ހުސައިން ނައުޝާދު
14 ސެޕްޓެންބަރު 2025
[ފަރަގު] މަރުކާގެ ދަށުން ހިންގާ މުއައްސަސާތަކަކީ އިޖުތިމާޢި ހެޔޮ ފަރަގަކަށް ޓަކައި މަސައްކަތްކުރާ ބޮޑު ޖަމާޢަތެކެވެ. [ފަރަގު] މަރުކާގެ ދަށުން ހިންގާ ފަރަގު އެކެޑެމިކްސަރވިސް ޕްރައިޓް ލިމިޓެޑާއި ފަރަގު އެކެޑަމީއާއި ފަރަގު މީޑިއާއަކީ އިޖުތިމާޢީ ބަދަލަކަށްޓަކައި މަޖައްކަތްކުރާ ޖަމާޢަތެކެވެ.
[ފަރަގު] މަރުކާގެ މުއައްސަސާތަކާ ގުޅިގެން މުޖުތަމަޢު އިސްލާހުކުރުމަށް ޓަކައި ތަފާރު ޚިދުމަތްތަކެއް ފުޅާ ދާއިރާއެއްގައި އަންނަނީ މުޖުތަމައަށް ފޯރުކޮށްދެމުންނެވެ. [ފަރަގު] މީޑިއާގެ ފަރާތުން ހިންގާ ފަރަގު އޮންލައިންގެ ފަރާތުން ޢިލްމީ ލިޔުންތައް ކޮންމެ ދުވަހަކު ވެސް ގެންދަނީ މުޖުތަމައަށްފޯރުކޮށްދެމުންނެވެ. ފަރަގު އެކެޑަމީއިން ހިންގާ ކޯޕަރޭޓް ތަމްރީނު ޕްރޮގުރާމްތައް ވެސް ވަރަށް ތަފާތެވެ. [ފަރަގު]ން ޚިދުމަތް ލިބިގަންނަ ކަމޭދުން މި ޚިދުމަތް ފަލައިގަންނަނީ އެ ޚިދުމަތުގެ [ފަރަގު] ބޮޑުކަމުންނެވެ. ފެންވަރު ރަނގަޅުކަމުންނެވެ. ފަރަގުން އާ ޚިދުމަތެއް ރޭ ތަޢާރަފުކޮށްފައިވަނީ ވެސް ވަރަށް ފަރަގުކޮށެވެ.
އާދޭހެވެ! [ފަރަގު] މަރުކާގެ ހުރިހައި މުއައްސަސާތަކަކާއި ކްރިއޭޓިވް އެންޑް ޕީއާރު އެސޯސިއޭޓްސްއާއި ޗްރިއޭޓިވް ޓެކް ލެބްސް ގުޅިގެން ރޭ ވަނީ ހަފުތާއަކު އެއް ފަހަރު ލައިވްކޮށް ބާއްވާ [ފަރަގު] ދަރުސް ތަޢާރަފުކޮށްފައެވެ. [ފަރަގު] ދަރުސްގެ ނަމުގައި ރޭ ތަޢަރަފު ކުރި ފުރަތަމަ ދަރުސް ގައި ރޭ ދަރުސްދެއްވީ މަޗްހޫރު ޢާލިމެއްކަމަށްވާ އައްޝައިޚު އިބްރާހީމް އަޙުމަދެވެ.
ރޭ 8:30ގައި ފޭސްބުކުން ލައިވްކުރި ދަރުސްގެ މައުޟޫޢަކީ [ދަހިވެތިކަމުން މިންޖުވުނު]އެވެ. މި ޢިލްމީ ދަރުސްތިރީސްހާސް މީހުން ބެލިކަން ފާހަގަކޮށްލެވެއެވެ. އިސްލާމީ ތާރީޚުން މިސާލު ނަންގަވައިދެން ރޭ ބޭއްވި ދަރުސްގައި އަމްރުވެރިކަމާއި މުދަލުގެ ދަހިވެތިކަމުން ސަލާމަތްވާނެ ގޮތާއި ދަހިވެތިކަމުން ސަލާމްތަވުމުގެ މުހިންމުކަމުގެ މައްޗަށް ވަރަށް ޢިލްމީ ގޮތެއްގައި އަޅުއަޅުވައިލައްވައިފައި ވެއެވެ. މި ދަރުން މީސްމީޑިއާއިން މިހާރު ވެސް ބައްލަވައިލެއްވޭނެއެވެ.
ލަފުޒެއްގެ މާނަ:
ކަމޭދު ނ. މުދަލެއް ނުވަތަ ޚިދުމަތެއް ހޯދާ ނުވަތަ ލިބިގަންނަ މީހާ.