ad_banner
ޓުރަންޕުގެ ޗައިނާ ދަތުރު އެހައި ބޮޑަށް ފަސްކުރީ ކީއްވެ؟

ހުސައިން ނައުޝާދު

28 މާރިޗް 2026

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓުރަންޕު ބުނަމުން ގެންދަނީ ސުލްހައިގެ ޑީލު ކުރިއަށް ދަނީ [ވަރަށް ރަނގަޅަށެވެ.] އެހެންކަމުން އީރާނުގެ ހަކަތައިގެ ސިނާއަތުގެ ބިނާރަށް ހަމަލާދިނުން އިތުރު 10 ދުވަހަށް މަޑުޖައްސައިލައިފައިވާކަމަށް އޭނާ ބުނެއެވެ.

ޓުރަންޕު އެހެން ބުނި ނަމަވެސް ހަނގުރާމަހުއްޓައި ސުލްހަވުމުގެ ކަންކަން ކުރިއަކަށް ނުދެއެވެ. ހައްގުން ކަމަކާ ނުލައި އީރާނަށް ހަމަލާދިން އެމެރިކާއިން މި ކަމުން ސަލާމަތް ނުވެވިގެން ސުލްހައޭ ކިޔައި ހަނގުރާމަ ހުއްޓާން ހުށަހެޅި 10 ނުކުރާގެ އެއްބަސްވުމާ ބެހޭ ގޮތުން އީރާނުން ބުނެފައިވަނީ އެ ފަދަ ހުށަހެޅުމެއް އީރާނަށް ލިބިފައިވާކަމަށާއި ނަމަވެސް އެއީ [އެއް އަތަށްޖެހިފައިވާ ވަރަށް ބޭއިންސާފު ހުށަހެޅުމެއް]ކަމަށެވެ. ރޮއިޓާރސް ނޫސް ބުނާ ގޮތުގައި އީރާނާ ދެކޮޅަށް އިޒްރޭލު ބުނެގެން އެމެރިކާއިން ކޮށްދޭ އަނިޔާވެރި ބޭއިންސާފު ހަނގަރާމައިން ނުކުންނާނެ މަގެއް އަދި ވެސް އެމެރިކާއަކަށް ނުހޯދެއެވެ. މުޅީން އިޒްރޭލު ބޮލަށް ޖަހައިފައި މެދުއިރުމަތި ދޫކޮށް، ދާކަށް ވެސް ނުކެރެއެވެ.

މިހާރު ޓުރަންޕު ކުރާ ކަމަކީ ދުނިޔޭގެ އެކި ގައުމުތައް މެދުވެރިކޮށް ހަނގުރާމަ ހުއްޓުމާ ބެހޭ ވާހަކަދައްކާން އެއް މޭޒަކަށް އަންނާން އީރާނަށް ދަޢުވަތު ފޮނުވަނީއެވެ. އީރާނުން މި ފަދަ ހުރިހައި ގައުމުތަކެއްގެ ނަންތައް އާންމު ނުކުރިޔަސް ޕާކިސްތާނާއި މިޞްރާއި ތުރުކީ ވެސް، މި ލިސްޓުގެ ކުރީގައި އޮވެއެވެ. އަދި މެދުވެރިއެއްގެ ދައުރު އަދާކޮށްދޭން ވެސް މި ދެ ގައުމުން އޮތީ ތައްޔާރަށެވެ. އަދި މެދުއިރުމަތީގެ ގިނަ ގައުމުތަކާއި ޣައިރުމުސްލިމު ބައެއް ގައުމުތައް މެދުވެރިކޮށް ވެސް އީރާނަށް ޓުރަންޕު އެބަ ދަޢުވަތު ފޮނުވައެވެ.

އީރާނުން މި ދައުވަތު، ޝަރުޠުތަކަކާ އެކު، ގަބޫލު ވެސް ކޮށްފިއެވެ. އެ ޝަރުޠުތަކުގެ ތެރޭގައި: [ދުވަހަކު ވެސް އީރަށް އިސްވެ ޙަމަލާނުދޭނެކަމުގެ ކަށަވެތިކަން އެމެރިކާއާއި އިޒުރޭލުން ދިނުމާއި، އީރާނަށް އިސްވެ ދިން ޙަލާގައި އީރަނަށް ދިން ގެއްލުންތަކަށް ބަދަލުދޭން އެއްބަސްވުމާއި، އީރާނަށް މިހާރު ދެމުންގެންދާ ޙަމަލާތަކަކީ، ޣައިރުގާނޫނީ ޢުދުވާނީ ޙަމަލައެއްކަމަށް އެމެރިކާއިން ގަބޫލުކުރުން] ހިމެނެއެވެ. މި ޝަރުޠުތައް އެމެރިކާއިން ގަބޫލުކުރާނެކަމަކަށް ނުބެލެއެވެ.

އަނެއްކޮޅުން ޗައިނާއަށް ޓުރަންޕު ދަތުރުކުރާ ގޮތަށް ވެސް އޮތީ ތާވަލުކުރެވިފައެވެ. މިހާރު އޮތީ އަންނަ މޭ މަހު 14-15 އަށް ތާވަލުކޮށްފައެވެ. ނަމަވެސް ކުރީން މި ދަތުރު އޮތީ މި ހިނގާ މާރިޗު މަގު 31އިން އަންނަ އެޕްރީލު މަހު 3އަށް މި ދަތުރުކުރާށެވެ. މި ދަތުރު ފަސްކުރުމަށް ފަހު، [ހަނގުރާމަ] ކުރިއަށް ގެންދަނީއެވެ. މި ކަން ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ކެރިލިން ލެވިޓް ވަނީ ކަށަވަރުކޮށްދީފައެވެ.

މީނާ އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި ޓުރަންޕާއި އޭނާގެ އަންހެނުން މެލޭނިއާ، ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް މި އަހަރު ފަހުކޮޅު ވޮޝިންގޓަންގައި މެހުމާނުދާރީ އަދާކުރާނެއެވެ.

ލެވިޓް ބޭއްވި ނޫސް ކޮންފަރެންސެއްގައި މި ކަމާ ބެހޭ ގޮތުން ނޫންވެރީން އޭނާއާ ސުވާލުކުރިއެވެ. [ޗައިނާ ދަތުރު ފަސްކޮށްލުމުގެ މާނައަކީ ހަނގުރާމަ ހުއްޓައިލުމާ ބެހޭ ގޮތުން ދެ ގައުމުގެ ރައީސުން މަޝްވަރަކޮށްފައިވުންހެއްޔެވެ؟] ނުވަތަ [މި ގޮތަށް މި ދަތުރު އެހައި ފަސްކޮށްލުމުގައި، ދެ ރައީސުން ޝަރުޠުތަކެއް ކަނޑައަޅަނީހެއްޔެވެ؟]

މި ސުވާލުތަކަށް ލެވިޓު ދިނީ [ނޫން] ޖަވާބެވެ.

އީރާނަށް އެމެރިކާއާއި އިސްރޭލުންހަަލާދެމުން ގެންދާ އިރު [ކަމިޔާބީ އޮތީ އަތްފޯރާ ހިސާބުގައި ކަމަށް ބުނެ ޓުރަންޕު ފޮނިކަނޑަނީއެވެ. ނަމަވެސް ހަނގުރާމަ ހުއްޓައިލުމަށްތާކައި އެންމެ ފަހުން އެމެރިކާއިން ހުށަހެޅި 15 ނުކުތާގެ އެއްބަސްވުން އީރާނުން ވަނީ ނޫނެކޭ ބުނެ ރައްދުކޮށްފައެވެ. ބޭއިންސާފު އަދި ވަކި އަތަކަށް ޖެހިފައިވާ އެއްބަސްވުމެއްކަމަށް ބުނެއެވެ.

ޓުރަންޕުގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން މުޅި ދުނިޔެ މި ވަނީ ބޮޑު ކާރިސާއެއްގެ ތެރެއަށް ވައްޓައިލައިފައެވެ. އެހެންކަމުން އެމެރިކާ ރައްޔިތުންގެ މަގުބޫލުކަން ޓުރަންޕަށް އަންނަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. ދާދި ފަހުން ފޮކްސް ނިއުސްއިން ކުރި ސާރވޭއަކުން ދައްކާ ގޮތުން މިހާރު އެމެރިކާގެ ރައްޔިތުންގެ ތެރެއިން %59 އިންސައްތަ މީހުން ޓުރަންޕާ ދެކޮޅެވެ. މި ނަތީޖާ ޓުރަންޕަށް އެނގުމުން ބުނެފައިވަނީ ތިމަންނަ ފޮކުސް ނިއުސްއަށް ނަފުރަތުކުރާ ކަމަށެވެ. އަދި އެނަތީޖާ ހޯދާން ވޯޓު ދިން މީހުންނަކީ ވަރަށް ނަފުރަތުކުރާ ބަޔެއްކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކޮމެންޓު