އަޙުމަދު ފަޔާޒު ޙަސަން
26 ޖަނަވަރީ 2026
ޝައިޠަނާގެ ކަނީސާ
(2026 ޖަނަވަރީ 17ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)
ހަމަ މިއަހަރުގެ ޖުލައި 19 ގައި، ހާވަރޑު ޔުނިވަރސިޓީގެ ރައީސް ޑޭވިޑު ޕެޕެން (David Pappen)، އެމެރިކާގެ ސިޔާސީ ދާއިރާއަށާއި ދީނަށް އިލޫމިނިޒަމް ގެ ސަބަބުން ފޯރަމުންދާ ނުފޫޒުތަކާމެދު އެއަހަރު ދަސްވެނިވި ދަރިވަރުންނަށް ތަޤްރީރެއް ކުރިއެވެ.
ޢުމުރުން އެކާވީސް އަހަރުގައި ނަތާން މެޔަރ ރޮތުސްޗައިލްޑު ފުރެންކުފަރޓު ދޫކޮށް އިނގިރޭސިވިލާތަށް ހިޖުރަކުރިއެވެ. އޭނާގެ ބައްޕަ އޭނާއަށް ދިން ގިނަ ޢަދަދެއްގެ ފައިސާ ބޭނުންކޮށްގެން އޭނާ ލަންޑަނުގައި ބޭންކެއް ޤާއިމްކުރިއެވެ.
1800އިން 1899އަށް
1800 ގައި ފުރާންސުގައި ބޭންކު އޮފު ފުރާންސް ޤާއިމް ކުރެވުނެވެ. ނަޕޯލިއަނަށް ވިސްނުނު ގޮތުގައި މިނިވަން ފުރާންސެއްގެ މާނައަކަށްވާނީ ދަރަނިތަކުން ސަލާމަތްވެގެންވާ ފުރާންސެކެވެ. އަދި އޭނާ ވިދާޅުވިއެވެ.
"ދޭ އަތް ވަނީ ނަގާ އަތުގެވެސް ތެރޭގައެވެ. ފައިސާއަށް އެއްވެސް ވަޠަނެއް ނުވެއެވެ. ފައިސާ ދަރަންޏަށް ދޫކުރާ މީހުންނަކީ އެއްވެސް ޤައުމީ ލޯތްބެއް، އަދި އަޚްލާޤިއްޔާތެއް ނެތް ބައެކެވެ. އެމީހުންގެ ހަމައެކަނި އަމާޒަކީ ނަފާ ނެގުމެވެ."
މިއަހަރު ސެލޮމަން މެޔަރ ރޮތުސްޗައިލްޑު، ކެރޮލިން ސްޓާރން (Caroline Stern) އާ ކައިވެނި ކުރިއެވެ.
1806ގައި ނަޕޯލިއަންގެ އަމާޒަކީ ހެއްސޭ-ކަސެލްގެ ޚާންދާން ވެރިކަމުގެ ތެރެއިން ނެރެ، ދުނިޔޭގެ ބާރުގަދަ ޤައުމުތަކުގެ ލިސްޓުން އެނަން ފޮހެލުންކަމުގައި އޭނާ ބަޔާންކުރިއެވެ. މިއަޑު އަހާފައި ހެއްސޭ-ހެނޯގެ އަމީރު ވިލިއަމް 9 ޖަރުމަނުވިލާތް ދޫކޮށް ޑެންމާކަށް ހިޖުރަކުރިއެވެ. އަދި 000،000،3 މިލިއަން ޑޮލަރުގެ އަގުހުރި އޭނާގެ މިލްކިއްޔާތު ބެލެހެއްޓުމަށް މެޔަރ އަމްސްކެލް ރޮތުސްޗައިލްޑާ ޙަވާލުކުރިއެވެ.
ލަންޑަނުގެ މުއްސަނދި ވިޔަފާރިވެރިއެއްގެ ދަރިއެއް ކަމުގައިވާ ހަންނާ ބެރެންޓު ކޯހެން (Hannah Barent Cohen) އާ ނަތާން މެޔަރ ރޮތުސްޗައިލްޑު ކައިވެނިކުރިއެވެ.
1801 އިން 1809 އަށް އެމެރިކާގެ ރައީސްކަން ކުރެއްވި ތިންވަނަ ރައީސް، ތޯމަސް ޖެފަރޝަން (Thomas Jafferson)، މީޑިއާގެ ޚިޔާނާތްތެރިކަމާއި، ފަސާދަވެރިކަމާ މެދު އެނގުނު ފުރަތަމަ ޙަޤީޤީ މަޢުލޫމާތު ހާމަކޮށްދެއްވިއެވެ.
ނޫސްތަކުން މިހާރު ފެންނަ އެއްވެސް އެއްޗެއް ޤަބޫލު ކުރެވޭކަށް ނެތެވެ. ތަޣައްޔަރުވެފައިވާ އެ ސަވާރީއަށް ލުމުން ތެދު ޙަޤީޤަތަކީވެސް ޝައްކު ކުރެވޭ އެއްޗަކަށް މިއަދު ވެއްޖެއެވެ.
ދޮގު މަޢުލޫމާތު ފެތުރުމުގެ ކަންތައް ފެތުރިފައިވާލެއް ފުޅާކަމުގެ ޙަޤީޤީ މިންވަރު ދެނެގަނެވޭނީ ހަމައެކަނި ޙަޤީޤަތްތަކާ ކުރިމަތިލައި، މިއަދުގެ ދޮގުތަކާ މުޤާބިލާކުރެވޭ ފަދަ ޙާލަތްތަކުގައި ތިބި ޢިލްމުވެރީންނަށް އެކަންޏެވެ.
1808 ގައި ނަތާން މެޔަރ ރޮތުސްޗައިލްޑަށް އޭނާގެ ފުރަތަމަ ފިރިހެން ދަރިފުޅުކަމުގައިވާ ލަޔަނެލް ނަތާން ޑި ރޮތުސްޗައިލްޑު (Lionel Nathan de Rothschild) މިއަހަރު ލިބުނެވެ.
1810 ގައި ސަރ ފުރޭންސިސް ބޭރިންގ (Francis Baring) އާއި، އެބްރަހަމް ގޯލްޑުސްމިތު (Abraham Goldsmith) މިއަހަރު މަރުވިއެވެ. މިކަމުގެ ސަބަބުން އިނގިރޭސިވިލާތުގައި ދެންހުރި މައިގަނޑު ބޭންކަރަކީ ހަމައެކި ނަތާން މެޔަރ ރޮތުސްޗައިލްޑު ކަމުގައި ވިއެވެ.
ސެލޮމަން މެޔަރ ރޮތުސްޗައިލްޑު އޮސްޓުރިއާގެ ވިއެނާއަށް ބަދަލުވެ، އެތަނުގައި "އެމް. ފޮން ރޮތުސްޗައިލްޑު އުންޑު ސް؟ނޭ" ކިޔާ ބޭންކެއް ޤާއިމްކުރިއެވެ.
1811ގައި އެމެރިކާގެ ރޮތުސްޗައިލްޑު ބޭންކު ގެ ޗާޓަރުގެ މުއްދަތު ހަމަވުމާ ގުޅިގެން އެ ހުއްދަ އާ ނުކުރުމަށް ކޮންގްރެސް އިން ނިންމިއެވެ. ނަތާން މެޔަރ ރޮތުސްޗައިލްޑު މިކަމާގުޅިގެން ބުންޏެވެ.
"ހުއްދަ އާކުރުމަށް ހުށަހަޅާފައިވާ އެޕުލިކޭޝަނާ އެއްގޮތަށް ކަންތައް ކުރަންވީއެވެ؛ ނޫނިއްޔާ އެމެރިކާއަށް ވަރަށް މުޞީބާތް ބޮޑު ހަނގުރާމައަކާ ކުރިމަތިލާން ޖެހޭނެއެވެ."
ނަމަވެސް އެމެރިކާ ސާބިތުވިގޮތަކަށް ބަދަލެއް ނައެވެ. އަދި ޗާޓަރުގެ މުއްދަތު އިތުރުކޮށެއް ނުދިނެވެ. މިކަމުގެ ސަބަބުން ނަތާން މެޔަރ ރޮތުސްޗައިލްޑު އިތުރަށް އިންޒާރުދީ ބުންޏެވެ.
"މި ނުސިޔާނު އެމެރިކާ މީހުންނަށް ފިލާވަޅެއް ދޭށެވެ. އެމީހުން އިސްތިޢުމާރީ ޙާލަތަށް އަނބުރައި ގެންދާށެވެ."
1812ގައި ރޮތުސްޗައިލްޑުގެ ފައިސާއިން މަދަދު ލިބިގެން، އެމެރިކާގެ މައްޗަށް ހަނގުރާމަ އިޢުލާން ކުރުމަށް ނަތާން މެޔަރ ރޮތުސްޗައިލްޑު އިނގިރޭސީންނަށް އަމުރުކުރިއެވެ. ރޮތުސްޗައިލްޑުގެ ރޭވުމަކީ، މި ހަނގުރާމައާ މުޤާބިލާ ކުރުމުގައި އެމެރިކާއަށް ނުއުފުލޭ ވަރުގެ ބޮޑު ދަރަންޏެއް އެމީހުންގެ މައްޗަށް ފާކުރުމެވެ. އަދި އިނގިރޭސީންނަށް އަމާންދިނުން ފިޔަވައި އެހެން ފުރުޞަތެއް އެމީހުންނަށް ނެތުމާއެކު، ރޮތުސްޗައިލްޑުގެ މިލްކުގައިވާ ފަސްޓު ބޭންކު އޮފު ދި ޔުނައިޓެޑު ސްޓޭޓުސް ހިންގުމުގެ ހުއްދަ އާކުރުވުމެވެ. ނަމަވެސް އެމެރިކާއާ އިދިކޮޅަށް މާ ވަރުގަދަ ޙަމަލާއެއް އިނގިރޭސީންނަކަށް ނުދެވުނެވެ. އެހެންވެ އެމެރިކާ ބަލިނުވެ 1814 ގައި ހަނގުރާމަ ނިމުނެވެ.
މެއި 19ގައި މެޔަރ އަމްސްކެލް ރޮތުސްޗައިލްޑު މަރުވިއެވެ. އޭނާގެ ވަޞިއްޔަތުނާމާގައި، ރޮތުސްޗައިލްޑު ޚާންދާނުގެ މީހުން ތަބާވާންވީ ތަފުޞީލީ ޤާނޫނުތައް ކަނޑައަޅައިފައިވެއެވެ. އެއީ:
1. ޢާއިލާގެ ވިޔަފާރީގައި ހުރިހައި މުހިންމު މަޤާމެއް ވެސް އަދާކުރަންޖެހޭނީ ހަމައެކަނި ޢާއިލާގެ މެންބަރުންކަން.
ޢާއިލާގެ ވިޔަފާރީގައި ޙަރަކާތްތެރި ވެވޭނީ ހަމައެކަނި ޢާއިލާގެ ފިރިހެން މެންބަރުންނަށްކަން. މީގެ ތެރޭގައި އޭނާގެ ހަވަނަ ނަޙަލާލު ދަރިއެއް ހިމެނެއެވެ.
2. ޢާއިލާގެ މުއްސަނދިކަން ދަމަހައްޓައި ރައްކާތެރިކުރުމަށް ޓަކައި، ޢާއިލާގެ މެންބަރުންނަށް ކައިވެނިކުރެވޭނީ ހަމައެކަނި އެއްވަނަ ޖީލާއި ދެވަނަ ޖީލުގެ ދެބެއިންގެ ދެދަރި މީހުންނާއެވެ. (1905ގައި ޝާއިޢުކުރެވުނު ޖުވިޝް އިންސައިކުލޮޕީޑިއާ ބުނާ ގޮތުގައި އެ އަހަރާ ހަމައަށް ކުރެވިފައިވާ 58 ރޮތުސްޗައިލްޑު ކައިވެނީގެ ތެރެއިން ބަރާބަރު ދެބައިކުޅަ އެއްބައި، ނުވަތަ 29 ކައިވެނި ކުރެވިފައިވަނީ އެއްވަނަ ޖީލުގެ ދެބެއިންގެ ދެދަރި މީހުންނާއެވެ.)
3. އޭނާގެ ތަރިކައިގައި ހިމެނޭ މުދަލުގެ ޢާންމު ހިސާބެއް ޝާއިޢުކޮށްގެންނުވާނެއެވެ.
4. ވާރުތަވާ މުދަލުގެ އަގާ މެދު އެއްވެސް ޤާނޫނީ ފިޔަވަޅެއް އަޅައިގެން ނުވާނެއެވެ.
5. ޢާއިލާގެ އިސްމީހާކަމުގައި ވެވޭނީ އެންމެ ދޮށީ ފިރިހެން ދަރީގެ އެންމެ ދޮށީ ފިރިހެން ދަރިއަށެވެ.
އޭނާގެ ބައްޕަގެ ބަދަލުގައި ނަތާން މެޔަރ ރޮތުސްޗައިލްޑު ޢާއިލާގެ އިސް މީހާގެ ގޮތުގައި އިންތިޚާބުވުމާ އެކު، ޤާނޫނު ނަންބަރު ހަޔަކަށް ވަނީ ހަމަ ވަގުތުން ޢަމަލުކުރާން ފެށިފައެވެ.
ޑި ރޮތުސްޗައިލްޑު ފެރިސް (de Rothschild Frres)ގެ ނަމުގައި ފުރާންސުގެ ޕެރިސްގައި ބޭންކެއް ޤާއިމްކުރުމަށްޓަކައި ޖޭކަބް (ޖޭމްސް) މެޔަރ ރޮތުސްޗައިލްޑު ޕެރިހަށް ދިޔައެވެ.
ނަތާން މެޔަރ ރޮތުސްޗައިލްޑުގެ ފިރިހެން ދަރި ނަތާނިއެލް ޑި ރޮތުސްޗައިލްޑު (Nathaniel de Rothschild) މި އަހަރު އުފަންވިއެވެ.
އަމާނަތުން ބަލަހައްޓަން ހެއްސޭ-ހެނޯގެ އަމީރު ވިލިއަމް 9ވަނަ މެޔަރ އަމްސްކެލް ރޮތުސްޗައިލްޑާ ޙަވާލުކުރި 000،000،3 ޑޮލަރަށް ވީ ގޮތުގެ ވާހަކަ ދަ ޖުވިޝް އިންސައިކުލޮޕީޑިއާގެ 1905ގެ ޢަދަދުގެ ވޮލިއުމް 10ގެ 494ވަނަ ޞަފުޙާގައި ވަނީ އަންނަނިވި ގޮތަށެވެ.
[ތުންތުންމަތީން ދެކެވެމުން އަންނަ ވާހަކަތަކަށް ބަލާ އިރު، މި ފައިސާ ރައްކާކޮށްފައި ހުރީ ބަނގުރާ އަޅާ ފީފާ ތަކެއްގައެވެ. އަދި އެ ތަކެތި ވަނީ ފުރެންކުފަރޓަށް އެރި ނަޕޯލިއަންގެ ސިފައިންގެ ކިބައިން ސަލާމަތްވެފައެވެ. އެއާއެކު، އިލެކުޓަރ، އޭނާގެ އިލެކުޓޮރޭޓަށް 1814ގައި ވަޑައިގަތް އިރު ހަމަ އެ ފީފާތަކުގައި އެ އެއްޗެހި ވަނީ އެއްވެސް ގެއްލުމެއް ނެތި އަލުން ރުޖޫޢަކުރެވިފައެވެ. (ހޯލީ ރޯމަން އެމްޕަޔަރ ގެ އާދަކާދައިގައި އިލެކުޓަރއަކީ ޝަހެންޝާހް (އެމްޕެރަރ) އިންތިޚާބުކުރުމުގެ ޙައްޤު ލިބިފައިވާ ޖަރުމަނުވިލާތުގެ އަމީރުންނަށް ކިޔާ ނަމެކެވެ.)
ބަޔާންވެދިޔަ ފައިސާ ހެއްސޭ-ހެނޯގެ އަމީރު ވިލިއަމް 9ވަނައަށް، ރޮތުސްޗައިލްޑު ރައްދެއްނުކުރެއެވެ. އަދިވެސް އިތުރަށް މި އިންސައިކުލޮޕީޑިއާގައި ބުނެފައިވެއެވެ.
[އީސްޓު އިންޑިއާ ކުންފުނިން ލިބޭ ރަނުގެ ވިޔަފާރީގައި ނަތާން މެޔަރ ރޮތުސްޗައިލްޑު މި 000،000،3 ޑޮލަރު ވުނަކުރިއެވެ.]
މީގެ އިތުރަށްވެސް، ވަގަށް ނަގައިފައިވާ މި ފައިސާއިން މަދުވެގެން ހަތަރު ފައިދާއެއް ނަތާން ހޯދިއެވެ. އެއީ:-
1. ވެލިންޓަންގެ ނޫސް ވިއްކުމުގައި. އޭނާ އެނޫސް ގަތީ ޑޮލަރުގެ 50 ސެންޓަށެވެ. ނަމަވެސް އޭނާއަށް އޭގެ އަގު ލިބުނީ މޫނުމަތީ އަގުގައެވެ.
2. ވެލިންޓަނަށް ރަން ވިއްކައިގެން.
3. ވެލިންޓަނަށް ވިއްކި ރަން އަލުން އަނބުރާ ގަނެގެން.
4. އެ ރަން ޕޯރޗުގަލް އަށް ފޮނުވައިގެން.
1815ގައި ފަސް ރޮތުސްޗައިލްޑު އަޚުން، ދިޔައީ އިނގިރޭސިވިލާތުގައި ނަތާން މެދުވެރިކޮށް، އަދި ފުރާންސުގައި ޖޭކަބް މެދުވެރިކޮށް ވެލިންޓަންގެ ލަޝްކަރަށާއި، ނަޕޯލިއަންގެ ލަޝްކަރާ ދެބަޔަށް ވެސް ރަން ސަޕުލައިކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. މިއާ އެކު، ހަނގުރާމައެއްގައި ޝާމިލުވާ ދެ ފަރާތަށް ވެސް ޚަރަދުކުރުމަށް އެ މީހުން ގެންގުޅޭ ސިޔާސަތު ހިންގާން ފެށިއެވެ. ރޮތުސްޗައިލްޑު ބެއިންތައް ހަނގުރާމަތަކަށް ވަރަށް ލޯބިކުރެއެވެ. އެއީ އެ ކަމުން ލިބޭފައިދާ ބޮޑުކަމުންނެވެ.
ހަނގުރާމައިގައި ކޮންމެ ކޮޅެއް ބަލިވިކަމުގައިވިއަސް ރޮތުސްޗައިލްޑު މީހުންނަކަށް ފަރުވާލެއް ނެތެވެ. ސަބަބަކީ، އެ ދަރަނިތައް ދެވެނީ، މޮޅުވާ މީހުން، ބަލިވާ މީހުންގެ ދަރަނިތައް އަދާކުރުން ޝަރުޠުކޮށްފައިކަމުގައި ވާތީއެވެ.
ރޮތުސްޗައިލްޑު ހަނގުރާމައިގެ ދެކޮޅުގައި ތިބޭ މީހުންނަށްވެސް ފައިސާ ދިނުމުގެ ކަންތައް ކުރަމުންދާ އިރު، މުޅި ޔޫރަޕުގައި އެ މީހުން ޤާއިމްކޮށްފައިވާ ބޭންކުތަކުގެ ވިއުގަ ބޭނުންކޮށްގެން އެ މީހުން ވަނީ އެހެން އެއްވެސް ބަޔަކަށް ވާދަނުކުރެވޭ ފަދަ، ސިއްރު މަގުތަކާއި، އަވަސް ޕޯސްޓަލް ނިޒާމެއް ޤާއިމްކޮށްފައެވެ. ރޮތުސްޗައިލްޑު މީހުންނަށް މުހިންމުވާ ފަދަ އުރަތައް ޕޯސްޓު އުފުލާ މީހުން ކަނޑައިފައި، އެ އުރަތަކުގައި ހުންނަ ސިޓީތަކާއި ލިޔުންތަކުގައި ހުންނަ ރޮތުސްޗައިލްޑު މީހުންނަށް ބޭނުންވާނެ މަޢުލޫމާތު އުފުލާމީހުން (ކުރިއަރުން) އެމީހުންނަށް ފޯރުކޮށްދެއެވެ. އޭރުން ހިނގަމުންދާ ޙާލަތުގެ އެއް ފިޔަވަޅު ކުރީގައި ރޮތުސްޗައިލްޑު މީހުންނަށް އަބަދުވެސް ތިބެވޭނެއެވެ.
އިނގިރޭސިވިލާތާއި ފަރަންސޭސި ވިލާތުގެ، ބަންދުކޮށްފައިވާ މަގުތަކުން ދަތުރުކުރުމުގެ ހުއްދަދެވޭ ހަމައެކަނި ވިޔަފާރި ވެރިންނަކީ ރޮތުސްޗައިލްޑުގެ މި ސިއްރު މަޢުލޫމާތުތައް ބޭނުންކޮށްގެން ލަންޑަނުގެ ޙިއްޞާގެ ބާޒާރުގައި ޙިއްޞާ ގަނެވިއްކުމުގެ ވިޔަފާރި، އޭނާއަށް ފައިދާވާ ގޮތަށް ހިންގުމުގެ ފުރުޞަތު އެމީހުންނަށް ފަހިވެގެންދެއެވެ.
ރޮތުސްޗައިލްޑުގެ ޕޯސްޓު އުފުލާ މީހެއްކަމުގައިވާ ރޮތުވޯރތު (Rothworth)، ވޯޓަރލޫ ގެ ހަނގުރާމަ އިނގިރޭސީންނަށް ކާމިޔާބުވި ޚަބަރު ލިބުމާއެކު، އިނގިރޭސި ކަނޑު ހުރަސްކޮށް ގޮސް ނަތާން މެޔަރ ރޮތުސްޗައިލްޑަށް މި ޚަބަރު ދިނެވެ. އެއީ، ވެލިންޓަންގެ އަމިއްލަ ކުރިއަރ އެ ޚަބަރު ގެންދިއުމުގެ ފުރިހަމަ 24 ގަޑިއިރު ކުރިންނެވެ.
އޭގެ ފަހުގައި ނަތާން މެޔަރ ރޮތުސްޗައިލްޑު ލަންޑަންގެ ސްޓޮކު އެކުސްޗޭންޖަށް ގޮސް، އެމީހުންގެ ކޮންސަލްތައް (މިޒަމާނުގައި ކިޔާ ގޮތުންނަމަ ބޮންޑުތައް) ވިއްކާން ފެށުމަށް އޭނާގެ މުއައްޒަފުންނަށް އަމުރު ކުރިއެވެ.
ޙަޤީޤަތުގައި ހަނގުރާމައިގައި އިނގިރޭސީންނަށް ކާމިޔާބީ ލިބުނު ޚަބަރު އާޚިރުގައި ލިބުމުން، ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރި ވަރަށްވުރެވެސް މައްޗަށް ބޮންޑުތަކުގެ އަގު އުފުލިގެންދިޔައެވެ. މިކަމުގެ ސަބަބުން ނަތާން މެޔަރ ރޮތުސްޗައިލްޑަށް އިންތިހާއަށް ފައިދާވިއެވެ. ނަތާން ރޮތުސްޗައިލްޑު ފާޅުގައި ފަޚްވެރިކަމާއެކު ބުނާ ގޮތުގައި، އިނގިރޭސިވިލާތުގައި އޭނާ ވޭތުކުރި ސަތާރަ އަހަރުގެ ތެރޭގައި އޭނާގެ ބައްޕަ ފެށުމުގައި އޭނާއަށް ދިން 000،20 ޕައުންޑުގެ ރައުސްމާލު ވަނީ، 2500 ގުނައަށް، 000،000،50 ޕައުންޑަށް އިތުރުވެފައެވެ.
މި ކޮންސަލްތައް، ނުވަތަ ބޮންޑުތައް އެމީހުންގެ މިލްކަށް އައުމުން، މުޅި އިނގިރޭސިވިލާތުގެ އިޤްތިޞާދުގެ ފުރިހަމަ ކޮންޓުރޯލް ރޮތުސްޗައިލްޑު ޢާއިލާގެ އަތްމައްޗަށް އައީއެވެ. ނަޕޯލިއަންގެ ނާކާމިޔާބީ އާއެކު، ލަންޑަން މިހާރު ވެފައިވަނީ އެއްވެސް ވާދަކުރުމެއް ނެތްގޮތުގައި މުޅި ދުނިޔޭގެ މާލީ މަރްކަޒު ކަމުގައެވެ. މިކަމުގެ ސަބަބުން، ނަތާން މެޔަރ ރޮތުސްޗައިލްޑުގެ ކޮންޓުރޯލް ގެ ދަށުގައި އާ ބޭންކު އޮފު އިންގްލެންޑެއް ޤާއިމްކުރުމަށް އިނގިރޭސީންނަށް މަޖުބޫރުވިއެވެ.
1815އަށް އެނބުރި ޖެހިލާއިރު، ނަތާން މެޔަރ ރޮތުސްޗައިލްޑު އޭނާގެ މަޝްހޫރު ބަޔާން މިއަހަރު ދިނެވެ.
[އެ އެމްޕަޔަރގެ މައްޗަށް އިރު ނުއޮއްސޭ އިނގިރޭސި އެމްޕަޔަރގެ މައްޗަށް ވެރިކަންކުރުމަށް އިނގިރޭސި ތަޚުތުގައި ވެޑުވޭ ގޮނޑިކޮއްކޮއަކާ މެދުގައި އަހުރެންގެ އެއްވެސް ފަރުވާލެއް ނެތެވެ. އިނގިރޭސި އެމްޕަޔަރ ކޮންޓުރޯލުކުރާ މީހަކީ އިނގިރޭސިވިލާތުގެ ފައިސާގެ ކޮށާރު ކޮންޓުރޯލުކުރާ މީހާއެވެ. އަދި އިނގިރޭސިވިލާތުގެ ފައިސާގެ ކޮށާރު ކޮންޓުރޯލުކުރާ މީހަކީ އަހަންނެވެ.]
ބޭންކު އޮފު އިންގްލެންޑުގެ މައްޗަށް އެމީހުންނަށް ލިބިފައިވާ ބާރު ބޭނުންކޮށްގެން، އެއް ރަށުން އަނެއް ރަށަށް ރަން އުފުލުމުގައި ގެންގުޅޭ ނިޒާމް ވެސް ރޮތުސްޗައިލްޑު ޢާއިލާއިން ވަނީ ބަދަލުކޮށްފައެވެ. އޭގެ ބަދަލުގައި، ޔޫރަޕުގެ ތެރޭގައި ފެތުރިފައިވާ އެމީހުންގެ ފަސް ބޭންކު މެދުވެރިކޮށް، ކަރުދާހުން އަރަނި ކުރުމާއި، ދަރަނި ކުރުމުގެ ނިޒާމް އެމީހުން ތަޢާރަފު ކުރިއެވެ. އެއީ މިޒަމާނުގެ ބޭންކިންގ ނިޒާމެވެ.
ނަވާރަވަނަ ޤަރުނު ނިމުނުއިރު "ރޮތުސްޗައިލްޑު ޢާއިލާގެ ޒަމާން" ގެ ގޮތުގައި މަޝްހޫރުވެގެންދިޔަ ދުވަސްވަރު، މުޅި ދުނިޔޭގެ މުއްސަނދިކަމުގެ ދެބައިކުޅަ އެއްބައި ކޮންޓުރޯލްކުރަނީ ރޮތުސްޗައިލްޑު ޢާއިލާއިން ކަމުގައި އަންދާޒާ ކުރެވުނެވެ.
މި އަހަރުގެ ފެބްރުއަރީ 28 ގައި ނަތާން އަށް ސެލޮމަން ފޮނުވި ސިޓީއެއްގައި ބުނެފައިވެއެވެ.
[އަހަރެމެން ވަނީ ގަޑިއެއްގެ ގިއުގަނޑު ފަދައިންނެވެ. އޭގެ ކޮންމެ ބަޔަކީވެސް ޟަރޫރީ ބަޔެކެވެ.]
ނަމަވެސް ރޮތުސްޗައިލްޑު ޢާއިލާއިން ބޭނުންވި ގޮތަށް މިއަހަރު ނުހިނގި ކަމަކީ ވިއެނާގެ ކޮންގްރެސް އެވެ. އެ ކޮންގްރެސް ފެށުނީ 1814 ވަނަ އަހަރުގެ ސެޕުޓެމްބަރ މަހުގައެވެ. އަދި މިއަހަރުގެ ޖޫންއާ ހަމަޔަށް އެ ކޮންގްރެސް ދެމިގެންދިޔައެވެ. މި ވިއެނާގެ ކޮންގްރެސް ބޭއްވުމުގެ ބޭނުމަކީ، ޔޫރަޕުގެ ގިނަ ސަރުކާރުތަކުން އެމީހުންގެ އަތުން ނަގާފައިވާ ދަރަނިތަކުގެ ބާރު ބޭނުންކޮށްގެން، ތަހްޒީބުވެފައިވާ ދުނިޔޭގެ ބޮޑު ބަޔަށް އެމީހުންގެ ފުރިހަމަ ސިޔާސީ ބާރު ހިންގޭނެ ގޮތުގައި ބަވަނަ ސަރުކާރެއް (މުޅި ދުނިޔޭގެ ސަރުކާރެއް) އުފެއްދުމެވެ. (ނުނިމޭ)