ad_banner
ހުސްއަތާ

ފާޠިމަތު ލަމްހާ

8 މާރިޗް 2026

އެލެގްޒެންޑަރ ދަ ގްރޭޓުގެ އަވަހާރަވެފައިވާ ހަށިކޮޅު

ގަދީމީ ޒަމާނުގައި ބާރުގަދަ ރަސްރަސްކަލުންގެ ތެރެއިން ހިމެނޭ އެލެގްޒެންޑަރ ދަ ގްރޭޓް އަކީ އޭނާގެ އުމުރުފުޅުން 30 އަހަރު ނުވަނީސް އޭނާގެ ވެރިކަމުގެ ބާރުގެ ދަށަށް 3000 މޭލުގެ ދިގުމިނަށް ފެތުރިފައިވާ ހިސާބެއް ގެންނަވައި އެ ތަން ފަތަހަކުރެއްވި ރަސްކަލެކެވެ. އެއީ މިޒަމާނުގެ ގުރީކުން ފެށިގެން ގޮސް އިންޑިޔާއާ ހިސާބާ ދެމެދުގެ ބޮޑުމިނެކެވެ. އޭނާ އުފަންވެވަޑައިގެންފައިވަނީ އީސާގެފާނު އުފަންވެވަޑައިގަތުމުގެ 356 އަހަރު މެސެޑޯނިޔާގައެވެ. އެއީ މިހާރުގެ އުތުރު ގުރީސްހެވެ.

އޭނާ އަވަހާރަވުމުގެ ވަގުތުގައި އޭނާގެ އަރިހުގައި ތިބި މީހުންނަށް ވިދާޅުވިއެވެ. ތިމަންރަދުން އަވަހާރަވުމުން ސަންދޯކަށްލާ އިރުގައި ތިމަން ރަދުންގެ ދެއަތްޕުޅު ހުޅުވިފައި އޮންނާނެ ހެން ސަންދޯކުގެ ދެފަރާތަށް ހުޅުވިފައި އޮންނާނެ ހެން ބާއްވާށެވެ. އޭރުން އަހުރެން ދުނިޔެ ދޫކޮށްފައި ދިޔައީ ހުސްއަތާކަން އާންމުންނަށް ފެންނާނެއެވެ.

ދެން އެލެގްޒެންޑަރ އަވަހާރަވުމުން އެ ރަސްކަމުގެ މަތީ ފެންވަރުގެ ބޭފުޅުންނާއި އަދި އާންމުން އެތަނަށް ޒިޔާރަތްކުރަމުން ދިޔައިރު އެންމެންހެން ތިބީ ހައިރާންވެފައެވެ. އަދި މި ގޮތަށް އެލެގްޒެންޑަރގެ ދެ އަތްޕުޅު ދެފަރާތަށް ހުޅުވައިގެން ބޭއްވިފައި މިވަނީ ކީއްވެގެންތޯ އެބައިމީހުން ސުވާލުކުރާން ފަށައިފިއެވެ.

އެ ވަގުތު އެތަނުގައި ހުރި ބުއްދިވެރި މީހަކު ބުންޏެވެ. "އޭ މީސްތަކުންނޭވެ. އެލެގްޒެންޑަރ އެ ވިދާޅުވެދެއްވަނީ އެ ރަދުން ވެރިކަންކުރެއްވި އިރު، ދުނިޔޭގައި ވާހައި މުދަލަކާއި މުއްސަނދިކަމެއް އެ ރަދުން ހިތްޕުޅަށްއެރި ގޮތަކަށް ލިބިވަޑައިގަތްކަމުގައި ވިޔަސް، އަވަހާރަވެގެން ވަޑައިގަންނަވާން ޖެހުނީ ހުސްއަތްޕުޅަކާއިގެން ގިނިކަންޏާކަމެވެ.]

އާދޭހެވެ! ދުނިޔޭގެ ހަގީގަތަކީ މިއީއެވެ. ކިތަންމެ މުއްސަނދި މީހަކަސް ފަގީރަކަސް ދުނިޔެ ދޫކޮށްފައި ދަނީ ހުސްއަތާއިގެންނެވެ. އޭނާއަށް ﷲގެ ހަޟުރަތަށް ގެނެދެވޭނީ އޭނާ ކުޅަ ޢަމަލުތަކެވެ.

ކޮމެންޓު