އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
29 އޮކްޓޯބަރު 2025
ކީރިތި ޤުރުއާނަކީ މުޅީން ވެސް މުޢުޖިޒާއެވެ.
ކީރިތި ޤުރްއާނަކީ ކޮންމެ ގޮތަކަށް ބެއްޔަސް މުޢުޖިޒާތެކެވެ. މި ފަހަރު ބަލައިލެވޭތޯ މި ބަލަނީ ޤުރްއާނުގެ ސުމޭކު ތަރުތީބުގެ މުޢުޖިޒާތަށެވެ. ﷲ ސުބްޙަނަހޫ ވަ ތަޢާލާ ޤުރްއާނުގެ ސޫރަތްތައް ތަރުތީބުކުރައްވައިފައިވަނީ މުޢުޖިޒާތުގެ އަނަންތު މަގުތަކަކުންނެވެ. އެއީ އިންސާނާ ދަންނަ ޢިލްމީ ދިރާސާތުގެ ގަވާއިދުތަކަށް ތަބާވާ ކަމެއްނޫނެވެ. އަޅުގަނޑުމެން ދަންނަ ތަފާސްހިސާބުގެ ނިޒާމަށް ނުވަތަ ހިސާބިއްޔާތުގެ ވިޔަކުރުންތަކަށް ތަބާވާ ނިޒާމެއް ވެސް ނޫނެވެ. މިއިން އެނގޭ އެއް ޙަޤީޤަތަކީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ ތަރުތީބީ ކަމަކީ ތައުޤީފީ (އިލާހީ) ކަމެއްކަމެވެ. އެއީ ﷲ Uގެ ވަޙްޔާ އެއް ގޮތަށް އައިސްފައިވާ ކަމެއް ކަމެވެ. އެއީ އެއްވެސް މީހެއްގެ އިޖުތިހާދަކަށް ކުރެވިފައިވާ ކަމެއްނޫނެވެ.
އަޅުގަނޑުމެންގެ އަތުގައި މިއަދު މި އޮތް މުޞްޙަފުގެ ސޫރަތްތަކާއި އާޔަތްތަކުގެ ތަރުތީބަކީ ﷲ ސުބްޙާނަހޫ ވަ ތަޢާލާ ލައުޙުލްމަޙްފޫޡުގައި ރައްކައުތެރިކުރައްވައިފައިވާ ޤުރްއާނުގެ ތަރުތީބާ އެއްގޮތަށް އޮތް ކަމެކެވެ. އަކުރުތަކާއި ލަފުޒުތަކާއި ސޫރަތްތައް އެއްގޮތެވެ.އަޅުގަނޑުމެންގެ އަތުގައި މިވާ މުޞްޙަފުގައި ﷲގެ އެންގެވުމާ އެއްގޮތަށް ލިޔުއްވާ ތަރުތީބުކުރެއްވީ ކައު ރަސޫލާގެ އަމުރުފުޅަށް ވަޙީގެ ކާތިބުންނެވެ.
ޤުރްއާނުގެ ޢަދަދީ ވިޔުމަކީ ހަމައެކަނި އަކުރުތަކެއްނޫނެވެ. އެއީ އޭގެ އަކުރުތަކާއި ކަލިމަތަކާއި އާޔަތްތަކާއި ސޫރަތްތަކުގެ ކަފިކަފިވުމާއި ސިންދަފާތުން ފެންނަން އޮތް ކަމެކެވެ. މި ކަމުގެ އިމެއް ޙައްދެއް އެއްވެސް އެހެން ފަރާތަކަށް ނޭނގެތެވެ. ﷲ ތަޢާލާއަށް މެނުވީއެވެ. އިލާހީ މި ގެތުމުގެ ކުރިމަތީގައި އިންސާނާ ސިކުނޑި ވަނީ އާވާރާވެފައެވެ. އޭނާގެ ވިސްނުން ވަނީ އޮއްސިފައެވެ.
ކީރިތި ޤުރްއާނުގައި ފުރައަދަދާ އެކު މުޢާމަލާތުކޮށްފައިވާ ނިޒާމަށް ބަލައިލަމާތޯއެވެ؟
ފުރައަދަދު (prime number) އަކީ 1 އަށް ވުރެ ބޮޑު ހަމަ އެ އަދަދުން މެނުވީ ނުވަތަ 1 އިން މެނުވީ ގެއްލި ހުސްނުވާ ޠަބީޢި އަދަދެވެ.
ކީރިތި ޤުރްއާނުގައި ސޫރަތުގެ ތަރުތީބީ ވަނަ ފުރައަދަދަކަށް ވާ މި ސޫރަތްތަކުގެ އާޔަތްތަކުގެ އަދަދު ފުރައަދަދަކަށް ވާ ހަތް ސޫރަތް ވެއެވެ. ތިރީގައި މި ވާ ތާވަލުން މި ކަން އެނގިވަޑައިގަންނަވާނެއެވެ.
| ސޫރަތް | ތަރުތީބީ ވަނަ | އާޔަތްތަކުގެ ޢަދަދު | ޖަލާލަތުގެ އިސްމުފުޅު | ޖުމުލަ |
| الرعد | 13 | 43 | 34 | 90 |
| الزخرف | 43 | 89 | 3 | 135 |
| القدر | 97 | 5 | 0 | 102 |
| القارعة | 101 | 11 | 0 | 112 |
| العصر | 103 | 3 | 0 | 106 |
| الماعون | 107 | 7 | 0 | 114 |
| الفلق | 113 | 5 | 0 | 118 |
| المجموع | 577 | 163 | 37 | 777 |
Ø މި ހަތް ސޫރަތުގެ ތަރުތީބީ ވަނަތަކުގެ ޖުމުލައަކީ 577 އެވެ. މިއީ ފުރައަދަދެކެވެ.
Ø މި 7 ސޫރަތުގެ އާޔަތްތަކުގެ ޖުމުލައަކީ 163 އެވެ. މިއީ ފުރައަދަދެކެވެ.
Ø މި ސޫރަތްތަކުގައި ޖަލާލަތުގެ އިސްމުފުޅު ތަކުރާރުވެފައިވަނީ 37 ފަހަރުއެވެ. މިއީ ވެސް ފުރައަދަދެކެވެ.
Ø މި ތިން ފުރައަދަދުގެ ޖުމުލައަކީ 777
Ø ކީރިތި ޤުރްއާނުގެ އެންމެ ފަހު 7 ސޫރަތުގެ ތަރުތީބީ ވަނަތަކުގެ ޖުމްލައަކީ 777އެވެ.
އަލުން ރަނގަޅަށް ވިސްނައިވަޑައިގަންނަވާށެވެ!
Ø ކީރިތި ޤުރްއާނުގައި ވާ ފުރައަދަދުގެ ފުރަތަމަ ސޫރަތަކީ سورة الرعد (13ވަނަ ސޫރަތް) އެވެ. މި ސޫރަތުގެ އާޔަތްތަކުގެ އަދަދަކީ ވެސް ފުރައަދަދެކެވެ. އެއީ (43) ކެވެ.
Ø ކީރިތި ޤުރްއާނުގައި ފުރައަދަދުގެ ގޮތުން ދެވަނައަށް އޮތް ސޫރަތަކީ سورة الزخرف (43ވަނަ ސޫރަތް)އެވެ. މި ސޫރަތުގެ އާޔަތްތަކުގެ އަދަދަކީ ވެސް ފުރައަދަދެކެވެ. އެއީ (43) އެވެ.
Ø ކީރިތި ޤުރްއާނުގައި 7 ތިންފަހަރު އައިސްފައިވާ އާޔަތުގެ ވަނައަކީ 43 އެވެ. އެއީ سورة يوسفގެ މި އާޔަތެވެ. وَقَالَ ٱلْمَلِكُ إِنِّىٓ أَرَىٰ سَبْعَ بَقَرَٰتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعَ سُنۢبُلَٰتٍ خُضْرٍ وَأُخَرَ يَابِسَٰتٍ ۖ يَٰٓأَيُّهَا ٱلْمَلَأُ أَفْتُونِى فِى رُءْيَٰىَ إِن كُنتُمْ لِلرُّءْيَا تَعْبُرُونَ - يوسف:43 -ރަސްގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއަށް (ހުވަފެނުގައި) ފަލަ ހަތް ގެރި ފެނެއެވެ. (ފެންނަނީ) ހިކި ހަތް ގެރި، އެ ގެރިތައް ކަނިކޮންނެވެ. އަދި ރޯ ހަތް ކުރާއާއި، ހިކި ހަތް ކުރާ ފެނެއެވެ. އޭ ބޮޑުންނޭވެ! ތިޔަބައިމީހުން ހުވަފެނުގެ މާނަ ކިޔައިދޭ ބަޔަކު ކަމުގައިވާނަމަ، އަހުރެންގެ މި ހުވަފެނާ މެދުގައި، އަހުރެންނަށް އޮޅުންފިލުވައިދޭށެވެ!
މި އާޔަތާމެދު ރަނގަޅަށް ވިސްނައިލަމާ ހިނގާށެވެ! ރަސްގެފާނަށް ފެނިވަޑައިގަތް ހުވަފެންފުޅަކީ (سَبْعَ بَقَرَٰتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعَ سُنۢبُلَٰتٍ خُضْرٍ وَأُخَرَ يَابِسَٰتٍ)އެވެ. ހުވަފެން ފެށުނީ (سَبْعَ) މި ކަލިމައިންނެވެ. ނިމުނީ ((يَابِسَاتٍ) މި ކަލިމައިންނެވެ. އެއީ މި އާޔަތުގެ 15ވަނަ ކަލިމައެވެ. އަޖައިބުވަނިވި ކަމަކީ މި އާޔަތުގައި 105 އަކުރު އޮތުމެވެ. އެއީ 7 × 15އެވެ.
މިއަށް ވުރެ އަޖައިބުކަން ބޮޑު ކަމަކަށް ބަލާމާ ހިނގާށެވެ!
Ø އަކުރު ىގެ އަލިފުބާ ތަރުތީބުގެ ވަނައަކީ 28އެވެ.
Ø އަކުރު اގެ އަލިފުބާ ތަރުތީބުގެ ވަނައަކީ 1އެވެ.
Ø އަކުރު بގެ އަލިފުބާ ތަރުތީބުގެ ވަނައަކީ 2އެވެ.
Ø އަކުރު سގެ އަލިފުބާ ތަރުތީބުގެ ވަނައަކީ 12އެވެ.
Ø އަކުރު اގެ އަލިފުބާ ތަރުތީބުގެ ވަނައަކީ 1އެވެ.
Ø އަކުރު تގެ އަލިފުބާ ތަރުތީބުގެ ވަނައަކީ 3އެވެ.
Ø ވީމާ (يَابِسَاتٍ) މި ކަލިމައިގެ އަކުރުތަކުގެ ތަރުތީބީ ވަނަތަކުގެ ޖުމުލައަކީ 47އެވެ. 47އަކީ ފުރައަދަދުތަކުގެ ތަރުތީބުން 15ވަނަ ޢަދަދެވެ. މި އާޔަތުގައި (يَابِسَاتٍ) މި ކަލިމައިގެ ތަރުތީބީ ވަނައަކީ ވެސް 15އެވެ.
ދެން މި އަންނަ ނަންއިތުރުތަކަށް (ސިފަތަކަށް) ބަލައިލަމާ ހިނގާށެވެ! އެއީ:
سَبْعَ بَقَرَاتٍ سِمَانٍ - يَأْكُلُهُنَّ سَبْعٌ عِجَافٌ - وَسَبْعَ سُنْبُلَاتٍ خُضْرٍ - وَأُخَرَ يَابِسَاتٍ.
މި ހަތަރު ޢިބާރާތް ނިމިފައިވަނީ: سِمَانٍ – عِجَافٌ – خُضْرٍ – يَابِسَاتٍއަށެވެ.
سِمَانٍ – عِجَافٌއަކީ ގެރީގެ ސިފަތަކެވެ.
خُضْرٍ – يَابِسَاتٍއަކީ ކުރާގަނޑުގެ ސިފަތަކެވެ.
Ø މި އާޔަތުގައި (سِمَانٍ) ގެ އަކުރުތައް 39 ފަހަރު ތަކުރާރުވެފައި ވެއެވެ.
Ø މި އާޔަތުގައި (عِجَافٌ) ގެ އަކުރުތައް 30 ފަހަރު ތަކުރާރުވެފައި ވެއެވެ.
Ø މި އާޔަތުގައި (خُضْرٍ) ގެ އަކުރުތައް 10 ފަހަރު ތަކުރާރުވެފައި ވެއެވެ.
Ø މި އާޔަތުގައި (يَابِسَاتٍ) ގެ އަކުރުތައް 50 ފަހަރު ތަކުރާރުވެފައި ވެއެވެ.
ވީމާ މި ހަތަރު ކަލިމައިގެ އަކުރުތައް ތަކުރާރުވެފައި މި ވަނީ 129ފަހަރުއެވެ.
މި ހަތަރު ޢިބާރާތް ފެށިފައިވާ ކަލިމަތަކަށް : سَبْعَ – يَأْكُلُهُنَّ – وَسَبْعَ – وَأُخَرَ. އަށް ބަލައިލަމާ ހިނގާށެވެ!
Ø މި އާޔަތުގައި (سَبْعَ) މި ކަލިމައިގެ އަކުރުތައް ތަކުރާރުވެފައިވަނީ 18 ފަހަރުއެވެ.
Ø މި އާޔަތުގައި (يَأْكُلُهُنَّ) މި ކަލިމައިގެ އަކުރުތައް ތަކުރާރުވެފައިވަނީ 53 ފަހަރުއެވެ.
Ø މި އާޔަތުގައި (وَسَبْعَ) މި ކަލިމައިގެ އަކުރުތައް ތަކުރާރުވެފައިވަނީ 23 ފަހަރުއެވެ.
Ø މި އާޔަތުގައި (وَأُخَرَ) މި ކަލިމައިގެ އަކުރުތައް ތަކުރާރުވެފައިވަނީ 35 ފަހަރުއެވެ.
Ø ވީމާ މި ހަތަރު ކަލިމައިގެ އަކުރުތައް ތަކުރާރުވެފައި މި ވަނީ 129 ފަހަރުއެވެ.
އިތުރަށް ވިސްނައިލާށެވެ!
سَبْعَ بَقَرَاتٍ سِمَانٍ.. يَأْكُلُهُنَّ سَبْعٌ عِجَافٌ.. وَسَبْعَ سُنْبُلَاتٍ خُضْرٍ.. وَأُخَرَ يَابِسَاتٍ.
މި ހަތަރު ޢިބާރާތުގެ ފެށުނު އަކުރުތައް ތަކުރާރުވެފައި މި ވަނީ 129 ފަހަރުއެވެ. މި ޢިބާރާތްތައް ނިމުނު ކަލިމަތަކުގެ އަކުރުތަކުގެ ޖުމުލައަކީ ވެސް 129އެވެ.
129 = 43 + 43 + 43އެވެ. މި އާޔަތުގެ ވަނައަކީ 43އެވެ. މި އާޔަތުގައި ތިން ފަހަރު ހަތް ތަކުރާރުވެފައިވެއެވެ. އަދި ކިއެއްހެއްޔެވެ؟ އެއީ ކީރިތި ޤުރްއާނުގައި 7 (ހަތެއް) ފުރަތަމަ ފަހަރަށް ތިން ފަހަރު ވާރިދުވެފައިވާ އާޔަތް ވެސްމެއެވެ. (ނުނިމޭ)