ad_banner
ޝައިޠާނާގެ ކަނީސާ (3)

އަޙުމަދު ފަޔާޒު ޙަސަން

20 ޑިސެންބަރު 2025

ފަންނުތަކާއި، ޢިލްމުވެރިކަމާއި، ތަޢުލީމާއި، ސައިންސާއި، މާލިއްޔަތާއި، ޞިނާޢީ ދާއިރާގެ އެންމެ ވިސްނުންތޫނު މީހުންގެ ތެރެއިން އުޖޫރަދެވޭ 000،2 މުއައްޒަފުންވެސް ވައިސޯޕްޓް ހަމަޖެއްސިއެވެ. މީސްތަކުން ކޮންޓްރޯލް ކުރުމަށްޓަކައި ތިރީގައިވާ އުސްލޫބުތައް ބޭނުންހިފުމަށް އެމީހުންނަށް އިރުޝާދު ދެވެއެވެ.

1.        ހުރިހާ ސަރުކާރުތަކެއްގެވެސް އެކި ފެންވަރުގެ މަތީ މަޤާމްތަކުގައި މިހާރުވެސް ތިބި މީހުންނާއި، މަސައްކަތްތެރިކަމުގެ ތަފާތު ދަނޑުތަކުގައި ބަސްކިޔާ މީހުންގެ ކޮންޓްރޯލް އެމީހުންގެ އަތްމައްޗަށް ގެނައުމަށް މާލީ އަދި ޖިންސީ ރިޝްވަތުގެ ވަސީލަތް ބޭނުންކުރުން. މީގެ މަޤްޞަދަކީ، އިލޫމިނާޓީންގެ ދޮގުތަކާއި، މަކަރާއި، ވަސްވާސްތަކަށް ނުފޫޒުހުރި މީހުން ހެއްލުމުން، ސިޔާސީ އަދި އެނޫން ބާވަތްތަކުގެ ބްލެކްމޭލާއި، މާލީ ގޮތުން އެމީހުން ހަލާކު ކޮށްލާނެކަމުގެ ބިރު ދައްކައިގެންނާއި، ޢާންމުކޮށް ބަދުނާމު ކުރާނެކަމުގެ ބިރު ދައްކައިގެންނާއި، އާމްދަނީގެ ގޮތުން ގެއްލުންދޭނެ ކަމުގެ ބިރު ދައްކައިގެންނާއި، އަދި އެމީހުންނާއި އެމީހުންގެ ޢާއިލާގެ މެންބަރުން މަރާނެކަމުގެ ބިރު ދައްކައިގެން އެމީހުން ތާއަބަދު އަޅުވެތިކޮށްގެން ގެންގުޅުމެވެ.

2.        ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކުއްލިއްޔާތަކަށް އަންގާފައިވަނީ އާދަޔާޚިލާފު ޒިހްނީ ޤާބިލުކަން ހުންނަ، އަދި ބައިނަލްއަޤްވާމީ ފިކުރުތަކަށް ލެނބިފައިވާ، ހެޔޮގޮތުގައި ތަރުބިއްޔަތު ކުރެވިފައިވާ ޢާއިލާތަކަށް ނިސްބަތްވާ ދަރިވަރުންނާ ގުޅުން ޤާއިމްކުރުމަށެވެ. އަދި އެފަދަ ދަރިވަރުންނަށް، އިންޓަރނޭޝަނަލިޒަމްގެ ފިކުރުން ޚާއްޞަ ތަމްރީންތައް ލިބިދިނުމަށް ހުށަހެޅުމަށެވެ. އިންޓަރނޭޝަނަލިޒަމް ގެ ފިކުރަކީ، އަބަދުއަބަދު އާވެ އާލަވަމުންދާ ހަނގުރާމަތަކާއި، ހަމަނުޖެހުންތަކާއި، ފަސާދަތަކަށް ނިމުމެއް ގެނެވޭނެ ހަމައެކަނި ގޮތަކީ މުޅި ދުނިޔޭގައި އެއް ސަރުކާރެއް އޮތުންކަމަށް ދަޢުވާކުރާ ނަޒަރިއްޔާއެވެ. އިލޫމިނާޓީން ޚިޔާރުކުރާ ދަރިވަރުންނަށް މިފަދަ ތަމްރީންތައް ދޭން ހަމަޖެހިފައިވަނީ އެމީހުންނަށް ސްކޮލަރޝިޕްތައް ދީގެންނެވެ.

3.        އިލޫމިނާޓީންގެ ކޮންޓްރޯލްގެ ދަށަށް އައުމަށް ތާށިކުރެވިފައިވާ ހުރިހާ ނުފޫޒުހުރި މީހުންނާއި، އަދި ޚާއްޞަ ގޮތުން ތަޢުލީމާއި ތަމްރީން ދެވިފައި ތިބޭ ދަރިވަރުން، ހުރިހާ ސަރުކާރުތަކެއްގެ ފަހަތުގައި ފަރުދާގެ ފުރަގަހުން މާހިރުންގެ ގޮތުގައާއި ސްޕެޝަލިސްޓުންގެ ސިފައިގައި އޭޖެންޓުންގެ ގޮތުގައި ބޭތިއްބުން. މިގޮތަށް ކަންތައް ކުރެވެނީ، އިލޫމިނާޓީންގެ، މުޅި ދުނިޔޭގައި އެއް ސަރުކާރެއް ބޭއްވުމުގެ މަޝްރޫޢާ ގުޅޭ ސިއްރު ރޭވުންތަކަށް އެކަނި ދުރު ރާސްތާގައި މަގުފަހިކޮށްދޭނެ ސިޔާސަތުތައް ތަންފީޒުކުރުމަށް އިސް މަޤާމްތަކުގައި ތިބޭ މީހުންނަށް ލަފާ ދިނުމަށްޓަކައެވެ. އަދި މިގޮތުން، އެމީހުން ޚިދްމަތް ކުރުމަށް އިންތިޚާބު ކުރެވިފައިވާ، ނުވަތަ ޢައްޔަންކުރެވިފައިވާ ސަރުކާރުތަކާއި ދީންތައް ހަލާކު ކުރުމެވެ.

4.        ނޫސްވެރިކަމުގެ މުޠުލަޤު ކޮންޓްރޯލް އެމީހުންގެ އަތަށް ގެނައުން. ނޫސްވެރިކަމަކީ، އެޒަމާނުގައި ޢާންމުންނަށް މަޢުލޫމާތު ފޯރުކޮށް ދިނުމަށް އޮތް މާސް ކޮމިއުނިކޭޝަންސްގެ ހަމައެކަނި މީޑިއާއެވެ. މިކަމުގެ މަޤްޞަދަކީ، މުޅި ދުނިޔޭގެ އެއް ސަރުކާރުގެ ނިޒާމަކުން މެނުވީ ދުނިޔޭގެ ގިނަގުނަ އަދި ފާޑު ތަފާތުވެގެންވާ މައްސަލަތަކަށް ޙައްލު ހޯދާ ނުދެވޭނެކަން މީސްތަކުންނަށް އަންގައިދިނުމަށްޓަކައި ހުރިހާ ޚަބަރަކާއި މަޢުލޫމާތެއް ލަންބާލާފައި ބެހެއްޓުމެވެ.

16 ސެޕްޓެމްބަރ ގައި ނަތާން މެޔަރ ރޮތުސްޗައިލްޑް އުފަންވިއެވެ.

02 ޖުލައި ގައި އިސަބެއްލާ ރޮތުސްޗައިލްޑް (Isabella) އުފަންވިއެވެ.

29 އޮގަސްޓުގައި ބަބެޓް ރޮތުސްޗައިލްޑް (Babette) އުފަންވިއެވެ.

ފަރަންސޭސި އިންޤިލާބު ތަންފީޒުކުރުމުގެ ކަންތައް ފުރަތަމައިނުން ފޮތެއްގެ ސިފައިގައި ފަށައިގަތުމަށް، އެޑަމް ވައިސޯޕްޓް، މެކްސިމިލިއެން ރޮބެސްޕިއެރ (Maximilien Robespierre) އަށް އަމުރުކުރިއެވެ. މިފޮތް ލިޔެފައިވަނީ ވައިސްޕޯޓުގެ ބައިވެރިއެއް ކަމުގައިވާ ޒެވިއަރ ޒްވެކް (Xavier Zwack) އެވެ. މިފޮތް ފުރެންކްފަރޓުން ޕެރިހަށް ފޮނުވުނީ މީހަކު އަތަށް ދީފައެވެ. ނަމަވެސް ދަތުރުގެ މަގުމަތީގައި ފޮތް ހިފައިގެންދިޔަ މީހާގެ ގަޔަށް ހޮނުއަޅައިގެން އޭނާ މަރުވީއެވެ. ފަރަންސޭސި އިންޤިލާބު ގެނައުމުގެ ރޭވުން ލިޔެވިފައިވާ ފޮތް ޕެރިހުގެ ފުލުހުންނަށް ފެނިގެން އެފޮތް ބަވޭރިއާގެ ކަމާބެހޭ އިދާރާތަކާ ޙަވާލު ކުރެވުނެވެ.

ނަތީޖާއެއްގެ ގޮތުން، ވައިސޯޕްޓްގެ ގްރޭންޑް އޮރިއެންޓުގެ މޭސަނިކް ލޮޖްތަކަށާއި، އޭނާގެ އެންމެ ނުފޫޒުގަދަ ބައިވެރިންގެ ގެތަކަށް ޙަމަލާ ދިނުމަށް ބަވޭރިއާގެ އިދާރާތަކުން އަމުރު ނެރުނެވެ. ސާފުކޮށް އެނގޭ ގޮތުގައި، މިފެނުނު ފޮތަކީ ނުފޫޒުހުރި އަމިއްލަ ބައެއްގެ ކިބައިން ކުރިމަތިވެދާނެ ވަރަށް ޙަޤީޤީ ބިރެއްކަމުގައި ބަވޭރިއާގެ އިދާރާތަކުން ޤަބޫލުކުރިއެވެ. ބަވޭރިއާގެ އިދާރާތަކަށް އެނގުނުގޮތުގައި އެމީހުން ރާވާފައިވަނީ، އެމީހުންގެ މަޤްޞަދުތައް ޙާޞިލު ކުރުމަށްޓަކައި، ހަނގުރާމަތަކާއި އިންޤިލާބުތައް ބޭނުން ކުރުމަށެވެ.

ބަވޭރިއާގެ ސަރުކާރުން އިލޫމިނާޓީ ޙަރަކާތް މަނާކޮށް، ބަވޭރިއާގައި ހުރި ގްރޭންޑް އޮރިއެންޓުގެ ހުރިހާ ލޮޖްތަކެއް ބަންދުކުރިއެވެ.

މެޔަރ އަމްސްކެލް ރޮތުސްޗައިލްޑް، ސްކިފު (Schiff) ޢާއިލާއާއެކު އޭނާ ޙިއްޞާކުރާ ފުރެކްފަރޓުގެ ފަސް ބުރި ޢިމާރާތަކަށް އޭނާގެ ޢާއިލީ ގެ ބަދަލުކުރިއެވެ.

"ދި އޮރިޖިނަލް ރައިޓިންގްސް އޮފު ދި އޯޑަރ އެންޑް ސެކްޓް އޮފު ދި އިލޫމިނާޓީ" (އިލޫމިނާޓީ ފިރުޤާއާއި، މަޒުހަބުގެ އަޞްލު ލިޔުންތައް) ގެ ނަމުގައި ނެރެވުނު ލިޔުމެއްގައި، އިލޫމިނާޓީންގެ ރޭވުމުގެ ތަފުޞީލުތައް ބަވޭރިއާގެ ސަރުކާރުން ޝާއިޢު ކުރިއެވެ. އެއަށްފަހު، ޔޫރަޕުގެ ހުރިހާ ސަރުކާރުތަކަކާއި، ފައްޅިތަކެއްގެ އިސް ވެރިންނަށް އެމީހުން މި ލިޔުން ފޮނުވިއެވެ. ނަމަވެސް ޔޫރަޕްގެ ސަރުކާރުތަކުންނާއި، ފައްޅިތަކުން މި ލިޔުމަކަށް ފަރުވާލެއް ނުބެހެއްޓިއެވެ.

24 އޭޕްރިލް ގައި ކަލްމަން (ކާރލް) މެޔަރ ރޮތުސްޗައިލްޑް (Kalmann (Carl) Mayer) އުފަންވިއެވެ.

ބަވޭރިއާ ސަރުކާރުގެ އިންޒާރާ މެދު ޔޫރަޕު މީހުން ޣާފިލުވުމުގެ ސަބަބުން، މިއަހަރުން ފެށިގެން 1793 އާ ހަމައަށް ފުރިހަމަވި، އިލޫމިނާޓީން ހިންގި ފަރަންސޭސި އިންޤިލާބުގެ ރޭވުން ކާމިޔާބުވިއެވެ. މި އިންޤިލާބަކީ މަރުކަޒީ ބޭންކުގެ ވިޔަފާރި ހިންގާ ކޮންމެ މީހެއްގެ ހުވަފެނެކެވެ. ސަބަބަކީ، އޭގެ ސަބަބުން އާ ޤާނޫނު އަސާސީއެއް އުފެދި، ރޯމަން ކެތަލިކް ފައްޅިން ޓެކްސް ނެގުން މަނާ ކުރާ، އަދި ޓެކްސް ނެގުމުން ފައްޅި އިސްތިސްނާވުން ހުއްޓުވާ ޤާނޫނުތައް އެ އިންޤިލާބުގެ ސަބަބުން ފާސްވެގެންދިއުމެވެ.

މެޔަރ އަމްސްކެލް ރޮތުސްޗައިލްޑް ބުންޏެވެ:

"ޤައުމެއްގެ ފައިސާ ޗާޕުކޮށް ނެރުމާއި، އެ ފައިސާ ކޮންޓްރޯލް ކުރުމުގެ ހުއްދަ އަހަންނަށް ދޭށެވެ؛ އޭރުން އެ ޤައުމުގެ ޤާނޫނުތައް ހަދަނީ ކާކުތޯ އާމެދު އަހަރެން އެއްގޮތަކަށްވެސް ފިކުރުބޮޑެއް ނުވާނަމެވެ."

01 މެއި ގައި ޖޫލީ ރޮތުސްޗައިލްޑް (Julie) އުފަންވިއެވެ.  

ޖޯރޖް ވޮޝިންޓަން (George Washington) ގެ ކެބިނެޓުގައި އިން އެމީހުންގެ އޭޖެންޓް ކަމުގައިވާ އެލެކްޒަންޑަރ ހެމިލްޓަން (Alexander Hamilton) މެދުވެރިކޮށް ރޮތުސްޗައިލްޑް ޢާއިލާއަށް ޤައުމެއްގެ ފައިސާ ކޮންޓްރޯލް ކުރުމުގެ ފުރުޞަތު ފަހިކުރެވުނެވެ. އެއީ، "ދަ ފަސްޓް ބޭންކް އޮފު ދި ޔުނައިޓެޑް ސްޓޭޓްސް" ގެ ނަމުގައި އެމެރިކާގައި މަރުކަޒީ ބޭންކެއް އުފެއްދި ހިނދުގައެވެ. މި ބޭންކް އުފެއްދުނީ 20 އަހަރުދުވަހު ހިންގުމުގެ ޙައްޤާއެކުގައެވެ.

މި މަރުކަޒީ ބޭންކުގެ ޙަޔާތުގެ ފުރަތަމަ ފަސް އަހަރު ތެރޭގައި، އެމެރިކާގެ ސަރުކާރުން 000،200،8 ޑޮލަރު އެ ބޭންކުން ދަރަންޏަށް ނެގިއެވެ. އެއާ ގުޅިގެން އެޤައުމުގައި ތަކެތީގެ އަގުތައް %72 އަށް އުފުލުނެވެ. އިސްރާފު ގޮތެއްގައި ނެގި މި ދަރަނިތަކާއި، އަދި ތަކެތީގެ އަގުތައް އުފުލުމާމެދު އެމެރިކާގެ އޭރުގެ ސެކްރެޓަރީ އޮފު ސްޓޭޓް ތޯމަސް ޖެފަރޝަން މިފަދައިން ބުންޏެވެ.

"ދަރަންޏަށް ފައިސާ ނެގުމަށް ޤާނޫނު އަސާސީއިން މަރުކަޒީ ސަރުކާރަށް މިހާރު ދީފައިވާ ބާރު އެމީހުންގެ ކިބައިން ނިގުޅައިގަނެވޭނެ އެއް އިޞްލާޙް ޤާނޫނު އަސާސީއަށް ގެނެވޭނެ ނަމައޭ އަހުރެންގެ ހިތަށް އަރައެވެ."

ހެންރިއެޓް (ޖެއްޓީ) ރޮތުސްޗައިލްޑް (Henriette (Jette)) މިއަހަރު އުފަންވިއެވެ. އޭނާ ބޮޑުވެގެން ކައިވެނިކުރީ މޯސަސް މޮންޓެފިއޯރޭ (Moses Montefiore) އާއެވެ. އިނގިރޭސި ޔަހޫދީންގެ ނައިބުންގެ ބޯރޑުގެ ރައީސްކަން އޭނާ 1835 އިން 1874 އަށް ކުރިއެވެ.

މެޔަރ ރޮތުސްޗައިލްޑުގެ ދަރިންކުރެ އެންމެފަހުގެ ދަރި ޖޭކަބް (ޖޭމްސް) މެޔަރ ރޮތުސްޗައިލްޑް 15 މެއި ގައި އުފަންވިއެވެ.

އަމްސްކެލް މެޔަރ ރޮތުސްޗައިލްޑް، އީވާ ހެނޯ (Eva Hanau) އާ ކައިވެނިކުރިއެވެ.

"ޕްރޫފުސް އޮފު އެ ކޮންސްޕިރަސީ އެގެއިންސްޓް އޯލް ދަ ރެލިޖަންސް އެންޑް ގަވަރންމެންޓްސް އޮފު ޔޫރަޕް ކެރީޑް އޮން އިން ދަ ސީކްރެޓް މީޓިންގްސް އޮފު ފުރީމޭސަންސް، އިލޫމިނާޓީ އެންޑް ރީޑިންގ ސޮސައިޓީޒް" (ޔޫރަޕުގެ ހުރިހާ ދީންތަކާއި، ސަރުކާރުތަކާ އިދިކޮޅަށް، ފުރީމޭސަންސްއާއި، އިލޫމިނާޓީންނާއި، އަދި ރީޑިންގ ސޮސައިޓީތަކުގެ ސިއްރު ބައްދަލުވުންތަކުގައި އެމީހުން ކުރިއަށް ގެންގޮސްފައިވާ ނުބައި ރޭވުންތަކުގެ ހެކިތައް) ގެ ނަމުގައި ޖޯން ރޮބިސަން (John Robison) ފޮތެއް ލިޔުނެވެ. ޔުނިވަރސިޓީ އޮފު އެޑިންބަރާގެ ޕްރޮފެސަރެއް ކަމުގައިވާ، އަދި އޭނާގެ ޒަމާނުގެ އެންމެ ކުރިއަށްތިބި މުފައްކިރުންގެ ތެރޭގައި ހިމެނޭ މީހެއްކަމުގައިވާ ޕްރޮފެސަރ ރޮބިސަން، ރޮތުސްޗައިލްޑާއި އިލޫމިނާޓީންގެ މުޅި ރޭވުމުގެ ތަފުޞީލުތައް މި ފޮތުގައި ކިޔައިދީފައިވެއެވެ. ޕްރޮފެސަރ ރޮބިސަން ވަނީ 1783 ގައި ރޯޔަލް ސޮސައިޓީ އޮފު އެޑިންބަރާގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމަށްވެސް އިންތިޚާބުވެފައެވެ.

ފުރީމޭސަންރީ ޙަރަކާތުގެ ސްކޮޓިޝް ރައިޓްގެ (ސްކޮޓިޝް ގޮފީގެ) މަތީ ދަރަޖައިގެ މޭސަނެއްގެ ގޮތުގައި އޭނާ އުޅުނު ގޮތް ޕްރޮފެސަރ ރޮބިސަން މިފޮތުގައި ކިޔައިދީފައިވެއެވެ. އަދި ޔޫރަޕަށް ދިއުމަށް އޭނާއަށް ވައިސޯޕްޓް ދިން ދަޢުވަތު ޤަބޫލުކޮށް ޔޫރަޕަށް ދިއުމުން، ވައިސޯޕްޓްގެ ސިއްރު ރޭވުމުގެ މުރާޖަޢާ ކުރެވިފައިވާ ކޮޕީއެއް އޭނާއަށް ދިން ވާހަކަ ޕްރޮފެސަރގެ ފޮތުގައި އޭނާ ކިޔައިދީފައިވެއެވެ. އެރޭވުމާ ޕްރޮފެސަރ އެއްބަސްވާކަމަށް ދެއްކިއެއްކަމަކު، ޕްރޮފެސަރ ރޮބިސަން އެ ރޭވުމަކާ ޙަޤީޤަތުގައި އެއްބަހެއް ނުވެއެވެ. އެހެންކަމުން އެކަން ބޭޒާރު ކޮށްލުމަށްޓަކައި މަތީގައި ބުނެވުނު ފޮތް އޭނާ ޝާއިޢުކުރިއެވެ. ބަވޭރިއާ ސަރުކާރުން އިލޫމިނާޓީންގެ ޙަރަކާތްތަކާ ބެހޭ ގޮތުން ހިންގި ތަޙްޤީޤާއި، ފަރަންސޭސި އިންޤިލާބާ ބެހޭ ތަފުޞީލުތައްވެސް އެފޮތުގައި ހިމަނާފައިވެއެވެ.

ހަމަ މިއަހަރުގެ ޖުލައި 19 ގައި، ހާވަރޑް ޔުނިވަރސިޓީގެ ރައީސް ޑޭވިޑް ޕެޕެން (David Pappen)، އެމެރިކާގެ ސިޔާސީ ދާއިރާއަށާއި ދީނަށް އިލޫމިނިޒަމް ގެ ސަބަބުން ފޯރަމުންދާ ނުފޫޒުތަކާމެދު އެއަހަރު ދަސްވެނިވި ދަރިވަރުންނަށް ތަޤްރީރެއް ކުރިއެވެ.

ޢުމުރުން އެކާވީސް އަހަރުގައި ނަތާން މެޔަރ ރޮތުސްޗައިލްޑް ފުރެންކްފަރޓް ދޫކޮށް އިނގިރޭސިވިލާތަށް ހިޖުރަކުރިއެވެ. އޭނާގެ ބައްޕަ އޭނާއަށް ދިން ގިނަ ޢަދަދެއްގެ ފައިސާ ބޭނުންކޮށްގެން އޭނާ ލަންޑަނުގައި ބޭންކެއް ޤާއިމްކުރިއެވެ.

1800އިން 1899 އަށް

1800 ގައި ފުރާންސުގައި ބޭންކް އޮފު ފުރާންސް ޤާއިމް ކުރެވުނެވެ. ނަޕޯލިއަނަށް ވިސްނުނު ގޮތުގައި މިނިވަން ފުރާންސެއްގެ މާނައަކަށްވާނީ ދަރަނިތަކުން ސަލާމަތްވެގެންވާ ފުރާންސެކެވެ. އަދި އޭނާ ވިދާޅުވިއެވެ.

"ދޭ އަތް ވަނީ ނަގާ އަތުގެވެސް ތެރޭގައެވެ. ފައިސާއަށް އެއްވެސް ވަޠަނެއް ނުވެއެވެ. ފައިސާ ދަރަންޏަށް ދޫކުރާ މީހުންނަކީ އެއްވެސް ޤައުމީ ލޯތްބެއް، އަދި އަޚްލާޤިއްޔާތެއް ނެތް ބައެކެވެ. އެމީހުންގެ ހަމައެކަނި އަމާޒަކީ ނަފާ ނެގުމެވެ."

މިއަހަރު ސެލޮމަން މެޔަރ ރޮތުސްޗައިލްޑް، ކެރޮލިން ސްޓާރން (Caroline Stern) އާ ކައިވެނި ކުރިއެވެ.

1806ގައި ނަޕޯލިއަންގެ އަމާޒަކީ ހެއްސޭ-ކަސެލްގެ ޚާންދާން ވެރިކަމުގެ ތެރެއިން ނެރެ، ދުނިޔޭގެ ބާރުގަދަ ޤައުމުތަކުގެ ލިސްޓުން އެނަން ފޮހެލުންކަމުގައި އޭނާ ބަޔާންކުރިއެވެ. މިއަޑު އަހާފައި ހެއްސޭ-ހެނޯގެ އަމީރު ވިލިއަމް 9 ޖަރުމަނުވިލާތް ދޫކޮށް ޑެންމާކަށް ހިޖުރަކުރިއެވެ. އަދި 000،000،3 މިލިއަން ޑޮލަރުގެ އަގުހުރި އޭނާގެ މިލްކިއްޔާތު ބެލެހެއްޓުމަށް މެޔަރ އަމްސްކެލް ރޮތުސްޗައިލްޑާ ޙަވާލުކުރިއެވެ.

ލަންޑަނުގެ މުއްސަނދި ވިޔަފާރިވެރިއެއްގެ ދަރިއެއް ކަމުގައިވާ ހަންނާ ބެރެންޓް ކޯހެން (Hannah Barent Cohen) އާ ނަތާން މެޔަރ ރޮތުސްޗައިލްޑް ކައިވެނިކުރިއެވެ.

1801އިން 1809 އަށް އެމެރިކާގެ ރައީސްކަން ކުރެއްވި ތިންވަނަ ރައީސް، ތޯމަސް ޖެފަރޝަން (Thomas Jafferson)، މީޑިއާގެ ޚިޔާނާތްތެރިކަމާއި، ފަސާދަވެރިކަމާ މެދު އެނގުނު ފުރަތަމަ ޙަޤީޤީ މަޢުލޫމާތު ހާމަކޮށްދެއްވިއެވެ.

"ނޫސްތަކުން މިހާރު ފެންނަ އެއްވެސް އެއްޗެއް ޤަބޫލު ކުރެވޭކަށް ނެތެވެ. ތަޣައްޔަރުވެފައިވާ އެ ސަވާރީއަށް ލުމުން ތެދު ޙަޤީޤަތަކީވެސް ޝައްކު ކުރެވޭ އެއްޗަކަށް މިއަދު ވެއްޖެއެވެ. ދޮގު މަޢުލޫމާތު ފެތުރުމުގެ ކަންތައް ފެތުރިފައިވާލެއް ފުޅާކަމުގެ ޙަޤީޤި މިންވަރު ދެނެގަނެވޭނީ ހަމައެކަނި ޙަޤީޤަތްތަކާ ކުރިމަތިލައި، މިއަދުގެ ދޮގުތަކާ މުޤާބިލާ ކުރެވޭފަދަ ޙާލަތްތަކުގައި ތިބި ޢިލްމުވެރިންނަށް އެކަންޏެވެ.

ކޮމެންޓު