ad_banner
ޤަޠަރު ސުންނާފަތި ކޮށްލިޔަސް އިސްރާއީލާ ދެކޮޅަށް ޤަޠަރަށް ފިޔަވަޅުއަޅާކަށް ނުކެރޭނެ.

އަބާ މުޙަންމަދު

11 ސެޕްޓެންބަރު 2025

އިސްރާއީލާ ދެކޮޅަކަށް ޤަޠަރަކަށް ފިޔަޅުއަޅާކަށް ނުކެރޭނެއެވެ. އިސްރާއީލުން ޙަމަލާދީފިއެވެ.

ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ އިސްވެރިންނަށް އަމާޒުކޮށް އިއްޔެ ނޫން އިހަށް ދުވަހު އިސްރާއީލުން ޤަޠަރުގެ ވެރިރަށް ދައުޙާއަށް ވައިގެ ޙަމަލާތަކެއް ދީފިއެވެ.
ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ ޢުދުވާނު ހުއްޓައިލުމާ ގުޅޭގޮތުން އެމެރިކާއިން އެންމެ ފަހުން ހުށަހަޅައިފައިވާ ހުށަހެޅުމާ މެދު ޙަމާސްގެ އިސްވެރީން ޤަޠަރުގައި މަޝްވަރާތައް ކުރައްވަމުން ދަނިކޮށް ށެވެ. ޙަމާސްގެ އިސްވެރީންނަށް އަމާޒުކޮށްކަމަށް ބުނެ ޤަޠަރުގެ ދައުޙާއަށް އިސްރާއީލުން ޙަމަލާދީފައިވާކަން ޔަހޫދީ އަސްކަރިއްޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ޙަމަލާތައް ދީފައި ވަނީ ފައިޓަރު ޖެޓު ބޭނުންކޮށްގެންނެވެ.
ޔަހޫދީން މަސައްކަތްކޮށްފައިވާކަމަށް ބެލެވެނީ ޙަމާސްގެ ފަރާތުން މަޝްވަރާތަކުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ޚަލީލުލްޙައްޔު ޝަހީދުކޮށްލާށެވެ.. އޭނާއަކީ އީރާނާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެއްކަމަށް އިސްރާއީލުން ދެކެއެވެ. އޭނާއަކީ ޙަމާސްގެ ވެރިކަންކުރާ މަޖިލީހުގެ މެންބަރެއްވެސް މެއެވެ. ނަމަވެސް ޙަމަލާގައި އޭނާ ސަލާމަތްވެވަޑައިގެންފައިވާކަން ޙަމާސްގެ މަސްދަރަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
އިންސާނިއްޔަތާއި، ބައިނަލްއަޤުވާމީ ހުރިހައި ޤާނޫނަކާ ޚިލާފު މި ޙަމަލާއާ ގުޅިގެން ޤަޠަރުގެ ޚާރިޖީ ވުޒާރާއިން ވަނީ ޔަހޫދީންގެ ޙަމަލާއަކީ ފިނޑި ޙަމަލާއެއްގެ ގޮތުގައި ސިފަކޮށް އެ ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެ ޙަމަލާއަކީ އެންމެހައި ބައިނަލްއަގުވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއްކަމަށާއި، އެއީ ޤަތަރުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުންޏެވެ. އަދި އިސްރާއީލުގެ އެ ފަދަ ޢަމަލުތަކަށް ޤަތަރުން ބަލައިނުގަންނާނެ ކަމަށް ވެސް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

އަދ އިސްރާއީލުން ޙަމަލާދީފައިވަނީ މަދަނީން ދިރިއުޅޭ ޢިމާރާތަކަށްކަން ވެސް ޤަޠަރުން ފަހުން ވަނީ ކަށަވަރުކޮށްދީފައެވެ.

އިސްރާއީލުން ޤަޠަރަށް ކޮންމެ ކަމެއް ކުރިޔަސް އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާކަށް ޤަޠަރަކަށް ނުކެރޭނެއެވެ. އެ މީހުން ތިބީ އެމެރިކާއަޢި އިސްރާއީލުގެ އުނގުގައެވެ. ޣައްޒާއަށް މި އަނިޔާވެރި ޙަމަލާތައް ދެމުން ގެންދަނިކޮށް މި ސެޕްޓެންބަރު މަހުގެ ތެރޭގައި ވެސް ޤަޠަރު ހިމެނޭ ގޮތުން މެދުއިރުމަތީގެ މުއްސަނދި ޤައުމުތަކުން ވަނީ އިސްރޭލުގެ ފަތުވެރިކަން ކުރިއެރުވުމަށް ޓަކައި އެއްބަރުލުން ވަރުގަދަކުރމުގެ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައެވެ.
އެހެންކަމުން އިސްރާއީލުން ޤަޠަރަށް މި ދިން އިންޒާރުގެ ޙަމަލައާ ގުޅިގެން، ޤަޠަރުން މިހާރު ވަނީ އިސްރާއީލާއި ޙަމާސްއާ ދެމެދު ކުރަމުންދާ މަޝްވަރާތައް ވިލަރެސް ކުރުމުގައި އެ ޤައުމުން ޢަދާކުރަމުން ދިޔަ ދައުރު މެދުކަނޑައިލައިފައިވާކަމަށް ބުނެފައެވެ.

ޤަޠަރާއިމެދުއުރމަތީގެ ގައުމުތަކަށް އެމެރިކާއާއި އިސްރާއީލުން ވިސްނައިދީފައި އޮންނަނީ އެ ހުރިހައި ގައުމެއްގެ ދުޝްމަނަި އީރާނުކމެވެ. ނަމަވެސް އެންމެ އަޖާއިބުވާ ކަމަކީ އެއްވެސް ގައުމަކަށް އީރާނުން އިސްވެ ޙަމަލައެއް ދީފައިވާ ކަމުގެ ރެކޯޑެއް ފެންނާން ނެތްކަމަށެވެ. ނަމަވެސް މެދުއިރުމަތީގެ ހުރިހައި ގައުމަކުން ވެސް ގުޅުން ބަދަހިކޮށް އެހީތެރިވެދެނީ އެ ޤައުމަށް ބޮންއަޅާ އަދި ޤައްޒާ ސުންނާފަތިކުރަމުންދާ އިސްރާއީލަށެވެ. މި މުނާފިގުކަން މި ގޮތަށް އޮވެގެން ދުވަހަކު ވެސް އިސްލާމީ ގައުމަކަށް ހިންދެމިއެއް ނުލެވޭނެއެވެ.

ކޮމެންޓު