ad_banner
ޖަލާލަތުގެ އިސްމުފުޅުގެ އަކުރުތަކުގެ އަޖައިބުވަންތަކަން (4)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

10 ޑިސެންބަރު 2025

އިސްމުލްޖަލާލާގެ ފުރިހަމަކަމާއެވެ!!!

(2025 ޑިސެންބަރު 3ވަނަ ދުވަހުގެ އަދަދާ ގުޅޭ)

އިސްތިސްނާ ޙާލަތު: 

ކީރިތި ޤުރްއާނުގެ 112 ސޫރަތުގައި (ا ل هـ)  ތަކުރާރުވެފައިވެއެވެ.

112ވަނަ ސޫރަތަކީ سورة الإخلاصއެވެ. މި ސޫރަތުގައި ތަޢާލާގެ އެއްކައުވަންތަކަމަށާއި މި އެއްކައުވަންތަކަމާ ގުޅޭ ބައެއް ޞިފަފުޅުތައް އައިސްފައިވެއެވެ.

العصر ސޫރަތާއި الفلق ސޫރަތުގައި هـ ނެތުމުން ލަފުޒުލްޖަލާލަތީ "ﷲ"ގެ ކުރެހުން މި ދެ ސޫރަތުގައި ފާޅުވެފައެއް ނުވެއެވެ.

މި ދެ ސޫރަތުގައި هـ ނެތީ ކީއްވެގެންހެއްޔެވެ؟ މި އަންނަ ޙަޤީޤަތްތައް ތިޔަ ސުވާލަށް ޖަވާބު އެބަ ދެއެވެ.

-      سورة العصرގެ އަކުރުތަކުގެ ޢަދަދަކީ 73 އެވެ.

-      سورة الفلقގެ އަކުރުތަކުގެ ޢަދަދަކީ 73 އެވެ.

-      ލަފްޒުލްޖަލާލަތި "ﷲ"ގެ އަކުރުތަކުގެ އަލިފުބާ ތަރުތީބުގެ ޖުމްލައަކީ 73 އެވެ.

سورة العصرއިން ފެށިގެން سورة الفلق ނިމުމާ ދެމެދުގައި ހުރި އަކުރުތަކުގެ ޖުމްލައަކީ 229 އެވެ.

سورة النساءގައި ލަފުޒުލްޖަލާލަތި "ﷲ"  229 ފަހަރު ތަކުރާރުވެފައިވެއެވެ. އެއީ މުޞްޙަފު ތަރުތީބުން ހަތަރުވަނަ ސޫރަތެވެ.

މުޞްޙަފު ތަރުތީބުގައި سورة العصرގެ ވަނައަކީ 103އެވެ. މިއީ ފުރައަދަދެކެވެ.

މުޞްޙަފު ތަރުތީބުގައި سورة الفلقގެ ތަރުތީބީ ވަނައަކީ 113އެވެ. މިއީ ފުރައަދަދެކެވެ.

 އަލްޢަޞްރު ސޫރަތުން ފެށިގެން ގޮސް ސޫރަތުލްފަލަޤު ނިމެންދެން އެ ދެމެދުގައިވާ ސޫރަތްތަކުގެ ޢަދަދަކީ 11 އެވެ. މިއީ ވެސް ފުރައަދަދެކެވެ.

މިސޫރަތްތަކުގައި ލަފްޒުލްޖަލާލަތި "ﷲ"  ފަސް ފަހަރު އައިސްފައި ވެއެވެ. މިއީ ފުރައަދަދެކެވެ.

މި  ސޫރަތްތަކުގެ މުޞްޙަފު ތަރުތީބީ ވަނަތަކުގެ ޖުމްލައަކީ 1188 އެވެ. އެއީ 99 + 99 × 11އެވެ. 99 އަކީ ﷲ ތަޢާލާގެ މަތިވެރި އިސްމުފުޅުތަކުގެ އަދަދެވެ.  11އަކީ ސޫރަތްތަކުގެ އަދަދެވެ.

މިއަށް ވުރެ އަޖައިބުކަން ބޮޑު އެހެން ކަމެއް އެބަ އޮތެވެ.

هـ ނެތް ދެ ސޫރަތަކީ العصر ސޫރަތާއި الفلق ސޫރަތެވެ. ލަފުޒުލްޖަލާލަތި "ﷲ"ގެ އަކުރުތަކުގެ ތެރޭގައި ހިމެނޭ އަނެއް ދެ އަކުރު އަލިފާއި ލާމު މި ދެ ސޫރަތުގައި 49 ފަހަރު ތަކުރާރުވެފައިވެއެވެ. އެއީ 7     × 7

 7 އިޝާރަތް ކުރަނީ ކޮން އެއްޗަކަށް ހެއްޔެވެ؟

ކީރިތި ޤުރްއާނުގައި އަކުރުތައް ތަކުރާރުވެފައިވާ ތަރުތީބަށް ބަލާއިރު  7 ވަނަ އަކުރަކީ هـ އެވެ.

އަލިފުބާގެ އަކުރުތަކުގެ ތެރެއިން العصر ސޫރަތާއި الفلق ސޫރަތުގައި އައިސްފައި ނުވާ އަލިފުބާގެ އަކުރުތައް ވެސް 7 އެވެ.

މި ހަތް އަކުރުގެ ތަރުތީބަށް ބަލައިލާނަމެވެ. އެއީ


އަކުރު

ج

ز

ض

ط

ظ

ك

هـ


ޖުމްލަ


އަލިފުބާ ތަރުތީބު

5

11

15

16

17

22

26

112

 

 

 

މި ހަތް އަކުރުގެ އަލިފުބާ ތަރުތީބުގެ ވަނަތަކުގެ ޖުމްލައަކީ 112އެވެ. މުޞްޙަފުގެ ސޫރަތްތަކުގެ ތަރުތީބުން 112 ވަނަ ސޫރަތަކީ سورة الإخلاصއެވެ.

العصر ސޫރަތާއި الفلق ސޫރަތުގައި އައިސްފައިވާ އަލިފުބާގެ އަކުރުތަކުގެ އަދަދަކީ 21 އެވެ. މި އަކުރުތަކުގެ އަލިފުބާ ތަރުތީބުގެ ޖުމްލައަކީ 294 އެވެ. އެއީ 7 × 7 × 6 އެވެ.

އަލިފުބާ ތަރުތީބުގައި 21ވަނަ އަކުރަކީ قއެވެ. މި ދެ ސޫރަތުގައި މި އަކުރު ތަކުރާރުވެފައިވަނި 7 ފަހަރުއެވެ.

العصر ސޫރަތާއި الفلق ސޫރަތުގައި އައިސްފައިނުވާ އަލިފުބާ އަކުރުތަކުގެ އަދަދަކީ ވެސް 7އެވެ.

މުޞްޙަފުގެ ފުރަތަމަ ސޫރަތް الفاتحة ސޫރަތުގައި އައިސްފައިނުވާ އަލިފުބާގެ އަކުރުތަކުގެ އަދަދަކީ ވެސް 7 އެވެ.

 ފުރަތަމަ – ދެވަނަ- ހަތްވަނަ

ލަފްޒުލްޖަލާތީގައި ހިމެނޭ ތިން އަކުރަށް ބަލާއިރު ކީރިތި ޤުރްއާނުގައި އެންމެ ގިނައިން ތަކުރާރުވެފައިވާ އަކުރަކީ އަލިފެވެ. ދެވަނައަށް އެންމެ ގިނައިން ތަކުރާރުވެފައިވާ އަކުރަކީ ލާމެވެ. ހާ ތަކުރާރުވެފައިވަނީ ހަތްވަނަ އަށެވެ. ލަފްޒުލްޖަލާލަތި "ﷲ" އިން މެނުވީ މި ތިން އަކުރުގެ މި ލާސާނީ ގެތުމެއް ނުފެންނާނެތެވެ. ތިބާގެ ނަމުގެއަކުރުތައް ނަގައިގެން މި ކަހަލަ ގެތުމެއް ގެތޭތޯ ތަޖްރިބާކޮށްލާށެވެ!

اللَّه.. مُحمَّد.. أحمد

ކީރިތިޤުރްއާނުގައި ރަސޫލާ rއަށް ދެ އިސްމުފުޅެއް މެނުވީ އައިސްފައެއް ނުވެއެވެ. އެއީ: مُحمَّد އާއި أحمد އެވެ. އެހެން ނަންތަކަކީ ނަންފުޅުތަކެއްނޫނެވެ. އެހެނަސް އެއީ ސިފަފުޅުތަކެކެވެ.

المدثِّرއާއި المزمِّلއަކީ ރަސޫލާ - صلى الله عليه وسلّم ގެ ނަންފުޅުތަކެއްނޫނެވެ. އެއީ ސިފަފުޅުތަކެކެވެ.  

طهއާއި يسއަކީ ވެސް ނަންފުޅުތަކެއް ނޫނެވެ. އެއީ މުޤައްޠަޢާތު އަކުރުތަކެކެވެ.

 

مُحمَّد ގެ އަކުރުތައް

މުޤައްޠަޢާތު އަކުރުތަކުގައި ތަކުރާރުވެފައިވާ އަދަދު

أحمد ގެ އަކުރުތައް

މުޤައްޠަޢާތު އަކުރުތަކުގައި ތަކުރާރުވެފައިވާ އަދަދު

ޖުމްލަ

م

17

أ

13

30

ح

7

ح

7

14

م

17

م

17

34

د

0

د

0

0

ޖުމްލަ

41

ޖުމްލަ

37

78

 

 

 

 

 

 

 

 

 

 

 

ވިސްނައިލަމާ!

ލަފްޒުލްޖަލާލަތި "ﷲ"ގެ އަކުރުތައް މުޤައްޠަޢާތު އަކުރުތަކުގައި ތަކުރާރުވެފައިވަނީ  41 ފަހަރުއެވެ. މިއީ ފުރައަދަދެކެވެ.

مُحمَّدގެ އަކުރުތައް މުޤައްޠަޢާތު އަކުރުތަކުގައި ތަކުރާރުވެފައިވަނީ 41 ފަހަރުއެވެ. މިއީ ފުރައަދަދެކެވެ.

أحمدގެ އަކުރުތައް މުޤައްޠަޢާތު އަކުރުތަކުގައި ތަކުރާރުވެފައިވަނީ 37 ފަހަރުއެވެ.

 ލަފްޒުލްޖަލާލަތި "ﷲ"ގެ އަކުރުތަކުގެ  އަލިފުބާ ތަރުތީބަކީ 73 އެވެ.

37އާއި 73ގައި އަދަދު ވަޅު މި ވަނީ ބަދަލުވެފައިކަން ފާހަގަކުރެވެއެވެ. މި ދެ އަދަދަކީ ވެސް ފުރައަދަދުތަކެކެވެ. 

41 + 73 = 114 އެވެ. މިއީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ އަދަދެވެ.

41 + 37 = 78 އެވެ. މިއީ ކީރިތި ޤުރްއާނުގެ މުޤައްޠަޢާތު އަކުރުތަކުގެ އަދަދެވެ.

 ބައްދަލުވުމުގެ ނަލަކަން

 ލަފްޒުލްޖަލާލަތި "ﷲ"ގެ އަކުރުތައް ތަކުރާރުވުމުގެ ބައްޓަމާއި مُحمَّد - صلى الله عليه وسلّم ގެ ނަންފުޅުގެ އަކުރުތައް ތަކުރާރުވުމުގެ ބައްޓަމުގެ ބައްދަލުވުމަކީ ވަރަށް ނަލަ ބައްދަލުވުމެކެވެ.  ﷲ ޢައްޒަ ވަ ޖައްލަގެ އިސްމުފުޅާއި އެކަލާނގެ އަޅާ އަދި ނަބިއްޔާ مُحمَّد - صلى الله عليه وسلّم ގެ ނަންފުޅު ކީރިތި ޤުރްއާނުގައި ބައްދަލުވެފައި ވަނީ ވަރަށް އަޖައިބުވަނިވި ގޮތަކަށެވެ. ޝަހާދަތުގެ ދެ ކަލިމަ: لا إله إلَّا اللَّه مُحمَّد رسول اللَّه –ގެ ގުލްޒާރުގައެވެ.  ތައުޙީދުގެ ކަލިމަފުޅު: لا إله إلَّا اللَّهއާ އެކު مُحمَّد رسول އައިސްފައިވާ ރިވެތި ބައްޓަމަށް ބަލާށެވެ! ﷲ ތަޢާލާގެ ޢިނާޔަތް (مُحمَّد رسول) ވަށައިލައިފައިވާ ގޮތަށް ބަލާށެވެ!

 އިސްލާމްކަމުގެ ހެކިބަހަކީ: لا إله إلَّا اللَّه مُحمَّد رسول اللَّه އެވެ.

 މި ކަލިމައިގައި އޮތީ 9 އަކުރެވެ: لإهمحدرس - و

އިސްލާމްކަމުގެ ހެކިބަހުގެ (ޝަހާދަތުގެ ދެ ކަލިމައިގެ) އަކުރުތަކުގެ އަލިފުބާ ތަރުތީބަށް  ބަލާށެވެ!

(ނުނިމޭ)

 

ކޮމެންޓު