ad_banner
އީރާނުގެ ވެރިކަން ވައްޓައިލާން އެމެރިކާ ކުރި މަސައްކަތުން އީރާނު ސަރުކާރަށް ލިބުނީ ކުރިއެރުން

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

17 ފެބްރުވަރީ 2026

އީރާނގެ ފަންނިއްޔާތު ފެންން ކުރެހުމެއް.އެމެރިކާގެ ނޭއްގާނި ޢާމަލުތަކުގެ ސަބަބަުން އީރާނަށް ލިބުނީ މަންފަ

އެމެރިކާއާއި އިސްރާއީލުގެ އެންމެ ބޮޑު ބޮލު ރިހުމަކަށްވާ އީރާނުގެ ހަރުދަނާ ވެރިކަމުގެ ނިޒާމު ހަލާކުކޮށްލުމަށް ޓަކައި ނިރުބަވެރި އެ ދެ ގައުމުން ކެނޑިނޭޅި މަސައްކަތްކުރެއެވެ. އެމެރިކާގެ ކުރިމަތީގައި ބޯ ގުދުނުކުރާ ނުވަތަ ކުޑަކަކޫ ނުޖަހާ ކޮންމެ ގައުމެއްގެ ދުވަސްދުއްވައިލުމަށް ޓަކައި އެމެރިކާއިން ހިންގައިފައިވާ ނާތަހުޒީބު ނިރުބަވެރި ޙަރަކާތްތަކުގެ ސަބަބުން އެތައް ގައުމެއް ވަނީ ގިއްގަޅުވައިލައި ހާލުގައި ޖައްސައިފައެވެ. އެ ފަދަ ގައުމުތަކުގެ ވެރީން ވަގަށް ނަގައި ނުވަތަ އަވަހާރަކޮށްލައިފައެވެ. ނުވަތަ ގައުމުން ފައްސައިލައިފައެވެ. މީގެ ތެރޭގައި އިރާޤާއި ލީބިޔާއާއި ސީރިއާއާއި މިޞްރާއި ވެނެޒުއޭލާގެ ވާހަކަދައްކާކަށް ނުޖެހެއެވެ. މިއީ އެންމެންނަށް ފެންނާން އޮންނަ ލަދުވެތި ހަގީގަތެކެވެ.

އެމެރިކާއިން އެތައް ފަހަރަކު މަސައްކަތް ކުރި ފަދައިން އަދި އެއަށް ވުރެ ވެސް ބޮޑަށް ދާދި ފަހުން މަސައްކަތްކޮށްފައިވަނީ އީރާނުގެ ސަރުކާރު ވައްޓައިލާށެވެ. ނަމަވެސް އެ ކަން އެ މީހުންނަށް ކާމިޔާބެއް ނުތްވެވެ. އެމެރިކާގެ މި މުޑުދާރު ޢަމަލުގެ ސަބަބުން އީރާނަށް ފަންނިއްޔާތުގެ ގޮތުން ލިބުނީ އިރު ކުރިއެރުމެކެވެ.

ރައްޔިތުން ރުޅިއަރުވައި ވިޔަފާރިވެރީންނާއި އާންމުން މަގުތަކަށް ނެރުމަށް ޓަކައި އެމެރިކާއިން ކުރި ކަމަކީ އީރާނަށް ޑޮލަރު ލިބުން ތާށިކުރުމަށް ޓަކައި އެޅި ފިޔަވަޅުތަކެވެ. މި ކަން މި ގޮތަށް ކުރިކަމަށް  އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވަނީ އިއުތިރާފުވެފައެވެ.

އެމެރިކާއިން އެޅި ނާތަހުޒީބު ފިޔަވަޅު ކާމިޔަބުކަމަށް ވެސް އެމެރިކާ ދެކެއެވެ. ޑޮލަރު ލިބުން ތާށިކުރުމުން އީރާނުގެ ފައިސާކަމަށްވާ ރިޔާލުގެ އަގު ކުއްލި ގޮތަލަށް ވެއްޓުނެވެ. ވާނުވާ ނޭނގި ތިބި  ރައްޔިތުން މަގުތަކަށް ނުކުމެ އީރާނުގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް މުޒާހަރާތައް ފެށިއެވެ.

މި ކަމާ ގުޅިގެން އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގައި ބޭއްވި އަޑުއެހުމެއްގައި އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓު ބުނެފައިވަނީ އީރާނުގެ ރައްޔިތުން އެ ގައުމުގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ނެރުމަށް ޓަކައި އެމެރިކާ ހިންގި ކަންތައްތަކުގެ ނަތީޖާ ވަރަށް ރަނގަނޅަށް ފެނުނުކަމުގައެވެ. ނަމަވެސް ވެރިކަން ވައްޓައިލުމުގައި ނާކާމިޔާބުވީ އެތައް ސަބަބުތަކަކާ ގުޅިގެންކަމަށް އޭނާ ބުންޏެވެ.

މި ކަމުގައި އެމެރިކާގެ ނުބައި ރޭވުން ކާމިޔާބުނުވި އެންމެ މުހިންމު ސަބަބަކީ އީރާނުގެ ގާބިލިއްޔަތު އެމެރިކާއާއި އިސްރާއީލަށް އަންދާޒާކުރެވިފައި ނެތުމެވެ.

އީރާނުގައި ކުރި މުޒާހަރާތައް ފުރަތަމަ ދިޔައީ ސުލްހަވެރި ގޮތެއްގައެވެ. ނަމަވެސް އެ މުޒާހަރާތަކުގެ ތެރެއަށް ވަދެގަތީ އެމެރިކާއާއި އިސްރާއީލުގެ ޖާސޫސީ އިދާރާތަކުން ތަމްރީން ދީފައިވާ ނިރުބަވެރީންގެ ބައިގަނޑެކެވެ. އެ ހިސާބުން މުޒާހަރާތަކުގައި ތަންތަނުގައި ހުޅުޖަހައި އާންމުންނާއި ސަލާމަތީ ބާރުތަކަށް ހަމަލާދީ އެތައް ސަތޭކަ ރައްޔިތުން މަރައި ނިރުބަވެރި އަމަލުތައް ހިންގީ އެމެރިކާއާއި އިސްރާއީލުން ފޮނުވި ނިރުބަވެރީންނެވެ.

ނަމަވެސް އީރާނުގެ ފުލުހުން ބާރުގެ ބޭނުންކޮށްގެން ނިރުބަވެރީންގެ އެތައް ހާސް ބަޔަކު މަރައިލައި ދެންތިބި ނިރުބަވެރީން ހައްޔަރުކުރިއެވެ. ގައުމުގައި ހަމަޖެހުން ގާއިމްކުރުމުގައި އީރާނުގެ ސަލާމަތީ ބާރުތައްވަނީ ވިއްސަކަށް ދުވަހުގެ ތެރޭގައި ކާމިޔާބު ހޯދައި އެމެރިކާގެ ޝައިޠާނީ މަގުސަދު ނާކާމިޔާބުކޮށްލައިފައެވެ.

ހަމަނުޖެހުން ވިލަރެސްކުރުން ހުއްޓުވައި ހަމަނުޖެހުން ކޮންޓުރާޮލުކުރުމަށް ޓަކައި އީރާނު ސަރުކާރުން އިންޓަރނެޓުގެ ޚިދުމަތް މެދުކަނޑާއިލިއެވެ. މި ދަނޑިވަޅުގައި އެމެރިކާގެ އެޖެންޓުންނަށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޓަކައި [ސްޓާލިންކު]ގެ ސެޓަލައިޓް ތަކާގުޅުވައިދޭ ހަ ހާހަށް ވުރެ ގިނަ އާލަތް ވެސް ސިއްރިޔާތުގައި އެޖެންޓުން މެދުވެރިކޮށް އީރާނަށް ވައްދައިފައެވެ. އެމެރިކާގެ މަސްއޫލުވެރިންވަނީ މި ކަން ކުރިކަމަށް އެއްބަސްވެފައެވެ.

އެމެރިކާއިން މި ހިންގި ކަންތައްގަނޑުގެ ސަބަބުން އީރާނުގެ އެތައް ބަޔަކު މަރުވެ ގިނަ ބަޔަކަށް ގެއްލުންވީ ނަމަވެސް ޖުމުލަ ގޮތެއްގައި އީރާނު ސަރުކާރަށް މި ކަމުން ލިބުނީ ކާމިޔާބީއެވެ. އެހެނީ ސްޓާލިންކްގެ ސެޓަލައިޓް ތަކާގުޅުވައިދޭ 10 ހާހަށް ވުރެ ގިނަ އާލަތް އެމެރިކާގެ އެޖެންޓުން އީރާނަށް ވެއްދި ނަމަވެސް އެ ހުރިހައި އާލަތްތަކެއް ހުރި ތަން ސުމޭކުކޮށް ދެނެގަނެ އެ ތަކެތިވަނީ ދެހަފުތާގެ ތެރޭގައި އަތުލައިގެންފައެވެ.

މީގެއިތުރަށް އީރާނުންވަނީ ސްޓާލިންކްގެ އިންޓަނެޓްގެ ޚިދުމަތްތައް އީރާނުގައި ބޭނުންނުކުރެވޭ ގޮތް ހަދައި ފަސާދަކޮށްލުމުގައި ވެސް އަރުތަ ހޯދައިފައެވެ. މި ކާމިޔާބީ ހޯދުމުގައި ޗައިނާއާއި ރަޝިއާގެ ފުރިހަމަ އެހީތެރިކަން ދީފައިވާކަމަށް ބެލެވެއެވެ.

އީރާނަށް ލިބުނު އަނެއް ކާމިޔާބީއަކީ އެމެރިކާއިން އީރާނަށް ވެއްދި ފައްނިއްޔާތުގެ އާލާތްތަކުގެ ފަންނިއްޔާތު ކޮޕީކޮށް މި ކަމުގެ އިންޖިނޭރުކަން ދެނެގަނެ، އެ ފަދަ އާލަތްތައް އުފައްދާނެ ގޮތުގެ ފުރިހަމަ ހުނަރުވެރިކަން ހޯދުމެވެ. އެހެންކަމުން ފަންނިއްޔާތުގެ ދާއިރާގައި އީރާނަށް އަނެއްކާ ވެސް މި ލިބުނީ ކާމީޔާބީއެކެވެ.

ކޮމެންޓު