ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
8 ނޮވެންބަރު 2025
ޖެނެރަލް ޟިޔާއުލްޙައްޤު: އެ މަނިކުފާނު ޕާކިސްތާނުގެ ރައީސަކަށް ހުންނަވައި ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއްކުރެއްވިއެވެ.
ޕާކިސްތާނުގެ ކުރީގެ ރައީސެއްކަމަށްވާ ޖެނެރަލް ޟިޔާއުލްޙައްޤުގެ ސާދާކަމާއި ތެދުވެރިކަމާއި، އަދި ރައްޔިތުންގެ ޙާލަތާ މެދު ކަންބޮޑުވެވަޑައިގަންނަވާ މިންވަރު މި ދަންނަވާ ހާދިސާއިން ވަރަށް ރަނގަޅަށް ހާމަވެއެވެ.
އެއް ފަހަރަކު، ޖެނެރަލް ޟިޔާއުލްޙައްޤު، ސަރުކާރުގެ ރަސްމީ ޙަފުލާއަކަށް ހާޒިރުވެވަޑައިގަތެވެ. ޙަފުލާ ނިމުމުން، އެ ހަފުލާގެ ބައިވެރީންނަށް ޓަކައި ތައްޔާރުކޮށްފައިވާ ޖާފަތެއް އޮތްކަން އިޢުލާނުކުރެވުނެވެ. ޖާފަތް ތައްޔާރުކޮށްފައިވާ މާލަމަށް ޟިޔާއުލްޙައްޤު ވަޑައިގަތުމުން، އެކި ބާވަތްބާވަތުގެ ވަރަށް ގިނަ ކާނާ ތައްޔާރުކޮށްފައިވާ ތަން ފެނިވަޑައިގަތެވެ. އޭގެ ތެރޭގައި، އަގުބޮޑު ކާނާއާއި، ފޮނި ކާއެއްޗިއްސާއި އެތައް ވައްތަރެއްގެ އެކި ބާވަތްބާވަތުގެ ކެއުން ތައްޔާރު ކޮށްފައި ހުއްޓެވެ.
މި ތަން ފެނިވަޑައިގަތުމުން، ކަމާބެހޭ އޮފިސަރުންނާއި ޟިޔާއުލްޙައްޤު ވަގުތުން ސުވާލުކުރެއްވިއެވެ. [މިހައި ބައިވަރު އަގުބޮޑު ކާތަކެތި ތައްޔާރުކޮށްފައި މި ވަނީ ކާކުގެ ޚަރަދުގައިހެއްޔެވެ؟]
ޖަވާބުގައި އޮފިސަރު ދެންނެވިއެވެ. [މަނިކުފާނެވެ! މި ހުރިހައި ކާއެއްޗެއް ތައްޔާރުކޮށްފައި ވަނީ ސަރުކާރުގެ ޚަރަދުގައެވެ.]
އެ އަޑު އިވިވަޑައިގަތުމުން ޖެނެރަލް ޟިޔާއުލްޙައްޤުގެ މޫނުފުޅު މަތީން ކޯފާގެ އަސަރުފާޅުވެގެން ދިޔައެވެ. އަދި ވިދާޅުވިއެވެ. [ޤައުމުގެ ރައްޔިތުން އިންފްލޭޝަނާއި، އިޤުތިޞާދީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި، ރައްޔިތުންގެ ފައިސާއިން އަހުރެމެންނަށް މިހައި އަގުބޮޑު ކާނާއެއް ނުކެވޭނެއެވެ. މި ފަދަ އިސްރާފުތައް ކުރިއަށް އޮތް ތަނުގައި ތަޙައްމަލެއް ނުކުރެވޭނެއެވެ.]
ދެން އެއަށްފަހު، ހަމައެކަނި ކަޅު ސައިތައްޓެއް ހިއްޕެވުމަށް ފަހު، އެ ތަނުން ނުކުމެވަޑައިގަތީއެވެ.
މި ހާދިސާއަކީ ޖެނެރަލް ޟިޔާއުލްޙައްޤުގެ ސާދާކަމާއި، ރައްޔިތުންގެ ތަކުލީފުތަކާ މެދު އެ މަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ މިންވަރު ހާމަކޮށްދޭ އަލިގަދަ ހެތްކެކެވެ.
އަދި ވަރަށް ގިނަ ފަހަރަށް ޟިޔާއުލްޙައްޤު، އެ މަނިކުފާނުގެ މުވައްޒަފުންނަށް ވިދާޅުވަމުން ގެންދެވިއެވެ. [އަހަރެމެން، އަހަރެމެންގެ އަމިއްލަ ނަފުސަށް ތެދުވެރިނުވާ ނަމަ، ދެން ޤައުމު ރަނގަޅުވާނީ ކިހިނެއްހެއްޔެވެ؟]