ad_banner
ޝައިޠާނާގެ ކަނީސާ (2)

އަޙުމަދު ފަޔާޒު ޙަސަން

15 ޑިސެންބަރު 2025

ޝައިޠާނާގެ ކަނީސަތު - ޔަހޫދީންގެ މަކަރު

(2025 ޑިސެންބަރު 5ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)   

އެ މީހުން އެ ގޮތަށް ކަންތައް ކުރަނީ ކީއްވެގެންހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ވަރަށް ސާދާއެވެ. ޤައުމެއްގެ އިޤްތިޞާދުގެ ތެރޭގައި ދައުރުވާ ފައިސާގެ ޢަދަދަކީ 000،000،5 ކަމުގައިވަނީ ނަމަ، މަޝްރޫޢުގެ ފުރަތަމަ މަރުޙަލާގައި މަރުކަޒީ ބޭންކެއް އުފައްދައިފައި އެ ބޭންކުން އިތުރު 000،000،15 ޗާޕުކޮށް، ލޯނުތަކުގެ ސިފައިގައި ފަދަ ގޮތްގޮތަށް އެ ފައިސާ އިޤްތިޞާދުގެ ތެރެއަށް ފޮނުވާލައިފި ނަމަ، ބޭންކު އުފެއްދުމުގެ ކުރީން ދައުރުކުރަމުން އައި 000،000،5 ގެ އަގު ޠަބީޢީ ގޮތުން ދަށްވެގެންދާނެއެވެ. ސަބަބަކީ، ފުރަތަމަ ނެރުނު 000،000،5 އެއީ އޭރުގެ އިޤްތިޞާދުގެ %100 ކަމުގައި ވީނަމަވެސް، މިހާރު އެއީ އިޤްތިޞާދުގެ އެންމެ %25 ކަމަށްވާތީއެވެ. މީގެ އިތުރަށް، ބޭންކުން އިތުރަށް ޗާޕުކުރި 000،000،15އާ އެކު އިޤްތިޞާދުގެ ތެރޭގައި ދައުރުކުރަމުންދާ ފައިސާގެ %75 ކޮންޓުރޯލު ވެސް ބޭންކަށް ލިބޭނެއެވެ.

މީގެ ސަބަބުން މުދަލުގެ އަގު މަތިވެއެވެ. މިކަމުގެ ނަތީޖާއަކީ، އިޤްތިޞާދުގެ ތެރެއަށް މާގިނަ ފައިސާ ދޫކުރުމުގެ ސަބަބުން ޢާންމު މީހާގެ އަތުގައި ހުންނަ ފައިސާގެ އަގު ހަމައެކަނި ދަށްވުމެވެ. އެއީ މަރުކަޒީ ބޭންކުން ޒިންމާވާ އިޤްތިޞާދަކަށް ވުމާއެކުގައެވެ. އާދައިގެ މީހާގެ އަތުގައި ހުންނަ ފައިސާއަކީ ދަށް އަގެއް ލިބޭ އެއްޗެއް ކަމުގައިވީހިނދު، އޭނާގެ ވިޔަފާރި ހިންގުމަށްޓަކައި އެހީތެރިވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ލޯނެއް ނެގުން ފަދަ ކަންތައްތަކަށް އޭނާ ދާންޖެހޭނީ ބޭންކަށެވެ. އަދި މަރުކަޒީ ބޭންކުން ހިތްހަމަޖެހޭ ވަރަށް މިގޮތަށް ދަރަނިވެރިވެފައިވާ މީހުން ޤައުމުގައި ގިނަވުމުން، އިތުރު ލޯނު ދޫ ނުކުރުމުގެ ވަސީލަތުން މަރުކަޒީ ބޭންކުން މަނީ ސަޕްލައި ތާށިކުރާނެއެވެ. މިއީ މަޝްރޫޢުގެ ދެވަނަ ފިޔަވައްސެވެ.

ތިންވަނަ ފިޔަވައްސަކީ، ދަރަނިވެރިވެފައިވާ މީހުން އިފުލާސްވަންދެން އިންތިޒާރުގައި ބަލަހައްޓައިގެން ތިބުމެވެ. އެއީ، އެމީހުންގެ އަތުގައި ހުރި ޙަޤީޤީ ހަރުމުދާތަކާއި، ވިޔަފާރިތަކާއި، ގެދޮރާއި، ބިންތަކުގެ އަގެއްގެ ގޮތުގައި މަދު ލާރިކޮޅެއް ދީގެން ޖަހައިގަތުމުގެ ފުރުޞަތު ބޭންކަށް ފަހި ކުރުމަށްޓަކައެވެ. މުދަލުގެ އަގު މަތިވުމަކުން ދުވަހަކުވެސް މަރުކަޒީ ބޭންކަކަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެއެވެ. ޙަޤީޤަތަށް ބުނާނަމަ، މުދަލުގެ އަގު މަތިވުމުގެ ސަބަބުން މަންފާކުރާ ހަމައެކަނި ބަޔަކީ އެއީއެވެ. ސަބަބަކީ، ފައިސާ މަދުވެއްޖެނަމަ، އެމީހުންނަށް އިތުރަށް ހަމަ ފައިސާ ޗާޕުކޮށްލެވޭނެތީއެވެ.

 1744 އިން 1798 އަށް

ފެބްރުއަރީ 3ގައި، އަސްކެނާޒީ ޔަހޫދީއެއް ކަމުގައިވާ މެޔަރ އަމްސްކެލް ބަވަރ (Mayer Amschel Bauer)، ޖަރުމަނުވިލާތުގެ ފުރޭންކްފަރޓުގައި އުފަންވިއެވެ. އެއީ ފައިސާ ދަރަންޏަށް ދޫކުރާ މީހެއް، އަދި އެކައުންޓިންގ ކުންފުންޏެއް ހިންގާ މީހެއް ކަމުގައިވާ މޯސަސް އަމްސްކެލް ބަވަރ (Moses Amschel Bauer) ގެ ދަރިއެކެވެ. އޭނާގެ އެކައުންޓިންގ އޮފީހުގެ ދޮރުމަތީގައި މޯސަސް އަމްސްކެލް ބަވަރ ނިޝާނެއް ބަހައްޓާފައި ހުރެއެވެ. އެ ނިޝާނަކީ ރަތްކުލައިގެ ހަފިޔަ ތަރިއެއްގެ ރަމްޒެކެވެ. ޖިއޮމެޓްރީގެ ގޮތުންނާއި، ވިޔައިގެ ގޮތުން ބަލައިފިނަމަ މި ނިޝާން ރަމްޒުކޮށްދެނީ ޢަދަދު 666 އެވެ. އޭގެ ދެ ޤަރުނު ފަހުން، ރޮތުސްޗައިލްޑުގެ އިރުޝާދަށް އެ ނިޝާން އިސްރާއީލުގެ ދައުލަތުގެ ދިދައިގައި ބޭންދޭނެއެވެ.

1753ގައި އަސްކެނާޒީ ޔަހޫދީއެއް ކަމުގައިވާ، އަދި މޭޔަރ އަމްސްކެލް ބަވަރގެ ކުރިމަގުގެ އަންހެނުން ކަމުގައިވާ ގުޓްލޭ ސްނެޕަރ (Gutle Schnaper) އުފަންވިއެވެ. އެއީ އިޙްތިރާމް ލިބިފައިވާ ސާދާގަރެއް ކަމުގައިވާ ވުލްފު ސެލޮމަން ސްނެޕަރ (Wolf Salomon Schnaper)ގެ ދަރިއެކެވެ.

މި ދިހަ އަހަރުގެ ތެރޭގައި މެޔަރ އަމްސްކެލް ބަވަރ، އޮޕެންހައިމަރ ޢާއިލާއިން ޖަރުމަނުވިލާތުގެ ހެނޮވަރ ގައި ހިންގަމުންދިޔަ ބޭންކެއްގައި ވަޒީފާ އަދާކުރިއެވެ. އެއާއެކު އެ ބޭންކުގެ ޖޫނިއަރ ޕާރޓްނަރަކަށް އޭނާ ވިއެވެ. ބޭންކުގައި ވަޒީފާ އަދާކުރަމުންދިޔަ ދުވަސްވަރުގައި އޭނާއާ ޖެނެރަލް ފޮން އެސްޓޯރފު (von Estorff) އާ ދެމެދުގައި ރައްޓެހިކަން އުފެދުނެވެ.

ބަވަރ ގެ ބައްޕަ މަރުވުމާ ގުޅިގެން، ބައްޕަގެ ވިޔަފާރިގެއާ ޙަވާލުވުމަށް އޭނާ ފުރެންކްފަރޓަށް އެނބުރިދިޔައެވެ. ރަތް ކުލައިގެ ހަފިޔަ ތަރީގެ މުހިންމުކަން އޭނާއަށް ވިސްނުނެވެ. އެއާއެކު އޭނާގެ ނަން ބަވަރ އިން ރޮތުސްޗައިލްޑަށް ބަދަލުކުރިއެވެ. އެއީ، އެމީހުންގެ އޮފީހުގެ ދޮރު މަތީގައި ހުރި ނިޝާނަށް، ނުވަތަ ޢަދަދު 666 އަށް ނިސްބަތްވާ ނަމެކެވެ. (ޖަރުމަނު ބަހުން "ރޮޓް" ގެ މާނައަކީ "ރަތް" އެވެ. އަދި "ސްކިލްޓް" ގެ މާނައަކީ "އައްޑަނަ" ނުވަތަ "ނިޝާން"އެވެ.)

އޭނާގެ އާ، މެޔަރ އަމްސްކެލް ރޮތުސްކައިލްޑް ގެ ޝަޚްޞިއްޔަތުގެ ދަށުން، ހެއްސޭ-ހަނޯ (Hesse-Hanau) ގެ އަމީރު ވިލިއަމް (9 ވަނަ)އިގެ ދަރުބާރާ، ޖެނެރަލް ފޮން އެސްޓޯރފު މިހާރު ގުޅިފައިވާކަން މޭޔަރަށް އެނގުނެވެ. މި ޚާންދާނަކީ ޔޫރަޕުގެ އެންމެ މުއްސަނދި ޝާހީ ޚާންދާންތަކުގެ ތެރެއިން އެއް ޚާންދާނެވެ. މި ޚާންދާނުގެ މުއްސަނދިކަން އެ މީހުން ހޯދީ ބޮޑެތި ފައިދާތަކަށް އެ މީހުންގެ ސިފައިން އެހެން ޤައުމުތަކަށް ކުއްޔަށް ދޫކޮށްގެންނެވެ. (މި ޙަރަކާތަކީ، އަދުގެ ދުނިޔޭގައި ވެސް، މުޅި ދުނިޔޭގައި އ.ދ. ގެ ޞުލްޙަ ބަލަހައްޓާ ފައުޖުތަކުގެ ގޮތުގައި ހިނގަމުންދާ ކަމެކެވެ.)

މިހެންކަމުން، އަގުބޮޑު ފައިސާފޮއްޗާއި، ޖަވާހިރު، ކުޑަ އަގެއްގައި ޖެނެރަލަށް ވިއްކުމުގެ ބަހަނާގައި ރޮތުސްޗައިލްޑް އަލުން ޖެނެރަލާ ގުޅުން ބަދަހިކުރިއެވެ. އޭނާ ރާވައިފައިވާ ގޮތަށް، އާޚިރުގައި ރޮތުސްޗައިލްޑް ޚުދު އަމީރު ވިލިއަމަށް ތަޢާރަފުކޮށްއެރުވުނެވެ. ޑިސްކައުންޓް އަގެއްގައި ރޮތުސްޗައިލްޑް ވިއްކާން ހުށަހަޅާ ތަދު ފައިސާފޮތިތަކާއި، ގަހަނާތަކާ މެދު އަމީރު ހުންނެވީ ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގެންނެވެ. އަދި އަމީރުގެ މަގުދެއްކެވުމުގެ ސަބަބުން ރޮތުސްޗައިލްޑަށް މަގުފަހިވާ ކޮންމެ ވިޔަފާރިއަކުން އަމީރަށް ކަމިޝަނެއް ދިނުމަށްވެސް ރޮތުސްޗައިލްޑް ހުށަހެޅިއެވެ.

އާޚިރުގައި ރޮތުސްޗައިލްޑް އަމީރު ވިލިއަމްގެ ވަރަށް އަރިސް އެކުވެރިއަކަށް ވިއެވެ. އެއާ އެކު އަމީރު ވިލިއަމާއި، ވެރިކަމުގެ ކޮއިލު ތެރޭގެ އެކި މެންބަރުންނާ އެކު އޭނާ ވިޔަފާރީގެ މުޢާމަލާތްތައް ހިންގާންފެށިއެވެ. އޭނާއަށް ވަރަށް އަވަހަށް ވިސްނުނު ގޮތުގައި ވަކި ފަރުދުންނަށް ދަރަނި ދޫކުރުމަށް ވުރެ، ސަރުކާރުތަކަށާއި، ޝާހީ ބޭފުޅުންނަށް ދަރަނި ދޫކުރުމަކީ މާ މަންފާ ބޮޑު ވުނަދާނައެކެވެ. ސަބަބަކީ، ލޯނުތަކުގެ ޢަދަދު ބޮޑުވުމާއި، އަދި އެ ލޯނުތައް ޤައުމުތަކުގެ ޓެކުސްތަކުން ކަށަވަރުވެފައިވުމެވެ.

އިނގިރޭސިވިލާތުގެ ރަސްގެފާނު ޖޯރޖް 2 ވަނައިގެ ކާފަ ދަރިކަލުންކަމުގައިވާ، ހެއްސޭ-ކަސެލް (Hesse-Cassel)ގެ އަމީރު  ވިލިއަމް 9 ގެ ގަނޑުވަރުގެ މަންދޫބުކަމުގައި މެޔަރ އަމްސްކެލް ރޮތުސްޗައިލްޑް ހަމަޖެހުނެވެ. މެޔަރ އަމްސްކެލް ރޮތުސްޗައިލްޑަކީ، ހަނޯގެ އަމީރު ވިލިއަމްގެ ޝާހީ އަމުރުފުޅުން، ގަނޑުވަރުގެ މަންދޫބު އެމް.އޭ. ރޮތުސްޗައިލްޑްކަމުގައި އިޢުލާންކުރާ ނިޝާނެއް އޭނާގެ ވިޔަފާރިގޭގެ ކުރިމަތީގައި ބެހެއްޓުމުގެ ހުއްދަ އަމީރު ވިލިއަމް ރޮތުސްޗައިލްޑަށް ދެއްވިއެވެ.

"އިލޫމިނާޓީ" ވުޖޫދަށް ގެނައުމުގެ މަޝްރޫޢު މެޔަރ އަމްސްކެލް ރޮތުސްޗައިލްޑް ކުރެހިއެވެ. އަދި އަސްކެނާޒީ ޔަހޫދީއެއްކަމުގައިވާ އެޑަމް ވައިސޯޕްޓް (Adam Weishaupt)އާ އެ ޖަމާޢަތް އިންތިޒާމްކޮށް ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރިއެވެ. އޭނައަކީ ބޭރުފުށުން ރޯމަން ކެތަލިކެއް ކަމުގައި ދެއްކިގެން އުޅޭ ކްރިޕްޓޯ ޔަހޫދީއެކެވެ. (ކްރިޕްޓޯ ޔަހޫދީންނަކީ، ޔަހޫދީން ނޫންކަމަށް ބޭރުފުށުން ދެއްކިގެން އުޅޭ ޔަހޫދީންނެވެ.) އިލޫމިނާޓީ ޖަމާޢަތް ބިނާކުރެވޭންޖެހެނީ ތަލްމޫދުގެ ޢަޤީދާގެ މައްޗަށެވެ. ތަލްމޫދަކީ ރައްބާނީ ޔަހޫދީންގެ ޢަޤީދާތަކުގެ މައްޗަށް ބިނާވެފައިވާ ފޮތެކެވެ. އެ ޖަމާޢަތުގެ ނަމަކަށްވާނީ "އިލޫމިނާޓީ"އެވެ. މިއީ ލުސިފޭރިއަން (ޝައިޠާނާއަށް އަޅުކަންކުރާ ފަލްސަފާއާ ގުޅޭ) އިޞްޠިލާޙެކެވެ. އެ އިޞްޠިލާޙުގެ މާނައަކީ "އަލި ބަލައްޓާ މީހުން"އެވެ.

އޮގަސްޓް 29ވަނަ ދުވަހު މެޔަރ އަމްސްކެލް ރޮތުސްޗައިލްޑް، ގުޓްލޭ ސްނެޕަރއާ ކައިވެނި ކުރިއެވެ.

އޮގަސްޓު 20ގައި ސްކެ؟ންކޭ ޖިއަނެޓް ރޮތުސްޗައިލްޑް (Sch?nche JeannetteRothschild) އުފަންވިއެވެ. އެއީ މެޔަރ އަމްސްކެލް ރޮތުސްޗައިލްޑުގެ ފަސް އަންހެން ދަރިންގެ ތެރެއިން ފުރަތަމަ އަންހެން ދަރިއެވެ. އޭނާ ކައިވެނީގެ ގޮތުން ގުޅުނީ ބެނެޑިކްޓް މޯސަސް ވޯރމްސް (Benedikt Moses Worms) އާއެވެ.

ޖޫން 12ގައި އަމްސްކެލް މެޔަރ ރޮތުސްޗައިލްޑް އުފަންވިއެވެ. އެއީ މެޔަރ އަމްސްކެލް ރޮތުސްޗައިލްޑުގެ ފަސް ފިރިހެން ދަރިންގެ ތެރެއިން ފުރަތަމަ ފިރިހެން ދަރިއެވެ. އޭނާގެ ފަހުން އޭނައާ ތަބާވި އޭނާގެ ހުރިހާ އަޚުންނާ އެއް ގޮތަށް، އަމްސްކެލް މެޔަރ ރޮތުސްޗައިލްޑް ޢާއިލާގެ ވިޔަފާރިއާ އޭނަގެ ޢުމުރުން އެންމެ ބާރަ އަހަރުގައި ގުޅުނެވެ.

ސެޕްޓެމްބަރު 09ގައި ސެލޮމަން މެޔަރ ރޮތުސްޗައިލްޑް (Salomon Mayer Rothschild) އުފަންވިއެވެ.

އެޑަމް ވައިސޯޕްޓް، މިއަހަރުގެ މެއި 01 ގައި އިލޫމިނާޓީ ޖަމާޢަތުގެ އޮނިގަނޑު ރަސްމީކޮށް ފުރިހަމަކުރިއެވެ. ޖަމާޢަތުގެ މަޤްޞަދެއް ކަމުގައިވީ ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ، އަދި ދީނީ ވަސީލަތްތައް ބޭނުންކޮށްގެން ޔަހޫދީނޫން މީސްތައް ބައިބައިކުރުމެވެ. ރޭވުމަކީ، ޔަހޫދީނޫން (ގޮޔިމް) މީހުންގެ އެކިއެކި އިދިކޮޅު ފަރާތްތަކަށް ހަތިޔާރުދީ، އެމީހުންގެ މެދުގައި ހަނގުރާމަކޮށްކޮށް ތިބޭނެ ފަދަ ހާދިސާތައް އުފެއްދުމެވެ. އަދި މީގެ އިތުރަށް، ޤައުމީ ސަރުކާރުތައް ހަލާކުކޮށްލައި، ދީނީ މުއައްސަސާތައް ހަލާކުކޮށްލައި، އަދި އާޚިރުގައި އެމީހުން އެއް ބަޔަކު އަނެއް ބަޔަކު ހަލާކުކޮށްލާނެ ފަދަ ޙާލަތްތައް އުފެއްދުމެވެ.

މި އިލޫމިނާޓީ ޢަޤީދާ ހިފައިގެން ވައިސޯޕްޓް ވަރަށް އަވަހަށް "ކޮންޓިނެންޓަލް އޯޑަރ އޮފު ފުރީމޭސަންސް" ގެ ތެރެއަށް ފޮރުވިފައިވާ ގޮތެއްގައި ވަނެވެ. އަދި އެމީހުންގެ ސިއްރު މަރުކަޒުތައް ކަމުގައިވާ ގްރޭންޑް އޮރިއެންޓުގެ މަރުކަޒުތައް (ލޮޖްތައް) ޤާއިމްކުރަން ފެށިއެވެ. މިކަން ކުރެވެމުންދަނީ މެޔަރ އަމްސްކެލް ރޮތުސްޗައިލްޑުގެ އަމުރަށް އަދި އޭނާ ޚަރަދުކޮށްގެންނެވެ. މިގޮތުން، ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރުހުރި ހުރިހާ މޭސަނިކް ލޮޖްތަކަށްވެސް (މަރުކަޒުތަކަށްވެސް) މި މަފުހޫމް އާޚިރުގައި ފެތުރިގެންދިޔައެވެ. (ނުނިމޭ)

ކޮމެންޓު