ad_banner
އަނބިމީހާއަށް ތާރީފުކުރުން

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

25 ޖަނަވަރީ 2026

ފިރިމީހާ ފަހައި އަނބިމީހާ ދުވަނީ

ފިރިމީހާގެ އަބަދުގެ ޝަކުވާއަކީ އޭނާގެ އަނބިމީހާގެ ދޫ، މާ 'ދިގުވުމުގެ މައްސަލައެވެ. އަބަދުއަބަދުގެ ފިރިމީހާއާ ދިމާއަށް އެއްޗެހިކިޔައި ޝަކުވާކުރާކަމުގެ ވާހަކައެވެ.

ދެން، މި ކަމުގެ ހައްލެއް ހޯދުމުގެ ގޮތުން ނަފުސާނީ އިލްމުވެރިޔަކާ ފިރިމީހާ ބައްދަލުކުރިއެވެ. ހައްލެއްގެ ގޮތުގައި ނަފުސާނީ އިލްމުވެރިޔާ ބުނުއްވިއެވެ.

[އަންހެނުންނަށް ތައުރީފުގެ ބަސްކޮޅެއް ބުނާށެވެ. ކޮންމެ ކަމެއް އޭނާ ކުރިކަމުގައި ވިޔަސް، އެ ކަމަކީ ވަރަށް ވެސް މޮޅު، ރަނގަޅު ކަމެކޭ ބުނެ އޭނާއަށް ތާރީފުކުރާށެވެ. އޭރުން ތިޔަ ކަން ހަމަޖެހޭނެއެވެ.] ނަފުސާނީ އިލްމުވެރިޔާ ލަފާދިނެވެ.

ފިރިމީހާ ގެއަށް ދިޔައެވެ. އަދި، ކާ ގަޑި ޖެހުމުން، ކާމޭޒު ދޮށުގައި އިނދެ ކައި ހެދުމަށް ފަހު، ކެއުމުގެ މީރު ވާހަކަ ބުންޏެވެ. އަދި، މި ފަދައިން މީރުކޮށް ކައްކާ މީހުންނަށް ތައުރީފު ހައްގުކަމާއި އެ މީހުންނަށް އިނާމު ވެސް ދޭންޖެހޭނޭ ވާހަކަ ވެސް ބުންޏެވެ. އަދި، ގޭގޭގައި މީރު ކެއުން ކައްކައި އެ މީހުންގެ ފިރީންނަށް މީރުކެއުން ކާންދޭން އަނބީންނަށް ގައުމީ އިނާމެއް ވެސް ދޭންޖެހޭނެކަމުގެ ވާހަކަ ވެސް ފިރިމީހާ ބުންޏެވެ.

ފިރިމީހާގެ ވާހަކަތައް އަޑުއަހައި، އަނބި މީހާ ރުޅިއައިސް ރަތްވެގެން ޖަވާބުގައި ބުންޏެވެ. [ކަލެއަކީ ދުވަހަކު ވެސް އަހަރެން ކެއްކި އެއްޗަކަށް ކުޑަ ވެސް ހެޔޮ ބަހެއް ބުނި މީހެއްނޫނެވެ. މިއަދު، އަވައްޓެރިޔާގެ އަންހެނުން ފޮނުވި އެއްޗެއް ކައިފައި ތިޔަ ތައުރީފުކުރަނީ ކީއްވެހެއްޔެވެ؟ ކަލޭ އުޅެނީ އޭނައާ އަޅައިގަނެގެންނޭ އޭރު ވެސް އަހަރެން ބުނީމު ނޫންހެއްޔެވެ؟ އެހެންޏާ ފަހެ، މިހައި ދުވަސްވީ އިރު ވެސް ތިމާގެ އަމިއްލަ އަނބިމީހާ ކައްކާ އެއްޗަކާ އެހެން މީހަކު ކައްކާ އެއްޗެއް ވަކިކުރާން ނޭނގޭނީ ކޮން ފަދަ މަރުމޯލަކަށްހެއްޔެވެ؟

ކޮމެންޓު
ކޮމެންޓުތައް
ޚާލިދު އަޙްމަދު
25 ޖަނަވަރީ 2026 14:12
ވަރަށް ދެރަގޮތެއްތާ މިވީ!!