ad_banner
ﷲގެ އެންމެ ރިވެތި އިސްމުފުޅުތައް (3)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

1 އޭޕްރިލް 2026

(2026 މާރިޗު 25ގެ އަދަދާ ގުޅޭ)

·     الكريم (އަލްކަރީމު): ދީލަތިވަންތަރަސްކަލާނގެ. އެކަލާނގެ މުޤާބިލަކަށް އިންތިޒާރުނުކުރައްވާ އަޅުތަކުންނަށް ދީލަތިވެވޮޑިގެންވެއެވެ.

·     الرقيب (އައްރަޤީބު): ހުރިހާ އެއްޗަކަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެ . އެކަލާނގެއަށް އެއްވެސް އެއްޗެއް ވަންހަނާވެގެން ނުވެއެވެ. 

·     المجيب (އަލްމުޖީބު):  ތެދުވެރިކަމާއެކު އެކަލާނގެއަށް ދުޢާކުރާ މީހާގެ ދުޢާއަށް އިޖާބަދެއްވާ ރަސްކަލާނގެ

·     الواسع: (އަލްވާސިޢު): އެކަލާނގެ ދެނެވޮޑިގަތުމާއި ރަޙްމަތް ހުރިހާ އެއްޗެއްގެ  މައްޗަށް ތަނަވަސް ރަސްކަލާނގެ

·     الحكيم (އަލްޙަކީމު): ހުރިހާ ކަމެއް ވެސް ފުރިހަމަކަމާއި ޙިކްމަތްރިކަމާއެކު ކުރައްވާ ރަސްކަލާނގެ

·     الودود (އަލްވަދޫދު): މުއުމިން އަޅުތަކުން ދެކެ ނުހަނު ބޮޑަށް ލޯބިވެވޮޑިގެންވާ ރަސްކަލާނގެ

·     المجيد (އަލްމަޖީދު): ފުރިހަމަ މާތްވަންތަކަމާއި  މަތިވެރިކަމާއި ޝަރަފުގެ ވެރި ރަސްކަލާނގެ  

·     الباعث (އަލްބާޢިޘު): ޚަލްޤުތަކުން މަރުވުމަށް ފަހު ހިސާބުބެއްލެވުމަށް ޓަކައި އެމީހުން އަލުން ދިރުއްވާ ރަސްކަލާނގެ  

·     الشهيد (އައްޝަހީދު):  ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެ

·     الحق (ޢަލްޙައްޤު):  ބަދަލުވުމެއް ނެތް ސާބިތުކަން މަތީ ދެމިވޮޑިގެންވާ ރަސްކަލާނގެ

·     الوكيل (އަލްވަކީލު): ވަކީލަކު ކަމުގައި ބެލުން ފުދިވޮޑިގެންވާ ރަސްކަލާނގެ . މުއުމިނުން އަބަދުވެސް އެމީހުންގެ ކަންކަން ވަކީލުކުރާނީ ﷲ ތަޢާލާއަށެވެ.

·     القوي (އަލްޤަވިއްޔު): ބަލިކަށިކަމެއް ނާންނަ ފުރިހަމަ ބާރުގެ ވެރިރަސްކަލާނގެ

·     المتين (އަލްމަތީން): ބާރުވެރިވަންތަ ގަދަފަދަވަންތަ ރަސްކަލާނގެ  

·     الولي (އަލްވަލިއްޔު): އެކަލާނގެ އަޅުތަކުންގެ ކަންތައްތައް ބަލަހައްޓަވާ ރަސްކަލާނގެ  

·     الحميد (އަލްޙަމީދު): ޙަމްދާއި ސަނާ  ދާއިމަށް އަބަދަށް ޙައްޤުވެގެންވާ ރަސްކަލާނގެ  

·     المحصي (އަލްމުޙްޞީ): ހުރިހާ ޢިލްމުތަކަކާއި ހުރިހާ އެއްޗެއްގެ އަދަދު ދެނެވޮޑިގެންވާ ރަސްކލާނގެ

·     المبدئ (އަލްމުބްދިއު):  އެއްވެސް އެއްޗަކާ އެއްވެސް މަސީލަކާ ނުލައި ފުރަތަމަ ފަހަރަށް އެއްޗެހި އުފައްދަވާ ރަސްކަލާނގެ

·     المعيد (އަލްމުޢީދު): މަރުވުމަށް ފަހު އަލުން ޚަލްޤުކުރައްވާ ރަސްކަލާނގެ  

·     المحيي (އަލްމުޙްޔީ):  މަރުވެފައިވާ އެއްޗެހި ދިރުއްވާ އަލުން ޙަޔާތަށް ގެންނަވާ ރަސްކަލާނގެ

·     المميت  (އަލްމުމީތު): އަޖަލު ހަމަވާ ޚަލްޤުތަކުން މަރުގަންނަވާ ރަސްކަލާނގެ  

·     الحي  (އައްޙައްޔު): މަރުވުމެއް ފަނާވުމެއްނެތި ދިރިދެމިވޮޑިގެންވާ ރަސްކަލާނގެ  

·     القيوم (އަލްޤައްޔޫމު): ކަންތައްތައް ހިންގަވާ ދާއިމަށް  ޤާއިމުވެވޮޑިގެންވާ ރަސްކަލާނގެ

·     الواجد (އަލްވާޖިދު): އެއްވެސް އެއްޗަކަށް ބޭނުންވެވޮޑިގެންނުވާ އަމިއްލަ ޒާތުފުޅުން ފުދިވޮޑިގެންވާ ރަސްކަލާނގެ  

·     الماجد (އަލްމާޖިދު): މާތްވަންތަކަމާއި ދީލަތިވަންތަކުގައި ފުރިހަމަވަންތަ ރަސްކަލާނގެ

·     الواحد (އަލްވާޙިދު): އެކަލާނގެ ޒާތުފުޅުގައްޔާއި ސިފަފުޅުތަކުގައި ބައިވެރިއަކު ނުވާ ގިނިކަންޏާވަންތަ ރަސްކަލާނގެ  

·     الرشيد (އައްރަޝީދު):  އެކަލާނގެ އަޅުންނަށް ޙައްޤުމަގު ދައްކަވާ ރަސްކަލާނގެ

·     الأحد (އަލްއަޙަދު): އެއްކައުވަންތަ ރަސްކަލާނގެ

·     الصمد (އައްޞަމަދު)  އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެ

·     القادر (އަލްޤާދިރު):  ކުޅަދުންވަންތަ ރަސްކަލާނގެ

·     المقتدر (އަލްމުޤްތަދިރު): ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ނުކުޅެދުންތެރި ކަމެއް ނެތް ރަސްކަލާނގެ

·     المقدم (އަލްމުޤައްދިމު): އެކަލާނގެ ޙިކްމަތްފުޅާ އެއްގޮތަށް މީހުން އިސްކުރައްވާ ރަސްކަލާނގެ

·     المؤخر (އަލްމުއައްޚިރު): އެކަލާނގެ އިރާދަފުޅާ އެއްގޮތަށް މީހުން ފަސްކުރައްވާ ރަސްކަލާނގެ

·     الأول (އަލްއައްވަލު): ފެށުމެއްނެތި އިސްވެވޮޑިގެންވާ ރަސްކަލާނގެ

·     الآخر: (އަލްއާޚިރު): ނިމުމެއްނެތި ފަސްވެވޮޑިގެންވާ ރަސްކަލާނގެ 

·     الظاهر (އައްޡާހިރު): ހެކިތަކުން ފާޅުވެވޮޑިގެންވާ ރަސްކަލާނގެ  

·     الباطن (އަލްބާޠިނު):  ޙިއްސުތަކަށް ވަންހަނާވެވޮޑިގެންވާ ރަސްކަލާނގެ

·     المتعالي (އަލްމުތަޢާލީ): އުނިސިފަތަކުންނާއި ޚުލުޤުތަކުން ހުސްޠާހިރުވެ  މަތިވެރިވެވޮޑިގެންވާ ރަސްކަލާނގެ  

·     البر (އަލްބިއްރު): އެކަލާނގެ އަޅުންނަށް ނިޢުމަތްތައް ދެއްވުމާއި އޯގާވެރިކަމުން ހެޔޮވަންތަ ރަސްކަލާނގެ

·     التواب (އައްތައްވާބު):  ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަސްކަލާނގެ

·     المنتقم (އަލްމުންތަޤިމު): މުހްލަތު ދެއްވުމަށް ފަހު މުޖްރިމުންގެ ކިބައިން ބަދަލުހިއްޕަވާ ރަސްކލާނގެ

·     العفو (އަލްޢަފުއްވު):  މާފުކުރައްވާ ރަސްކަލާނގެ

·     الرؤوف (އައްރައޫފު): ނުހަނު އޯގާވަންތަ ރަސްކަލާނގެ

·     ذو الجلال والإكرام (ޛުލްޖަލާލި ވަލްއިކްރާމި):  ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ

·     مالك الملك (މާލިކުލްމުލްކި):  ކައުނުގައިވާ ހުރިހާ އެއްޗެއްގެ ޙަޤީޤީ ވެރިކަން މިލްކުވެގެންވާ  ރަސްކަލާނގެ

·     المقسط (އަލްމުޤްސިޠު): ޙުކުންކުރެއްވުމުގައި ޢަދްލުވެރި ރަސްކަލާނގެ  

·     الجامع (އަލްޖާމިޢު): ހިސާބުބެއްލެވުމަށް ޓަކައި ޤިޔާމަތްދުވަހުން ހުރިހައި ޚަލްޤުތައް ޖަމާކުރައްވާ ރަސްކަލާނގެ  

·     المانع) އަލްމާނިޢު): އެކަލާނގެ އަޅުން ޙިމާޔަތްކޮށް ރައްކައުތެރިކުރައްވާ ރަސްކަލާނގެ

·     الغني (އަލްޣަނިއްޔު):  އެހެން އެއްވެސް ފަރާތަކަށް ބޭނުންވެވޮޑިގެންނުވާ ފުދިވޮޑިގެންވާ ރަސްކަލާނގެ

·     المغنى (އަލްމުޣްނީ): އެކަލާނގެ ދީލަތިވަންތަކަމުންނާއި ދަރުމަވަންތަކަމުން އެކަލާނގެ އަޅުން ފުދުންތެރިކުރައްވާ ރަސްކަލާނގެ  

·     الضار (އައްޟާއްރު):  އެކަލާނގެ އިރާދަފުޅާއި ޙިކުމަތްފުޅާ އެއް ގޮތަށް ގެއްލުން މިންވަރުކުރައްވާ ރަސްކަލާނގެ

·     النافع  (އައްނާފިޢު): އެކަލާނގެ އިރާދަފުޅާއި ޙިކުމަތްފުޅާ އެއް ގޮތަށް ފައިދާ މިންވަރުކުރައްވާ ރަސްކަލާނގެ 

·     النور (އައްނޫރު):  އަލިކަން ދެއްވާ ރަސްކަލާނގެ

·     الهادي (އަލްހާދީ): ތެދުމަގަށް ހިދާޔަތު ދެއްވާ ރަސްކަލާނގެ

·     البديع: (އަލްބަދީޢު): އެއްވެސް މަސީލެއްނެތި ކޮންމެ އެއްޗެއް އަލަށް އީޖާދުކުރައްވާ ރަސްކަލާނގެ

·     الباقي (އަލްބާޤީ): ފަނާވުމެއް ނެތިދިޔުމެއް ނެތި ދާއިމަށް  ތާއަބަދަށް ދެމިވޮޑިގެންވާ ރަސްކަލާނގެ

·     الوارث (އަލްވާރިޘު): ހުރިހާއެއްޗެއް  ފަނާވުމުން އޭއްޗެހީގެ ދެމިހުންނަނިވި ވާރުތަވެރި ރަސްކަލާނގެ

·     الرشيد  (އައްރަޝީދު): ޚަލްޤުތަކުންނަށް ހެޔޮ ނުބައި މަގު  އަންގަވާދެއްވާ ރަސްކަލާނގެ

·     الصبور (އައްޞަބޫރު): ކެތްތެރިވަންތަ ރަސްކަލާނގެ

ގެ އެންމެ ރިވެތި ނަންފުޅުތައް އެނގުމުގެ އަހަންމިއްޔަތު

v    އާއި އެކަލާނގެ ނަންފުޅުތަކާއި ސިފަފުޅުތައް ދެނެގަތުމަކީ އެންމެ މަތިވެރި ޢިލްމެވެ. އެންމެ ޝަރަފުވެރި ފަރާތަކީ ކަމުގައި  ވާތީއެވެ.

v    ޙައްޤު ގޮތުގައި ދެނެގަތުމަކީ އެކަލާނގެ ދެކެ ލޯބިވުމަށާއި އެކަލާނގެ ދެކެ ބިރުގަތުމަށް ގޮވައިލާނެ ކަމެކެވެ. އެކަމުގެ ސަބަބުން އަމަލުތަކުގައި އިޚްލާޞްތެރި ވެވޭނެއެވެ. މި ކަމުގެ ސަބަބުން އަޅާއަށް ބާއްޖަވެރިކަން ލިބޭނެއެވެ. ދެނެގަނެވޭނީ އެކަލާނގެ ނަންފުޅުތައް އެނގިގެންނެވެ. މިނަންފުޅުތަކުގެ މާނަތައް އެނގިގެންނެވެ.

v    ސުބްޙާނަހޫ ވަ ތަޢާލާގެ އިސްމުފުޅުތައް އެނގުމަކީ އީމާންކަން ހަރުދަނާވާނެ  ކަމެކެވެ. އައްޝައިޚު ޢަބްދުއްރަޙްމާނުއް ސަޢުދީ ވިދާޅުވާ ގޮތުގައި ( ތަޢާލާގެ އެންމެ ރިވެތި ނަންފުޅުތަކަށް އީމާންވެ މި ނަންފުޅުތައް ދެނެގަތުމުގައި ތައުޙީދުގެ ތިން ބައި ހިމެނެއެވެ.[1]

v    ތަޢާލާ ޚަލްޤުތަކުން ޚަލްޤުކުރެއްވީ އެކަލާނގެ ދެނެގަނެ އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އިބްނުލްޤައްޔިމު ވިދާޅުވިއެވެ. ( ރަސޫލުބޭކަލުންގެ ދަޢުވަތުގެ ތަޅުދަނޑިއަކީ އަދި އެބޭކަލުންގެ ރިސާލަތުގެ ބޯކިރުފޮދަކީ އަޅުކަންކުރެވޭ ފަރާތް އެ ފަރާތުގެ ނަންފުޅުތަކާއި ސިފަފުޅުތަކާއި ޢަމަލުފުޅުތަކުން ދެނެގަތުމެވެ.)[2]

ތަޢާލާގެ އެންމެ ރިވެތި ނަންފުޅުތަކުގެ މާނަ ދެނެގަތުމުގެ ފައިދާ

ތަޢާލާގެ އެންމެ ރިވެތި ނަންފުޅުތަކުގެ މާނަ ދެނެގަތުމަކީ އޭގެ ފައިދާ ދެ ދުނިޔޭގައި ލިބޭނެ ކަމެކެވެ. އެކަމުގެ ސަބަބުން ދަތި ވަގުތުތަކުގައި ހިތްހަމަޖެހުން ލިބޭނެތެވެ. އަޅުގަނޑުމެންގެ ސުލޫކުގައި އޯގާވެރިކަމާއި ޢަދްލުވެރިކަމާއި އިޙްސާންތެރިކަމުގެ ދަވާދުން ކުލަލެވިގެންދާނެތެވެ. ގެ ސިފަފުޅުތައް އެނގުމުން އަޅުގަނޑުމެންނަށް އެކަލާނގެއަކީ ކޮން ފަރާތެއް އެނގި އެކަލާނގެއަށް އިޚްލާޞްތެރިވުމަށް ބާރުލިބޭނެއެވެ. އެކަލާނގެ ކޮންމެ އިސްމުފުޅަކުން އަޅުގަނޑުމެންގެ ސުލޫކަށާއި މުޢާމަލާތުތަކަށް ހެޔޮ ބަދަލު އަންނާއެވެ. އޭގެތެރޭގައި މި އަންނަ ފައިދާތައް ވެއެވެ.

1-     ﷲއަށް އިތުބާރުކުރުމާއި ތަވައްކުލުކުރުން ވަރުގަދަވުން: މިސާލަކަށް މުސްލިމު އިންސާނާއަށް އަކީ الرزاق، الوكيل، الحفيظ ކަން އެނގުމުން އެނާގެ ހިތަށް ހިތްހަމަޖެހުން ލިބި އޭނާގެ އީމާންކަން ވަރުގަދަވެގެންދާނެއެވެ.

2-     ދުޢާކުރާއިރު މަޑުމޮޅިކަން އިތުރުވުން. ގެ އެންމެ ރިވެތި ނަންފުޅުތަކުން ދުޢާކުރާ މީހާ މިނަންފުޅުތަކާއެކު އޭނާގެ ނަފުސު ގެ ޙަޟްރަތަށް ގެނބިގެންދާނެއެވެ. މިސާލަކަށް: يا غفور اغفر لي، يا رزاق ارزقني – އޭ ފާފަފުއްސަވާ ރަސްކަލާކޮ! މި އަޅާއަށް ފާފަފުއްސަވާނދޭވެ! އޭ ރިޒްޤުދެއްވާ ރަސްކަލާކޮ! މިއަޅާއަށް ރިޒްޤުދެއްވާނދޭވެ! މިގޮތަށް ދުޢާކުރާއިރު ގެ އިލާހީ ފުރިހަމަވަންތަކަން އޭނާއަށް ތަޞައްވުރުވެގެންދާނެއެވެ. މި ކަމުގެ ސަބަބުން ކުރާ ދުޢާ އާދައިގެ ކަމަކުން އަޅުވެރިކަމަކަށް ފުރޮޅިގެންދާނެއެވެ.

3-     ގެ އެންމެ ރިވެތި އިސްމުފުޅުތަކުގެ ސަބަބުން  ނަފުސު ޠާހިރުވެ ސާފުވެގެން ދިޔުން . ގެ އިސްމުފުޅުތައް – މިސާލަކަށް އައްރަޙީމު ، އަލްޢަދްލު ، އައްޞަބޫރު ، އައްލަޠީފު – ފަދަ އިސްމުފުޅުތަކުން ދުޢާކުރުމުން އޭނާގެ ހިތަށް މި މާނަތައް ވަދެ މި ފަދަ ސިފަތަކުގެ ވެރިއަކަށް ވުމަށް މަސައްކަތްކުރެވޭނެއެވެ. އަދި މީސްތަކުންނާ އެކު މުޢާމަލާތުކުރުމުގައި އޭނާގެ ކިބައިން މި ސިފަތައް ފެންނާނެތެވެ. (ނިމުނީ)

 
 
މަރުޖާ:

[1]  - التوضيح والبيان لشجرة الإيمان للسعدي ص 41 .

[2]  - الصواعق المرسلة على الجهمية والمعطلة لابن القيم ( 1/150-151 )

ކޮމެންޓު