އަބާ މުޙަންމަދު
14 ޑިސެންބަރު 2025
އެޗް32ެއެން2 އިންފްލޫއެންޒާ ވައިރަހުގެ އާ ތަފާތަެރެއް: މި ފޮޓޯގައި މިވަނީ ވައިރަހުގައި ކުލަޖައްސައިފައި އިލެކްޓްރޯން މައިކްރޯގްރާފްއަކުން ނަގައިފައިވާ ފޮޓޯއެކެވެ. (ފޮޓޯ: National Geografic.com, CDC/SCIENCE PHOTO LIBRARY
ކޮންމެ އަހަރަކު ވެސް ދުނިޔޭގެ ގިނަ ގައުމުތަކުގައި ޚާއްޞަކޮށް އުތުރު އެމެރިކާގައި ރޯގާ މޫސުން އެންމެ ގޯސްވަނީ ޗުއްޓީ ދުވަސްވަރާ ދިމާކޮށެވެ. މިއީ އާންމު ކަމެކެވެ. އެކަމަކު އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު ޚާއްސަކޮށް ޑޮކްޓަރުންނާއި ދިރާސާވެރީންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
[މި އަހަރު އަޅުގަނޑުމެންނަށް ފާހަގަކޮށްލެވޭ ފަދަ ރޯގާ މޫސުމަކާ ކުރިމަތިވާނެއެވެ. އަދި އާންމުކޮށް އެހެން އަހަރުތަކުގައި ދިމާވާ ހާލަތަށް ވުރެ މި އަހަރުގެ ރޯގާ މޫސުމުގެ ހާލަތު ގޯސްވާނެކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބަ އޮތެވެ.] ވައިރަހުން ފެތުރޭ ބަލިބަލީގެ ޚާއްޞަ މާހިރެއްކަމަށްވާ އަދި ޔޭލް މެޑިސިންގެ ޗީފް މެޑިކަލް އޮފިސަރު ރިޗާޑް މާޓިނޭލޯ ވިދާޅުވިއެވެ.
ސަބަބަކީ ކޮބައިހެއްޔެވެ؟ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައުރުވަމުންދާ ވައިރަހުގެ މި ފަހަރުގެ ވައްތަރަށް ޙަޔަވީ ބަދަލުތަކެއް އައިސްފައިވާތީ، މީހުންނަށް ބަލިޖެއްސުން ފަސޭހަވެ، ރޯގާ ފެތުރުން އަވަސްވެއެވެ. ސަބަބަކީ [އަހަރެމެންގެ ހަށިގަނޑު ދިފާޢުކޮށްދޭ ސެލްތަކަށް (އެންޓިބޮޑީތަކަށް) އެހާ ރަނގަޅަށް މި ވައްތަރުގެ ވައިރަސް ނުފެންނާނެ]ކަމަށް ބްރިޓިޝް ކޮލަމްބިއާ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލްގެ ފިޒިޝަން-އެޕިޑެމިއޮލޮޖިސްޓް އަދި މި ބާވަތުގެ ރޯގާތަކުގެ ދިރާސާވެރިއެއްކަމަށްވާ ޑަނޫޓާ ސްކޮވްރޮންސްކީ ވިދާޅުވެ އެވެ. މި ބަދަލުތައް މި ވައިރަހަށް އައީ މި ކަމަށް ސަމާލުކަން ދިނުން މާ ބޮޑަށް ލަސްވެފައިވާތީއެވެ.
އެމެރިކާގައި މި ރޯގާގެ ރޭޓު މިހާރު ވެސް މައްޗަށް ދާން ފަށައިފައިވާ އިރު، ނޮވެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ޑޮކްޓަރަށް ދައްކާ ބަލިތަކުގައި ނޭވާލާ ނިޒާމުގެ ބަލިތައް (އޭގެ ތެރޭގައި ހުން އައުމާއި ކޯވިޑް-19 ހިމެނޭ) އިތުރުވެފައި ވެއެވެ. މިއީ ހަފުތާއެއްގެ ތެރޭގައި އިތުރުވި އިންސައްތައެކެވެ. މި ވައިރަސްތަކަކީ ވަރަށް ބޮޑަށް ފެތުރޭ ވައިރަސްތަކަކަށް ވާތީ، މި ނިސްބަތް އިތުރުވުމުގެ ފުރުސަތު ވެސް ވަރަށް ބޮޑެވެ.
އެހެންކަމުން އެކި ތަންތަނަށް ޗުއޓީއަށް ދާން ރާވާ އިރު، މި ފަދަ ރޯގާތަކަށް ސަމާލުކަން ދީގެން އަސާސީ ކަންކަން ރޭޥުން މުހިންމެވެ.
އެކަމަކު މިއަހަރުގެ ވެކްސިނަކީ މި އާ ވައިރަހާ އިދިކޮޅަށް ބޭނުންކުރާން އެ ހައި ފުރިހަމަ އެއްޗެއް ނޫން ނަމަވެސް، ތަޖުރިބާކާރުން ބާރުއަޅަނީ އަދިވެސް ވެކުސިން ހޯދުމުގެ އިތުރަށް އަޅުގަނޑުމެންނާ ކުރިމަތިވާ ވައިރަސްތަކާ ދެކޮޅަށް އެހެން ފިޔަވަޅުތައް އެޅުން މުހިންމު ކަމަށެވެ.
މައްސަލަ ބޮޑު މި ވައިރަހުގެ އާ ތަފާތަރު ހުރިހާ ތަނެއްގައި ވެސް ދަނީ ފެތުރެމުންނެވެ.
މި އާ ބަދަލުތަކާ މެދު ކަންބޮޑުވުންތައް އުފެދެން ފެށީ މި ހޫނު މޫސުމުގައި ކަމަށްވާއިރު، އެއީ ދުނިޔޭގެ ދެކުނު ތަނޑީގެ ގައުމުތަކަށް ފިނި މޫސުމެވެ. އެއީ އާންމުކޮށް ރޯގާ ފެތުރޭ މޫސުމެވެ. މިހާރު އޮސްޓްރޭލިއާ ރެކޯޑް އަދަދަކަށް ވޭދަނަތައް ފެނިފައިވާއިރު، ބްރެޒިލްގައި ރޯގާގެ ސީރިއަސް ހާލަތު ވަނީ 127 އިންސައްތަ އިތުރުވެފައެވެ.
މި ވައްތަރު ރޯގާގެ ވައިރަސްތައް އެހެން ވައިރަސްތަކަށް ވުރެ ގިނައިން އާވެ އާލާވާން ފަށަނީ އެ ވައިރަސްތަކުގެ ޖީންތައް އެކައްޗެއްގެ ގޮތުގައި ދެމި އޮތުމުގެ ބަދަލުގައި ވަކވަކި ބައިތަކެއްގެ ގޮތުގައި ގްރޫޕުގްރޫޕަށް ހުންނާތީއެވެ. މިއން ކޮންމެ ބައަކަށް ވެސް ފަސޭހައިން އެހެން ވައިރަސްތަކާ ބަދަލުކޮށްގެން އަމިއްލައަށް އިތުރު ވުމުގެ ފުރުބަތު އޮވެއެވެ. އެހެންކަމަށް ހަށިގަނޑަށް ވަންނަ މި ފަދަ ވައިރަސްތައް ދެނެގަންނާން ހަށިގަނޑުގެ ދިފާޢީ ނިޒާމުގައި ހުންނ އެންޑީބޮޑީޒްތަކަށް އުނދަގޫވަނީއެވެ. ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެން ބަލިވަނީއެވެ.
އެންމެ ފަހުން މި ފެތުރޭން ފެށި 'ސަބްކްލޭޑް ކޭ'ގެ ނަންދީފައިވާ މި ތަފާތަރު މުޅި ދުނިޔޭގައި ދައުރުވާން ވަނީ ފަށައިފައެވެ. [ދުނިޔޭގެ އުތުރު ތަނޑިއާއި ދެކުނު ތަނޑީގެ ރޯގާ ފެތުރޭ މޫސުންތަކާ ދެމެދު މި ވައިރަސް ފެތުރުމުގެ އަސަރުވެރިކަން ވަރަށް ބޮޑަށް އެބައޮތެވެ.] ނިއުޔޯކުގެ ކޮލަމްބިއާ ޔުނިވާސިޓީ އަރވިންގް މެޑިކަލް ސެންޓަރުގެ ޑޮކްޓަރު މާކަސް ޕެރެއިރާ ވިދާޅުވި އެވެ. [އެތަނުގައި ހުރި ކޮންމެ އެއްޗަކީ އެންމެ ފަހުން އަހަރެމެންނަށް މި ކަމަށް މަގުފަހިކުރާ އެއްޗެކެވެ. އަދި އޭގެ އަނެއްކޮޅަށް ވެސް މި ކަން އޮވެއެވެ.]
މި އަހަރު ފެތުރެމުންދާ މި ވައިރަސްގެ އާ ތަފާތަރަކީ މީހުންނަށް ބަލިޖެހުމަށް އެހާ އަސަރުވެރި ތަފާތަކަރަކަށް ވާތީ މިހާރުވެސް މީގެ ކުރިން ކުރިން ނުފެންނަ މިންވަރަށް ވަނީ ފެތުރޭން ފަށައިފައެވެ. އިނގިރޭސިވިލާތުގައި މީގެ މަސްތަކެއް ކުރިން ވަނީ މި ވައިރަސް ފެތުރޭން ފަށައިފައެވެ.
ބައެއް ލަފުޒުގެ މާނަ
ހަޔަވީ ނއ. ދިރޭ ތަކެއްޗާ ގުޅުން ހުރި genetic, biological
ރޯގާ ނ. (1) ހަލުއިކޮށް ފެތުރޭ ބަލިބަލި. epidemic, flu (2) އަރިދަފުސް common cold
އަސަރުވެރި ނއ. (1) ކަމެއްގެ އަސަރު ފޯރަނިވި. (2) ކަމަކުން ހާސިލުކުރާން ގަސްތުކުރާ ނުވަތަ އުންމީދުކުރާ ނަތީޖާ ނުކުންނަ Effective
ވައިރަސް ނ. އާދައިގެ މައިކުރޯސްކޯޕަށް ފެންނަ ވަރަށް ވުރެ ކުޑަ ޖަރާސީމެއް virus
ވެކުސިން ނ. ބަލިބަލިން ދިފާޢުވުމަށް ޓަކައި ދޭ ބޭހާއި ޖަހާ އިންޖެކްޝަން Vaccine
ވޭދަނަ ނ. (1) ސިއްހީ ނުވަތަ ތަހުގީގީ ނުވަތަ ގާނޫނީ މައްސަލައެއް ނުވަތަ ހާލަތެއްގައި ހިމެނޭ މީހާ. (2) ސިއްހީ ނުވަތަ ތަހުގީގީ ނުވަތަ ގާނޫނީ ދާއިރާއެއްގައި ބަލަމުންދާ މައްސަލަ. Case
ތަފާތަރު ނ. ވައިރަހުގެ އާ ވައްތަރުތައް variant (މިއީ މި މަގާލުގެ ބޭނުމަށް ލިޔުންތެރިޔާ ބޭނުންކުރި އާ ލަފުޒެކެވެ. ރަދީފަކު މި ލަފުޒެއް ނޯންނާނެއެވެ.)