެ. އަލަށް މި ޗާޕުކުރެވުނު ފައިސާއަށް ކިޔުނީ [ގްރީންބެކު]އެވެ. މި ފައިސާ ޗާޕުކުރެވުނީ މަރުކަޒީ ސަރުކާރަށް އެއްވެސް އިންޓަރެސްޓެއް ލިބޭ ގޮތަކަށް ނޫނެވެ. ސިފައިންނަށް މުސާރަ ދިނުމަށާއި، އެ މީހުންނަށް ބޭނުންވާ ތަކެތި ގަތުމަށް މި ފައިސާއިން ބޭނުން ކުރެވުނެވެ. އެއްވެސް ދަރަންނެއް ނުހިމެނޭ ނޫޓު އެމެރިކާގައި ނެރޭނެ އެންމެ ފަހުގެ ރައީސަކަށްވީ ރައީސް ލިންކަންއެވެ. އަދި މި ކަމުގައި އޭނާ ވިދާޅުވިއެވެ.
[ސަރުކާރުގެ ޚަރަދުކުރުމުގެ ބާރާއި، ގަނެބޭނުންކުރާ މީހުންގެ (ކޮންޒިއުމަރުންގެ) ތަކެތި ގަތުމުގެ ބާރު ފުއްދައި ދިނުމަށް ޓަކައި ހުރިހައި ފައިސާއެއް އުފައްދައި، ނެރެ، ފަތުރާންވާނީ، އަދި ދަރަނި ލިބޭނެ މަގު ފަހިކުރާންވާނީ ސަރުކާރުންނެވެ. ފައިސާ އުފެއްދުމާއި، ނެރުމުގެ ޙައްޤަކީ އެއީ ސަރުކާރެއްގެ އެންމެ މަތީ އިމްތިޔާޒު އެކަންޏެއް ނޫނެވެ. އެއީ އުފެއްދުންތެރިކަމުގައި ސަރުކާރަކަށް ލިބިފައިވާ އެންމެ ބޮޑު ފުރުޞަތު ވެސްމެއެވެ. މި އުޞޫލުތަކަށް ޢަމަލުކުރާން ފެށުމުން، ސޫދުގެ ގޮތުގައި ޓެކުސް ދައްކާ ރައްޔިތުން ދައްކާންޖެހޭ ވަރަށް ބޮޑު ޢަދަދުތަކުން އެ މީހުން ސަލާމަތްކުރެވޭނެއެވެ. ފައިސާއަކީ އިންސާނާގެ ވެރިޔާއަށް ވުމުގެ ބަދަލުގައި، އިންސާނިއްޔަތުގެ ޚާދިމްކަމުގައި އޭރުން ފައިސާވާނެއެވެ.] އަދި ވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.
[މި ޖުމްހޫރިއްޔަތުގެ ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ނިޢުމަތް އަހަރެމެން އެ މީހުންނަށް ދިނީމެވެ. އެއީ، އެ މީހުންގެ ދަރަނިތައް އަދާކުރުމަށް ލިބިފައިވާ އެ މީހުންގެ އަމިއްލަ ކަރުދާހުގެ ފައިސާއެވެ.]
ހަމަ އެ އަހަރު، އެ ނޫސް ކޮންޓުރޯލްކުރަނީ ކާކުކަން ދައްކައިދޭ ވާހަކައެއް ހިމެނޭ ބަޔާނެއް [ދަ ޓައިމްސް އޮފު ލަންޑަން] ނޫހުގައި ޝާއިޢުކޮށްފައި އޮތެވެ.
[އުތުރު އެމެރިކާގެ ޖުމްހޫރިއްޔަތުގައި އޭގެ އަޞްލުތައް ކުރިފެޅި އެ ފަސާދަވެރި މާލީ ސިޔާސަތު، ރަނގަޅަށް ހަރުލާފައިވާ ސާބިތު އަދި ބަދަހި އެކަތިގަނޑަކަށް ވެއްޖެ ނަމަ، އެއްވެސް ޚަރަދެއް ނެތް ގޮތުގައި އެ ސަރުކާރުން އެ ސަރުކާރުގެ އަމިއްލަ ފައިސާ އުފައްދާނެއެވެ. އަދި އެ ސަރުކާރުގެ ދަރަނިތައް އެ ސަރުކާރުން އަދާކުރާނެއެވެ. އަދި އެ ސަރުކާރުގެ އެއްވެސް ދަރަންޏެއް އޭރަކުން ނޯންނާނެއެވެ. އެ ސަރުކާރުގެ ހުރިހައި ވިޔަފާރިއެއް ހިންގުމަށް ޟަރޫރަތްތެރިވާ ހުރިހައި ފައިސާއެއް އެ ސަރުކާރުގެ މިލްކުގައި ހުންނާނެއެވެ. މުޅި ދުނިޔޭގެ ތަހުޒީބު ސަރުކާރުތަކުގެ ތާރީޚުގައި މި ހައި ތަނަށް ފެންނާން ނެތް ވަރަށް އެ ޤައުމަށް އޭރުން ފާގަތިކަން ލިބޭނެއެވެ. ހުރިހައި ޤައުމެއްގެ ހުރިހައި ސިކުނޑިތަކާއި، މުއްސަނދިކަމެއް އޭރުން އެމެރިކާއަށް ދާނެއެވެ. އެ ސަރުކާރު ޖެހޭނީ ނައްތައިލާށެވެ. ނޫނީ ދުނިޔޭގެ މޫނުމަތީގައިވާ ކޮންމެ ރަސްކަމެއް އެ ސަރުކާރުން ނައްތައިލާނެއެވެ.] (ނުނިމޭ)