އަޙުމަދު ފަޔާޒު ޙަސަން
28 މާރިޗް 2026
(2026 މާރިޗު 21ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)
މާރކުސިޒަމާއި، ކޮމިއުނިޒަމާއި، އަދި އޭގެ އަރިމަތީ އުފެއްދުމެއްކަމުގައިވާ ސޯޝަލިޒަމް ފަދަ ނިޒާމްތަކަށް ފަހުން ޢަމަލުކުރެވޭ ތަން ފެނުމުން، އެއީ [ދައުލަތުގެ ރައުސްމާލިއްޔަތު]ކަމުގައި މެނުވީ ނުވެއެވެ. އެއީ އިމްތިޔާޒުތަކެއް ލިބިފައިވާ ބައިމަދެއްގެ (މައިނޯރިޓީއެއްގެ) ވެރިކަމެކެވެ. އެ މީހުން ވެރިކަން ހިންގަމުންދަނީ ގާތްގަނޑަކަށް އެއްވެސް މިލްކެއް ނެތް، ނުވަތަ ޤާނޫނީ ޙައްޤުތަކެއް ނެތް އަޣުލަބިއްޔަތެއްގެ މައްޗަށެވެ. މި ބައިމަދު، އަޣުލަބިއްޔަތުގެ މައްޗަށް ޚުދުމުޚުތާރު، އަދި ޖުމުލަ ކޮންޓުރޯލު ދަނީ ހިންގަމުންނެވެ. ރޮތުސްޗައިލްޑު ޢާއިލާއިން މި ފަދަ ފިކުރުތައް ކުރިއެރުވުމަށް ފައިސާ ޚަރަދުކުރުމަށް އެހާ ޝައުޤުވެރިވާ ސަބަބު މި ކަމުން އެނގެއެވެ. މި ފަދަ ފިކުރުތަކުގެ ތެރެއިން ފަހުން ނުކުތީ "ޑިމޮކުރެސީ" ކިޔާ ފިކުރެވެ. އެއީ ދެ ޕާޓީ އެކުލެވޭ، އެހެންނަމަވެސް ދެ ޕާޓީވެސް ހަމަ އެއް ބާރުތަކަކުން ކޮންޓުރޯލުކުރާ ދައުލަތް ހިންގުމުގެ ނިޒާމެކެވެ. އަދި އެއް ބަޔަކު އަނެއް ބަޔަކާ އިދިކޮޅުހަދާކަން ދެއްކުމަށް ޓަކައި، އަޞްލެއް ނެތް ކުނިކޫސަނި މައްސަލަތަކުގައި ދެބައިމީހުން އަރައިރުންވިއެއްކަމަކު، އެމީހުން އަސާސީ ގޮތެއްގައި ތަބާވަނީ ހަމަ އެއް ފިކުރަކަށެވެ. ކޮންމެ ޕާޓީއަކަށް ވޯޓު ދިންކަމުގައިވިއަސް އެއްވެސް ތަފާތެއް ނާންނަކަން ޑިމޮކުރެޓިކު ދައުލަތްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް އަވަހަށް އެނގި ހާމަވަނީ މި ސަބަބަށް ޓަކައެވެ. ގިނަ ޕާޓީގެ މައްޗަށް އެކުލެވޭ ޑިމޮކުރެޓިކު ނިޒާމެއް އޮތުމަކުން ހަމަ އެއްވެސް ކަމެއް ބަދަލެއް ނުވެއެވެ.
އަމްސްކެލް މެޔަރ ރޮތުސްޗައިލްޑުގެ އަންހެނުން އީވާ ހަނޯ (Eva Hanau) މަރުވިއެވެ.
1849 ގައި މެޔަރ އަމްސްކެލް ރޮތުސްޗައިލްޑު ގެ އަންހެނުން ގުޓުލޭ ޝްނެޕަރ މަރުވިއެވެ. އޭނާ މަރުވުމުގެ ކުރިން، ބުނިކަމަށްވެއެވެ.
"އަހަރެންގެ ދަރީން ހަނގުރާމަތައް ބޭނުން ނުވާނަމަ، ދުނިޔޭގައި އެއްވެސް ހަނގުރާމައެއް ނުހިނގާނެއެވެ."
1850 ގައި ބޮޑެތި ބިންތަކުގައި ޢިމާރާތްކުރެވޭ ހަވޭލިތައް (މޭނަރ ހައުސްތައް)ކަމުގައިވާ، އިނގިރޭސިވިލާތުގައި "މެންޓުމޯރ" (Mentmore)އާއި، ފަރަންސޭސިވިލާތުގައި "ފެރިރެސް" (Ferrires) ކިޔާ ގެތައް ޢިމާރާތްކުރުމުގެ މަސައްކަތް ފެށުނެވެ. ރޮތުސްޗައިލްޑު ޢާއިލާގެ މި ފަދަ ހަވޭލިތައް ދުނިޔޭގެ އެތަންމިތަނުގައި ޢިމާރާތްކުރެވޭނެއެވެ. އެއިން ކޮންމެ ހަވޭއްޔެއް ވަނީ އެންމެ އަގުބޮޑެތި އަތު ކުރެހުންތަކުން ފުރިފައެވެ.
ފުރާންސުގައި މަރުކަޒު ހަދައިގެންހުރި ޖޭކަބް (ޖޭމްސް) ރޮތުސްޗައިލްޑުގެ މިލްކުގައި 600 މިލިއަން ފުރޭންކު ހުރިކަމަށްވެއެވެ. އެއީ ފުރާންސުގައި ވިޔަފާރިކުރާ އެހެން ހުރިހައި ބޭންކަރުންގެ މިލްކިއްޔާތު އެއްކޮށްލުމުން ވެސް 150 މިލިއަން ފުރޭންކު ގިނަ ޢަދަދެކެވެ.
1852ގައި ވިލިއަމް ގްލެޑުސްޓޯން (William Gladstone)، ފަހުން އިނގިރޭސި ބޮޑުވަޒީރުކަންކުރި ޗާންސެލަރ އޮފު ދި އެކުސްޗެކަރ (އިނގިރޭސިވިލާތުގެ މާލީ ވަޒީރު)ކަމުގެ މަޤާމާ މި އަހަރު ޙަވާލުވެފައި، ބޭންކު އޮފު އިންގްލެންޑާއި، ސިޓީ އޮފު ލަންޑަނާ ބެހޭ ގޮތުން ބުންޏެވެ.
[ޗާންސެލަރ އޮފު ދި އެކުސްޗެކަރގެ މަޤާމާ އަހަރެން ޙަވާލުވި ދުވަހުއްސުރެ، ބޭންކު އޮފު އިނގްލެންޑާއި، ސިޓީ އޮފު ލަންޑަނާ އަޅައިބަލާ އިރު، މާލީ ކަންތައްތަކުގައި އިނގިރޭސި ދައުލަތަށް ލިބިފައިވަނީ ޙަޤީޤަތެއް ނެތް ދެރަވަރު މަޤާމެއްކަމުގައިވެއެވެ. ސަރުކާރަކީ އެއްވެސް ބާރެއް ލިބިފައިވާ ބައެއްކަމުގައި ވުމަކަށް މި ނިޒާމުގެ ތެރެއިން މަގު ފަހިކުރެވިފައެއް ނުވެއެވެ. ނަމަވެސް، މި ނިޒާމު ފަރުމާކުރެވިފައިވަނީ ފައިސާގެ ބާރަކީ އެއީ އެންމެ މަތީ ބާރުކަމުގައި، އަދި ސުވާލެއް ނުކުރެވޭ ބާރެއްކަމުގައި ވުމަށެވެ.]
ޗައިނާގައި ހުންނަ ރޮތުސްޗައިލްޑު ޢާއިލާގެ ޑުރަގު ވިޔަފާރިކުރާ މީހާ، ޑޭވިޑު ސަސޫން، ފުރިހަމަ އިނގިރޭސި ރައްޔިތަކަށްވިއެވެ. ނަމަވެސް ބަޣުދާދީ ޔަހޫދީންގެ ހެދުމާއި، ވައްޓަފާޅި އޭނާ ދެމެހެއްޓިއެވެ. ނަމަވެސް އޭނާގެ ދަރީންނަށް، އިނގިރޭސި ވައްޓަފާޅިތަކާ އެއް ގޮތަށް ކަންތައްކުރުމަށް ހުއްދަކުރިއެވެ. އޭނާގެ ދަރިފުޅު ޢަބްދުﷲގެ ނަން އަލްބަރޓު (Albert)އަށް އޭނާ ބަދަލުކުރިއެވެ. އޭގެފަހުގައި އޭނާގެ ބައްޕައާއެކު އަލްބަރޓު އިނގިރޭސިވިލާތަށް ހިޖުރަކުރިއެވެ. އޭނާއަށް ލިބުނު ދަރިފުޅަށް ކީ ނަމަކީ އެޑުވަރޑު އަލްބަރޓު (Edward Albert) އެވެ. މި އެޑުވަރޑު އަލްބަރޓު ކައިވެނިކުރީ ރޮތުސްޗައިލްޑު ޢާއިލާގެ އަންހެނަކާއެވެ.
އޭނާގެ ޔަހޫދީ ތަރިކައިގެ ޝަރަފު ދިރުވުމަށް ޓަކައި ޑޭވިޑު ސަސޫން އިންޑިއާގައި ކަނީސާތައް (ސިނަގޮގްތައް) ބިނާކުރިއެވެ. މިފަދަ އެއް ކަނީސާ އޭނާ ބިނާކުރީ ފޯޓު ސަރަޙައްދުގައެވެ. އަދި އަނެއް ކަނީސާ އޭނާ ބިނާކުރީ ބައިކައްލާ ސަރަޙައްދުގައެވެ.
ނަތާން މެޔަރ ރޮތުސްޗައިލްޑުގެ ދަރި، އަދި ޖޭކަބް (ޖޭމްސް) މެޔަރ ރޮތުސްޗައިލްޑުގެ ދަނބިދަރި، ނަތާނިއެލް ޑި ރޮތުސްޗައިލްޑު، މޫޓޮން (Mouton)ގެ ބޯރޑޯ (Bordeaux) މޭބިސްކަދުރު ދަނޑުކަމުގައިވާ "ޝާޓޯ ބްރޭން މޫޓޮން" (Chteau Brane Mouton) ދަނޑު ގަތެވެ. އަދި އެ ދަނޑުގެ ނަން "ޝާޓޯ މޫޓޮން ރޮތުސްޗައިލްޑު" (Chteau Mouton Rothschild)އަށް އޭނާ ބަދަލުކުރިއެވެ.
1854ގައި ސެލޮމަން މެޔަރ ރޮތުސްޗައިލްޑުގެ އަންހެނުން ކެރޮލިން ސްޓަރން މި އަހަރު މަރުވިއެވެ.
1855ގެ މާރޗް 10ގައި ކަލްމަން (ކާރލް) މެޔަރ ރޮތުސްޗައިލްޑު މަރުވިއެވެ. މި އަހަރުގެ ޖުލައި 28ގައި ސެލޮމަން މެޔަރ ރޮތުސްޗައިލްޑު މަރުވިއެވެ. އަދި ޑިސެމްބަރ 6ގައި އަމްސްކެލް މެޔަރ ރޮތުސްޗައިލްޑު މަރުވިއެވެ.
1856ގެ މެއި 6ގައި އަސްކެނާޒީ ޔަހޫދީއެއް ކަމުގައިވާ، ސައިކޮއެނަލިސްޓު ސިގްމަންޑު ފުރޮއިޑު (Sigmund Freud) އުފަންވިއެވެ. ފަހުން އޭނާ ހުޅަނގުގެ އަޚުލާޤީ ސިފަތަކަށް (ވެލިޔުސް) ޙަމަލާދޭނެއެވެ. ޖިންސީ ކަންތައްތަކާ މެދު [މޮޔަ] ގޮތެއްގައި ހުޅަނގުގެ މީހުން ގެންގުޅޭ ވިސްނުންކަމުގައި އޭނާ ފާހަގަކުރާ ފިކުރުތަކަށް އޭނާ ވަރަށް ބޮޑަށް ފާޑުކިޔައިފައިވެއެވެ. އޭނާ ބުނާ ގޮތުގައި އެ ފިކުރުތައް ޖެހޭނީ ޔަހޫދީންގެ ޖިންސީ ސިފަތަކަށް ބަދަލުކުރާށެވެ. ޔަހޫދީންނަކީ ޖިންސީ ކަންކަމުގައި އެއްވެސް ޤައިދެއް ނެތި ގިނަ މީހުންނާ އެކު ޖިންސީ ގުޅުން ހިންގައި އުޅޭ ބަޔެކެވެ. ވަރަށް ޙައިރާންވާންޖެހޭ ފަދަ ގޮތުގައި، އޭނާ ދުށް ގޮތުގައި ކައިވެނި ޙަރާމް މީހުންގެ މެދުގައި ޖިންސީ ގުޅުން ހިންގުމާއި (Incest)، އަދި ކުޑަކުދިންނާއެކު ޖިންސީ ގުޅުން ހިންގުމަކީ (Pedophilia) އާދައިގެ ކަންކަމެވެ. އަދި އެފަދަ ނަހަމަ ޖިންސީ ގުޅުންތައް ކުރިއެރުވުމަށް އޭނާ ވަރަށް މަސައްކަތްކުރިއެވެ. މި ކަންކަމަކީ ޔަހޫދީންގެ އެންމެ މާތް ފޮތްކަމުގައިވާ ތަލްމޫދުގައި ވެސް ހުއްދަކޮށްފައިވާ ކަންކަމެވެ.
1858ގައި ޚާލިޞް ނަޞްރާނީއެއްގެ ޢަޤީދާގައި ހުވައެއްކުރުމުގެ ޝަރުޠުގެ މާނަ، އެހެން ހުވައިތައް ވެސް ޝާމިލުވާ ގޮތަށް ފުޅާކުރެވުމުން، އިނގިރޭސި ބަރުލަމާނުގައިވާ (ޕާލަމަންޓުގައިވާ) އޭނާގެ ގޮނޑީގައި ފާޅުގައި ޔަހޫދީއެއްގެ ގޮތުގައި ފުރަތަމަ ފަހަރު ލަޔޮނެލް ޑި ރޮތުސްޗައިލްޑު އާޚިރުގައި އިށީނެވެ.
12 ޖުލައި ގައި ލޯރޑު ހެރިންޓަން (Lord Harrington)، ހައުސް އޮފު ލޯރޑުސް ގައި، އިނގިރޭސިވިލާތަށް ޔަހޫދީ ރަށްވެހީން ގެނައުމާ އިދިކޮޅަށް ތަޤްރީރެއް ދެއްވައި ވިދާޅުވިއެވެ. [އެމީހުންނަކީ ދަރަންޏަށް ފައިސާ ދޫކުރާ، އަދި ލޯނު ވިޔަފާރިކުރާ ދުނިޔޭގެ ބޮޑެތި ސާދާގަރުންނެވެ. . . . މި ކަމުގެ ނަތީޖާއަކީ، ޓެކުސް ނެގުމުގެ ބުރަ ބޮޑު ނިޒާމްތަކާއި، ޤައުމީ ދަރަނީގެ ބޮޑެތި ފުނިވަރުތަކުގެ ދަށުގައި ދުނިޔޭގެ ޤައުމުތައް ކުކުރަމުން ދިއުމެވެ. އެ މީހުންނަކީ އަބަދު ވެސް މިނިވަންކަމުގެ އެންމެ ބޮޑެތި ޢަދާވާތްތެރީން ކަމުގައިވެއެވެ.]
1859 ގައި ޝްކެ؟ންކޭ ޖިއަނެޓު ރޮތުސްޗައިލްޑު މަރުވިއެވެ.
1860 ގައި އެމެރިކާ މިނިވަންވީއްސުރެ ފެށިގެން އެމެރިކާގެ ދެކުނުގައި ތިބި ކަފަ އުފައްދާ ބޭފުޅު ފަންތީގެ މީހުންނާއި، އިނގިރޭސިވިލާތުގެ ކަފަ އުފައްދާ މީހުންނާ ދެމެދު ވަނީ ވަރަށް ގާތް ވިޔަފާރީގެ ގުޅުމެއް އުފެދިފައެވެ. ރޮތުސްޗައިލްޑު ޢާއިލާގެ އާގުބޯޓު ފަހަރުގައި އެމެރިކާއިން ފުރާންސަށާއި، އިނގިރޭސި ވިލާތަށް ވެސް މި ކަފަ އުފުލިއެވެ. ރޮތުސްޗައިލްޑު ޢާއިލާއިން ނިންމީ މި ވިޔަފާރިއަކީ އެމެރިކާގެ ބަލިފައިކަމުގައެވެ. އަދި މި ބަލިފަޔަކީ، ރައީސް އެންޑުރޫ ޖެކުސަން 1836ގައި އެ މީހުންގެ ސެންޓުރަލް ބޭންކު ނެތި ކޮށްލެއްވިފަހުން އެމެރިކާގައި އެމީހުން އަލުން ވަކިހިއްޕުމަށް ބޭނުންކުރެވިދާނެ ފުރުޞަތެއް ކަމުގައެވެ.
ރޮތުސްޗައިލްޑު ޢާއިލާއިން ވަނީ ވަރަށް ކުރިއްސުރެ މި ކަމަށް ތައްޔާރުވެފައެވެ. އަދި މި އަހަރު އެމެރިކާގެ ދެކުނު ސްޓޭޓުތަކުގައި ވަރަށް ގިނަ ޢަދަދަކަށް ރޮތުސްޗައިލްޑު ޢާއިލާގެ އެޖެންޓުން ތިއްބެވެ. އެ މީހުންގެ ޖީބު ތެރޭގައި މިހާރު ވެސް ތިބި އެ ސަރަޙައްދުގެ ސިޔާސީ މީހުންނާ ގުޅިގެން ރައްޔިތުންގެ މެދުގައި ދޮގު ވާހަކަތައް ފަތުރައިގެން މީސްތަކުންގެ ވިސްނުން ހީލަތްތެރިކަމާ އެކު އެ މީހުންގެ ކޮޅަށް އަނބުރައިލިއެވެ. މި ކަމުގެ ނަތީޖާއަކަށްވީ، ސައުތު ކެރޮލައިނާ އެމެރިކާގެ އިއްތިޙާދުން ވަކިވުމެވެ. އޭގެ މަދު ހަފުތާތަކެއް ފަހުން، އިތުރު ހަ ސްޓޭޓު، އެމެރިކާގެ އިއްތިޙާދުންވަކިވިއެވެ. އަދި ވަކިވެގަތް މި ހަތް ސްޓޭޓުން [ކޮންފެޑަރެޓު ސްޓޭޓުސް އޮފު އެމެރިކާ] ނަމުގައި ވަކި ޤައުމެއް އުފެއްދިއެވެ. މި އިއްތިޙާދުގެ ރައީސަކަށް ހުރީ ޖެފަރސަން ޑޭވިސް (Jafferson Davis) ކިޔާ މީހެކެވެ.
އުތުރުގެ ސަރަޙައްދުތައް ހިލުވުމަށްޓަކައި ރޮތުސްޗައިލްޑު ޢާއިލާގެ ބައިވެރީން، އެ މީހުން ސިކުނޑި ދޮވެފައިވާ، މީހުންތައް އިއްތިޙާދުގެ ލަޝްކަރުތަކަށް ކުއްލި ޙަމަލާދީ، އިއްތިޙާދުގެ ބުރުޒުތަކާއި، ފައިސާ ޗާޕުކުރާ ތަންތަނާއި، އެ ނޫން ވެސް މިލްކިއްޔާތު އެ މީހުންގެ ކޮންޓުރޯލްގެ ދަށަށް ގެނައެވެ. ރައީސް ބިއުކަނަން (Buchanan)ގެ ކެބިނެޓުގެ މެންބަރުން ވެސް، ބަންޑާރަ މާލިއްޔަތު (ޕަބްލިކު ކުރެޑިޓު) ހަލާކުކޮށްލައިގެންނާއި، ޤައުމު ދަރަނިވެރިކުރުވައިގެން އެމެރިކާގެ އިއްތިޙާދު ހަލާކުކޮށްލާން ސިއްރު ރޭވުންތައް ރޭވިއެވެ. ވަކިވެގަތުމުގެ ޙަރަކާތް ކުށްވެރިކުރާކަމަށް ރައީސް ބިއުކަނަން ވިދާޅުވިނަމަވެސް، އެ ކަން ހުއްޓުވާން އެއްވެސް މަސައްކަތެއްނުކުރައްވައެވެ.
1861ގައި ރައީސް އެބްރަހަމް ލިންކަން (Abraham Lincoln) (އެމެރިކާގެ 16 ވަނަ ރައީސް) އިފުތިތާޙުކުރެވުނުތާ އެއް މަސް ފަހުން، އެމެރިކާގެ ދާޚިލީ ހަނގުރާމަ ދިޔައީ ސައުތު ކެރޮލައިނާގެ ފޯޓު ސަމްޓަރުގައި ކުރެވެމުންނެވެ. މި ކަން ފެށުނީ އެމެރިކާގެ އިއްތިޙާދުން ސައުތު ކެރޮލައިނާ ވަކިވުމުންނެވެ. ހަނގުރާމައިގެ ސަބަބެއްކަމުގައި ވަކިވެގަތް މީހުން އަބަދު ވެސް ދައްކަމުން ދިޔަ ބަހަނާއަކީ އަޅުވެތިކަމެވެ. ނަމަވެސް މިއީ އެއްވެސް ޙަޤީޤަތެއް އެކުލެވިފައިވާ ވާހަކައެއްނޫނެވެ. ރައީސް ލިންކަންވެސް ވަނީ މި ކަން ބަޔާން ކުރައްވާފައެވެ.
[އަޅުވެތިކަން މިހާރު އެ ސްޓޭޓުގައި ދެމިއޮތް ތަންތަނުގައި އެ ކަން ދެމެހެއްޓުމުގައި ބައިވެރިވުމަކަށް އަހުރެންގެ މަޤްޞަދެއް ނުވެއެވެ. އަހުރެން ޤަބޫލުކުރާ ގޮތުގައި އެ ކަން އެ ގޮތަށް ކުރުމަކަށް އަހުރެންނަކަށް ޤާނޫނީ އެއްވެސް ސަބަބެއް ނުވެއެވެ. އަދި އެ ކަން އެ ގޮތަށް ކުރުމަކަށް އަހުރެންގެ ކިބައިގައި އެއްވެސް އެދުމެއް ވެސް ނުވެއެވެ. އަހުރެންގެ އެންމެ މަތިވެރި މަޤުޞަދަކީ އިއްތިޙާދު ސަލާމަތްކުރުމެވެ. ނަމަވެސް އެއީ އަޅުވެތިކަން ރައްކާތެރިކުރުމަކަށް ވެސް، އަދި އަޅުވެތިކަން ނެއްތައިލުމަކަށް ވެސް ކުރެވޭ ކަމެއްނޫނެވެ. އެއްވެސް އަޅަކު މިނިވަންނުކޮށް އަހުރެންނަށް އިއްތިޙާދު ޙިމާޔަތްކުރެވޭ ނަމަ، އަހުރެން އެ ކަން ކުރާނަމެވެ.] (ނުނިމޭ)