ad_banner
ޖަލާލަތުގެ އިސްމުފުޅުގެ އަކުރުތަކުގެ އަޖައިބުވަންތަކަން(5)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

17 ޑިސެންބަރު 2025

(2025 ޑިސެންބަރު 10ގެ ޢަދަދާ ގުޅޭ)

 ބައްދަލުވުމުގެ ނަލަކަން

ލަފުޒުލްޖަލާލަތި "ﷲ"ގެ އަކުރުތައް ތަކުރާރުވުމުގެ ބައްޓަމާއި مُحمَّد - صلى الله عليه وسلّم ގެ ނަންފުޅުގެ އަކުރުތައް  ތަކުރާރުވުމުގެ ބައްޓަމުގެ ބައްދަލުވުމަކީ ވަރަށް ނަލަ ބައްދަލުވުމެކެވެ.  ﷲ ޢައްޒަ ވަ ޖައްލަގެ އިސްމުފުޅާއި އެކަލާނގެ އަޅާ އަދި ނަބިއްޔާ مُحمَّد - صلى الله عليه وسلّم ގެ ނަންފުޅު ކީރިތި ޤުރްއާނުގައި ބައްދަލުވެފައި ވަނީ ވަރަށް އަޖައިބުވަނިވި ގޮތަކަށެވެ. ޝަހާދަތުގެ ދެ ކަލިމަ: لا إله إلَّا اللَّه مُحمَّد رسول اللَّه – ގެ ގުލްޒާރުގައެވެ.  ތައުޙީދުގެ ކަލިމަފުޅު: لا إله إلَّا اللَّهއާ އެކު، مُحمَّد رسول އައިސްފައިވާ ރިވެތި ބައްޓަމަށް ބަލާށެވެ! ﷲ ތަޢާލާގެ ޢިނާޔަތް (مُحمَّد رسول) ވަށައިލައިފައިވާ ގޮތަށް ބަލާށެވެ!

 އިސްލާމްކަމުގެ ހެކިބަހަކީ: لا إله إلَّا اللَّه مُحمَّد رسول اللَّه އެވެ.

މި ކަލިމައިގައި އޮތީ 9 އަކުރެވެ: لإهمحدرس - و

އިސްލާމްކަމުގެ ހެކިބަހުގެ (ޝަހާދަތުގެ ދެ ކަލިމައިގެ) އަކުރުތަކުގެ އަލިފުބާ ތަރުތީބަށް ބަލާށެވެ!

އަކުރު

ل

إ

ه

م

ح

د

ر

س

و

ޖުމްލަ

އަލިފުބާ ތަރުތީބު ވަނަ

23

1

26

24

6

8

10

12

27

137

 

 

 

އިސްލާމްކަމުގެ ހެކިބަހުގެ އަކުރުތަކުގެ އަލިފުބާ ތަރުތީބު ވަނަތަކުގެ ޖުމްލައަކީ  137 އެވެ. އެއީ = 114 + 23

އެއީ  ޤުރްއާނުގެ ސޫރަތްތަކުގެ އަދަދު + ވަޙީ ބާވައިލެއްވި އަހަރުތަކުގެ އަދަދު

ލަފްޒުލްޖަލާލަތި " ﷲ " އާއި  މުޤައްޠަޢާތު އަކުރުތައް 

ލަފްޒުލްޖަލާލަތި " ﷲ " ގެ އަކުރުތަކާއިގެން އެހެން މައިދާނަކަށް ނުކުމެލަމާހިނގާށެވެ! ލަފްޒުލްޖަލާލަތި " ﷲ " ގެ އަކުރުތަކަކީ ތަޢުޙީދުގެ ކަލިމަ ((لا إله إلا اللَّه)ގެ ވެސް އަކުރުތަކެވެ. 

މި ފަށުވި އެތުރުމަށް ވިސްނާލަމާ!

-      މުޤައްޠަޢާތު އަކުރުތަކުގެ ތެރޭގައި އަލިފު ތަކުރާރުވެފައިވަނީ 13 ފަހަރުއެވެ.މިއީ ފުރައަދަދެކެވެ.

-      މުޤައްޠަޢާތު އަކުރުތަކުގެ ތެރޭގައި ލާމު ތަކުރާރުވެފައިވަނީ 13 ފަހަރުއެވެ.މިއީ ފުރައަދަދެކެވެ.

-      މުޤައްޠަޢާތު އކުރުތަކުގެ ތެރޭގައި ހާ ތަކުރާރުވެފައިވަނީ 2 ފަހަރުއެވެ.އެއީ ފުރައަދަދެކެވެ.

-      މުޤައްޠަޢާތު އަކުރުތަކުގެ ތެރޭގައި އަލިފު ތަކުރާރުވެފައިވަނީ 13 ފަހަރުއެވެ. 

-      ލަފްޒުލްޖަލާލަތި " ﷲ " ގެ އަކުރުތައް (ا ل هـ) ތަކުރާރުވެފައިވާ އަދަދުގެ ޖުމްލައަކީ : 13 + 13 + 2 = 28 މިއީ އަލިފުބާގެ އަކުރުތަކުގެ  އަދަދެވެ.

-      ލަފްޒުލްޖަލާލަތި " ﷲ " ގެ އަކުރުތައް (ا ل ل هـ) ތަކުރާރުވެފައިވާ އަދަދުގެ ޖުމްލައަކީ 

13 + 13 + 13 + 2 = 41  މިއީ ވެސް ފުރައަދަދެކެވެ.

މި އަދަދުތަކުގެ ދެވަނަ ބާރުގެ ޖުމްލައަކީ 132 + 132 + 22  =  342 އެވެ. އެއީ 114 × 3 އެވެ.

މި ހަތަރު އަދަދުގެ ދެވަނަ ބާރުގެ ޖުމްލައަކީ 132  + 132 + 132 + 22  =  511  މިއީ 73 × 7

ވިސްނެވިންތޯ؟

- 41   އަކީ މުޤައްޠަޢާތު އަކުރުތަކުގައި ލަފްޒުލްޖަލާލަތި " ﷲ " ގެ އަކުރުތައް ތަކުރާރުވެފައިވާ އަދަދެވެ.

-  73 އަކީ ލަފްޒުލްޖަލާލަތި "ﷲ"ގެ އަކުރުތަކުގެ އަލިފުބާ ތަރުތީބުގެ ޖުމްލައެވެ.

- މިދެ އަދަދުގެ ޖުމްލަ  41+ 73 = 114 އަކީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެއަދަދެވެ. 

اللَّهم

-      މުޤައްޠަޢާތު އަކުރުތަކުގެ ތެރޭގައި އަލިފު ތަކުރާރު ވެފައިވަނީ 13 ފަހަރުއެވެ. އެއީ ފުރައަދަދެކެވެ. 

-      މުޤައްޠަޢާތު އަކުރުތަކުގެ ތެރޭގައި ލާމު ތަކުރާރު ވެފައިވަނީ 13 ފަހަރުއެވެ. އެއީ ފުރައަދަދެކެވެ.

-      މުޤައްޠަޢާތު އަކުރުތަކުގެ ތެރޭގައި ހާ ތަކުރާރު ވެފައިވަނީ 2 ފަހަރުއެވެ. އެއީ ފުރައަދަދެކެވެ.

-      މުޤައްޠަޢާތު އަކުރުތަކުގެ ތެރޭގައި މީމު ތަކުރާރު ވެފައިވަނީ 17 ފަހަރުއެވެ. އެއީ ފުރައަދަދެކެވެ.

-      މުޤައްޠަޢާތު އަކުރުތަކުގެ ތެރޭގައި "اللهم"ގެ އަކުރުތައް ތަކުރާރުވެފައިވާ އަދަދަކީ 58 އެވެ.އެއީ 29 + 29 އެވެ.

-      29  އަކީ  މުޤައްޠަޢާތު އަކުރުތަކުން ފެށޭ ސޫރަތްތަކުގެ އަދަދެވެ.

-       29 އަކީ ލަފްޒުލްޖަލާލަތި " ﷲ " އައިސްފައިނުވާ ސޫރަތްތަކުގެ އަދަދެވެ.

-      މުޤައްޠަޢާތު އަކުރުތަކުގެ ތެރޭގައި ލަފްޒުލްޖަލާލަތި " ﷲ " ގެ އަކުރުތައް ތަކުރާރުވެފައިވާ އަދަދަކީ 41 އެވެ.

-      މުޤައްޠަޢާތު އަކުރުތަކުގެ ތެރޭގައި "اللَّهُمَّ" ގެ އަކުރުތައް ތަކުރާރުވެފައިވާ އަދަދަކީ 58 އެވެ.

-       41 + 58 = 99 . މިއީ ﷲ ތަޢާލާގެ ރިވެތި އިސްމުފުޅުތަކުގެ އަދަދެވެ. 

ލަފުޒުލްޖަލާލަތި "ﷲ"ގެ ތިން އަކުރާ މެދު ވިސްނައިލަމާ

-      މުޤައްޠަޢާތު އަކުރުތަކުގައި އަލިފު ތަކުރާރުވެފައިވަނީ 13 ފަހަރުއެވެ.

-      މުޤއްޠަޢާތު އަކުރުތަކުގައި ލާމު ތަކުރާރުވެފައިވަނީ 13 ފަހަރު އވެ.

-      މުޤައްޠަޢަތު އަކުރުތަކުގައި ހާގެ ތަރުތީބީ ވަނައަކީ 13 އެވެ.

-      އަލިފުބާ އަކުރުގެ ތަރުތީބުގައި ހާގެ ވަނައަކީ 26 އެވެ. އެއީ 13 × 2  އެވެ.

-      ފުރައަދަދުގެ ލިސްޓުގައި 41 ގެ ތަރުތީބަކީ  13 އެވެ.

-      މުޤައްޠައާތު އަކުރުތަކުގައި  ލަފުޒުލްޖަލާލަތި " ﷲ " ގެ އަކުރުތައްތަކުރާރުވެފައިވަނީ 41 ފަހަރުއެވެ.

ސުވާލެއް

 ކީރިތި ޤުރްއާނުގައި މުޤައްޠަޢާތު އަކުރުތަކުން ފެށިފައިވާ  ސޫރަތްތަކުން ފެންނަ ގޮތުގައި

-       "الم"އިން ފެށިފައިވާ 6 ސޫރަތް ވެއެވެ.

-      "الر"އިން ފެށިފައިވާ 5 ސޫރަތް ވެއެވެ.

-      "المص"އިން ފެށިފައިވާ އެއް ސޫރަތް ވެއެވެ.

-      "المر"އިން ފެށިފައިވާ އެއް ސޫރަތް ވެއެވެ.

މިއިން އެނގެނީ މުޤައްޠަޢާތުގެ ފެށުންތަކުގައި "الـ" 13 ފަހަރު ތަކުރާރުވެފައިވާ ކަމެވެ. މި ދެ އަކުރު އައިސްފައިވަނީ ގުޅި ލައިމެހިގެންނެވެ.

ކީރިތި ޤުރްއާނުގައި އެންމެ ގިނައިން ތަކުރާރުވެފައިވާ އަކުރަކީ އަލިފެވެ. ދެވަނައަށް ލާމެވެ.

ކީރިތި ޤުރްއާނުގައި އެންމެ ގިނައިން ތަކުރާރުވެފައިވާ ކަލިމައަކީ "ﷲ"އެވެ. އެހެންވީމާ ލަފްޒުލްޖަލާލަތި "ﷲ"ގެ "الـ"ގެ ދެ އަކުރަކީ މުޤައްޠަޢާތުކަމުގައި ބެލިދާނެހެއްޔެވެ؟ 

 ﷲގެ އިސްމުފުޅާ 13އާ ހުރި ގުޅުން

މި ގުޅުމުގައި ޙައިރާންކުރަނިވި އަޖައިބެއް ވެއެވެ.

ލަފުޒުލްޖަލާލަތި "ﷲ" ޤުރްއާނުގައި ތަކުރާރުވަފައިވާ މަސްއަލައަށް މުސްލިމުން ފުރަތަމަ ސައްތައިގައި ސަމާލުކަން ދީފިއެވެ.

ކީރިތި ޤުރްއާނުގައިވާ އެންމެ މުހިންމު ކަލިމައަކީ "ލަފްޒުލްޖަލާލަތި "ﷲ"އެވެ.

ﷲގެ ފޮތުގައި އެންމެ ގިނައިން ތަކުރާރުވެފައިވަނީ މި ކަލިމައެވެ.

އަރަބިބަހުގެ ބަސްފޮތްތައް ގިނަގުނަވެ ސިންދަފާތުވެފައިވާ އިރުގައި ވެސް ލަފުޒުލްޖަލާލަތި "ﷲ" ކީރިތި ޤުރްއާނުގައި 2704 ފަހަރު ތަކުރާރުވެފައިވާ ވާހަކަ އެކަކު ވެސް ބުނެފައެއް ނުވެއެވެ. ކުރީގެ ބޭކަލުން ލަފްޒުލްޖަލާލަތި އަދަދުކުރެއްވުމުގައި ބައްލަވައިފައިވަނީ ދެ ކަލިމައަކަށެވެ. އެއީ "اللَّه"އަށާއި "للَّه"އަށެވެ. "اللَّهم"އަށް ސަމާލުކަންދެއްވައިފައެއް ނުވެއެވެ. އެ ބޭކަލުން މި ކަލިމައަށް ސަމާލުކަން ނުދެއްވީ އެ ކަލިމައިގައި މީމެއް އިތުރުވާތީކަމަށް ވެދާނެއެވެ. މި މަންޠިޤުން ބަލާ އިރު "للَّه"ގައި އެއް އަކުރު މަދުނޫންތޯއެވެ؟    

މާތް ﷲ މިއަދު މިވަނީ ޙަޤީޤަތުގެ އިރަށް، އެރުމުގެ އިޒުނަފުޅު ދެއްވައިފައެވެ.

ކީރިތި ޤުރްއާނުގައި ލަފްޒުލްޖަލާލަތި 2704 ތަކުރާރުވެފައިވާކަން މިއަދު ވަނީ ކަށަވަރުވެފައެވެ. މި އަދަދަކީ:  13 × 13 × 2 × 8 އެވެ.

ޙިސާބިއްޔާތުގެ ޢިލްމުގައި މި ޢަދަދު މި އަންނަ ގޮތަށް ބަޔާންކޮށްލެވިދާނެއެވެ.

ކީރިތިޤުރްއާނުގައި ލަފްޒުލްޖަލާލަތި "ﷲ" ތަކުރާރުވެފައިވާ އަދަދު 2704 = ( މުޤައްޠަޢާތު އަކުރުތަކުގައި އަލިފު ތަކުރާރުވެފައިވާ އަދަދު ) × (މުޤައްޠަޢާތު އަކުރުތަކުގައި ލާމު ތަކުރާރުވެފައިވާ  އަދަދު )  × ( މުޤައްޠަޢާތު އަކުރުތަކުގައި ހާ ތަކުރާރުވެފައިވާ އަދަދު)) × 8 އެވެ.

އެއީ =   13       ×         13          ×        2          × 8

އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އިބަރަސްކަލާނގެއީ ހުރިހައި ކަމެއްގައި އެކަހެރިވަންތަ އެއްކައުވަންތަ ރަސްކަލާނގެއެވެ.

އިބަރަސްކަލާނގެ އިސްމުފުޅުގައި، މި އިސްމުފުޅުގެ އަކުރުތަކުގައި، ލިޔުމުގައި، ތަރުތީބުގައި، ގެތުމުގައި،  ބައްޓަމުގައި ވެސް ހަމަ އެކަހެރިވަންތައެވެ. ލާސާނީއެވެ. ލާމަސީލެވެ.

 އެކަލާނގެއީ ޒާތުފުޅުގައި އަދި ސިފަފުޅުތަކުގައި އެއްކައުވަންތަ ރަސްކަލާނގެއެވެ.

އިބަރަސްކަލާނގެއީ ރަސްވަންތަކަމުގައި ޚަލްޤުކުރެއްވުމުގައި ތަދުބީރުކުރެއްވުމުގައި ބައިވެރިއަކު ނުވާ ރަސްކަލާނގެއެވެ.

(ނިމުނީ)

ކޮމެންޓު