އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
10 ސެޕްޓެންބަރު 2025
(2025 ސެޕްޓެންބަރު 3ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)
އަލުން (التوبة) ސޫރަތުގެ އެ އާޔަތަށް އެނބުރި ދަމާ ހިނގާށެވެ!
(( إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًا فِى كِتَٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ ۚ فَلَا تَظْلِمُوا۟ فِيهِنَّ أَنفُسَكُمْ ۚ وَقَٰتِلُوا۟ ٱلْمُشْرِكِينَ كَآفَّةً كَمَا يُقَٰتِلُونَكُمْ كَآفَّةً ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ ))
- ( التوبة ) ސޫރަތުގެ މި އާޔަތުގެ ވަނައަކީ 36 އެވެ.
- މި އާޔަތުގެ ކަލިމަތަކުގެ ޢަދަދަކީ 36 އެވެ. އެއީ 9 × 4 އެވެ.
- މި އާޔަތުގެ އަކުރުތަކުގެ ޢަދަދަކީ 160އެވެ. އެއީ 12 × 12 + 4 × 4
- މި އާޔަތުގައި އައިސްފައިވާ (مِنْهَا أَرْبَعَةٌ حُرُمٌ) މި ޖުމްލައިގައި ވާ ( أَرْبَعَةٌ – ހަތަރެއް)އަށް ބަލައިލަމާހިނގާށެވެ. (أَرْبَعَةٌ) އައިސްފައި ވަނީ 16 ކަލިމައަށް ފަހުގައެވެ. އެއީ 4 × 4 އެވެ.
- މި އާޔަތުގައި (أَرْبَعَةٌ ) އައިސްފައި މި ވަނީ އާޔަތުގެ ނިމޭކޮޅުން 92 އަކުރުގެ ކުރިންނެވެ. 92 = 4 × 23 އެވެ.
- މި އާޔަތުގައިވާ ( أَرْبَعَةٌ) ގެ ފުރަތަމަ އަކުރު އައިސްފައި ވަނީ މި އާޔަތުގެ އަކުރު ތަރުތީބުން 64 ވަނައަށެވެ.އެއީ 4 × 4 × 4
މި އާޔަތަށް ބަލާ
((فَإِذَا انْسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ فَإِنْ تَابُوا وَأَقَامُوا الصَّلَاةَ وَآتَوْا الزَّكَاةَ فَخَلُّوا سَبِيلَهُمْ إِنَّ اللَّهَ غَفُورٌ رَحِيمٌ)) މިއީ التوبة ސޫރަތުގެ ފަސްވަނަ އާޔަތެވެ.
- މި އާޔަތުގެ ފެށޭ ކޮޅުން (الْحُرُمُ) މި ކަމައިގެ ތަރުތީބީ ވަނައަކީ 4 އެވެ.
- މި ކަލިމައިގެ ފުރަތަމަ އަކުރަކީ އާޔަތުގެ ފެށެކޮޅުން 16 ވަނަ އަކުރެވެ. އެއީ 4 × 4
- (الْحُرُمُ) މި ކަލިމައިގެ އަކުރުތަކަށް ބަލާއިރު ا އަކީ އަލިފުބާގެ 1 ވަނަ އަކުރެވެ. ل އަކީ 23 ވަނަ އަކުރެވެ. ح އަކީ 6 ވަނަ އަކުރެވެ. ر އަކީ 10 ވަނަ އަކުރެވެ. م އަކީ 24 ވަނަ އަކުރެވެ. ވީމާ (الْحُرُمُ) މި ކަލިމައިގެ އަކުރުތަކުގެ ޖުމްލައަކީ 64 އެވެ.4 × 4 × 4 އެވެ.
الأيام އަށް ވިސްނައިލަމާ
ހަފުތާ ގައި އޮންނަނީ 7 ދުވަހެވެ.
- ކީރިތި ޤުރްއާނުގައި (يوم - ދުވަސް) މި ކަލިމައިން ފެށޭ އާޔަތްތަކުގެ ޢަދަދަކީ 49 އެވެ. އެއީ 7 × 7
- ކީރިތި ޤުރްއާނުގައި (يومئذ – އެ ދުވަހުން) މި ކަލިމައިން ފެށިފައިވާ އާޔަތްތަކުގެ ޢަދަދަކީ 7 އެވެ.
މި އާޔަތްތަކުގެ ފެށުމަށާއި އާޔަތުގެ ނަންބަރާމެދު ވިސްނައިލަމާހެއްޔެވެ؟
- يَوْمَ يَرَوْنَ الْمَلَائِكَةَ لَا بُشْرَى يَوْمَئِذٍ لِلْمُجْرِمِينَ وَيَقُولُونَ حِجْرًا مَحْجُورًا - މިއީ الفرقان ސޫރަތުގެ (22) ވަނަ އާޔަތެވެ.
- يَوْمَ تُوَلُّونَ مُدْبِرِينَ مَا لَكُمْ مِنَ اللَّهِ مِنْ عَاصِمٍ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ – މިއީ غافر ސޫރަތުގެ (33) ވަނަ އާޔަތެވެ.
- يَوْمَ تَشَقَّقُ الْأَرْضُ عَنْهُمْ سِرَاعًا ذَلِكَ حَشْرٌ عَلَيْنَا يَسِيرٌ – މިއީ ق ސޫރަތުގެ (44) ވަނަ އާޔަތެވެ.
- يَوْمَ يَغْشَاهُمُ الْعَذَابُ مِنْ فَوْقِهِمْ وَمِنْ تَحْتِ أَرْجُلِهِمْ وَيَقُولُ ذُوقُوا مَا كُنْتُمْ تَعْمَلُونَ – މިއީ العنكبوت ސޫރަތުގެ (55) ވަނަ އާޔަތެވެ.
- يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا – މިއީ الأحزاب ސޫރަތުގެ (66) ވަނަ އާޔަތެވެ.
- يَوْمَ لَا يَنْفَعُ مَالٌ وَلَا بَنُونَ – މިއީ الشعراء ސޫރަތުގެ (88) ވަނަ އާޔަތެވެ.
- މި ހުރިހާ އާޔަތްތަކެއް ފެށިފައިވަނީ (يوم) މި ލަފުޒުންނެވެ.މި އާޔަތްތަކުގެ ވަނަތަކަކީ : 22 – 33 – 44 – 55 – 66 - ؟؟ - 88 އެވެ. މަދުވަނީ 77 އެވެ.
- ފުރަތަމަ އާޔަތަކީ الفرقان ސޫރަތުގެ އާޔަތެކެވެ. މި ސޫރަތުގެ އާޔަތްތަކުގެ ޢަދަދަކީ 77 އެވެ.
- އަޖައިބުވަނިވި ކަމަކީ މި އާޔަތްތަކުގެ ޢަދަދު 6 ށް ވެފައި މި އާޔަތްތަކުގެ ކަލިމަތައް 66 ކަމުގައި ވުމެވެ.
- އެންމެ ކުރު އާޔަތަކީ އެންމެ ފަހު އާޔަތެވެ. މި އާޔަތުގައި 6 ކަލިމަ ވެއެވެ.
- 66 ވަނަ އާޔަތުގައި 55 އަކުރު ވެއެވެ.
- މި އާޔަތްތައް ފެށުނީ ى އިންނެވެ. މި 6 އާޔަތުގައި މި އަކުރު 22 ފަހަރު ތަކުރާރުވެފައިވެއެވެ.އެއީ 22 ވަނަ އާޔަތުގެ ނަންބަރެވެ. އަޖައިބުވަނިވި ކަމަކީ ފުރަތަމަ އާޔަތް ފެށޭ ހިސާބުން ފެށިގެން 22 ވަނަ އަކުރު ى ކަމުގައި ވުމެވެ. އަދި 33 ވަނަ އަކުރު ى ކަމުގައި ވުމެވެ.
- އަޖައިބުވަނިވި އިތުރު ކަމަކީ ތިންވަނަ އާޔަތް ފެށޭ ހިސާބުން ފެށިގެން 33ވަނަ އަކުރު ى ކަމުގައި ވުމެވެ.
އިތުރަށް އަޖައިބުވޭ
- މި 6 އާޔަތުގައި ތަޝްދީދުވެގެންވާ އަކުރެއް ނުވާ 3 އާޔަތް ވެއެވެ. މި އާޔަތްތަކަކީ :-
يَوْمَ يَرَوْنَ الْمَلَائِكَةَ لَا بُشْرَى يَوْمَئِذٍ لِلْمُجْرِمِينَ وَيَقُولُونَ حِجْرًا مَحْجُورًا - الفرقان : (22)
يَوْمَ يَغْشَاهُمُ الْعَذَابُ مِنْ فَوْقِهِمْ وَمِنْ تَحْتِ أَرْجُلِهِمْ وَيَقُولُ ذُوقُوا مَا كُنْتُمْ تَعْمَلُونَ - العنكبوت : (55)
يَوْمَ لَا يَنْفَعُ مَالٌ وَلَا بَنُونَ - الشعراء : (88)
- އަދި މި 6 އާޔަތުގެ ތެރޭގައި ތަޝްދީދުކުރެވިގެންވާ އަކުރުތައް ހިމެނޭ 3 އާޔަތެއް ވެއެވެ. މި އާޔަތްތަކަކީ :-
يَوْمَ تُوَلُّونَ مُدْبِرِينَ مَا لَكُمْ مِنَ اللَّهِ مِنْ عَاصِمٍ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ - غافر: (33)
يَوْمَ تَشَقَّقُ الْأَرْضُ عَنْهُمْ سِرَاعًا ذَلِكَ حَشْرٌ عَلَيْنَا يَسِيرٌ - ق : (44)
يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا - الأحزاب : (66)
· މި 3 އާޔަތުގެ ތަރުތީބު ވަނަތަކުގެ ޖުމްލައަކީ 143 އެވެ. މި ތިން އާޔަތުގައި ތަޝްދީދުކުރެވިފައިވާ އަކުރުތަކަކީ : ل- ق - ر - ن އެވެ. މި އަކުރުތަކުގެ އަލިފުބާ ތަރުތީބު ވަނަތަކުގެ ޖުމްލައަކީ 143 އެވެ.
· ތަޝްދީދުކުރެވިފައިވާ މި 4 އަކުރު މި 4 އާޔަތުގައި ތަކުރާރުވެފައިވަނީ 44 ފަހަރު އެވެ.
· މި 4 އަކުރު މި 6 އާޔަތުގައި ތަކުރާރުވެފައިވަނީ 77 ފަހަރުއެވެ.
· އެންމެ ގިނައިން ތަޝްދީދުކުރެވިފައިވާ އަކުރަކީ ل އެވެ. މި އަކުރު 33 ފަހަރު ތަކުރާރުވެފައިވެއެވެ.
· މި 3 އާޔަތުގައި ތަޝްދީދުކުރެވިގެންވާ 4 އަކުރަކީ ( ل- ق - ر – ن ) އަކީ (القرآن) މި ލަފުޒުގެ އަކުރުތަކެވެ. މަދުވަނީ ا އެވެ.
· ا ކޮބައިހެއްޔެވެ؟ ا އަކީ ތަޝްދީދުކުރެވޭ އަކުރެއްނޫނެވެ. އެހެނަސް މި 3 އާޔަތުގައި 22 ފަހަރު ا ތަކުރާރުވެފައިވެއެވެ.
· ވީމާ (القرآن)ގެ ފަސް އަކުރު ا - ل - ق - ر - ن މި ތިން އާޔަތުގައި 66 ފަހަރު ތަކުރާރުވެފައިވެއެވެ.
سور މި ލަފުޒާ މެދު، ވިސްނުން
الأيامގެ 6 އާޔަތް އައިސްފައިވަނީ 6 ސޫރަތެއްގައެވެ. އެއީ الفرقان ( 77 އާޔަތް ) ސޫރަތާއި الشعراء ( 227 އާޔަތް ) ސޫރަތާއި العنكبوت ( 69 އާޔަތް ) ސޫރަތާއި الأحزاب (73 އާޔަތް) ސޫރަތާއި غافر (85 އާޔަތް) ސޫރަތާއި ق (45 އާޔަތް) ސޫރަތެވެ. މި 6 ސޫރަތުގެ އާޔަތްތަކުގެ ޖުމްލައަކީ 576 އެވެ. އެއީ 24 × 24 އެވެ. 24 އަކީ ރެއަކާއިދުވާލުގެ ގަޑީގެ ޢަދަދެވެ. (ނުނިމޭ)