ad_banner
ޒަހުރާން މަމްދާނީގެ ކާމިޔާބީއިން އަންގައިދެނީ ޓުރަންޕާއި ނަތަންޔާހޫގެ ބޭއިންސާފު ޢުދުވާނަށް އެމެރިކާގެ ރައްޔިތުން ތާއީދުނުކުރާކަމެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

6 ނޮވެންބަރު 2025

ޒަހުރަން މަމްދާނީ (މެދުގައި): އޭނާއާ ވާދަކުރި ދެ ކެންޑިޑޭޓުން ދެ ފަރާތުގައި

މީގެ މަދު މަސްތަކެއްގެ ކުރީން، ޢުމުރުން 34 އަހަރުގެ ޒުވާން ޒަހުރާން ކްއާމީ މަމްދާނީއަކީ ނިއުޔޯކު ސްޓޭޓްގެ ބޭރަށް އޭނާގެ ސިޔާސީ ޙަރަކާތްތައް ތަޢާރުވެފައިވާ ބޭފުޅެއް ނޫނެވެ. ނަމަވެސް ނިއުޔީކުސިޓީގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވި ކުރީގެ ގަވަރުނަރު އެންޑްރޫ ކުވޯމޯ، އިންތިޚާބީ ރޭހުގައި ބަލިކުރެއްވުމަށް ފަހު އޭނާވަނީ

އެމެރިކާގެ އެންމެ ބޮޑު ސިޓީކަމަށްވާ ނިއުޔޯކުސިޓީގެ މޭޔަރުގެ މަގާމަށް އަންގާރަ ދުވަހު އިންތިޚާބުވެވަޑައިގެންފައެވެ.

މަމްދާނީ ކާބިޔާބުކުރެއްވި އިންތިޚާބަކީ މިހާތަނަށް އެންމެ ގިނަ ބަޔަކު ވޯޓުދިން އިންތިޚާބުކަމަށް ވެސް ވަނީ ވެފައެވެ. އަދި އަވަށްޓެރީންނާއި ދަރުމަވެރީން އެންމެ ގިނައިން ކެންޕޭނުކޮށްދިން އިންތިޚާބަށް ވެސް ވަނީ ވެފައެވެ. އިންތިޚާބު ކާޟިޔާބުވުމުގެ އެންމެ ބޮޑު އެއް ސަބަބަކަށްވީ މަމްދާނީއާ ދެކޮޅަށް ރައީސް ޑޮނަލްޑް ޓުރަންޕު ވޯޓުދެއްވައިފައިވާތީކަމަށް ވެސް ބުނެވެއެވެ. ޓުރަންޕު އޭނާއަާ ދެކޮޅަށް ވޯޓުދިނަސް ނުދިނަސް އޭނާއަށް ކާމިޔާބުވާނެކަމަށް ޚިޔާޅުހޯދުމުގެ ވޯޓުތަކުން ދެއްކިއެވެ. ނަމަވެސް ވަކި ގޮތަކަށް ވޯޓުދޭން ނުނިންމައި ތިބި އެތައް ބަޔަކު ޓުރަންޕުގެ ވޯޓާ ގުޅިގެން މަމްދާނީއަށް ވޯޓުދޭން ނިންމިކަން ވަނީ އިޢުލާނުކޮށްފައެވެ.

[ކުރީން އަހަރެން ހުރީ މަމްދާނީއަށް ވޯޓުދޭ ގޮތަކަށް ނޫން. ނަމަވެސް ޓުރަންޕު ވޯޓުދިން މީހަކަށް ވޯޓުދޭން ބޭނުންނުވާނީ އަހަރެން މަމްދާނީއަށް ވޯޓުދިނީ. ޓުރަންޕަށް ޝުކުރިއްޔާ!] މަމްދާނީއަށް ވޯޓުދިން އެކަކު ބުނެފައިވެއެވެ.

އެ އިސްޓޭޓުގެ ބަރުލަމާނުގެ މެންބަރެއްކަމުގައިވާ މަމްދާނީ މިހާރު މިވަނީ ނިއުޔޯކުސޓީގެ ތާރީޚުގައި ފުރަތަމަ މުސްލިމް މޭޔަރުކަމަށް ހުވައިކުރައްވާން ތައްޔާރުވެފައެވެ.

މި އަހަރުގެ ޖޫން މަހު ޑިމޮކްރެޓިކު ޕާޓީއިން ބޭއްވި ޕާޓީ ޕްރައިމަރީގައި ނިއުޔޯކު ސްޓޭޓުގެ ކުރީގެ ގަވަރުނަރު އެންޑްރޫ ކިޔޯމޯ ބަލިކުރައްވައި ޕާޓީގެ ޓިކެޓު ހޯއްދަވައިފައެވެ. ކިޔޫމޯ ގަވަރުނަރުކަމުން 2021 ވަނަ އަހަރު އިސްތިއުފާ ދީފައިވަނީ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުތަކަކާ ގުޅިގެންނެވެ. ޕާޓީގެ ޕްރައިމަރީގައި ނާކާމިޔާބުވުމުން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މަމްދާނީއާ ވާދަވެސް ކުރީއެވެ.

އެމެރިކާގެ އެންމެ ބޮޑު ސިޓީކަމަށްވާ ނިއުޔޯކްސިޓީގެ މޭޔަރުކަމަށް އަންގާރަ ދުވަހު އިންތިޚާބުވެވަޑާއިގަތް ޒުވާން ޒަހުރާން ކްވާމީ މަމްދާނީ މުސްލިމެކެވެ. ޑިމޮކްރެޓިކް ސޯޝަލިސްޓެކެވެ. އެނާގެ ބައްޕައަކީ ޔޫގެންޑާގެ ތަޢުލީމީ ބޭފުޅެއްކަމަށްވާ މަޙުމޫދު މަމްދާނީއެވެ. މަންމައަކީ އިންޑިއާގެ ފިލްމު އުފައްދާ މީހެއްކަމަށްވާ މީރާ ނައިރެވެ.

ޔޫގެންޑާގެ ވެރިރަށް ކަމްޕާލާ އަށް އުފަންވެވަޑައިގަތް ޒަހުރާން އޭނާގެ ޢާއިލާއާއެކު ޔިއުޔޯކަށް ހިޖުރަކުރެއްވީ އެނާގެ ޢުމުރުފުޅުން އެންމެ ހަތް އަހަރުގައެވެ. އެމެރިކާގެ ރައްޔިތަކަށް ވެވަޑައިގެންފައިވާ މަމްދާނީ ވަނީ އެފްރިކާނާ ސްޓަޑީޒް އިން ބެޗްލާރސް ޙާޞިލުކުރައްވައިފައެވެ.އެނާ ވަނީ ސިޔާސީ ދާއިރާއަށް ވަދެވަޑައިގަތުމުގެ ކުރީން ގެދޮރުވެރިކަމާ ބެހޭ ކައުނސެލަރެއްގެ ގޮތުން، މަދުން އާމްދަނީ ލިބޭ ޢާއިލާތަކަށް އެހީތެރިވެދީފައެވެ.

2020ވަނަ އަހަރު ބޭއްވި ނިއުޔޯކު ސްޓޭޓްގެ ބަރުލަމާނީ އިންތިޚާބުގައި އޭނާވަނީ 36ވަނަ ޑިސްޓްރިކްޓުން އެސްޓޯރިއާ ތަމްސީލުކުރެއްވުމަށް ޓަކައި އިންތިޚާބުވެވަޑައިގެންފައެވެ.

ޒަހުރާންގެ އަނބިކަނބަލަކީ މި އަހަރު ލުރީކޮޅު ކާވެނިބައްލައިގަތް ޢުމުރުން 27 އަހަރުގެ ރަމާ ޟުވާޖީއެވެ. ރަމާއަކީ ނިއުޔޯކުގެ ބްރޫކްލީންގައި ވަޒަންވެރިވެގެން އުޅުއްވާ ސީރިއާގެ ކަނބަލެކެވެ. އެއީ ވައިސްއާއި ވޮޝިންގޓަން ޕޯސްޓާއި ދަ ނިއުޔޯކާރގައި އާޓިސްޓެއްގެ ގޮތުން މަސައްކަތްކުރައްވައިފައިވާ ހުނަރުވެރި ފަންނުވެރިއެކެވެ.

ޒަހުރާނީއަކީ އެމެރިކާގެ އިންތިޚާބީ އިސްވާރުންކުރެ، އިސްރާއީލުން ޣައްޒާގައި ހިނގާ ޢުދުވާނަށް އެންމެ ގިނައިން ފާޅުގައި ފާޑުވިދާޅުވާ އިސްވާރެވެ.

2024 އޮކްޓޫބަރު 31ގައި އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވައިފައިވެއެވެ. [އަހަރެންގެ ބަހުގައި އަހަންނަށް ވަރަށް ސާފެވެ. ހަގީގަތުގެ މައްޗަށް ބިނާކޮށް އަހަރެން މި ބުނަނީ އިސްރާއީލު އެ ހިންގަނީ ނަސްލުހޭދެކެވެ.]

އޭނާއަކީ އިސްރާއީލު ބޯއިކޮޓުކޮށް ދަތިކުރުމުގެ ފިޔަވަޅުއަޅާން އެންމެ ބޮޑަށް ތާއީޑުކުރައްވާ އިސްވާރެވެ. މި މަހުގެ ކުރީކޮޅު މަންހަތަންގައި ބޭއްވި އިވެންޓެއްގައި ބުނެފައިވަނީ އޭނާގެ [ސިޔާސިއްޔަތުގެ އަސާސަކީ ހަމަނުޖެހުންތަކަށް ޖާގަނުދިނުން]ކަމަށެވެ.

2024ވަނަ އަހަރު ޑިސެންބަރުމަގު އޮތް ބަސްދީގަތުމެއްގައި މަހުދީ ޙަސަން އޭނާއާ ސުވާލުކުރިއެވެ. [ނިޔުޔޯކު ސިޓީއަށް ބިންޔާމީން ނަތަންޔާހޫ އަތުވެއްޖެ ނަމަ ހަމާނީ ކިހިނެއްތޯ މީހަކު ސުވާލުކޮށްފިއްޔާ ދެއްވާނެ ޖަވާބަކީ ކޮބައިތޯއެވެ.]

ޖެހިލުމެއް ނެތި ޒަހުރާން މަމްދާނީ ޖަވާބުދެއްވިއެވެ.[ނިއުޔޯކުސިޓީއަށް ނަތަންޔާހޫ އަތުވެއްޖެ ނަމަ، މޭޔަރުގެ ހައިސިއްޔަތުން އަހަރެން އޭނާ ހައްޔަރުކުރާނަމަވެ.]

[މިއީ އިޖުތިމާޢީ ގިޔަމުތައް ބައިނަލްއަގުވާމީ ގާނޫނުތަކާ އެއް ހަމައެއްގައި އޮންނަ ސިޓީއެކެވެ. އެހެންވީމާ އަހަރެމެންގެ ޢަމަލުތައް ވެސް އެހެންވާންޖެހޭނެއެވެ.] މަހުދީއަށް ވިދާޅުވިއެވެ.

މި ފަދަ ބޭފުޅަކު އެމެރިކާގެ އެންމެ ބޮޑު ސިޓީގެ މޭޔަރުކަމަށް އެމެރިކާ ރައްޔިތުންގެ މަތީ އަޣުލަބިއްޔަތަކުން އިންތިޚާބުކުރމުގެ މާނައަކީ އެމެރިކާގެ ރައްޔިތުންގެ ގިނަބަޔަކު ޓުރަންޕާއި ނަތަންޔާހޫގެ ބޭއިންސާފު ޢަމަލުތަކަށް ތާއީދުނުކުރާކަމެވެ.

ކޮމެންޓު