އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
5 ނޮވެންބަރު 2025
މުޅި ޤުރުއާނަކީ ވެސް މުޢޫޖިޒާތެކެވެ.
(2025 އޮކުޓޫބަރު 29ގެ ޢަދަދާ ގުޅޭ)
ވީމާ އަދަދުގެ ބަސް (ސުމޭކު ބަސް) ވަރަށް ސާފެވެ.
7 އެއީ ގެރީގެ އަދަދެވެ. އަދި އެއީ ކުރާގަނޑުގެ ވެސް އަދަދެވެ. ލަފުޒު (سبع) އަށް ފަހު އައި ފުރަތަމަ އަކުރަކީ ب އެވެ.
وَقَالَ ٱلْمَلِكُ إِنِّىٓ أَرَىٰ سَبْعَ بَقَرَٰتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعَ سُنۢبُلَٰتٍ خُضْرٍ وَأُخَرَ يَابِسَٰتٍ ۖ يَٰٓأَيُّهَا ٱلْمَلَأُ أَفْتُونِى فِى رُءْيَٰىَ إِن كُنتُمْ لِلرُّءْيَا تَعْبُرُونَ - يوسف:43 -ރަސްގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއަށް (ހުވަފެނުގައި) ފަލަ ހަތް ގެރި ފެނެއެވެ. (ފެންނަނީ) ހިކި ހަތް ގެރި، އެ ގެރިތައް ކަނިކޮންނެވެ. އަދި ރޯ ހަތް ކުރާއާއި، ހިކި ހަތް ކުރާ ފެނެއެވެ. އޭ ބޮޑުންނޭވެ! ތިޔަބައިމީހުން ހުވަފެނުގެ މާނަ ކިޔައިދޭ ބަޔަކު ކަމުގައިވާނަމަ، އަހުރެންގެ މި ހުވަފެނާ މެދުގައި، އަހުރެންނަށް އޮޅުންފިލުވައިދޭށެވެ!
މި އާޔަތުގައި އަކުރު ب 7 ފަހަރު ތަކްރާރުވެފައިވެއެވެ.
މި އާޔަތުގައި އަކުރު ق 2 ފަހަރު ތަކްރާރުވެފައިވެއެވެ.
މި އާޔަތުގައި އަކުރު ر 7 ފަހަރު ތަކްރާރުވެފައިވެއެވެ.
މި އާޔަތުގައި އަކުރު ا 21 ފަހަރު ތަކްރާރުވެފައިވެއެވެ.
މި އާޔަތުގައި އަކުރު ت 6 ފަހަރު ތަކްރާރުވެފައިވެއެވެ.
މިއީ (بَقَرَاتٍ) މި ލަފުޒުގެ އަކުރުތަކެވެ. މި އަކުރުތައް މި އާޔަތުގައި ތަކްރާރުވެފައި މި ވަނީ 43 ފަހަރުއެވެ.
43 އަކީ މި އާޔަތުގެ އަދަދު ވެސްމެއެވެ.
43 އަކީ ފުރައަދަދުގެ ލިސްޓުގައި 7 ވަނައަށް އޮންނަ އަދަދެވެ. މިއީ ކީރިތި ޤުރްއާނުގެ އަޖައިބުން ފުރިފައިވާ ނަޡުމުގެ ޚާއްޞަ އަދަދެކެވެ.
އައު ވިސްނުމަކަށް
މި މަންޒަރު ހުޅުވައިލި ތާވަލަށް އެނބުރި ދަމާހިނގާށެވެ!
ފުރަތަމަ ތިން ފުރައަދަދުގެ ޖުމުލައަކީ 777 އެވެ. އެއީ 7 × 111
7 ގުނަ 111 އާ މެދު ވިސްނައިލަމާ ހިނގާށެވެ! އޭގެ މާނައަކީ ކޮބައިހެއްޔެވެ؟
ކީރިތި ޤުރްއާނުގައި 7 މި އަދަދު އެންމެ ގިނައިން ތަކްރާރުވެފައިވަނީ سورة يوسف ގައެވެ. މި ސޫރަތުގެ އާޔަތްތަކުގެ އަދަދަކީ 111 އެވެ.
އަލުން ވިސްނައިލަމާ ހިނގާށެވެ!
މަތީގައި ބަޔާންކުރި ތާވަލު ބުނާގޮތުގައި ފުރަތަމަ ތިން ފުރައަދަދުގެ ޖުމުލައަކީ 777 އެވެ. އެއީ 37 × 21 އެވެ.
މި 7 ސޫރަތުގައި ޖަލާލަތުގެ އިސްމުފުޅު 37 ފަހަރު ތަކްރާރުވެފައި ވެއެވެ. 37 އަކީ ފުރައަދަދެކެވެ. މި އަދަދުގެ ތަރްތީބަކީ 12 އެވެ. މުޞްޙަފުގައި ސޫރަތުގެ ތަރްތީބީ ވަނައަށް ބަލާއިރު 12 ވަނަ ސޫރަތަކީ سورة يوسف އެވެ!
އަދަދު 7 ވާރިދުވެފައިވާ ޤުރްއާނުގެ އާޔަތްތަކަށް ބަލައިލަމާތޯއެވެ؟ އެއީ
· فَقَضَاهُنَّ سَبْعَ سَمَاوَاتٍ فِي يَوْمَيْنِ وَأَوْحَى فِي كُلِّ سَمَاءٍ أَمْرَهَا وَزَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَحِفْظًا ذَلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ - فصّلت : 12
· اللَّهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا - الطلاق : 12
· وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا - النبأ:12
މި ތިން އާޔަތުގައި ވެސް އާޔަތުގެ ވަނައަކީ 12 އެވެ.
އަޖައިބުވަނިވި ކަމެއްނޫން ހެއްޔެވެ؟ މިކަމާމެދު ތިބާ ބުނާނީ ކީކޭހެއްޔެވެ؟
މި 3 އާޔަތް ވާރިދުވެފައި ސޫރަތްތަކަކީ: فصّلت – الطلاق – النبأ
މި ތިން ސޫރަތުގައި ޖަލާލަތުގެ އިސްމުފުޅު ތަކްރާރުވެފައިވަނީ 36 ފަހަރުއެވެ. އެއީ 12 × 3
އެއަށް ވުރެ ވެސް އަޖައިބުކަން ބޮޑު
ކީރިތި ޤުރްއާނުގެ އަދަދީ ވިޔުމުގެ މަތިވެރިކަމަށް ތިބާ ނުބަލާނަން ހެއްޔެވެ؟ ކީރިތި ޤުރްއާނުގައި 20 އާޔަތެއްގައި 24 ފަހަރު އަދަދު 7 އައިސްފައިވެއެވެ. މި އާޔަތްތަކުގެ ކަލިމަތަކުގެ އަދަދަކީ 389 ކަލިމައެވެ.
ފުރައަދަދުގެ ލިސްޓަށް ބަލާއިރު މިއީ އެ ލިސްޓުގައި 77 ވަނައަށް އޮތް އަދަދެވެ.
· އަދަދު 7 ފުރަތަމަ ފަހަރަށް ވާރިދުވެފައިވަނީ سورة البقرة ގައެވެ.
· سورة البقرة ގައި 3 އާޔަތެއްގައި 3 ފަހަރު އަދަދު 7 އައިސްފައިވެއެވެ. އެއީ :-
· هُوَ الَّذِي خَلَقَ لَكُمْ مَا فِي الْأَرْضِ جَمِيعًا ثُمَّ اسْتَوَى إِلَى السَّمَاءِ فَسَوَّاهُنَّ سَبْعَ سَمَاوَاتٍ وَهُوَ بِكُلِّ شَيْءٍ عَلِيمٌ - البقرة : 29
· وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ فَإِنْ أُحْصِرْتُمْ فَمَا اسْتَيْسَرَ مِنَ الْهَدْيِ وَلَا تَحْلِقُوا رُؤُوسَكُمْ حَتَّى يَبْلُغَ الْهَدْيُ مَحِلَّهُ فَمَنْ كَانَ مِنْكُمْ مَرِيضًا أَوْ بِهِ أَذًى مِنْ رَأْسِهِ فَفِدْيَةٌ مِنْ صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍ فَإِذَا أَمِنْتُمْ فَمَنْ تَمَتَّعَ بِالْعُمْرَةِ إِلَى الْحَجِّ فَمَا اسْتَيْسَرَ مِنَ الْهَدْيِ فَمَنْ لَمْ يَجِدْ فَصِيَامُ ثَلَاثَةِ أَيَّامٍ فِي الْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ تِلْكَ عَشَرَةٌ كَامِلَةٌ ذَلِكَ لِمَنْ لَمْ يَكُنْ أَهْلُهُ حَاضِرِي الْمَسْجِدِ الْحَرَامِ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ شَدِيدُ الْعِقَابِ - البقرة : 196
· مَثَلُ الَّذِينَ يُنْفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ أَنْبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنْبُلَةٍ مِئَةُ حَبَّةٍ وَاللَّهُ يُضَاعِفُ لِمَنْ يَشَاءُ وَاللَّهُ وَاسِعٌ عَلِيمٌ - البقرة : 261
މި ތިން އާޔަތުގެ ވަނަތަކުގެ ޖުމުލައަކީ 486 އެވެ. އެއީ 3 × 3 × 3 × 3 × 3 × 2 އެވެ. 2 އެއީ މި ސޫރަތުގެ މުޞްޙަފުގެ ސޫރަތްތަކުގެ ތަރްތީބީ ވަނައެވެ.
މި ތިން އާޔަތުގެ އަކުރުތަކުގެ އަދަދަކީ ކޮބައި ހެއްޔެވެ؟ އެއީ 456 އެވެ. އެއީ 114 × 2 × 2 އެވެ. 114 އަކީ މުޞްޙަފުގެ ސޫރަތްތަކުގެ އަދަދު ނޫންހެއްޔެވެ؟
މި އާޔަތުގެ ކަލިމަތަކުގެ ޖުމްލައަކީ ކޮބައިހެއްޔެވެ؟ އެއީ 116 އެވެ. 116 = 114 + 2
މި ތިން އާޔަތުގެ އަކުރުތަކުގެ ނުކުތާތަކާމެދު ވިސްނައިލިން ހެއްޔެވެ؟ މި އާޔަތްތަކުގެ އަކުރުތަކުގެ ނުކުތާތަކުގެ ޖުމުލައަކީ 226 އެވެ. އެއީ 114 + 114 – 2
މި ތިން އާޔަތުގައި ލަފުޡުއްޖަލާލަތި ( ﷲ) ގެ އަކުރުތައް ތަކްރާރުވެފައިވާ ގޮތަށް ބަލައިލަމާ ހިނގާށެވެ!
· މި ތިން އާޔަތުގައި ا ތަކްރާރުވެފައިވަނީ 74 ފަހަރުއެވެ.
· މި ތިން އާޔަތުގައި ل ތަކްރާރުވެފައިވަނީ 55 ފަހަރުއެވެ.
· މި ތިން އާޔަތުގައި هـ ތަކްރާރުވެފައިވަނީ 18 ފަހަރުއެވެ.
ވީމާ މި ތިން އާޔަތުގައި ލަފްޡުލްޖަލާލަތިގެ އަކުރުތައް ތަކްރާރުވެފައި މި ވަނީ 147 ފަހަރުއެވެ. އެއީ 7 × 7 × 3 އެވެ.
މި އާޔަތްތަކުގެ އަދަދަކީ 3 އެވެ.
ލަފުޡުލްޖަލާތިގެ އަކުރުތަކުގެ އަދަދަކީ 3 އެވެ.
އަދަދުގެ ބަސް ވަރަށް ސާފެވެ. އިތުރު ޝަރަޙައަކަށް ބޭނުމެއް ނުވެއެވެ.
މިއަށް ވިސްނާށެވެ!
ފުރަތަމަ ފަހަރަށް 7 (سَبْعَ) ވާރިދުވެފައިވަނީ سورة البقرة ގައެވެ. މި ކަލިމައިގެ 3 އަކުރު މި ތިން އާޔަތުގައި ތަކްރާރުވެފައިވާ ގޮތަށް ބަލައިލަމާ ހިނގާށެވެ!
· މި ތިން އާޔަތުގައި س 19 ފަހަރު ތަކްރާރުވެފައި ވެއެވެ.
· މި ތިން އާޔަތުގައި ب 14 ފަހަރު ތަކްރާރުވެފައި ވެއެވެ
· މި ތިން އާޔަތުގައި ع 15 ފަހަރު ތަކްރާރުވެފައި ވެއެވެ
· ލަފުޒު (سَبْعَ) ގެ ތިން އަކުރު ތަކްރާރުވެފައި މި ވަނީ 48 ފަހަރުއެވެ. އެއީ 24 × 2 އެވެ.
· ކީރިތި ޤުރްއާނުގައި 7 ތަކްރާރުވެފައި ވަނީ 24 ފަހަރުއެވެ.
· މުޞްޙަފުގައި سورة البقرة އަކީ ތަރްތީބުން 2 ވަނަ ސޫރަތެވެ.
އަލުން ވިސްނައިލުން
سورة البقرة ގައި 3 އާޔަތެއްގައި 3 ފަހަރު ހަތެއް އައިސްފައިވެއެވެ.މި 3 އާޔަތަކީ :-
· هُوَ الَّذِي خَلَقَ لَكُمْ مَا فِي الْأَرْضِ جَمِيعًا ثُمَّ اسْتَوَى إِلَى السَّمَاءِ فَسَوَّاهُنَّ سَبْعَ سَمَاوَاتٍ وَهُوَ بِكُلِّ شَيْءٍ عَلِيمٌ - البقرة : 29
· وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ فَإِنْ أُحْصِرْتُمْ فَمَا اسْتَيْسَرَ مِنَ الْهَدْيِ وَلَا تَحْلِقُوا رُؤُوسَكُمْ حَتَّى يَبْلُغَ الْهَدْيُ مَحِلَّهُ فَمَنْ كَانَ مِنْكُمْ مَرِيضًا أَوْ بِهِ أَذًى مِنْ رَأْسِهِ فَفِدْيَةٌ مِنْ صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍ فَإِذَا أَمِنْتُمْ فَمَنْ تَمَتَّعَ بِالْعُمْرَةِ إِلَى الْحَجِّ فَمَا اسْتَيْسَرَ مِنَ الْهَدْيِ فَمَنْ لَمْ يَجِدْ فَصِيَامُ ثَلَاثَةِ أَيَّامٍ فِي الْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ تِلْكَ عَشَرَةٌ كَامِلَةٌ ذَلِكَ لِمَنْ لَمْ يَكُنْ أَهْلُهُ حَاضِرِي الْمَسْجِدِ الْحَرَامِ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ شَدِيدُ الْعِقَابِ - البقرة : 196
· مَثَلُ الَّذِينَ يُنْفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ أَنْبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنْبُلَةٍ مِئَةُ حَبَّةٍ وَاللَّهُ يُضَاعِفُ لِمَنْ يَشَاءُ وَاللَّهُ وَاسِعٌ عَلِيمٌ - البقرة : 261
ފުރަތަމަ އާޔަތް ނިމިފައި ވަނީ م އަކަށެވެ.
ފަހު އާޔަތް ފެށިފައި ވަނީ م އަކުންނެވެ.ނިމުނީ م އަކަށެވެ.
(ނުނިމޭ)