ad_banner
ޝައިޠާނާގެ ކަނީސާ (8)

އަޙުމަދު ފަޔާޒު ޙަސަން

21 މާރިޗް 2026

(2026 ފެބުރުވަރީ 25ވަނަ ދުވަހާ ގުޅޭ)

1836ގައި ރޮތުސްޗައިލްޑު ޢާއިލާއާއި، އެ މީހުންގެ މަރުކަޒީ ބޭންކާ ދެކޮޅަށް ކުރެއްވި ދިގު ހަނގުރާމައަށް ފަހު ރައީސް ޖެކުސަން އޭނާގެ ހަނގުރާމަ ކާމިޔާބުކުރެއްވިއެވެ. އަދި އެ ސެންޓުރަލް ބޭންކު އެމެރިކާއިން ބޭރުކުރެއްވިއެވެ. އެއަށް ފަހު 1913ގައި ރޮތުސްޗައިލްޑު ޢާއިލާއަށް އެ މީހުންގެ ތިންވަނަ މަރުކަޒީ ބޭންކު، ފެޑެރަލް ރިޒާރވް އެމެރިކާގައި ޤާއިމްކުރިއެވެ. 

ޖުލައި 28ގައި، ނަތާން މެޔަރ ރޮތުސްޗައިލްޑު މަރުވިއެވެ. އެއާ އެކު އޭނާގެ ބޭންކުކަމުގައިވާ އެން. އެމް. ރޮތުސްޗައިލްޑު އެންޑު ސަންސްގެ ކޮންޓުރޯލް އޭނާގެ ކޮއްކޮ ޖޭމްސް މެޔަރ ރޮތުސްޗައިލްޑުގެ (James Mayer Rothschild) އަތްމައްޗަށް އެރިއެވެ.

ޗައިނާގައި ހުރި ރޮތުސްޗައިލްޑު ޢާއިލާގެ ޑުރަގު ވިޔަފާރިވެރިޔާ ޑޭވިޑު ސަސޫން (David Sassoon)،  އޭނާގެ ވިޔަފާރި ކުރިއަރުވައި، އަހަރަކު 000،30 ފޮށިގަނޑުގެ އަފިހުނަށް އިތުރުކުރިއެވެ. މި ކަމުގެ ސަބަބުން ޗައިނާގެ އައްސޭރިފަށުގެ ސަހަރުތަކުގައި އަފިހުނަށް ދެވިހިފުން ޢާންމުވެގެންދިޔައެވެ.  

1837ގައި ރައީސް ޖެކުސަން ހަލާކުކޮށްލެއްވި ރޮތުސްޗައިލްޑުގެ ބޭންކު ވިޔަފާރީގެ މަޞްލަޙަތުތައް ސަލާމަތްކުރުމަށް ހަމަ ވަގުތުން މަސައްކަތް ފެށުމަށް އެ މީހުންގެ ޢާއިލާގެ މީހެއްކަމުގައިވާ އޮގަސްޓު ބެލްމޮންޓު (August Balmont) އެޢާއިލާއިން އެމެރިކާއަށް ފޮނުވިއެވެ. އޭނާއަކީ އަސްކެނާޒީ ކުރިޕުޓޯ ޔަހޫދީ (އަޞްލު ނަމަކީ ސްކެ؟ންބާރގް)އެކެވެ. (ކުރިޕުޓޯ ޔަހޫދީންނަކީ ބޭރުފުށުން އެހެން ދީނެއްގެ އަހުލުވެރިއެއް ކަމުގައި ހެދިގެން އުޅޭ، ނަމަވެސް އަޞްލު ޔަހޫދީންނެވެ.)

1838ގެ ޖެނުއަރީ 08ގައި ރައީސް ޖެކުސަން ޤައުމީ ދަރަނީގެ އެންމެ ފަހުގެ ޢަދަދު ޚަލާޞްކުރެއްވިއެވެ. މި ދަރަންޏަކީ، މި ފަދަ ދަރަންޏާ ނުލައި ޓުރެޒަރީ ނޯޓު ދޫކުރުމުގެ ބަދަލުގައި، ސަރުކާރުގެ ބޮންޑުތަކަށް ފައިސާ ދޫކުރުން ބޭންކުތަކަށް ހުއްދަކުރުމުގެ ސަބަބުން އުފެދުނު ދަރަންޏެކެވެ. މި ކަމާ ގުޅިގެން އެމެރިކާގެ މުޅި ތާރީޚުގައިވެސް ދައުލަތުގެ ދަރަނި އެއްކޮށް ޚަލާޞްކުރި ފުރަތަމަ ރައީސްކަމުގައި ރައީސް ޖެކުސަން ވެވަޑައިގަތެވެ.

1839ގައި ޑޭވިޑު ސަސޫނާއި، އިނގިރޭސި ޝާހީ ޢާއިލާއާއި، އަދި ރޮތުސްޗައިލްޑު ޢާއިލާއަށް ފައިދާވާ ގޮތަށް ޗައިނާގައި އަފިހުނަށް ދެވިހިފުން ވަރަށް ބާރަށް ފެތުރެމުން ދިއުމާ ގުޅިގެން، މި ވިޔަފާރި ހުއްޓުވުމަށް މަންޗޫ އަމްބަރާޠޫރު ޒުއާންޒޮންގް ޑާއޮގުއަންގް (XuanZong Daoguang) އަމުރުކުރެއްވިއެވެ. އަފިހުނާ އިދިކޮޅަށް ކުރެވޭ މި ހަނގުރާމައިގެ އިސް ލީޑަރެއްގެ ގޮތުގައި އަމްބަރާޠޫރު ޢައްޔަންކުރެއްވީ ކޭންޓަންގެ ކޮމިޝަނަރ ލިން ސޭ-ސޫ (Lin Tse-Hsu) އެވެ. ސަސޫން އުފައްދައިފައިވާ ދެ ހާސް ފޮށީގެ އަފިހުން އޭނާ ނައްތައިލީ އެތަކެތި ކޯރަށް އުކައިލައިގެންނެވެ. މިއާ އެކު އެމީހުންގެ ޑުރަގުގެ ވަގު ވިޔަފާރީ ޙިމާޔަތްކުރުމަށް އިނގިރޭސިވިލާތުގެ ހަތިޔާރުއެޅި ލަޝްކަރުތަކުން މި ކަމަށް ރައްދުދިނުމަށް ރޮތުސްޗައިލްޑު ޢާއިލާއިން އިނގިރޭސި ސަރުކާރުގެ ކިބައިން އެދުނެވެ.

މި ގޮތުން އަފިހުނުގެ ހަނގުރާމަތައް ފެށުނެވެ. އިނގިރޭސި ސިފައިން ޗައިނާގެ ސަހަރުތަކަށް ޙަމަލާދީ، ކަނޑުގެ ބަނދަރުތައް ބަންދުކުރިއެވެ. ޗައިނާ ބަލިވެ މި ހަނގުރާމަ ނިމުނީ 1842ގައި ސޮއިކުރެވުނު ނާންކިންގގެ މުޢާހަދާ އާއެކުގައެވެ. އެ މީހުންގެ ގޮނޑިކޮއްކޮ ޑޭވިޑު ސަސޫން މެދުވެރިކޮށް ރޮތުސްޗައިލްޑު ޢާއިލާގެ ވިޔަފާރީގެ މަޞްލަޙަތުތައް ކަށަވަރުކުރުމަށް ރޭވުނު ތިރީގައިވާ މާއްދާތައް މި މުޢާހަދާގައި ހިމެނުނެވެ. އެ މަޞްލަޙަތަކީ، ޤައުމެއްގެ މުޅި އާބާދީއަށް އަފިހުން ފޯރުކޮށްދިނުމުގެ ޙައްޤެވެ.

1.    ޗައިނާގައި އަފިހުނުގެ ވިޔަފާރި އެއްކޮށް ހުއްދަކުރުން.

2.    ލިން ސޭ-ސޫ ކޯރަށް އުކައިލި އަފިހުނުގެ ބަދަލުގައި އޭނާއަށް ގެއްލުނު ވިޔަފާރީގެ ބަދަލެއްގެ ގޮތުގައި ޑޭވިޑު ސަސޫނަށް ދެ މިލިއަން ޕައުންޑު ޗައިނާ ސަރުކާރުން ދިނުން.

3.    ޗައިނާގެ ބޭރު ކަނޑުގައި ހުރި، އެތައް ޖަޒީރާތަކެއްގެ ސަރަޙައްދީ ސިޔާދަތު އިނގިރޭސި ދައުލަތަށް (ތަޚުތަށް) ދިނުން.

1840ގައި ބޭންކު އޮފު އިންގްލެންޑުގެ ބޫލިއަން (ގަނޑުރަނުގެ) ދައްލާލުންގެ ގޮތުގައި ރޮތުސްޗައިލްޑު ޢާއިލާއިން އެ މީހުން އަމިއްލައަށް ޢައްޔަންވިއެވެ. މި ވިޔަފާރި ހިންގުމަށް ޓަކައި އެމެރިކާގެ ކެލިފޯރނިއާއާއި، އޮސްޓުރޭލިއާގައި އެ މީހުން އޭޖެންސީތައް ޤާއިމްކުރިއެވެ.

1841ގައި ރައީސް ޖޯން ޓައިލަރ (John Tyler) (ޓައިލަރ އަކީ އެމެރިކާގެ ދިހަވަނަ ރައީސެވެ.)، [ބޭންކު އޮފު ދި ޔުނައިޓެޑު ސްޓޭޓުސް]ގެ ޗާޓަރު އާކުރުމަށް ފާސްކުރެވުނު ޤާނޫނު ވީޓޯކުރެއްވިއެވެ. އޭނާ އަވަހާރަ ކޮށްލާނެކަމުގެ އިންޒާރުދީފައިވާ އެތައް ސިޓީއެއް ރައީސް ޓައިލަރަށް މި ކަމުގެ ސަބަބުން ލިބިވަޑައިގަތެވެ.

1843 ގައި ނިޔުޔޯރކު ސިޓީގައި މޭސޮނިކު ލޮޖެއްގެ ގޮތުގައި [ދަ ބްނައި ބްރިތު] (Bnai Brith)، ޔަހޫދީން ޤާއިމްކުރިއެވެ. މީގެ 70 އަހަރު ފަހުން، ނުބައި ގޮތުގައި މަޝްހޫރުވެފައިވާ ["އެންޓައި-ޑިފެމޭޝަން ލީގް] (އޭ.ޑީ.އެލް.) ކިޔާ ޖަމާޢަތް، މި ޖަމާޢަތުން ޤާއިމްކުރިއެވެ. މި ޖަމާޢަތް އެކުލަވައިލެވުނީ ޔަހޫދީންގެ މަތިވެރިކަމާއި، އެމީހުންގެ ކިބައިގައިވާ ކުށްކުރުމުގެ ސަގާފަތާ އިދިކޮޅަށް ފާޑުކިޔައި ވާހަކަ ދައްކާ މީހުންނަކީ [އެންޓައި ސެމިޓިކު] (ޔަހޫދީންނާ އިދިކޮޅު) މީހުންގެ ގޮތުގައި ދެއްކުމަށް ޓަކައެވެ.

1844ގައި ސެލޮމަން މެޔަރ ރޮތުސްޗައިލްޑު، [ޔުނައިޓެޑު ކޯލް މައިންސް އޮފު ވި؟ޓުކޮވިސް] އާއި، [އޮސްޓުރޯ-ހަންގޭރިއަން ބްލާސްޓު ފާރނޭސް ކޮމްޕެނީ] ގަތެވެ. [އޮސްޓުރޯ-ހަންގޭރިއަން ބްލާސްޓު ފާރނޭސް ކޮމްޕެނީ] ފަހުން ހިމެނިގެންދިޔައީ މުޅި ދުނިޔޭގެ އެންމެ ކުރީގައިވާ ޞިނާޢީ އެއް ވިޔަފާރިކަމުގައެވެ.

ސެފާރޑިކު (ޝަރްޤިޔޫން) ޔަހޫދީއެއްކަމުގައިވާ ބެންޖަމިން ޑިޒްރެއިލީ (Benjamin Disraeli)، (ފަހުން އިނގިރޭސި ބޮޑުވަޒީރުކަން ކުރެއްވި) "ކޮނިންގްސްބީ" (Coningsby) ކިޔާ ފޮތެއް ޝާއިޢުކުރެއްވިއެވެ. މި ފޮތުގައި އޭނާ ނަތާން މެޔަރ ރޮތުސްޗައިލްޑު ސިފަކުރައްވަނީ މި ފަދައިންނެވެ.

[އޭނައަކީ ދުނިޔޭގެ ފައިސާގެ ބާޒާރުތަކުގެ ޞާޙިބު، އަދި ވެރިޔާއެވެ. އަދި ގާތްގަނޑަކަށް އެ ނޫން ހުރިހައި އެއްޗެއްގެ ވެސް، ޞާޙިބު އަދި ވެރިޔާމެއެވެ. ޙަޤީޤަތަށް ދަންނަވާ ނަމަ، ދެކުނު އިޓަލީގެ މުޅި އާމްދަނީ/މިލްކިއްޔާތު އޭނާ ހުރީ ރަހުނު ކޮށްގެންނެވެ. އަދި ހުރިހައި ޤައުމުތަކެއްގެ ރަސްރަސްކަލުންނާއި، ވަޒީރުން އޭނާގެ ލަފާ އަހައި، އޭނާގެ އިރުޝާދުތަކުން މަގު ލިބިގަނެއެވެ.]

މީގެ އިތުރަށް ޑިޒްރެއިލީ ތިރީގައިވާ ބަޔާން ވެސް ދެއްވިއެވެ.

[ދުނިޔޭގެ ތާރީޚުގެ ތަޅުދަނޑިއަކީ ނަސްލީ މައްސަލައެވެ. . . ހުރިހައި ކަމަކީވެސް ނަސްލެވެ. އެނޫން ޙަޤީޤަތެއް ނެތެވެ.]

1845ގައި އެމެރިކާގެ ހަތްވަނަ ރައީސްކަމުގައިވާ އެންޑުރޫ ޖެކުސަން (Andrew Jackson) މި އަހަރު އަވަހާރަވިއެވެ. އޭނާގެ މަހާނަ ގަލުގައި ތިރީގައިވާ ލިޔުން ބެހެއްޓުމަށް އޭނާ އިރުޝާދުދެއްވިއެވެ. އެއީ، އިންސާނިއްޔަތަށް އޭނާ ކޮށްދެއްވި އެންމެ ބޮޑު ޚިދުމަތްކަމުގައި އޭނާ ދެކެވަޑައިގަންނަވާތީއެވެ.

[އަހުރެން ބޭންކުގެ ދުވަސް ދުއްވައިލީމެވެ.] 

އޭނާގެ މި އެދުންފުޅާ އެއް ގޮތަށް މި ލިޔުން ޖެކުސަންގެ މަހާނަ ގަލުގައި ލިޔެވުނެވެ. ސާފުކޮށް އެނގޭނޭ ފަދައިން، މި ލިޔުމުން މި އިޝާރާތްކުރަނީ ރޮތުސްޗައިލްޑު ޢާއިލާއިން އުފެއްދި [ސެކަންޑު ބޭންކު އޮފު ދި ޔުނައިޓެޑު ސްޓޭޓުސް]،  1836ގައި އޭނާ ނެތިކޮށްލެއްވި ކަންތަކަށެވެ.

ޖޭކަބް (ޖޭމްސް) މެޔަރ ރޮތުސްޗައިލްޑު (މިހާތަނަށް އައި އިރު އޭނާއަށް ބޮޑުބޭބެ ކިޔާ އަންހެނެއްކަމުގައިވާ، އަދި ސެލޮމަން މެޔަރ ރޮތުސްޗައިލްޑުގެ ދަރި ބެޓީ (Betty)އާ ވަނީ ކައިވެނިކޮށްފައެވެ). މިހާރުގެ ރަސްމީ ނަމުންނަމަ ބެރޮން ޖޭމްސް ޑި ރޮތުސްޗައިލްޑު، އިނގިރޭސިވިލާތުގެ މުޅި ހުރަހަށް މައިގަނޑު ރޭލްވޭ ލައިނެއް އެޅުމުގެ ފުރަތަމަ ކޮންޓުރެކުޓު ކާމިޔާބުކުރިއެވެ. މި ލައިނަށް ކިޔުނީ [ކެމިން ޑި ފަރ ޑު ނޯރޑު] (Chemin De Fer Du Nord)އެވެ. މި ރޭލްވޭ ލައިން އެންމެ ފުރަތަމަ އެޅިފައިވަނީ ޕެރިހާއި ވެލެންސިއެންސްއާ ދެމެދުގައެވެ. އޭގެފަހުން މި ލައިން އޮސްޓުރިއާގެ ރޭލްވޭ ވިއުގައާ ގުޅައިލެވުނެވެ. އޮސްޓުރިއާގެ ރޭލްވޭ ވިއުގަ ބިނާކުރީ އޭނާގެ ބޭބެ (އެއީ އޭނާގެ އަންހެނުންގެ ބައްޕަވެސް މެއެވެ.) ސެލޮމަން މެޔަރ ރޮތުސްޗައިލްޑެވެ.

ޖޭމްސް މެޔަރ ރޮތުސްޗައިލްޑު އަށާއި، ބެޓީ ފޮން ރޮތުސްޗައިލްޑަށް (Betty von Rothschild)، އެޑުމަންޑު ޑި ރޮތުސްޗައިލްޑު ލިބުނެވެ. މިއީ މި ދެ މީހުންގެ އެންމެ ހަގު ދަރިއެވެ.

1847 ގައި އޭނާގެ ބޮޑުބޭބެ ކަލްމަން (ކާރލް) މެޔަރ ރޮތުސްޗައިލްޑުގެ އަންހެން ދަރިއާ މިހާރު އިނދެގެންއުޅޭ ލައޮނެލް ޑި ރޮތުސްޗައިލްޑު، ސިޓީ އޮފު ލަންޑަންގެ ބަރުލަމާނީ ގޮނޑިއަށް (ޕާލަމެންޓަށް) އިންތިޚާބުވިއެވެ.

ނަޞްރާނީއެއްގެ ސާފު/ޚާލިޞް ޢަޤީދާގެ ނަމުގައި ހުވައެއްކުރުމަކީ އިނގިރޭސި ބަރުލަމާނަށް ވަނުމުގެ ޝަރުޠެކެވެ. އޭނާގެ ޔަހޫދީ ޢަޤީދާއަށްޓަކައި، ލަޔޮނެލް ޑި ރޮތުސްޗައިލްޑު މިކަން މިގޮތަށް ކުރުމަށް އިންކާރު ކުރިއެވެ. ސަބަބަކީ ޔަހޫދީ ދީނަކީ ޢީސާގެފާނު (އަލްމަސީޙް) ޤަބޫލުކުރާ ދީނަކަށް ނުވާތީއެވެ. މި ކަމުގެ ސަބަބުން، އާ ހުވައެއް ހުއްދަނުކޮށް އޮތްހައި ދުވަހު، އާދެ! އެގާރަ އަހަރުވަންދެން އޭނާގެ ބަރުލަމާނުގެ ގޮނޑި ހުރީ ހުހަށެވެ. ނަމަވެސް އޭނާގެ ބަރުލަމާނުގެ ގޮނޑި އޭނާ ދެމެހެއްޓިއެވެ. އެ ދުވަސްވަރުގައި ބަރުލަމާނުގައި ނެގުނު އެއްވެސް ވޯޓެއްގައި އޭނާގެ އިންތިޚާބީ ދާއިރާ ތަމްސީލުކުރުމަށް އޭނާ ހުރީ ނުކުޅެދިފައެވެ.

1848ގައި އަސްކެނާޒީ ޔަހޫދީއެއްކަމުގައިވާ ކާރލް މާރކުސް (Karl Marx) (އޭނާއަކީ އަޞްލު ފޮރުވައިގެން އުޅޭ ކުރިޕުޓޯ ޔަހޫދީއެވެ. އޭނާގެ އަޞްލު ނަމަކީ މޯސަސް މޯރދެޗާއި ލެވީ (Mordecai Levy) އެވެ.) ދަ ކޮމިއުނިސްޓު މެނިފެސްޓޯ (The Communist Manifesto) މި އަހަރު ޝާއިޢުކުރިއެވެ. އޭނާ މި ފޮތުގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު، ފުރެންކުފަރޓު ޔުނިވަރސިޓީގެ ކާރލް ރިޓަރ (Karl Ritter)، މާރކުސްގެ ފަލްސަފާގެ އިދިކޮޅު ފިކުރުގެ މައްޗަށް ލިޔެވޭ ފޮތެއްކަމުގައިވާ، އަދި ފުރީޑުރިޚް ވިލްހެލްމް ނީއްޗޭ (Friedrich Wilhelm Nietzsche)ގެ ނީއްޗެއަނިޒަމް (Nietscheanism)ގެ ފަލްސަފާގެ ބިންގާކަމުގައިވި ފޮތް ދިޔައީ ލިޔަމުންނެވެ. ނީއްޗެއަނިޒަމްގެ ފަލްސަފާ ފަހުން ތަރައްޤީވެ، ތަޞައްވުރު ވެގެންދިޔައީ ފެޝިޒަމް (Fascism)އާއި ނާޓޒިޒަމް (Nazism)ގެ ފިކުރަށެވެ. އެއްވަނަ، އަދި ދެވަނަ ބޮޑު ހަނގުރާމަ ފެށުމަށް ބޭނުންކުރެވުނީ މި ދެ ފަލްސަފާއެވެ.

މާރކުސް، ރިޓަރ، އަދި ނީއްޗޭގެ މަސައްކަތްތަކަށް ފައިސާ ޚަރަދުކުރީ، އަދި އެ މީހުންގެ މަސައްކަތްތައް ކުރިއަށްގެން ދިޔައީ ރޮތުސްޗައިލްޑުގެ އިރުޝާދުގެ ދަށުންނެވެ. މި މަޝްރޫޢުގެ މުޅި ވިސްނުމަކީ، ފެޝިޒަމާއި ނާޓުޒިޒަމް ފަދަ ފިކުރުތަކުގެ ދެމެދުގައި ވާކަމަށް ބެލެވޭ ތަފާތުތައް ބޭނުންކޮށްގެން އިންސާނީ ނަސްލުގެ ބޮޑެތި އަދި ބޮޑެތި ޖަމާޢަތްތައް އެއް ބަޔަކު އަނެއް ބަޔަކާ އިދިކޮޅު ބަޔަކަށް ހަދައި، އަދި އެއާ އެކު އެ ދެބައިމީހުންނަށް ވެސް ހަތިޔާރުދީގެން، އެމީހުންގެ ސިކުނޑިތައް ދޮވެގެން، އެމީހުންނަކީ އެއްބަޔަކު އަނެއް ބަޔަކާ ހަނގުރާމަކޮށް، އެއްބަޔަކު އަނެއް ބަޔަކު ނެއްތައި ފަނާކުރާ ބަޔަކަށް ހެދުމެވެ. އަދި ވަކީން ޚާއްޞަކޮށް، ހުރިހައި ސިޔާސީ އަދި ދީނީ މުއައްސަސާތައް ހަލާކުކޮށްލުމެވެ. މިއީ އަސާސީ ގޮތެއްގައި 1776ގައި ވައިސޯޕުޓު ހުށަހެޅި މަޝްރޫޢެވެ. (ނުނިމޭ)

ކޮމެންޓު
ކޮމެންޓުތައް
ޔަހުޔާ
4 އޭޕްރިލް 2026 21:00
ދެން އޮތްބައި ޝާއިޢުކުރާނެ ދުވަހުގެ އިންތިޒާރުގައި