ad_banner
ރާއްޖޭގެ ފަތުރުވެރިކަން އާ އުސްމިންތަކަކަށް: ތަފާސްހިސާބުތަކުން ފެންނަ އުންމީދީ މަންޒަރު

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

15 މާރިޗް 2026

ފަތުރުވެރިކަމުގެ އުންމީދީ ނިމުތު

2026 ވަނަ އަހަރާ ބައްދަލުކުރި އިރު، ދިވެހިރާއްޖެއަކީ ހަމައެކަނި "ބަކެޓް ލިސްޓް" މަންޒިލެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ޖަޒީރާ ދަތުރުފަތުރުގެ މުޅިން އައު މިންގަނޑުތަކެއް ދަނީ ކަނޑައަޅަމުންނެވެ. 2026 މާރިޗު 11ގެ ނިޔަލަށް ރާއްޖެއަށް 536,177 ފަތުރުވެރީން ޒިޔާރަތްކޮށްފައިވާއިރު، މިއީ 2025ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާ އިރު، %6.4ގެ ބޮޑު ކުރިއެރުމެކެވެ. މި ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއް ވަނީ %15.9 (83,935) ފަތުރުވެރީންނާ އެކު، މާރުކޭޓުގެ އެއްވަނައިގައި އޮތް ޗައިނާއެވެ. މީގެ އިތުރަށް ރަޝިއާއާއި އިޓަލީ މާރުކޭޓުން ވެސް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް އަންނަނީ ހޯދަމުންނެވެ.

ރާއްޖޭގެ ރިސޯޓުތަކަކީ އަދިވެސް ފަތުރުވެރިންގެ އެންމެ އިސް އިޚުތިޔާރުކަމުގައިވީ ނަމަވެސް، ދަތުރުވެރީންގެ އާދަކާދައަށް މިހާރު ދަނީ ބަދަލުތަކެއް އަންނަމުންނެވެ. "އޯވަރ-ވޯޓަރ ވިލާ"ތަކުގެ ތަޖުރިބާއަށް ވުރެ ބޮޑަށް، ރާއްޖޭގެ އަސްލު ދިރިއުޅުމާއި ސަގާފަތް ތަޖުރިބާކުރާން ފަތުރުވެރީން އަންނަނީ ޝައުގުވެރިވަމުންނެވެ. އެހެނީ، %26.5 ފަތުރުވެރީން މިހާރު އިޚުތިޔާރުކުރަނީ ގެސްޓްހައުސްތަކެވެ. މިއީ މުޖުތަމައާ ގުޅިފައިވާ ފަތުރުވެރިކަމަކަށް އޮތް ލޯބި އިތުރުވަމުންދާކަމުގެ ފާޅުކަން ބޮޑު ނިޝާނެކެވެ.

މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތަކާ އެކު، ވައިގެ ދަތުރުފަތުރަށް ބައެއް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ގާއިމުވެފައި އޮތުމަށް ޓަކައި ދަތުރުފަތުރުގެ ނިޒާމަށް ވަނީ ހަލުވި ބަދަލުތަކެއް ގެނެސްފައެވެ. އެއަރ އިންޑިއާއިން ވަނީ އެއަރބަސް A320 ބޭނުންކޮށްގެން އިންޑިއާއާއި ރާއްޖެއާ ދެމެދު ދަތުރުތައް އިތުރުކޮށްފައެވެ. ހަމަ އެފަދައިން، ރަޝިއާގެ އެއިރޯފްލޮޓުން ވެސް ވަނީ މި މަހު މާލެއަށް އިތުރު 5,394 ސީޓު ކަނޑައަޅައި، ދަތުރުވެރީންނަށް ފަސޭހަކޮށްދީފައެވެ.

މި ހަރުދަނާ ފިޔަވަޅުތަކާއެކު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7,660 ފަތުރުވެރީން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. މިއީ ދުނިޔޭގެ ދަތުރުފަތުރުގެ މާހައުލު ނުތަނަވަސްކޮށް އޮތް ދަނޑިވަޅެއްގައި ވެސް ރާއްޖެއަކީ އިތުބާރު ހިފޭ މަންޒިލެއްކަން ސާބިތުކޮށްދޭ ހެތްކެކެވެ.

2026 ވަނަ އަހަރުގެ މި ކާމިޔާބީއަކީ 2027 ވަނަ އަހަރަށް  ނުވަތަ "ވިޒިޓް މޯލްޑިވްސް އިޔަރ" އަށް ވެވޭ ވަރުގަދަ ތައްޔާރީއެކެވެ. 

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ފަތުރުވެރިކަމުގެ މައުރަޒު، އައި.ޓީ.ބީ ބާލިން 2027ގެ ރަސްމީ މެހުމާނުދާރީ ގައުމު (އޮފިޝަލް ހޯސްޓް ކަންޓްރީ)ގެ ޝަރަފު ވެސް މިހާރު ވަނީ ރާއްޖެއަށް ކަށަވަރުވެފައެވެ. މިއީ ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ވެލްނަސް، އަދި ދިވެހީންގެ ފުރިހަމަ މެހުމާނުދާރީއާއި ސަގާފީ ތަޖުރިބާތައް ދުނިޔެއަށް ދައްކައިލާން ލިބޭނެ ރަނުގެ ފުރުސަތެކެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ދާއިރާގައި މިއަދު ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ޝަޚުޞިއްޔަތުކަމަށްވާ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗީފް ކޮމާޝަލް އޮފިސަރ އަލްފާޟިލް ނަޞްރުﷲ އާދަމް، ސިނާޢަތުގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ވިދާޅުވިއެވެ: [މިހާރުގެ ޖިއޯޕޮލިޓިކަލް މާހައުލުގެ ސަބަބުން ބައެއް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވީ ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު އޮތީ ވަރަށް އުންމީދީ ގޮތެއްގައެވެ. އިސްތިރާޖީ މާކެޓިންގ ހަރަކާތްތަކާއި، ސިނާޢަތުގެ ހިއްސާދާރުންނާ އެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް، ދުނިޔޭގެ މުހިންމު މާކިޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މި ގެންދަނީ ވަރަށް  ރަނގަޅަށް ކުރަމުންނެވެ.] އެހެންކަމުން އަޅުގަނޑުގެ އުންމީދު ވަރަށް ބޮޑެވެ.

އާދޭހެވެ! މިހާރު ވެސް ރާއްޖޭގެ 68,406 އެނދުގެ ތެރެއިން %98.6 އޮޕަރޭޝަނުގައި އޮތް އިރު، ރާއްޖެ މިހާރު މި މިސްރާބު ޖަހާފައިވަނީ ހަމައެކަނި ރީތި ޖަޒީރާ ރަށްތަކެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި،  މައި  ދޮރުގެ  ހައިބަތާ އެކުމެ،  ހަގީގަތުގައި  ވެސް  ފަރަގެއް  ފެންނަ، ފަރަގު ދައްކާނެ  ނަމޫނާ  މަންޒިލެއްގެ ގޮތުގައެވެ. އެހެންކަމުން ތަފާސްހިސާބުތަކުން ފެންނަ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އުންމީދީ މަންޒަރު އަޅުގަނޑަށް ވަރަށް ހިތްގައިމެވެ. (ގިނަ މަޢުލޫމާތު: ފަތުރުވެރިކަމާ ބެހޭ ވުޒާރާ، ވިޒިޓް މޯލްޑިވްސް)

 

ބައެއް ލަފުޒުގެ މާނަ:

ނަމޫނާ      ނ.     (1) އެއްވައްތަރު އެތި. (2) އެއް ގޮތް އެތި.

ނަމޫނާ      ނއ.    (1) އެއް ގޮތް. (2) އެއް ވައްތަރު.

ނުފޫޒު      ނ.     މުދަލުގެ ގޮތުންނާއި ބަހުގެ ގޮތުންނާއި މަގާމާއި ދަރަޖައާއި ހައިސިއްޔަތުގެ ގޮތުން އެހެން މީހުންނަށް ފޯރުވާ ބާރު. influence

އިސްތިރާޖީ   ނއ.    މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި. strategic

މެހުމާނުދާރީ   ނ.     މެހުމާނުންތަށް ކަމޭހިތައި ހޭހަންކޮށް ޚިދުމަތްކުރާ ކުރުން. hospitality

ތަފާސްހިސާބު  ނ.     ހޯދައި ބަލައިފައިވާ ޢަދަދުތަކަކުން ދޭ މަޢުލޫމާތު   

ކޮމެންޓު