ad_banner
ކީރިތި ޤުރުއާނުގެ ޢިލްމީ މުޢުޖިޒާތުގެ ތެރެއިން . . . މޭވާތަކުގެ ސިންދަފާތުކަމުގެ ނިޢުމަތް (3)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

20 އޮކްޓޯބަރު 2025

މޭވާގެ ނިޢުމަތް

(2025 އޮކުޓޫބަރު 13ވަނަ ޢަދަދާ ގުޅޭ)

އަޖައިބުކަން ކިހައި ބޮޑު

-         سورة الرعدގައި و ތަކުރާރުވެފައިވަނީ 272 ފަހަރުއެވެ.

-         سورة الرعدގައި ن ތަކުރާރުވެފައިވަނީ 229 ފަހަރުއެވެ.

-         272 – 229 = 43އެވެ. سورة الرعدގެ އާޔަތްތަކުގެ ޢަދަދަކީ 43އެވެ.

ސޫރަތުގެ ނަން

-         މި ތިން އާޔަތުގައި ر ތަކުރާރުވެފައި ވަނީ 14 ފަހަރުއެވެ.

-         މި ތިން އާޔަތުގައި ع  ތަކުރާރުވެފައިވަނީ 12 ފަހަރުއެވެ.

-         މި ތިން އާޔަތުގައި  د ތަކުރާރުވެފައިވަނީ 5 ފަހަރުއެވެ.

-         މި ސޫރަތުގެ ނަން  (رعد)ގައި ހިމެނޭ  ތިން އަކުރު، މި ތިން އާޔަތުގައި ތަކުރާރުވެފައިވަނީ 31 ފަހަރުއެވެ. އެއީ (14 + 12 + 5 )އެވެ. 

ހިތްޕުޅުގައި މި ޢަދަދު ބާއްވަވައިގެން ކުރިއަށް ވަޑައިގަންނަވާށެވެ.

-            މި ތިން އާޔަތުގައި  ا ތަކުރާރުވެފައި ވަނީ 61 ފަހަރުއެވެ.

-            މި ތިން އާޔަތުގައި  ل  ތަކުރާރުވެފައި ވަނީ 35 ފަހަރުއެވެ.

-            މި ތިން އާޔަތުގައި  ر  ތަކުރާރުވެފައި ވަނީ 14 ފަހަރުއެވެ.

-            މި ތިން އާޔަތުގައި  ع  ތަކުރާރުވެފައި ވަނީ 12 ފަހަރުއެވެ.

-            މި ތިން އާޔަތުގައި  د  ތަކުރާރުވެފައި ވަނީ 5 ފަހަރުއެވެ.

-            މި ފަސް އަކުރަކީ  ސޫރަތުގެ ނަން (الرعد) މި ލަފުޒުގެ އަކުރުތަކެވެ. މި ތިން އާޔަތުގައި މި އަކުރުތައް ތަކުރާރުވެފައި މި ވަނީ 127 ފަހަރުއެވެ. 

ދެން ބައްލަވާށެވެ!

-            މި ތިން އާޔަތުގައި  (رعد) މި ލަފުޒުގެ އަކުރުތައް ތަކުރާރުވެފައި މި ވަނީ 31 ފަހަރުއެވެ.

-            މި ތިން އާޔަތުގައި (الرعد) މި ލަފުޒުގެ އަކުރުތައް ތަކުރާރުވެފައި މި ވަނީ 127 ފަހަރުއެވެ.

މި ދެ ޢަދަދުގެ ގުޅުމަކީ ކޮބައިތޯއެވެ؟ 127އަކީ ފުރަ ޢަދަދެކެވެ.[1] ފުރަ ޢަދަދުތަކުގެ ތަރުތީބަށް ބަލާއިރު 127  އޮތީ 31ވަނައިގައެވެ.

އަޅުގެ ވެރި ރަސްކަލާނގެ ޠާހިރުވަންތަކަމާއެވެ! ((أَمْ يَقُولُونَ ٱفْتَرَىٰهُ [2]- ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހެއްދެވިކަމަށް އެއުރެން ބުނަނީހެއްޔެވެ؟))

 ފުރަ ޢަދަދަކީ އެތައް ސައްތަ އަހަރުތަކެއް ވަންދެން ޙިސާބިއްޔާތުގެ ޢިލްމުވެރީން އޭގެ ޙަޤީޤަތާ މެދު ދިރާސާތައްކޮށްފައިވާ ޢަދަދެކެވެ. 

އިތުރު އެހެން ޙަޤީޤަތެއް ދަންނަވައިލާނަމެވެ. 127އާ މެދު ވިސްނައިލެއްވީންތޯއެވެ. އެއީ 114+13އެވެ. 114އަކީ ޤުރުއާނުގެ ސޫރަތްތަކުގެ ޢަދަދެވެ. 13އަކީ މުޞްޙަފުގައި الرعد ސޫރަތުގެ ތަރުތީބީ ވަނައެވެ.

ރަނގަޅަށް ހަނދުމަފުޅު ބަހައްޓަވާށެވެ! މި ސޫރަތުގެ ފުރަތަމަ އާޔަތަކީ މުޞްޙަފުގެ އާޔަތްތަކުގެ ތަރުތީބުން 1710 ވަނަ އާޔަތެވެ. މި ޢަދަދު = 114×15 އެވެ. 114އަކީ ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ޢަދަދެވެ. 15 އިޝާރަތް ކުރަނީ ކޮން އެއްޗަކަށް ބާވައެވެ! 15އަކީ الرعد ސޫރަތުގެ ފުރަތަމަ އާޔަތުގެ ކަލިމަތަކުގެ ޢަދަދެވެ. އަދި 15އަކީ الرعد ސޫރަތުގެ އެންމެ ފަހު އާޔަތުގެ ކަލިމަތަކުގެ ޢަދަދު ވެސް މެއެވެ.

އިތުރަށް ބައްލަވާށެވެ! الرعد ސޫރަތުގައި ތިލާވަތުގެ ސަޖިދައެއް ވެއެވެ. އެއީ މި ސޫރަތުގެ 15ވަނަ އާޔަތެވެ. މި އާޔަތަކީ ((وَلِلَّهِ يَسْجُدُ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ طَوْعًا وَكَرْهًا وَظِلَٰلُهُم بِٱلْغُدُوِّ وَٱلْـَٔاصَالِ ۩  - އަދި އުޑުތަކާއި، ބިމުގައިވާހައި ބަޔަކާއި، އެއުރެންގެ ހިޔަނިތައް ވެސް، ރުހުމުގައްޔާއި، ނުރުހުމުގައި، ހެނދުނާއި ހަވީރު، اللَّهއަށް (ކިޔަމަންވެ) سجدةކުރެތެވެ.))

މި އާޔަތް ފެށެނީ ﷲގެ މަތިވެރި އިސްމުފުޅުންނެވެ. މި ސޫރަތުގައި ލަފުޡުލްޖަލާލަތި 34 ފަހަރު އައިސްފައި ވެއެވެ.

ކީރިތި ޤުރުއާނުގައި އައިސްފައިވާ ތިލާވަތުގެ ސަޖިދައިގެ ޢަދަދަކީ 15އެވެ. ރެއަކާއި ދުވާލު ޖަހާން ފަރުޟުކުރައްވައިފައިވާ ސަޖިދައިގެ ޢަދަދަކީ 34އެވެ.

الرعد ސޫރަތުގެ މި އަންނަ ދެ އާޔަތާ މެދު ވިސްނައިލައްވާށެވެ! 

‏ وَيَقُولُ ٱلَّذِينَ كَفَرُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَةٌ مِّن رَّبِّهِۦٓ ۗ إِنَّمَآ أَنتَ مُنذِرٌ ۖ وَلِكُلِّ قَوْمٍ هَادٍ (7)

اللَّهُ يَعْلَمُ مَا تَحْمِلُ كُلُّ أُنثَىٰ وَمَا تَغِيضُ ٱلْأَرْحَامُ وَمَا تَزْدَادُ ۖ وَكُلُّ شَىْءٍ عِندَهُۥ بِمِقْدَارٍ  (8)

-     މި ދެ އާޔަތުގެ އަކުރުތަކުގެ އަދަދަކީ 114 އެވެ. އެއީ ޤުރުއާނުގެ ސޫރަތްތަކުގެ ޢަދަދެވެ.

-     މި ދެ އާޔަތުގެ ތަރުތީބީ ވަނައިގެ ޖުމްލައަކީ (7+8 = 15) އެވެ. 

-     ފުރަތަމަ އާޔަތުގެ ކަލިމަތަކުގެ ޢަދަދަކީ 15އެވެ.

-      ދެވަނަ އާޔަތުގެ ކަލިމަތަކުގެ ޢަދަދަކީ ހަމަ 15އެވެ.

"الرعد" ގެ އަކުރުތަކާމެދު ވިސްނައިލައްވާށެވެ!

-         މި ދެ އާޔަތުގައި ا ތަކުރާރުވެފައި ވަނީ 19 ފަހަރުއެވެ.

-         މި ދެ އާޔަތުގައި ل ތަކުރާރުވެފައި ވަނީ 15 ފަހަރުއެވެ.

-         މި ދެ އާޔަތުގައި ر  ތަކުރާރުވެފައި ވަނީ 5 ފަހަރުއެވެ.

-         މި ދެ އާޔަތުގައި ع   ތަކުރާރުވެފައި ވަނީ 3 ފަހަރުއެވެ.

-         މި ދެ އާޔަތުގައި  د ތަކުރާރުވެފައި ވަނީ 5 ފަހަރުއެވެ.

-         މި ދެ އާޔަތުގައި (الرعد) މި ކަލިމައިގެ އަކުރުތައް ތަކުރާރުވެފައި މި ވަނީ 47 ފަހަރުއެވެ. މިއީ 15 ވަނަ ފުރަ ޢަދަދެވެ.

مُحَمَّدصلى اللَّه عليه وسلّم-  މި ގޮތަށް ފުރަ ޢަދަދުތައް ބޭނުންފުޅުކުރައްވާނެ ގޮތް ކިޔަވައިވިދާޅުވީ ކޮން ޔުނިވަރސިޓީއަކުންތޯއެވެ؟

"الرعد" މި ކަލިމައިގެ އަކުރުތަކުގެ އަލިފުބާ ތަރުތީބީ ވަނަ

-         އަލިފުބާ އަކުރުގެ ތަރުތީބުގައި ا ގެ ވަނަ އަކީ 1އެވެ.

-         އަލިފުބާ އަކުރުގެ ތަރުތީބުގައި ل ގެ ވަނަ އަކީ 23އެވެ.

-         އަލިފުބާ އަކުރުގެ ތަރުތީބުގައި رގެ ވަނަ އަކީ 10އެވެ.

-         އަލިފުބާ އަކުރުގެ ތަރުތީބުގައި ع ގެ ވަނަ އަކީ 18އެވެ.

-         އަލިފުބާ އަކުރުގެ ތަރުތީބުގައި د ގެ ވަނަ އަކީ 8 އެވެ.

-         ވީމާ (الرعد) ކަލިމައިގެ އަކުރުތަކުގެ އަލިފުބާ ތަރުތީބުގެ ވަނަތަކުގެ ޖުމްލައަކީ  (1+23+10+18+8 = 60) އެވެ. 

-         الرعد ސޫރަތުގެ ފުރަތަމަ އާޔަތުގައި ހިމެނޭ އަކުރުތަކުގެ ޖުމްލައަކީ 60 އެވެ. 60 އަކީ 15 × 4 އެވެ.

ފުންކޮށް ވިސްނައިލެއްވުމަށް

ކީރިތި ޤުރުއާނުގައި "رعد" މި ލަފުޒު ވާރިދުވެފައިވަނީ އެންމެ ދެ ފަހަރުއެވެ. އެއީ:

أَوْ كَصَيِّبٍ مِّنَ ٱلسَّمَآءِ فِيهِ ظُلُمَٰتٌ وَرَعْدٌ وَبَرْقٌ يَجْعَلُونَ أَصَٰبِعَهُمْ فِىٓ ءَاذَانِهِم مِّنَ ٱلصَّوَٰعِقِ حَذَرَ ٱلْمَوْتِ ۚ وَٱللَّهُ مُحِيطُۢ بِٱلْكَٰفِرِينَ  - البقرة : 19

وَيُسَبِّحُ ٱلرَّعْدُ بِحَمْدِهِۦ وَٱلْمَلَٰٓئِكَةُ مِنْ خِيفَتِهِۦ وَيُرْسِلُ ٱلصَّوَٰعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمْ يُجَٰدِلُونَ فِى ٱللَّهِ وَهُوَ شَدِيدُ ٱلْمِحَالِ  -  الرعد : 13

-         "رعد" މި ކަލިމަ އަލްބަޤަރާ ސޫރަތުގައި އައިސް މި ވަނީ 13ވަނަ އާޔަތުގައެވެ. މި އާޔަތުގައި ވަނީ 19 ކަލިމައެވެ. މި އާޔަތުގެ އަކުރުތަކުގެ ޢަދަދަކީ 86އެވެ.

-         "رعد" މި ކަލިމަ އައްރަޢުދު ސޫރަތުގައި (13ވަނަ ސޫރަތުގައި) އައިސް މި ވަނީ 13ވަނަ އާޔަތުގައެވެ. މި އާޔަތުގައި ވެސް އޮތީ 19 ކަލިމައެވެ. މި އާޔަތުގެ އަކުރުތަކުގެ ޢަދަދަކީ 86 އެވެ.

-         البقرة ސޫރަތުގެ 19ވަނަ އާޔަތަކީ މުޞްޙަފުގެ އާޔަތްތަކުގެ ތަރުތީބުން 26ވަނަ އާޔަތެވެ. އެއީ 13+13އެވެ. 

-         الرعد ސޫރަތުގެ 13ވަނަ އާޔަތަކީ މުޞްޙަފުގެ އާޔަތްތަކުގެ ތަރުތީބުން 1720ވަނަ އާޔަތެވެ. އެއީ 860+860އެވެ.

އިތުރަށް ވިސްނައިލައްވާ! 

-            رعد އާ ބެހޭ ދެ އާޔަތުގައި ر ތަކުރާރުވެފައި ވަނީ 6 ފަހަރުއެވެ.

-            رعد އާ ބެހޭ ދެ އާޔަތުގައި ع ތަކުރާރުވެފައި ވަނީ 6 ފަހަރުއެވެ.

-            رعد އާ ބެހޭ ދެ އާޔަތުގައި د ތަކުރާރުވެފައި ވަނީ 6 ފަހަރުއެވެ.

މި ކަމުގެ ސިއްރަކީ ކޮބައިތޯއެވެ؟

-            13އަކީ ފުރަ ޢަދަދުގެ ތަރުތީބުގައި ހަވަނަ ޢަދަދެވެ.

-            الرعد ސޫރަތަކީ މުޞްޙަފުގެ ސޫރަތްތަކުގެ ތަރުތީބުން 13ވަނަ ސޫރަތެވެ.  

رعد އާއި  الرعد

البقرة ސޫރަތުގައި  އޮތީ "رعد"  އެވެ. އެހެނަސް الرعد  ސޫރަތުގައި އޮތީ "الرعد" އެވެ.

-         ރަޢުދާ ބެހޭ ދެ އާޔަތުގައި "رعد"ގެ އަކުރުތައް ތަކުރާރުވެފައި ވަނީ 18 ފަހަރުއެވެ.

-         ރަޢުދާ ބެހޭ ދެ އާޔަތުގައި ا ތަކުރާރުވެފައި ވަނީ 25 ފަހަރުއެވެ.

-         ރަޢުދާ ބެހޭ ދެ އާޔަތުގައި  ل  ތަކުރާރުވެފައި ވަނީ 18 ފަހަރުއެވެ.

-         ރަޢުދާ ބެހޭ ދެ އާޔަތުގައި ر ތަކުރާރުވެފައި ވަނީ 6 ފަހަރުއެވެ.

-         ރަޢުދާ ބެހޭ ދެ އާޔަތުގައި ع  ތަކުރާރުވެފައި ވަނީ 6 ފަހަރުއެވެ.

-         ރަޢުދާ ބެހޭ ދެ އާޔަތުގައި  د ތަކުރާރުވެފައި ވަނީ 6  ފަހަރުއެވެ.

ވީމާ "الرعد"ގައި ހިމެނޭ 5 އަކުރު މި ދެ އާޔަތުގައި 61 ފަހަރު ތަކުރާރުވެފައިވެއެވެ.

ކީރިތި ޤުރުއާން ދޮގުކުރާމީހުންނަށް ރައްދުދެއްވައިފައިވާ ގޮތަށް ބަލައިލަމާތޯއެވެ؟

"رعد" މި ލަފުޒު ކީރިތި ޤުރުއާނުގައި އައިސްފައިވަނީ ދެ އާޔަތެއްގައެވެ. އެއީ البقرة ސޫރަތާއި الرعد ސޫރަތުގައެވެ.ފުރަތަމަ ފަހަރު އައިސްފައިވަނީ (رعد) ނަކިރާކޮށްނެވެ. ދެވަނަ ފަހަރު އައިސްފައިވަނީ (الرعد) މަޢުރިފާކޮށްނެވެ.

-            ނަކިރާކޮށް ލަފުޒުގެ އަކުރުތައް ތަކުރާރުވެފައިވަނީ 18 ފަހަރުއެވެ.

-            މަޢުރިފާކޮށް އޮތް ލަފުޒުގެ އަކުރުތައް ތަކުރާރުވެފައިވަނީ 61 ފަހަރުއެވެ.

އަޖައިބުވަނިވި ކަމަކީ 61 ވަނަ ޢަދަދަކީ ފުރަ ޢަދަދެކެވެ. ފުރަ ޢަދަދުގެ ތަރުތީބުގައި މިއީ 18 ވަނަ ޢަދަދެވެ.

[ގުގުރި އެކަލާނގެއަށް حمدއާ އެކު تسبيح ކިޔައި އަދި ملائكةން އެކަލާނގެއަށް ބިރުވެތިކަމާ އެކު تسبيح ކިޔާ ފަރާތް] ﷲ ތަޢާލާގެ ހުސްޠާހިރުވަންތަކަމާއެވެ!  

(ނިމުނީ)

 

މަރުޖާ:


[1]  - ފުރަޢަދަދަކީ (prime number) މަޑޫތަކަށް  ބައިނުކުރެވޭ 1 ށް ވުރެ ބޮޑު ޠަބީޢީ ޢަދަދެވެ.

[2]  - މި ބަސްފުޅު ކީރިތި ޤުރުއާނުގެ ފަސް އާޔަތެއްގައި ތަކުރާރުވެފައިވެއެވެ.

ކޮމެންޓު