ad_banner
ކުޑަކުދިންގެ ކިބައިން ވެސް ބޮޑެތި މީހުންނަށް ދަސްކުރެވިދާނޭ ވަރަށް ގިނަ ކަންކަން ހުރެއެވެ.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

9 ޑިސެންބަރު 2025

ކުޑަކުދީންނަކީ އުފާވެރި ބަޔެކެވެ.

ބުރެޒީލްގެ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ ޕައޯލޯ ކޮއެލްޔޯ ކުޑަކުދިންނާ އެކު، ވަރަށް ގިނައިން، ވަގުތު ހޭދަކުރާކަން ނޫސްވެރިއަކަށް ފާހަގަކުރެވިގެން ޕައޯލޯއާ އެ ނޫސްވެރިޔާ ސުއާލުކުރިއެވެ.

ނޫސްވެރިޔާ:         [ކުޑަކުދީންނާ އެކު އެހައި ގިނަ ވަގުތު އިނބަ ހޭދަކުރަނީ ކީއްކުރަންހެއްޔެވެ؟]

ޕައޯލޯ (ހިނިތުންވެލާފައި): [އެ ކުދީންނާއެކު ކުޅެ އަދި އެ ކުދީންގެ ކިބައިން އުނގެނުމަށެވެ].

ނޫސްވެރިޔާ:         [ކުޑަކުދީންގެ ކިބައިން އިނބަ ފަދަ މޮޅު ލިޔުންތެރިޔަކު ދަސްކުރާން އޮންނާނީ ކޮން އެއްޗެއްހެއްޔެވެ؟

ޕައޯލޯ:            ކުޑަކުދީންގެ ކިބައިން ވެސް ބޮޑެތި މީހުންނަށް ދަސްކުރެވިދާނޭ ވަރަށް ގިނަ ކަންކަން ހުރެއެވެ. އަހަރެންގެ ނަޒަރު އެ ކަންކަމުގެ ތެރޭގައި މި ބަޔާންކުރާ ތިން ކަންތައް ވަރަށް ވެސް މުހިންމެވެ.

·        ފުރަތަމަ ކަމަކީ މާ ބޮޑު އެއްވެސް ސަބަބެއް ނެތި އުފާވެފައި ތިބުމެވެ.

·        ދެވަނަ ކަމަކީ އަބަދު ވެސް ކަންކަމާއިގެން މަޝްޣޫލުވެގެން އުޅުމެވެ.

·        ތިންވަނަ ކަމަކީ އެ ކުދީން ބޭނުންވާ ކަމެއް ގަދަކަމުން ނަމަވެސް ހޯދައި ލިބިގަންނާން އުޅުމެވެ.

ކޮމެންޓު