އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
28 ޖަނަވަރީ 2026
ޤުރުއާނީ ޢަދަދީ މުޢުޖިޒާއާ މެދު ޢިލްމުވެރިއަކު ބައްލަވަނީ... (ފޮޓޯ: ފަރަގު)
(2026 ޖަނަވަރީ 21ގެ އަދަދާ ގުޅޭ)
ދެ ކޮޅުން އެއްގޮތް
މި އަދަދު (959 ) އަށް ބަލަމާތޯއެވެ! ދެ ކޮޅުން ކިޔަސް ހަމަ ވާނީ އެއްގޮތެވެ.
- މި އަދަދު 959 = 1000 -41
- 41 އަކީ މުޤައްޠަޢާތު އަކުރުތަކުގައި ލަފްޒުލްޖަލާލަތި " ﷲ "ގެ އަކުރުތައް ތަކުރާރުވެފައިވާ އަދަދެވެ.
- 41 އަކީ މުޤައްޠަޢާތު އަކުރުތަކުގައި (محمد) ގެ އަކުރުތައް ތަކުރާރުވެފައިވާ އަދަދެވެ.
އެހެން ޒާވިޔާއަކުން
959 = 114 × 8 + 47
114 ޤުރުއާނުގެ ސޫރަތްތަކުގެ އަދަދެވެ.
47 އކީ الإخلاص ސޫރަތުގެ އަކުރުތަކުގެ އަދަދެވެ.
47 އަކީ މުޞްޙަފުގައި محمد ސޫރަތުގެ ތަރުތީބީ ވަނައެވެ.
އެކަމަކު 8 މި އިޝާރާތް ކުރަނި ކޮން އެއްޗަކަށްހެއްޔެވެ؟
- އަލިފުބާ ތަރުތީބުގައި 8ވަނަ އަކުރަކީ دއެވެ.
- الزلزلة ސޫރަތުން ފެށިގެން މުޞްޙަފުގެ ނިމުމާ ހަމައަށް ދާއިރު 50 ފަހަރު ތަކުރާރުވެފައިވާ ހަމައެކަނި އަކުރަކީ دއެވެ.
މި ތަރާދަށް ވިސްނަމާތޯ!
- الفتح ސޫރަތުގެ އެންމެ ފަހު އާޔަތުން ފެށިގެން މުޞްޙަފު ނިމޭ ހަމައަށް ބަލާއިރު م ތަކުރާރުވެފައިވަނީ 3732 ފަހަރުއެވެ.
- الفتح ސޫރަތުގެ އެންމެ ފަހު އާޔަތުން ފެށިގެން މުޞްޙަފު ނިމޭ ހަމައަށް ބަލާއިރު ح ތަކުރާރުވެފައިވަނީ 616 ފަހަރުއެވެ.
- الفتح ސޫރަތުގެ އެންމެ ފަހު އާޔަތުން ފެށިގެން މުޞްޙަފު ނިމޭ ހަމައަށް ބަލާއިރު د ތަކުރާރުވެފައިވަނީ 899 ފަހަރުއެވެ.
- ވީމާ الفتح ސޫރަތުގެ އެންމެ ފަހު އާޔަތުން ފެށިގެން މުޞްޙަފު ނިމޭ ހަމައަށް ބަލާއިރު (مُحمَّد) ގެ އަކުރުތައް ތަކުރާރުވެފައިވަނީ 5247 ފަހަރުއެވެ.
މި އަދަދު ހަނދާނުގައި ބަހައްޓަވާތި!
ދެވަނަ ފިޔަވަޅު
- الفتح ސޫރަތުގެ އެންމެ ފަހު އާޔަތުން ފެށިގެން މުޞްޙަފު ނިމޭ ހަމައަށް ބަލާ އިރު ر ތަކުރާރުވެފައިވަނީ 2053 ފަހަރުއެވެ.
- الفتح ސޫރަތުގެ އެންމެ ފަހު އާޔަތުން ފެށިގެން މުޞްޙަފު ނިމޭ ހަމައަށް ބަލާއިރު س ތަކުރާރުވެފައިވަނީ 934 ފަހަރުއެވެ.
- الفتح ސޫރަތުގެ އެންމެ ފަހު އާޔަތުން ފެށިގެން މުޞްޙަފު ނިމޭ ހަމައަށް ބަލާއިރު م ތަކުރާރުވެފައިވަނީ 3732 ފަހަރުއެވެ.
- الفتح ސޫރަތުގެ އެންމެ ފަހު އާޔަތުން ފެށިގެން މުޞްޙަފު ނިމޭ ހަމައަށް ބަލާއިރު و ތަކުރާރުވެފައިވަނީ 3573 ފަހަރުއެވެ.
- الفتح ސޫރަތުގެ އެންމެ ފަހު އާޔަތުން ފެށިގެން މުޞްޙަފު ނިމޭ ހަމައަށް ބަލާއިރު م ތަކުރާރުވެފައިވަނީ 3732 ފަހަރުއެވެ.
- الفتح ސޫރަތުގެ އެންމެ ފަހު އާޔަތުން ފެށިގެން މުޞްޙަފު ނިމޭ ހަމައަށް ބަލާއިރު ل ތަކުރާރުވެފައިވަނީ 5222 ފަހަރުއެވެ.
- ވީމާ الفتح ސޫރަތުގެ އެންމެ ފަހު އާޔަތުން ފެށިގެން މުޞްޙަފު ނިމޭ ހަމައަށް ބަލާއިރު (رسول)ގެ އަކުރުތައް ތަކުރާރުވެފައިވަނީ 11782 ފަހަރުއެވެ.
- މި އަދަދު ވެސް ހަނދާނުގައި ބަހައްޓާށެވެ!!!!
ތިންވަނަ ފިޔަވަޅު
- الفتح ސޫރަތުގެ އެންމެ ފަހު އާޔަތުން ފެށިގެން މުޞްޙަފު ނިމޭ ހަމައަށް ބަލާއިރު ا ތަކުރާރުވެފައިވަނީ 8618 ފަހަރުއެވެ.
- الفتح ސޫރަތުގެ އެންމެ ފަހު އާޔަތުން ފެށިގެން މުޞްޙަފު ނިމޭ ހަމައަށް ބަލާއިރު ل ތަކުރާރުވެފައިވަނީ 5222 ފަހަރުއެވެ.
- الفتح ސޫރަތުގެ އެންމެ ފަހު އާޔަތުންފެށިގެން މުޞްޙަފު ނިމޭ ހަމައަށް ބަލާއިރު هـ ތަކުރާރުވެފައިވަނީ 2040 ފަހަރުއެވެ.
- ވީމާ الفتح ސޫރަތުގެ އެންމެ ފަހު އާޔަތުން ފެށިގެން މުޞްޙަފު ނިމޭ ހަމައަށް ބަލާއިރު ލަފުޒުލްޖަލާލަތި "ﷲ"ގެ އަކުރުތައް ތަކުރާރުވެފައި މި ވަނީ 15880 ފަހަރުއެވެ.
އެއްކުރީމާ
- الفتح ސޫރަތުގެ އެންމެ ފަހު އާޔަތުން ފެށިގެން މުޞްޙަފު ނިމޭ ހަމައަށް ބަލާއިރު (مُحمَّد)ގެ އަކުރުތައް ތަކުރާރުވެފައި މި ވަނީ 5247 ފަހަރުއެވެ. މި އަދަދު = 99 × 53
- الفتح ސޫރަތުގެ އެންމެ ފަހު އާޔަތުން ފެށިގެން މުޞްޙަފު ނިމޭ ހަމައަށް ބަލާއިރު (رسول)ގެ އަކުރުތައް ތަކުރާރުވެފައި މި ވަނީ 11782 ފަހަރުއެވެ. މި އަދަދު = 137 × 86
- الفتح ސޫރަތުގެ އެންމެ ފަހު އާޔަތުން ފެށިގެން މުޞްޙަފު ނިމޭ ހިސާބަށް ބަލާ އިރު ލަފުޒުލްޖަލާލަތި "ﷲ"ގެ އަކުރުތައް ތަކުރާރުވެފައި މި ވަނީ 15880 ފަހަރުއެވެ. މި އަދަދު = 397 × 40
މެދު ބައްޓަން
މެދު ބައްޓަމާ ހިސާބުގައި ހުއްޓިލަމާ ހިނގާ! އެއީ 137 × 86
- (مُحمَّد رسول اللَّه) މި ޖުމްލައިގެ އަކުރުތަކުގެ އަލިފުބާ ތަރުތީބަކީ 137 އެވެ.
- އަދަދު 137 = 114+23 އެވެ.
- 114 އަކީ ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ އަދަދެވެ.
- 23 އަކީ ވަޙީގެ އަހަރުތަކުގެ އަދަދެވެ.
- 63 އަކީ مُحمَّد صلى الله عليه وسلّم ގެ ޢުމުރުފުޅެވެ.
ފަހު ބައްޓަން
އެންމެ ފަހު ބައްޓަމަށް ބަލަމާ ހިނގާށެވެ! އެއީ 397 × 40
- އަދަދު 397 އަކީ ފުރައަދަދެކެވެ. އެއީ ފުރައަދަދުތަކުގެ ތަރުތީބުގައި 78 ވަނަ އަދަދެވެ.
- مُحمَّد صلى الله عليه وسلّم ގެ މައްޗަށް ބާވައިލެއްވި ވަޙީގެ އެންމެ ފުރަތަމަ ބަސްފުޅުތަކުގައި ހިމެނެނީ 78 އަކުރެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 40 އެވެ.
ފުރައަދަދުތަކުގެ ފަތިގަނޑު
- الفتح ސޫރަތުގެ އެންމެ ފަހު އާޔަތުން ފެށިގެން މުޞްޙަފު ނިމޭ ހަމައަށް ބަލާއިރު (مُحمَّد – رسول – اللَّه) ގެ އަކުރުތައް ތަކުރާރުވެފައި މި ވަނީ (5247 + 11782 + 15880) = 32909 ފަހަރުއެވެ.މިއީ ވަރަށް ބޮޑު އަދަދެކެވެ.މިއީ ފުރައަދަދުގެ ތަރުތީބުން 3526 ވަނަ އަދަދެވެ. 3526 = 41 × 86
- 41އަކީ މުޤައްޠަޢާތު އަކުރުތަކުތަކުގައި "محمد" ގެ އަކުރުތައް ތަކުރާރުވެފައިވާ އަދަދެވެ. 86އަކީ محمد صلى الله عليه وسلم ގެ ޢުމުރުފުޅު(63 އަހަރު) އާއި ވަޙީގެ އަހަރުތައް (23 އަހަރު)ގެ ޖުމްލައެވެ.
ޤުރުއާނަކީ މުޙައްމަދުގެފާނު އެކުލަވައިލެއްވުމެއްހެއްޔެވެ؟
އިސްވެދިޔަ އަދަދީ ތަރާދުތަކަށް ބަލާއިރު ޤުރުއާނަކީ އިންސާނެއްގެ އުފެއްދުމެއްނޫންކަން ކަށަވަރުނޫންހެއްޔެވެ؟ މުޙައްމަދުގެފާނު ފަދަ ލިޔާންކިޔާން ދެނެވަޑައިނުގަންނަވާ ބޭކަލަކަށް ފުރައަދަދުގެ ނިޒާމާ އެއްގޮތަށް އަކުރުތަކާއި ކަލިމަތަކާއި ޖުމްލަތައް ތަރުތީބުކުރައްވާން އެނގިވަޑައިގަންނަވާނެހެއްޔެވެ؟ އެ ޒަމާނުގެ އެއްވެސް ޢާލިމަކަށް ވެސް މި ކަމެއް ނުކުރެވޭނެއެވެ. މި ފަދަ ބަރާބަރުކަމާއި ފުރިހަމަކަމާއެކު ފުރައަދަދުތަކާ އެކު މުޢާމަލާތުކުރެވިފައި ހުރުމަކީ އަޖައިބެއްނޫންހެއްޔެވެ؟ އަޅުގަނޑުމެން މިޒަމާނުގައި ހާސޫބުތައް (ކޮންޕިޔުޓަރުތައް) ބޭނުންކޮށްގެން ވެސް މި ކަމެއް ނުކުރެވޭނެއެވެ. މި ހާސޫބުގެ ޒަރީޢާއިން ވެސް މިއީ ކުރާން އުނދަގޫވާނެ މަސައްކަތެކެވެ. މިސާލެއްގެ ގޮތުން 32909 މި އަދަދަށް ބަލަމާތޯއެވެ! އިނގިލި ބިންދައިގެން ހިސާބުކޮށްގެން މިއީ ފުރައަދަދެއްކަން އަދި މި އަދަދުގެ ވަނައަކީ މިވެނި އަދަދެއްކަން ދެނެގަތުމަށް މަދުވެގެން ތިން އަހަރު ބޭނުންވާނެއެވެ.
"الفتح" ސޫރަތުގެ އެންމެ ފަހު އާޔަތް
މީހަކު ސުވާލުކޮށްފާނެއެވެ. "ތިބާ މި ސޫރަތުގެ އެންމެފަހު އާޔަތް ނަގައިގެން ތިޔަ އުޅެނީ ކީއްވެގްންހެއްޔެވެ؟ އެ އާޔަތަކީ:
مُحَمَّدٌ رَسُوْلُ اللَّهِ وَالَّذِيْنَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُوْنَ فَضْلًا مِنَ اللَّهِ وَرِضْوَانًا سِيْمَاهُمْ فِي وُجُوْهِهِمْ مِنْ أَثَرِ السُّجُوْدِ ذَلِكَ مَثَلُهُمْ فِي التَّوْرَاةِ وَمَثَلُهُمْ فِي الْإِنْجِيْلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَى عَلَى سُوْقِهِ يُعْجِبُ الزُّرَّاعَ لِيَغِيْظَ بِهِمُ الْكُفَّارَ وَعَدَ اللَّهُ الَّذِيْنَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُمْ مَغْفِرَةً وَأَجْرًا عَظِيْمًا - الفتح : 29 - މާނައީ: محمد ގެފާނީ، اللَّه ގެ رسول އާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، كافرންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި رحمةތެރިބަޔެކެވެ. اللَّهގެ حضرةން فضل ވަންތަވެރިކަމާއި، ރުއްސެވުން އެދޭ حال، ركوع ކޮށް سجدة ކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. سجدةގެ أثرން، އެއުރެންގެ علامة އެއުރެންގެ މޫނުތަކުގައިވެއެވެ. އެއީ توراةގައިވާ، އެއުރެންގެ مثالއެވެ. އަދި إنجيلގައިވާ، އެއުރެންގެ مثال އޭގެ ކުދިނިރުތައް ފަޅުވައިފައިވާ ގޮވާމެއް ފަދައެވެ. ދެން އެ ގޮވާންގަސްތަކަށް ގަދަކަންދިނެވެ. ދެން އެ ގޮވާންގަސްތައް ފަލަވެ، އޭގެ ތަނޑުތަކުގެ މައްޗަށް ސީދާވެ ހެދެމުންދެއެވެ. ގޮވާންކުރާ ދަނޑުވެރީން عجائبކޮށް حيران ކުރުވަމުންނެވެ. އެއުރެންދެކެ، كافر ން ރުޅިއެރުވުމަށް ޓަކައެވެ. އެއުރެންގެ ތެރެއިން إيمانވެ صالح عمل ތައް ކުޅަމީހުންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއް ދެއްވުމަށް اللَّه وعدކުރައްވައިފައިވެއެވެ.
މި އާޔަތް ފެށުނީ (مُحمَّد رسول اللَّه) އިންނެވެ. ކީރިތި ޤުރުއާނުގެ އެހެން އެއްވެސް އާޔަތެއްގައި މި ޢިބާރާތް އައިސްފައެއް ނުވެއެވެ.
ލަފުޒުލްޖަލާލަތި "ﷲ" ގެ އަކުރުތައް
މިއީ ހަމައެކަނި އަކުރުތަކާ ބެހޭ މަސްއަލައެއްނޫނެވެ.
- الفتح ސޫރަތުގެ އެންމެ ފަހު އާޔަތް ފެށުނީ (مُحمَّد رسول اللَّه) އިންނެވެ.
- الفتح ސޫރަތުގެ އެންމެ ފަހު އާޔަތުން ފެށިގެން މުޞްޙަފު ނިމޭ ހަމައަށް ބަލާއިރު ލަފުޒުލްޖަލާލަތި "ﷲ"ގެ އަކުރުތައް ތަކުރާރުވެފައިވަނީ 15880 ފަހަރުއެވެ. އެއީ 397 × 40 އެވެ.
- މުޞްޙަފު ފެށޭކޮޅުން ބަލާއިރު الفتح ސޫރަތުގައި އައިސްފައިވާ ލަފުޒުލްޖަލާލަތި "ﷲ"ގެ އަކުރުތައް ތަކުރާރުވެފައިވަނީ 2382 ފަހަރުއެވެ. އެއީ 397 × 6އެވެ.
މިއިން އެނގެނީ الفتح ސޫރަތުގެ އެންމެ ފަހު އާޔަތުން ފެށިގެން މުޞްޙަފު ނިމޭ ހިސާބަށް ބަލާ އިރު، (مُحمَّد رسول اللَّه)ގެ އަކުރުތަކުން އެންމެ އަކުރެއް އުނިވިޔަސް އަދި އިތުރުވިޔަސް އަދަދީ ތަރާދުގެ ތަވާޒުނު ޖުމްލަކޮށްނާއި ތަފުޞީލުކޮށް ގެއްލިގެންދާނެއެވެ. سبحان الله !!!
ބައެއް ލަފުޒުގެ މާނަ:
ބައްޓަން ނ. އެއްޗެއްގެ ބޭރުގެ ބުރު. shape
މުސްހަފު ނ. ކީރިތި ޤުރުއާން އެއްކޮށް ލިޔެފައިވާ ފޮތް.
ތަކުރާރު ނ. (1) ބުނާއެއްޗެއް ނުވަތަ ކުރާ ކަމެއް މަތިމައްޗަށް ބުނާބުނުން ނުވަތަ ކުރާ ކުރުން. (2) އެއްފަހަރަށްވުރެ ގިނަ ފަހަރު އެއްކަމެއް ކުރާ ކުރުން ނުވަތަ އެކައްޗެއް އަޑުއަހާއެހުން. (3) އެއް ފަހަރަށް ވުރެ ގިނަ ފަހަރު ކުރާކުރުން. (4) ފަށްފަށްކުރާ ކުރުން. repetition
ޒާވިޔާ ނ. ސީދާ ދެ ރޮނގެއް ބައްދަލުވާ ނުކުތާގައި ދެ ރޮނގު ދޭތެރޭ އުފެދޭ ޖާގަ. މި ޖާގަ އާންމުކޮށް މިންކުރާނީ ދަރަޖައިންނެވެ. angle