ad_banner
ޝައިޠާނާގެ ކަނީސާ (5)

އަޙުމަދު ފަޔާޒު ޙަސަން

17 ޖަނަވަރީ 2026

ޝައިޠާނީ ޔަހޫދީންގެ މަކަރުވެރި ދަލުގަި މިަދު މުޅި ދުނިޔެ ވަނީ ޖެހިފައެވެ.

(2025 ޑިސެންބަރު 30ވަނަ ދުވަހާ ގުޅޭ)

ފަންނުތަކާއި، ޢިލްމުވެރިކަމާއި، ތަޢުލީމާއި، ސައިންސާއި، މާލިއްޔަތާއި، ޞިނާޢީ ދާއިރާގެ އެންމެ ވިސްނުންތޫނު މީހުންގެ ތެރެއިން އުޖޫރަދެވޭ 2,000 މުއައްޒަފުން ވެސް ވައިސޯޕުޓު ހަމަޖެއްސިއެވެ. މީސްތަކުން ކޮންޓުރޯލުކުރުމަށް ޓަކައި ތިރީގައިވާ އުސްލޫބުތައް ބޭނުންހިފުމަށް އެ މީހުންނަށް އިރުޝާދުދެވެއެވެ.

1.    ހުރިހައި ސަރުކާރުތަކެއްގެ ވެސް އެކި ފެންވަރުގެ މަތީ މަޤާމްތަކުގައި މިހާރު ވެސް ތިބި މީހުންނާއި، މަސައްކަތްތެރިކަމުގެ ތަފާތު ދަނޑުތަކުގައި ބަސްކިޔާ މީހުންގެ ކޮންޓުރޯލު އެ މީހުންގެ އަތްމައްޗަށް ގެނައުމަށް މާލީ އަދި ޖިންސީ ރިޝްވަތުގެ ވަސީލަތް ބޭނުންކުރުން. މީގެ މަޤްޞަދަކީ، އިލޫމިނާޓީންގެ ދޮގުތަކާއި، މަކަރާއި، ވަސްވާސްތަކަށް ނުފޫޒު ހުރި މީހުން ހެއްލުމުން، ސިޔާސީ އަދި އެ ނޫން ބާވަތްތަކުގެ ބްލެކުމޭލާއި، މާލީ ގޮތުން އެ މީހުން ހަލާކުކޮށްލާނެކަމުގެ ބިރު ދައްކައިގެންނާއި، ޢާންމުކޮށް ބަދުނާމުކުރާނެކަމުގެ ބިރު ދައްކައިގެންނާއި، އާމްދަނީގެ ގޮތުން ގެއްލުންދޭނެކަމުގެ ބިރު ދައްކައިގެންނާއި، އަދި އެ މީހުންނާއި އެ މީހުންގެ ޢާއިލާގެ މެންބަރުން މަރާނެކަމުގެ ބިރު ދައްކައިގެން އެ މީހުން ތާއަބަދު އަޅުވެތިކޮށްގެން ގެންގުޅުމެވެ.

2. ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކުއްލިއްޔާތަކަށް އަންގައިފައިވަނީ އާދަޔާޚިލާފު ޒިހްނީ ޤާބިލުކަން ހުންނަ، އަދި ބައިނަލްއަޤްވާމީ ފިކުރުތަކަށް ލެނބިފައިވާ، ހެޔޮ ގޮތުގައި ތަރުބިއްޔަތުކުރެވިފައިވާ ޢާއިލާތަކަށް ނިސްބަތްވާ ދަރިވަރުންނާ ގުޅުން ޤާއިމްކުރުމަށެވެ. އަދި އެ ފަދަ ދަރިވަރުންނަށް، އިންޓަރނޭޝަނަލިޒަމްގެ ފިކުރުން ޚާއްޞަ ތަމްރީންތައް ލިބިދިނުމަށް ހުށަހެޅުމަށެވެ. އިންޓަރނޭޝަނަލިޒަމްގެ ފިކުރަކީ، އަބަދުއަބަދު އާވެ އާލަވަމުންދާ ހަނގުރާމަތަކާއި، ހަމަނުޖެހުންތަކާއި، ފަސާދަތަކަށް ނިމުމެއް ގެނެވޭނެ ހަމަ އެކަނި ގޮތަކީ މުޅި ދުނިޔޭގައި އެއް ސަރުކާރެއް އޮތުންކަމަށް ދަޢުވާކުރާ ނަޒަރިއްޔާއެވެ. އިލޫމިނާޓީން ޚިޔާރުކުރާ ދަރިވަރުންނަށް މި ފަދަ ތަމްރީންތައް ދޭން ހަމަޖެހިފައިވަނީ އެމީހުންނަށް ސްކޮލަރޝިޕުތައް ދީގެންނެވެ.

3. އިލޫމިނާޓީންގެ ކޮންޓުރޯލްގެ ދަށަށް އައުމަށް ތާށިކުރެވިފައިވާ ނުފޫޒުހުރި ހުރިހައި މީހުންނާއި، އަދި ޚާއްޞަ ގޮތުން ތަޢުލީމާއި ތަމްރީން ދެވިފައި ތިބޭ ދަރިވަރުން، ހުރިހައި ސަރުކާރުތަކެއްގެ ފަހަތުގައި ފަރުދާގެ ފުރަގަހުން މާހިރުންގެ ގޮތުގައާއި ސްޕެޝަލިސްޓުންގެ ސިފައިގައި އޭޖެންޓުންގެ ގޮތުގައި ބޭތިއްބުން. މިގޮތަށް ކަންތައް ކުރެވެނީ، އިލޫމިނާޓީންގެ، މުޅި ދުނިޔޭގައި އެއް ސަރުކާރެއް ބޭއްވުމުގެ މަޝްރޫޢާ ގުޅޭ ސިއްރު ރޭވުންތަކަށް އެކަނި ދުރު ރާސްތާގައި މަގުފަހިކޮށްދޭނެ ސިޔާސަތުތައް ތަންފީޒުކުރުމަށް އިސް މަޤާމްތަކުގައި ތިބޭ މީހުންނަށް ލަފާ ދިނުމަށް ޓަކައެވެ. އަދި މި ގޮތުން، އެ މީހުން ޚިދުމަތްކުރުމަށް އިންތިޚާބުކުރެވިފައިވާ، ނުވަތަ ޢައްޔަނުކުރެވިފައިވާ ސަރުކާރުތަކާއި ދީންތައް ހަލާކުކުރުމެވެ.

4.    ނޫސްވެރިކަމުގެ މުޠުލަޤު ކޮންޓުރޯލް އެމީހުންގެ އަތަށް ގެނައުން. ނޫސްވެރިކަމަކީ، އެ ޒަމާނުގައި ޢާންމުންނަށް މަޢުލޫމާތު ފޯރުކޮށް ދިނުމަށް އޮތް މާސް ކޮމިއުނިކޭޝަންސްގެ ހަމައެކަނި މީޑިއާއެވެ. މި ކަމުގެ މަޤްޞަދަކީ، މުޅި ދުނިޔޭގެ އެއް ސަރުކާރުގެ ނިޒާމަކުން މެނުވީ ދުނިޔޭގެ ގިނަގުނަ އަދި ފާޑު ތަފާތުވެގެންވާ މައްސަލަތަކަށް ޙައްލު ހޯދާ ނުދެވޭނެކަން މީސްތަކުންނަށް އަންގައިދިނުމަށްޓަކައި ހުރިހައި ޚަބަރަކާއި މަޢުލޫމާތެއް ލަންބާލާފައި ބެހެއްޓުމެވެ.

ސެޕުޓެންބަރު 16ގައި ނަތާން މެޔަރ ރޮތުސްޗައިލްޑު އުފަންވިއެވެ. 

ޖުލައި 02ގައި އިސަބެއްލާ ރޮތުސްޗައިލްޑު (Isabella) އުފަންވިއެވެ.

އޮގަސްޓު 29ގައި ބަބެޓު ރޮތުސްޗައިލްޑު (Babette) އުފަންވިއެވެ.

ފަރަންސޭސި އިންޤިލާބު ތަންފީޒުކުރުމުގެ ކަންތައް އެންމެ ފުރަތަމަ، ފޮތެއްގެ ސިފައިގައި ފަށައިގަތުމަށް، އެޑަމް ވައިސޯޕުޓު، މެކުސިމިލިއެން ރޮބެސްޕިއެރ (Maximilien Robespierre) އަށް އަމުރުކުރިއެވެ. މިފޮތް ލިޔެފައިވަނީ ވައިސްޕޯޓުގެ ބައިވެރިއެއް ކަމުގައިވާ ޒެވިއަރ ޒްވެކު (Xavier Zwack) އެވެ. މިފޮތް ފުރެންކުފަރޓުން ޕެރިހަށް ފޮނުވުނީ މީހަކު އަތަށް ދީފައެވެ. ނަމަވެސް ދަތުރުގެ މަގުމަތީގައި ފޮތް ހިފައިގެންދިޔަ މީހާގެ ގަޔަށް ހޮނުއަޅައިގެން އޭނާ މަރުވީއެވެ. ފަރަންސޭސި އިންޤިލާބު ގެނައުމުގެ ރޭވުން ލިޔެވިފައިވާ ފޮތް ޕެރިހުގެ ފުލުހުންނަށް ފެނިގެން އެފޮތް ބަވޭރިއާގެ ކަމާބެހޭ އިދާރާތަކާ ޙަވާލު ކުރެވުނެވެ.

ނަތީޖާއެއްގެ ގޮތުން، ވައިސޯޕުޓުގެ ގްރޭންޑު އޮރިއެންޓުގެ މޭސަނިކު ލޮޖްތަކަށާއި، އޭނާގެ އެންމެ ނުފޫޒުގަދަ ބައިވެރިންގެ ގެތަކަށް ޙަމަލާ ދިނުމަށް ބަވޭރިއާގެ އިދާރާތަކުން އަމުރު ނެރުނެވެ. ސާފުކޮށް އެނގޭ ގޮތުގައި، މިފެނުނު ފޮތަކީ ނުފޫޒުހުރި އަމިއްލަ ބައެއްގެ ކިބައިން ކުރިމަތިވެދާނެ ވަރަށް ޙަޤީޤީ ބިރެއްކަމުގައި ބަވޭރިއާގެ އިދާރާތަކުން ޤަބޫލުކުރިއެވެ. ބަވޭރިއާގެ އިދާރާތަކަށް އެނގުނުގޮތުގައި އެމީހުން ރާވައިފައިވަނީ، އެމީހުންގެ މަޤްޞަދުތައް ޙާޞިލު ކުރުމަށްޓަކައި، ހަނގުރާމަތަކާއި އިންޤިލާބުތައް ބޭނުން ކުރުމަށެވެ.

ބަވޭރިއާގެ ސަރުކާރުން އިލޫމިނާޓީ ޙަރަކާތް މަނާކޮށް، ބަވޭރިއާގައި ހުރި ގްރޭންޑު އޮރިއެންޓުގެ ހުރިހައި ލޮޖްތަކެއް ބަންދުކުރިއެވެ.

މެޔަރ އަމްސްކެލް ރޮތުސްޗައިލްޑު، ސްކިފު (Schiff) ޢާއިލާއާއެކު އޭނާ ޙިއްޞާކުރާ ފުރެކުފަރޓުގެ ފަސް ބުރި ޢިމާރާތަކަށް އޭނާގެ ޢާއިލީ ގެ ބަދަލުކުރިއެވެ.

[ދި އޮރިޖިނަލް ރައިޓިންގްސް އޮފު ދި އޯޑަރ އެންޑު ސެކުޓު އޮފު ދި އިލޫމިނާޓީ] (އިލޫމިނާޓީ ފިރުޤާއާއި، މަޒުހަބުގެ އަޞްލު ލިޔުންތައް)ގެ ނަމުގައި ނެރެވުނު ލިޔުމެއްގައި، އިލޫމިނާޓީންގެ ރޭވުމުގެ ތަފުޞީލުތައް ބަވޭރިއާގެ ސަރުކާރުން ޝާއިޢު ކުރިއެވެ. އެއަށްފަހު، ޔޫރަޕުގެ ހުރިހައި ސަރުކާރުތަކަކާއި، ފައްޅިތަކެއްގެ އިސް ވެރިންނަށް އެމީހުން މި ލިޔުން ފޮނުވިއެވެ. ނަމަވެސް ޔޫރަޕުގެ ސަރުކާރުތަކުންނާއި، ފައްޅިތަކުން މި ލިޔުމަކަށް ފަރުވާލެއް ނުބެހެއްޓިއެވެ.

24 އޭޕުރިލް ގައި ކަލްމަން (ކާރލް) މެޔަރ ރޮތުސްޗައިލްޑު (Kalmann (Carl) Mayer) އުފަންވިއެވެ.

ބަވޭރިއާ ސަރުކާރުގެ އިންޒާރާ މެދު ޔޫރަޕު މީހުން ޣާފިލުވުމުގެ ސަބަބުން، މިއަހަރުން ފެށިގެން 1793 އާ ހަމައަށް ފުރިހަމަވި، އިލޫމިނާޓީން ހިންގި ފަރަންސޭސި އިންޤިލާބުގެ ރޭވުން ކާމިޔާބުވިއެވެ. މި އިންޤިލާބަކީ މަރުކަޒީ ބޭންކުގެ ވިޔަފާރި ހިންގާ ކޮންމެ މީހެއްގެ ހުވަފެނެކެވެ. ސަބަބަކީ، އޭގެ ސަބަބުން އާ ޤާނޫނު އަސާސީއެއް އުފެދި، ރޯމަން ކެތަލިކު ފައްޅިން ޓެކުސް ނެގުން މަނާ ކުރާ، އަދި ޓެކުސް ނެގުމުން ފައްޅި އިސްތިސްނާވުން ހުއްޓުވާ ޤާނޫނުތައް އެ އިންޤިލާބުގެ ސަބަބުން ފާސްވެގެންދިއުމެވެ.  

މެޔަރ އަމްސްކެލް ރޮތުސްޗައިލްޑު ބުންޏެވެ:

"ޤައުމެއްގެ ފައިސާ ޗާޕުކޮށް ނެރުމާއި، އެ ފައިސާ ކޮންޓުރޯލް ކުރުމުގެ ހުއްދަ އަހަންނަށް ދޭށެވެ؛ އޭރުން އެ ޤައުމުގެ ޤާނޫނުތައް ހަދަނީ ކާކުތޯ އާމެދު އަހަރެން އެއްގޮތަކަށްވެސް ފިކުރުބޮޑެއް ނުވާނަމެވެ."

01 މެއި ގައި ޖޫލީ ރޮތުސްޗައިލްޑު (Julie) އުފަންވިއެވެ.  

ޖޯރޖް ވޮޝިންޓަން (George Washington) ގެ ކެބިނެޓުގައި އިން އެމީހުންގެ އޭޖެންޓު ކަމުގައިވާ އެލެކުޒަންޑަރ ހެމިލްޓަން (Alexander Hamilton) މެދުވެރިކޮށް ރޮތުސްޗައިލްޑު ޢާއިލާއަށް ޤައުމެއްގެ ފައިސާ ކޮންޓުރޯލް ކުރުމުގެ ފުރުޞަތު ފަހިކުރެވުނެވެ. އެއީ، "ދަ ފަސްޓު ބޭންކު އޮފު ދި ޔުނައިޓެޑު ސްޓޭޓުސް" ގެ ނަމުގައި އެމެރިކާގައި މަރުކަޒީ ބޭންކެއް އުފެއްދި ހިނދުގައެވެ. މި ބޭންކު އުފެއްދުނީ 20 އަހަރުދުވަހު ހިންގުމުގެ ޙައްޤާއެކުގައެވެ.

މި މަރުކަޒީ ބޭންކުގެ ޙަޔާތުގެ ފުރަތަމަ ފަސް އަހަރު ތެރޭގައި، އެމެރިކާގެ ސަރުކާރުން 000،200،8 ޑޮލަރު އެ ބޭންކުން ދަރަންޏަށް ނެގިއެވެ. އެއާ ގުޅިގެން އެޤައުމުގައި ތަކެތީގެ އަގުތައް %72 އަށް އުފުލުނެވެ. އިސްރާފު ގޮތެއްގައި ނެގި މި ދަރަނިތަކާއި، އަދި ތަކެތީގެ އަގުތައް އުފުލުމާމެދު އެމެރިކާގެ އޭރުގެ ސެކުރެޓަރީ އޮފު ސްޓޭޓު ތޯމަސް ޖެފަރޝަން މިފަދައިން ބުންޏެވެ.

[ދަރަންޏަށް ފައިސާ ނެގުމަށް ޤާނޫނު އަސާސީއިން މަރުކަޒީ ސަރުކާރަށް މިހާރު ދީފައިވާ ބާރު އެމީހުންގެ ކިބައިން ނިގުޅައިގަނެވޭނެ އެއް އިޞްލާޙް ޤާނޫނު އަސާސީއަށް ގެނެވޭނެ ނަމައޭ އަހުރެންގެ ހިތަށް އަރައެވެ.]  

ހެންރިއެޓު (ޖެއްޓީ) ރޮތުސްޗައިލްޑު (Henriette (Jette)) މިއަހަރު އުފަންވިއެވެ. އޭނާ ބޮޑުވެގެން ކައިވެނިކުރީ މޯސަސް މޮންޓެފިއޯރޭ (Moses Montefiore) އާއެވެ. އިނގިރޭސި ޔަހޫދީންގެ ނައިބުންގެ ބޯރޑުގެ ރައީސްކަން އޭނާ 1835 އިން 1874 އަށް ކުރިއެވެ.

މެޔަރ ރޮތުސްޗައިލްޑުގެ ދަރިންކުރެ އެންމެފަހުގެ ދަރި ޖޭކަބް (ޖޭމްސް) މެޔަރ ރޮތުސްޗައިލްޑު 15 މެއި ގައި އުފަންވިއެވެ.

އަމްސްކެލް މެޔަރ ރޮތުސްޗައިލްޑު، އީވާ ހެނޯ (Eva Hanau) އާ ކައިވެނިކުރިއެވެ.

[ޕުރޫފުސް އޮފު އެ ކޮންސްޕިރަސީ އެގެއިންސްޓު އޯލް ދަ ރެލިޖަންސް އެންޑު ގަވަރންމެންޓުސް އޮފު ޔޫރަޕު ކެރީޑު އޮން އިން ދަ ސީކުރެޓު މީޓިންގުސް އޮފު ފުރީމޭސަންސް، އިލޫމިނާޓީ އެންޑު ރީޑިންގ ސޮސައިޓީޒް" (ޔޫރަޕުގެ ހުރިހައި ދީންތަކާއި، ސަރުކާރުތަކާ އިދިކޮޅަށް، ފުރީމޭސަންސްއާއި، އިލޫމިނާޓީންނާއި، އަދި ރީޑިންގ ސޮސައިޓީތަކުގެ ސިއްރު ބައްދަލުވުންތަކުގައި އެމީހުން ކުރިއަށް ގެންގޮސްފައިވާ ނުބައި ރޭވުންތަކުގެ ހެކިތައް) ގެ ނަމުގައި ޖޯން ރޮބިސަން (John Robison) ފޮތެއް ލިޔުނެވެ. ޔުނިވަރސިޓީ އޮފު އެޑިންބަރާގެ ޕުރޮފެސަރެއް ކަމުގައިވާ، އަދި އޭނާގެ ޒަމާނުގެ އެންމެ ކުރިއަށްތިބި މުފައްކިރުންގެ ތެރޭގައި ހިމެނޭ މީހެއްކަމުގައިވާ ޕުރޮފެސަރު ރޮބިސަން، ރޮތުސްޗައިލްޑާއި އިލޫމިނާޓީންގެ މުޅި ރޭވުމުގެ ތަފުޞީލުތައް މި ފޮތުގައި ކިޔައިދީފައިވެއެވެ. ޕުރޮފެސަރ ރޮބިސަން ވަނީ 1783 ގައި ރޯޔަލް ސޮސައިޓީ އޮފު އެޑިންބަރާގެ ޖެނެރަލް ސެކުރެޓަރީގެ މަޤާމަށްވެސް އިންތިޚާބުވެފައެވެ.

ފުރީމޭސަންރީ ޙަރަކާތުގެ ސްކޮޓިޝް ރައިޓުގެ (ސްކޮޓިޝް ގޮފީގެ) މަތީ ދަރަޖައިގެ މޭސަނެއްގެ ގޮތުގައި އޭނާ އުޅުނު ގޮތް ޕުރޮފެސަރ ރޮބިސަން މިފޮތުގައި ކިޔައިދީފައިވެއެވެ. އަދި ޔޫރަޕަށް ދިއުމަށް އޭނާއަށް ވައިސޯޕުޓު ދިން ދަޢުވަތު ޤަބޫލުކޮށް ޔޫރަޕަށް ދިއުމުން، ވައިސޯޕުޓުގެ ސިއްރު ރޭވުމުގެ މުރާޖަޢާ ކުރެވިފައިވާ ކޮޕީއެއް އޭނާއަށް ދިން ވާހަކަ ޕުރޮފެސަރގެ ފޮތުގައި އޭނާ ކިޔައިދީފައިވެއެވެ. އެރޭވުމާ ޕުރޮފެސަރ އެއްބަސްވާކަމަށް ދެއްކިއެއްކަމަކު، ޕުރޮފެސަރ ރޮބިސަން އެ ރޭވުމަކާ ޙަޤީޤަތުގައި އެއްބަހެއް ނުވެއެވެ. އެހެންކަމުން އެކަން ބޭޒާރު ކޮށްލުމަށްޓަކައި މަތީގައި ބުނެވުނު ފޮތް އޭނާ ޝާއިޢުކުރިއެވެ. ބަވޭރިއާ ސަރުކާރުން އިލޫމިނާޓީންގެ ޙަރަކާތްތަކާ ބެހޭ ގޮތުން ހިންގި ތަޙްޤީޤާއި، ފަރަންސޭސި އިންޤިލާބާ ބެހޭ ތަފުޞީލުތައް ވެސް އެ ފޮތުގައި ހިމަނައިފައިވެއެވެ. (ނުނިމޭ)

ކޮމެންޓު