ad_banner
ޑޮކުޓަރުން އިރުޝާދު ދީފައިވާ ވަރަށް ވުރެ ގިނައިން އަހަރެން އެސްޕިރިން ކަން - ޓުރަންޕު

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

10 ފެބްރުވަރީ 2026

ފްރީޑުރިކް މާޒު (ކ.)އާއި ޓޮނަލްޑު ޓުރަންޕު (ވ)ގެ އަތުކުރެހުމެއް

އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ސިއްހީ ޙާލާ މެދު މީޑިއާގައި ތަފާތު ވާހަކަތައް މި ދުވސްވަރު އެބަ ދެކެވެއެވެ. ބައެއް މީޑީއާއިން ބަޔާންކޮށްފައިވާ ގޮތުގައި އޭނާގެ ސިކުނޑީ ފިތެމުން އެބަ ދެއެވެ. ސިކުނޑި ފިތެމުންދާ އިސްޕީޑަށް ބަލާ އިރު، އޭނާ ދުނިޔޭގައި ހުންނާނީ މަދު މަސްތަކެއްކަމަށް ވެސް ބައެއް މީޑިއާއިން ޑޮކުޓަރުންނާ ޙަވާލާދީ ބަޔާންކޮށްފައި ވެސް އެބަ ހުއްޓެވެ.

މި ކަމާ ގުޅިގެން ޓުރަންޕުގެ ވާހަކަތައް ތަފާތެވެ. އޭނާ ބުނާ ގޮތުގައި އޭނާ [ބަރާބަރެވެ.] ހުރީ ފުރިހަމަ ސިއްހަތުގައެވެ. އަތުގައި ހުންނަ ލަކުނުގެ އައިބުތައް ވަންހަނާކުރާން ގަވާއިދުން މަތިހަދާކަމަށް (މޭކަޕުކުރާކަމަށް) ވެސް އޭނާ ބުނެއެވެ. ނަމަވެސް މިހާރު ކަސްރަތުނުކުރާކަމަށް އޭނާ އެއްބަސްވެއެވެ. އޭނާ އެ ކަން ނުކުރަނީ [ފޫހިވާތީ]ކަމަށް ވެސް ޓުރަންޕު ބުނެފައިވެއެވެ.

ވޯލްޑު ސުޓުރީޓު ޖާނަލަށް އޭނާ ދީފައިވާ ދިގު ބަސްދީގަތުމެއްގައި ބުނެފައިވާ ގޮތުގައި މި ދިޔަ އަހަރުގެ އޮކުޓޫބަރު މަހުގެ ތެރޭގައި އޭނާ ސީޓީ އިސްކޭނެއް ހެއްދިއެވެ. ފަހުން އޭނާ ރިޕޯޓަރުންގެ ގާތު، ތަފުސީލީ އެމްއައިއާރު އިސްކޭނެއް ހެދިކަމަށް ބުނެފައިވަނީ އޮޅިގެންކަމަށް ލަފާކުރެވެއެވެ.

ވޯލްޑު ސުޓުރީޓު ޖާނަލްގައި ކުރީން ބަޔާންކޮށްފައިވާ ގޮތުގައި ޓުރަންޕުގެ އިވުމުގެ ހިއްސުގައި ވެސް މިހާރު ބަލިކަށިކަމެއް ހުންނާތީ މީހުން ދައްކާ ވާހަކަތައް އަޑުއަހާން ވެސް ޓުރަންޕު ގެންދަނީ [ޖިހާދު]ކުރަމުންނެވެ. އަދި ވައިޓުހައުސްގައި ބާއްވާ ބައެއް އިހުތިފާލުތަކުގައި މިހާރަކަށް އައިސް ޓުރަންޕު އިންނަނީ ނިދައިފައިކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. ނަމަވެސް [ޖާނަލް]ގައި  ލިޔެފައިވާ މި ވާހަކަތަކަތަކަށް، މި ހާރު އުމުރުން 80 އަހަރު ފުރުމާ ގާތްވެފައިވާ ޓުރަންޕު އިންކާރުކުރެއެވެ.

ޑޮނަލްޑު ޓުރަންޕުގެ ޞިއްޙީ ޙާލަތާ މެދު މީޑިއާތަކުން ކުރާ ތުހުމަތުތައް ދޮގުކޮށް ޖަރުމަނުވިލާތުގެ ޗާންސެލަރު ފުރީޑުރިކު މާޒު ވެސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ އިސްވާރަށް އޭނާގެ ޒިންމާތަކާއި މަސްއޫލިއްޔަތު ނޫފުއްލޭ ވަރުގެ ނިޝާނެއް އޭނާއަށް ފެނިވަޑައިގެންފައެއް ނެތެވެ.

[އެންމެ ފުރަތަމަ، އަޅުގަނޑުގެ ސިޔާސީ ބައިވެރިޔާ ރައީސް ޓުރަންޕާ އެކީ އޭނާގެ ޞިއްޙަތާ މެދު ޝައްކު އުފައްދާނެ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނެއެވެ.] ބާލިންގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ޓުރަންޕުގެ ދުޅަހެޔޮކަމާ ބެހޭ ގޮތުން ދެންނެވުނު ސުވާލެއްގެ ޖަވާބުގައި މާޒު ވިދާޅުވިއެވެ.

[މި އަންނަ ޖޫން މަހު އޭނާގެ އުމުރުފުޅުން 80 އަހަރު ފުރޭނެއެވެ. ނަމަވެސް އަޅުގަނޑަށް ފެންނަނީ އެނާއަށް އޭނާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެއްވުމުގެ ޤާބިލުކަން އޭނާއަށް ލިބިވަޑައިގެންފައިވާކަމަށެވެ.] ޖަރުމަނުގެ އިސްވާރު ވިދާޅުވިއެވެ.

މި ދިޔަ އަހަރު މޭ މަހު ޖަރުމަނުވިލާތުގެ ޒަޢާމަތާ މާޒު ޙަވާލުވެވަޑައިގަތް ފަހުން އޭނާ ގެންދަވަނީ ޓުރަންޕާ ގަވާއިދުން މުއާޞަލާތުކުރައްވައި މުޢާމަލާތުކުރައްވަމުންނެވެ. މާޒުވަނީ ޓުރަންޕާ އެތައް ފަހަރަކު ބައްދަލުކުރައްވައި ޓުރާންސްއެޓުލާންޓިކު ގުޅުންތަކާއި ބައިނަލްއަގުވާމީ ސަލާމަތާ ބެހޭ މައްސަލަތަކުގައި ޓެލެފޯނުން ވެސް އެތައް ފަހަރަކު ގުޅުއްވައި މަޝަވަރާކުރައްވައިފައެވެ. އެހެންކަމުން ފުރީޑުރިކު މާޒު ބެލެވެނީ ޓުރަންޕަށް ތާއީދުކުރައްވާ އަދި ޓުރަންޕުގެ ސިޔާސީ ރައްޓެއްސެއްގެ ގޮތުގައެވެ. އެހެންކަމުން ޓުރަންޕުގެ ކޮޅަށް ނޫނީ އޭނާ އެއްޗެއް ވިދާޅުވާނެކަމަކަށް ނުބެލެވެއެވެ.

ކޮމެންޓު