ad_banner
ފަރަގުވާނެ

ޝާއިޢުކުރީ: ފަރަގު މީޑިއާ

30 ޑިސެންބަރު 2023

ހަނދު

ކަނީރު ޢަބްދުއްރަޙީމް

ހަނދުވެސްއަރައި މިރޭއެހެރީ ލަދުއަޅައިގެނޭ

       ކަނދުބުޑުނުލާ މިދިމިކުރަތީ ކުރިނުފެނިގެނޭ

ހައިރާންވެ ލޯބޮޑުވެ ދެތަލިންކުޅުފެލަންޖެހޭ

       ހައިވާ ވަރުންނެ ހިންދިރުވީ ބާރުލައި ގެނޭ

އަގުހުރިވަރާ އެހުރިގޮތަކާ އޮޅުވިއޮޅުވުމުން

       އަގުތައްހެދީ ނުވެއްޓޭހެން ބިންބަލައި ގެނޭ

މިއަދޭ މިއޭ މިފުރުސަތަކީ މާދަމާ ނެތޭ

       ހިއަހާސް އަދަދުލިބޭ އަތުލީހަމަ ގުނައިގެނޭ

ލަދުއަގުކުލުނުހަޔާތެ ނެތީ މަޒުހަބެއްނެތީ

       އަދުނޫންއިރެއްއަރާނެ ހަނދާނުން ފިލައިގެނޭ

ދުނިޔޭގެ ދަހިހިތަށްވެރިވީމާ ސަލާމަތުން

       އުނިކަންނުވާ ކަމެއްނުކުރޭ ހިތް ކިޔައިގެނޭ

____________________

ކޮމެންޓު