ad_banner
ޢީސާގެފާނާއި އާދަމުގެފާނުގެ އެއްގޮތްކަން

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

8 އޭޕްރިލް 2026

އެއް ވައްތަރު ގޮތެއް ހުރި، އާދައިގެ ދެ އިންސާނުންގެ ކުރެހުމެއް

ސަލާމުލެއްވި އާދަމުގެފާނާއި ސަލާމުލެއްވި ޢީސާގެފާނާ މި ދެބޭކަލުން ވެސް އުފަންވެވަޑައިގެންފައިވަނީ އެހެން އިންސާނުންނާ ޚިލާފު ގޮތަކަށެވެ. ބަފައިކަލަކާ ނުލައެވެ.

މި ދެބޭކަލުންނަށް ވެސް ފުރާނައެޅުއްވީ ﷲގެ ރޫޙުފުޅުން ފުމެލައްވައިގެންނެވެ.

އެއްގޮތް ކަންތައްތަކެއް ވެއެވެ. މި އެއްގޮތްކަމާ ބެހޭ ގޮތުން މާތް ﷲ ވަޙީކުރެއްވިއެވެ. ((إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَ ۖ خَلَقَهُۥ مِن تُرَابٍ ثُمَّ قَالَ لَهُۥ كُن فَيَكُونُ  - آل عمران :59މާނައީ: ހަމަކަށަވަރުން، اللَّهގެ حضرة ގައި، عيسى ގެފާނު (ހެއްދެވުމުގެ) مثال، آدم ގެފާނުގެ مثال ފަދައެވެ. އެކަލާނގެ، آدم ގެފާނު ހެއްދެވީ، ވެލީންނެވެ. ދެން، އެކަލޭގެފާނަށް (އިންސާނަކަށް) [ވާށޭ] وحىކުރެއްވިއެވެ. ދެން، (اللَّه وحى ކުރެއްވި ފަދައިން) ވެއްޖެއެވެ.))

މި އެއްގޮތްކަން ހަތް ކަލިމައަކުން ވަނީ ޚުލާޞާކޮށްދެއްވައިފައިވެއެވެ. އެއީ ((إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَ  - ހަމަކަށަވަރުން، اللَّه ގެ حضرةގައި، عيسىގެފާނު (ހެއްދެވުމުގެ) مثال، آدمގެފާނުގެ مثال ފަދައެވެ.))

ސަލާމުލެއްވި އާދަމުގެފާނާއި ޢީސާގެފާނާ ދެމެދުގައި ތަފާސްހިސާބުގެ އަޖައިބުވަނިވި އެއްގޮތްކަމެއް ވެއެވެ.

ކީރިތި ޤުރްއާނުގައި 25 ރަސޫލުބޭކަލެއްގެ ނަންފުޅު ވާރިދުވެފައި ވެއެވެ.

މާތް ﷲ ވަޙީބަސްފުޅު އިއްވެވި އެންމެ ފުރަތަ ނަބިއްޔަކީ ސަލާމުލެއްވި އާދަމުގެފާނެވެ. އެއީ އިންސާނުންގެ ބަފައިކަލުންނެވެ. ކީރިތި ޤުރްއާނުގައި އެންމެ ފުރަތަމަ އައިސްފައިވަނީ އެކަލޭގެފާނުގެ ނަންފުޅެވެ.

އާދަމުގެފާނުގެ ނަންފުޅު 25 ފަހަރު ޤުރްއާނުގައި އައިސްފައިވެއެވެ. ހަމަ އެ ފަދައިން ސަލާމުލެއްވި ޢީސާގެފާނުގެ ނަންފުޅު ވެސް 25 ފަހަރު ޤުރްއާނުގައި އައިސްފައިވެއެވެ.

ވިސްނަވާށެވެ!

އާދަމުގެފާނުގެ ނަންފުޅު ކީރިތި ޤުރްއާނުގައި ފުރަތަމަ ފަހަރަށް އައިސްފައިވަނީ البقرة ސޫރަތުގެ 31ވަނަ އާޔަތުގައެވެ. އެއީ ((وَعَلَّمَ ءَادَمَ ٱلْأَسْمَآءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى ٱلْمَلَٰٓئِكَةِ فَقَالَ أَنۢبِـُٔونِى بِأَسْمَآءِ هَٰٓؤُلَآءِ إِن كُنتُمْ صَٰدِقِينَ - އަދި آدم ގެފާނަށް ހުރިހައި ތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައި ދެއްވިއެވެ. (އެބަހީ: ނަންކިޔުނު ތަކެއްޗާއި އެ ތަކެތީގެ حقيقة ތަކެވެ.) ދެން، އެކަލާނގެ އެ ތަކެތި ملائكةންނަށް ހުށަހަޅުއްވައި، وحىކުރެއްވިއެވެ. ތިޔަބައިމީހުން (ތިޔަކުރާ دعوىގައި) ތެދުވެރީންކަމުގައިވަނީ ނަމަ، މި ތަކެތީގެ ނަންތަކުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ނިކަން خبر ދީބަލާށެވެ!))

ޢީސާގެފާނުގެ ނަންފުޅު ފުރަތަ ފަހަރަށް ވާރިދުވެފައިވަނީ البقرة ސޫރަތުގެ 87ވަނަ އާޔަތުގައެވެ. މި އާޔަތަކީ ((وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَٰبَ وَقَفَّيْنَا مِنۢ بَعْدِهِۦ بِٱلرُّسُلِ ۖ وَءَاتَيْنَا عِيسَى ٱبْنَ مَرْيَمَ ٱلْبَيِّنَٰتِ وَأَيَّدْنَٰهُ بِرُوحِ ٱلْقُدُسِ ۗ أَفَكُلَّمَا جَآءَكُمْ رَسُولُۢ بِمَا لَا تَهْوَىٰٓ أَنفُسُكُمُ ٱسْتَكْبَرْتُمْ فَفَرِيقًا كَذَّبْتُمْ وَفَرِيقًا تَقْتُلُونَ - ހަމަކަށަވަރުން، ތިމަންރަސްލާނގެ موسىގެފާނަށް ފޮތް (އެބަހީ: توراة) ދެއްވީމެވެ. އަދި އެކަލޭގެފާނަށް ފަހުގައި ވިދިވިދިގެން رسول ބޭކަލުން ފޮނުއްވީމެވެ. އަދި مريمގެފާނުގެ ދަރިކަލުން عيسىގެފާނަށް ތިމަންރަސްކަލާނގެ ފާޅުވެގެންވާ معجزاتތައް ދެއްވީމެވެ. އަދި روح القدسގެ އެހީފުޅުން އެކަލޭގެފާނަށް ގަދަކަން ދެއްވީމެވެ. ފަހެ، ތިޔަބައިމީހުންގެ نفسތައް ނޭދޭ ކަމަކާއިގެން ތިޔަބައިމީހުންގެ ގާތަށް رسولއަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި (އެ ކަމަށް އިޖާބަނުދީ) ތިޔަބައިމީހުން ބޮޑާވެގަންނަނީހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އޭގެ ބަޔެއް رسولން ދޮގުކުޅައީމުއެވެ. އަނެއްބައި رسولން قتلކުޅައީމުއެވެ.))

ފުރަތަމަ އާޔަތުގައި އައިސްފައިވާ އާދަމުގެފާނުގެ ނަންފުޅުން ފަށައިގެން އަޅުގަނޑުމެން ގުނައިފި ނަމަ ޢީސާގެފާނުގެ ނަންފުޅު އޮތް ކަލިމައިގެ ވަނައަކީ 971އެވެ. ޢަދަދު  971ގެ މާނައަކީ ކޮބައިހެއްޔެވެ؟

-        971 ވަނަ ޢަދަދަކީ 164 ވަނަ ފުރަ ޢަދަދެވެ. އެއީ 114 + 25 + 25 އެވެ.

-        114 އަކީ ޤުރްއާނުގެ ސޫރަތްތަކުގެ ޢަދަދެވެ.

-         އާދަމުގެފާނާއި ޢީސާގެފާނުގެ ނަންފުޅު ޤުރްއާނުގައި ވާރިދުވެފައިވަނީ 25 ފަހަރުއެވެ.

-        އާދަމުގެފާނުގެ ނަންފުޅު ފުރަތަމަ ފަހަރަށް އައިސްފައިވާ އާޔަތުގެ ވަނައަކީ 31އެވެ. ޢީސާގެފާނުގެ ނަންފުޅު ފުރަތަމަ ފަހަރަށް އައިސްފައިވާ އާޔަތުގެ ވަނައަކީ 87އެވެ.  

-        މި ދެ ޢަދަދުގެ ޖުމްލައަކީ 31 + 87 = 118 އެވެ. އެއީ 68 + 25 + 25 އެވެ.

-        68އަކީ (قرآن) މި ކަލިމަ ކީރިތި ޤުރްއާނުގައި ތަކުރާރުވެފައިވާ ޢަދަދެވެ.

-         25އަކީ އާދަމުގެފާނުގެ ނަންފުޅު ޤުރްއާނުގައި ތަކުރާރުވެފައިވާ ޢަދަދެވެ.

-        25އަކީ ޢީސާގެފާނުގެ ނަންފުޅު ޤުރްއާނުގައި ތަކުރާރުވެފައިވާ ޢަދަދެވެ.

އިތުރަށް ވިސްނަވާށެވެ! 

-        އާދަމުގެފާނު ނަންފުޅު ފުރަތަމަ ފަހަރަށް ވާރިދުވެފައިވާ އާޔަތުގެ ތަރުތީބީ ވަނައަކީ 31އެވެ.

-        ޢީސާގެފާނުގެ ނަންފުޅު ފުރަތަމަ ފަހަރަށް ވާރިދުވެފައިވާ އާޔަތުގެ ތަރުތީބީ ވަނައަކީ 87އެވެ.

-         31+87 = 118 އެއީ 59 × 2އެވެ.  59 އިޝާރަތްކުރަނީ ކޮން ކަމަކަށްހެއްޔެވެ؟ އެއީ ޤުރްއާނުގައި އާދަމުގެފާނުގެ ނަންފުޅާއި ޢީސާގެފާނުގެ ނަންފުޅު އެއްކޮށް އައިސްފައިވާ އާޔަތުގެ ތަރުތީބީ ވަނައެވެ. އެއީ آل عمران ސޫރަތުގެ 59ވަނަ އާޔަތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَ ۖ خَلَقَهُۥ مِن تُرَابٍ ثُمَّ قَالَ لَهُۥ كُن فَيَكُونُ  - ހަމަކަށަވަރުން، اللَّهގެ حضرةގައި، عيسىގެފާނު (ހެއްދެވުމުގެ) مثال، آدم ގެފާނުގެ مثال ފަދައެވެ. އެކަލާނގެ، آدم ގެފާނު ހެއްދެވީ، ވެލީންނެވެ. ދެން، އެކަލޭގެފާނަށް (އިންސާނަކަށް) [ވާށޭ] وحى ކުރެއްވިއެވެ. ދެން، (اللَّه وحى ކުރެއްވި ފަދައިން) ވެއްޖެއެވެ.))

އާދަމުގެފާނާއި ޢީސާގެފާނުގެ އެއްގޮތްކަން

މި ދެ ބޭކަލުންގެ އެއްގޮތްކަން ބަޔާންކުރައްވައި آل عمران ސޫރަތުގެ 59ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. ((إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَ ۖ خَلَقَهُۥ مِن تُرَابٍ ثُمَّ قَالَ لَهُۥ كُن فَيَكُونُ)) މި އާޔަތުގައި މި ވާ ޢިބާރާތް ((إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَ ))އަށް ބައްލަވާށެވެ. މި ޢިބާރާތުގައި އޮތީ 7 ކަލިމައެވެ.

-        آدم އަކީ މި އާޔަތުގެ 7ވަނަ ކަލިމައެވެ.

-        މި އާޔަތުގައި އައިސްފައިވާ ކަލިމަ [آدم]އަކީ މުޞްޙަފަށް ބަލާ އިރު އެ ކަލިމަ 7ވަނައަށް ތަކުރާރުވެފައި ތަނެވެ.

-        މި އާޔަތުގައި އައިސްފައިވާ ކަލިމަ عيسىއަކީ މުޞްޙަފަށް ބަލާއިރު އެ ކަލިމަ 7ވަނައަށް ތަކުރާރުވެފައި ތަނެވެ.

-        މި އާޔަތަކީ آدم މި ކަލިމަ މުޞްޙަފުގައި އައިސްފައިވާ އާޔަތްތަކުގެ ތަރުތީބަށް ބަލާ އިރު 7ވަނަ އާޔަތެވެ.

-        މި އާޔަތަކީ عيسى  މި ކަލިމަ މުޞްޙަފުގައި އައިސްފައިވާ އާޔަތްތަކުގެ ތަރުތީބަށް ބަލާއިރު 7ވަނަ އާޔަތެވެ.

-        آدم  ނުވަތަ  عيسى ނުވަތަ މި ދެ ކަލިމަ އެކުގައި ކީރިތި ޤުރްއާނުގައި އައިސްފައިވާ ޖުމްލައަކީ 49 އެވެ. އެބަހީ  7 × 7އެވެ.

-        މި އާޔަތުގެ ކުރީގައިވާ آل عمران ސޫރަތުގެ 58 ވަނަ އާޔަތަކީ ((ذَلِكَ نَتْلُوهُ عَلَيْكَ مِنَ الْآيَاتِ وَالذِّكْرِ الْحَكِيمِ )) އެވެ. މި އާޔަތުގައި އޮތީ 7 ކަލިމައެވެ.

-        މި އާޔަތުގެ ފަހަތުގައިވާ آل عمران ސޫރަތުގެ 60 ވަނަ އާޔަތަކީ ((الْحَقُّ مِنْ رَبِّكَ فَلَا تَكُنْ مِنَ الْمُمْتَرِينَ  ))އެވެ. މި އާޔަތުގައި ވެސް އޮތީ 7 ކަލިމައެވެ.

-        އެހެންވީމާ އާދަމުގެފާނާއި ޢީސާގެފާނު އެއްގޮތްކަން ބަޔާންކޮށްދޭ އާޔަތް މި އޮތީ 7 ކަލިމަ ހިމެނޭ ދެ އާޔަތެއްގެ ދެމެދުގައެވެ.

-         އެއްގޮތްކަން ބަޔާންކުރާ އާޔަތަކީ އެ ސޫރަތުގައި 59ވަނަ އާޔަތެވެ. އެއީ ފުރަ ޢަދަދެކެވެ. މިއީ 17ވަނަ ފުރަޢަދަދެވެ.    

އިތުރަށް ކަށަވަރުކުރުން

-       (إِنَّ مَثَلَ عِيسَى عِندَ اللّهِ كَمَثَلِ آدَمَ) މި ޢިބާރާތުގައި މި އޮތީ 7 ކަލިމައެވެ.

-       (مَثَلَ عِيسَى) މި ނައްޞުގައި މި އޮތީ 7 އަކުރެވެ.

-       (عِندَ اللّهِ) މި ނައްޞުގައި އޮތީ 7 އަކުރެވެ.

-       (كَمَثَلِ آدَمَ) މި ނައްޞުގައި އޮތީ 7 އަކުރެވެ.

ޙައިރާންވެ އަންތަރީސްކުރުވަނިވި މަންޒަރުތަކެކެވެ. ކައު ރަސޫލާއަށް މި ކަންކަން އަމިއްލަފުޅަށް ދެނެވަޑައެއްނުގެންނެވޭނެއެވެ. މި ގޮތަށް ފޮތެއް އެކުލަވައެއް ނުލެއްވޭނެއެވެ. މި ޒަމާނުގެ ސިނާރުގެ އެޕުތަކަށް ވެސް މި ކަމެއް ނުކުރެވޭނެއެވެ.  

 

ބައެއް ލަފުޒުގެ މާނަ:

އަންތަރީސް   ނ.     މާ ބޮޑަށްވާ ހައިރާން.

ތަރުތީބު ނ.     (1) ވަކި ގަވާއިދަކުން އަތުރާން ޖެހޭއެއްޗެހިތަކެއް، އެ ގަވާއިދުން ރަނގަޅަށް އަތުރައިފައިވާއެތުރުން. (2) ރަނގަޅަށް ކުރެވިފައިވާ އިންތިޒާމު. (3) ކަމެއް ކުރާން ކަނޑައެޅިފައިވާ ގޮތަށް އިސްފަސްނުކޮށް، ގަވާއިދުން ކުރާ ކުރުން.

ސިނާރު      ނ.     (1) މަޞްނޫޢީ ތޫނުފިލިކަން. (2) އޭއައި.

ކޮމެންޓު