ad_banner
ބައިނަލްއަޤުވާމީ ޖިނާޢީ ޢަދުލުގެ ނިޒާމުގެ އަނދިރި ފަރާތް

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

15 ފެބްރުވަރީ 2026

ޢަލަމީ ޢަދާލަތުގެ އަނދިރި ފަރާތްދައްކަުވައިދޭ ކުރެހުމެއް

2023ވަނަ އަހަރުގެ މާރިޗު މަހު ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުން، ޢާލަމީ ސިޔާސަތަށް ހައިރާންކަން ގެނުވަނިވި ނިންމުމެއް ނިންމިއެވެ. އާދޭހެވެ! އެ ކޯޓުން ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިން ހައްޔަރުކުރުމުގެ އަމުރެއް ނެރުނެވެ. އެއީ، ދުނިޔޭގެ ބޮޑު ބާރެއްގެ އިސްވާރެއްގެ މައްޗަށް، އޭގެ ކުރީން ދުވަހަކު ވެސް ކޮށްފައިވާ ދަޢުވާއެއްނޫނެވެ. އެ ދަޢުވާއަކީ، ރަޝިޔާ-ޔުކުރޭން ހަނގުރާމައިގެ ތެރޭގައި، ޔުކުރޭންގެ ކުދީން ޤާނޫނާ ޚިލާފަށް ގަދަކަމުން ބޭރުކުރުމުގެ ޒިންމާ، ޕުޓިން އުފުލާންޖެހޭނެކަމަށް ބުނެ، ކޮށްފައިވާ ދަޢުވާއެކެވެ.

ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުން ބުނާ ގޮތުގައި، ރަޝިޔާއިން ހިފައިފައިވާ ޔުކުރޭނުގެ ސަރަޙައްދުތަކުގައި އުޅުނު ކުޑަކުދީން ރަޝިޔާއަށް ބަދަލުކުރީ، އެ ކުދީންގެ މައިންބަފައިންނާއި، ޤާނޫނީ ބެލެނިވެރީންގެ ރުހުން ނެތިއެވެ. ބައެއް ކުދީން ރަޝިޔާގެ ޢާއިލާތަކާއި ޙަވާލުކޮށްފައިވާ އިރު، އަނެއް ބައި ކުދީން، ކުޑަކުދީންގެ ބެލުމަށް މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުގެ ބެލުމުގެދަށުގައި ބައިތިއްބައިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ޕްރޮސިކިއުޓަރުން ބުނާ ގޮތުގައި، ރަޝިޔާގެ އެ ޢަމަލުތަކަކީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ގާނޫނުތަކާ ޚިލާފު ޢަމަލުތަކެއްކަމަށާއި، އެހެންކަމުން، އެ ޢަމަލުތަކަކީ ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުގެ ބުނިޔާދީ މުޢާހަދާކަމަށްވާ "ރޯމް ސްޓެޓިއުޓް"ގެ ދަށުން ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ޝަރުތު ހަމަވާ ޢަމަލުތަކެއްކަމަށެވެ. ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުގެ އަމުރުގައި، ވްލަޑިމީރް ޕުޓިންގެ އިތުރަށް ރަޝިޔާގެ ކުޑަކުދީންގެ ޙައްޤުތަކާ ބެހޭ ކޮމިޝަނަރު މާރިއާ ލުވޯވާ ބެލޯވާގެ ނަން ވެސް، ހިމަނައިފައިވެއެވެ.

ރަޝިޔާއިން ވަނީ، އެ ތުހުމަތުތަކާ ވަގުތުން ދެކޮޅު ހަދައި، ހަނގުރާމަވެރި ސަރަޙައްދުތަކުން ކުދީން ބަދަލުކޮށްފައިވަނީ، އެ ކުދީންގެ ސަލާމަތަށް ޓަކައިކަމަށް ބުނެފައެވެ. އެކަމަކު، ޔުކުރޭންގެ އޮފިޝަލުންނާއި، ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާބެހޭ ޖަމުޢިއްޔާތަކުން، ރަޝިޔާގެ އެ ބަޔާނާ މެދު ސުވާލުއުފައްދައި، ކުދީން ބަދަލުކުރިކުރުމަކީ، އިޚުތިޔާރީ ގޮތުންނާއި އަދި ޤާނޫނީ ގޮތުން ވެސް ކުރެވޭނެ ކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ. އަދި ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުން ތާކީދުކުރި ގޮތުގައި، ދައުލަތުގެ އިސްވެރިއެއްގެ ހައިސިއްޔަތުން ޕުޓިން އަމިއްލައަށް ޒިންމާ އުފުލާން ޖެހޭނެއެވެ. ކޮންމެއަކަސް، ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުގެ އެ މައުޤިފުގެ ސަބަބުން ސަފާރަތީ ހަމަނުޖެހުން ވަރަށް ބޮޑުވެގެން ދިޔައެވެ. ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުގެ އެ އަމުރަކީ ރަސްމީ ގޮތުން ޕުޓިން ކުށްވެރިވާކަން ކަނޑައެޅޭނެ އަމުރެއްނޫނެވެ. އެކަމަކު، އައި.ސީ.ސީގެ މެންބަރު ޤައުމެއްގެ ސަރަޙައްދަށް ޕުޓިން ވަދެއްޖެ ނަމަ، އޭނާ ހައްޔަރުކޮށްފާނެކަމަށް ބެލެވޭތީ، ޕުޓިންގެ ބައިނަލްއަޤުވާމީ ދަތުރުތައް ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.

އޭގެ ފަހުން ފާއިތުވި ދުވަސްތަކުގައި، އެ މައްސަލަ ވެފައިވަނީ ބަހުސްތަކާއި، ޞައްޙަ ނޫން މަޢުލޫމާތާއި، އޮންލައިންކޮށް ކުށްހީތަކާއި، ޝައްކުތައް އުފެއްދުމުގެ މުހިންމު ނުގުތާއަކަށެވެ. އެ މައްސަލައާ އެއްވެސް ގުޅުމެއް ނެތް "އެޕްސްޓައިން ފައިލްތައް" އާންމުވުމަށް ފަހު، ބައެއް ފަރާތްތަކުން އިޖުތިމާޢީ މަންސަތަކުގައި ފާޅުކޮށްފައިވާ ޚިޔާލުތަކަށް ބަލާ އިރު، ރަޝިޔާގެ އެ ޢަމަލަކީ ޙަޤީޤަތުގައި އިންސާނުންގެ ވަގުފާރިކުރާ ފަރާތްތަކުގެ ކިބައިން ކުދީން ރައްކާތެރިކުރުމުގެ ގޮތުން އަޅައިފައިވާ ހަރުދަނާ ފިޔަވަޅެކެވެ.

އެޕްސްޓައިން ފައިލްތަކުން ހާމަވެފައިވާ ޖަރީމާތަކަށް ބަލާއިރު ކުޑަކުދީންނާއި، އަންހެނުންނާއި، ފިރިހެނުންނަށް ޖިންސީގޯނާކުރުމާއި، އިންސާނުން ޤުރުބާންކުރުމާއި، އިންސާނުންގެ މިނިމަސް ކެއުމާއި، މި ފަދަ ނުރައްކާތެރި އެތައް ޖަރީމާއެއް ހިމެނެއެވެ. އަދި އެ ޖަރީމާތައް ހިންގައިފައިވާ މީހުންނަށް ބަލާ އިރު، އެމެރިކާގެ ކުރީގެ ރައީސުންނާއި، ނާއިބު ރައީސުންނާއި، ސިޔާސީ މީހުންނާއި، އެމެރިކާގެ ރައީސުކަމުގައި މި ވަގުތު ހުރި ޑޮނަލްޑު ޓުރަންޕާއި ހުޅަނގުގެ އަޝްރާފުން ހިމެނޭ އިރު، އެއިން އެއްވެސް ޝައިޠާނަކު ހައްޔަރުކުރުމުގެ އަމުރެއް އަދި މިހައިތަނަށް އައި.ސީ.ސީއިން ނެރެފައެއް ނުވެއެވެ. ވީމާ، ބައިނަލްއަޤުވާމީ ޢަދުލުގެ ނިޒާމަކީވެސް ހުޅަނގުން ބޭނުންވާ ގޮތަކަށް ހަންދަމާ ރޮނޑެކެވެ.

ކޮމެންޓު