ad_banner
ވާތް ފަރާތުގެ މަގުގެ އަހުލުވެރީންނަކީ ކޮން ބަޔެއް؟

އިސްމާޢީލު މުބާރަކު

8 ސެޕްޓެންބަރު 2025

ވާތް ފަރާތުގެ އަހުލުވެރީންނަކީ މިއީއެވެ.

ޒަމާނުއްސުރެ ދުނިޔޭގެ ވެރިކަން ހޯދުމާއި ބާރުހޯދުމުގެ މަގު ފެށެނީ އަލިކަމުގެ ތެރެއިންނެއް ނޫނެވެ.  އެކަން ފެށެނީ އަނދިރިކަމުގެ ތެރޭން ބައްދަލުވާ  ޖިންނީންގެ ބާރުތަކާއި ހިޔަނިތަކުންނެވެ. ޤަބޫލް ކުރަން ދަތި ވިޔަސް އެ ކަން އޮތީ އެ ގޮތަށެވެ.

އެހެންކަމުން  މިއަދު އަޅުގަނޑު މިވަންނަނީ މިހާތަނަށް އަތްނުލެވޭ ސަރަހައްދަކަށެވެ. މީ ގިނަ ފަހަރަށް ސިއްރާއި ބިރުވެރިކަމާއި ނިމުމެއް ނެތް ތަޙުރީފުތަކުން ފޮރުވިފައިވާ ސަރަޙައްދެކެވެ. ކީރިތި قرآن ގައި ވާއަތް ފަރާތުގެ އަހްލުވެރިންގެ ނަން تعالي ގެންނަވައިފައި ވަނީ ﴿اصحاب الشمال﴾ މި ނަމުންނެވެ.

ވާތް ފަރާތުގެ އަހުލުވެރީންގެ ވާހަކަ ތިޔަ ބޭފުޅުން އައްސަވަންތޯއެވެ؟ އެ ވާތް ފަރާތުގެ މަގުގެ އަނދިރި ބިނާ އެތުރިފައިވާ ގޮތް މި ފަދަ މާޙައުލެއްގައި މި ބަޔާންކުރަނީ ފުރަތަމަ ފަހަރަށެވެ. އޮޅުންބޮޅުން ބޮޑު ރަމްޒުތަކުންނާއި ޚުރާފާތުގެ ތެރެއިން ފެންނާން ހުރި ކުރެހުންތަކުގެ ޙަޤީގަތް ހާމަކުރަމުންނެވެ .

މިޞްރުގެ އަހުރާމުތަކާއި ގްރީކާއި މެކްސިކޯއާއި ހިންދޫންގެ ޤަދީމީ ފައްޅިތަކުގައި ކުރަހާ ކަނޑައިނެގިފައިވާ ވާތްފަރާތުގެ މަގުގެ ރަމްޒުތަކާއި ރޫޙާނީ  ބާރުތަކަކީ މަޖާޒެއް ނޫނެވެ. އެއީ އަނދިރި  ރޫޙާނީ ބާރުތަކުގެ ބިންގާތަކެވެ. އެއީ އެއްވެސް ފަރާތަކަށް ތަބާވުމެއް ނެތް ބޭރުފުށުން މީހުން ޤަބޫލުކުރާ ސަލާމަތާ ދެކޮޅު ހަދާ އެއްޗެކެވެ. އަމާންދޭން ދެކޮޅު ހަދާ އެއްޗެކެވެ .

އެހެންކަމުން އެތަކެއްޗާ އެއް ފަދައިން ވާތްފަރާތުގެ މަގު އިޚުތިޔާރު ކުރާ މީހާ ދީނުން ބޭރުވާނެއެވެ. ރާއްޖޭގައިވެސް މި މަގުގެ ރޫޙާނީ ބާރުތަކާ ގުޅެން ކުރާ ކަންކަމަށް ދިވެހި ނަންތައް ވެސް ދެވިފައިވެއެވެ. އަޖިދައަށް ކޮރުލުން ފަދަ ތިމާގެ އަމިއްލަ ކުޑަކަމުދާ އެއްޗިހިން ވުލޫކޮށްގެން  މިސްކިތަށް އަރާ ޤިބްލަޔަށް ފުރަގަސް ދީގެން ހުރެ މި ބާރުތަކުގެ ނަން ހިމެނޭ އިބާރާތްތަކުން ގޮވުމާއި  ،މަރުވެފައި ތިބޭ މީހުންގެ މޭގަނޑު ނަގާ އޭގެން ތެޔޮހަނާއިގެން  ފުއްގަނޑު މޮޑެ  ގައިގައި އެއްޗެއް ނެތި ބަރަހަނާ ޔާ ތިބެ އެ ކުރާ ކަންކަންކޮށް އެ ފުއްގަނޑު ކެޔުމާއި   މިފަދަ ކަންކަމަކީ ރާއްޖޭގައި ކޮށްފައި ހުރި ކަންކަމެވެ. 

މި އަނދިރި ބިނާ އެތުރިފައިވާ ގޮތް ބިނާވަނީ ބާރު  ހޯދާ މީހާ އެއީ ޚުދު ކަލާންގެ ކަމަށް ޤަބޫލް ކޮށް އެމަގަށް އެހީތެރިވުމަށް ވާތްފަރާތުގެ ޝައިތާނީ ބާރުތަކަށް ގޮވާ ގޮވެލިފަތި ތަކާއި ކުރާ ކަންކަމުގެ މައްޗަށެވެ. އެއީ  އައްޔާއި އަނދިރި  އޮޅުވާލާ ޙަޤީޤީ މަގުން އެއްކިބާ ކުރާ ކަންތައް ތަކެކެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿لا يستوي الظلمات والنور﴾ އަނދިރިއާއި  އަލި އެއް ފަދަ ވެގެންނެއް ނުވެއެވެ.

އަދިވެސް ވަޙީކުރައްވާފައި ވެއެވެ. ﴿ مَثَلُهُمْ كَمَثَلِ الَّذِي اسْتَوْقَدَ نَارًا فَلَمَّا أَضَاءَتْ مَا حَوْلَهُ ذَهَبَ اللَّهُ بِنُورِهِمْ وَتَرَكَهُمْ فِي ظُلُمَاتٍ لَّا يُبْصِرُونَ﴾ (البقرة: 17)

އެއުރެންގެ މިސާލަކީ، އަލިފާންގަނޑެއް ރޯކޮށްގެންތިބި ބަޔެއްގެ މިސާލެވެ. ފަހެ އެ އަލިފާންގަނޑު، އެއުރެންގެ ވަށައިގެންވާތަނަށް އަލިކޮށްލިހިނދު، ﷲ އެއުރެންގެ (އެ އަލިފާންގަނޑުގެ) އަލިކަން ގެންދަވައި އެއުރެންނަށް އެއްޗެއް ނުފެންނަފަދަ އަނދިރިތަކެއްގެ ތެރެޔަށް އެއުރެން ދޫކުރެއްވީއެވެ.

" އިލޫމިނާޓީ"އޭ ކިޔާ އަޑު ތި ބޭފުޅުން އައްސަވާނެއެވެ.  އިލޫމިނޭޝަން އަކީ  އަލިކުރުމެވެ. ނަމަވެސް  ޙަޤީޤަތަކީ  ދުނިޔޭގެ ދިރިއުޅުން އަލިކޮށް އުޖާލާ ކުރުމަށް  އަސްލު ހިދާޔަތުގެ ނޫރަށް ފުރަގަސްދީ  އަނދިރިކަން އިޚުތިޔާރު ކުރުމެވެ . މި މަގުގައި ހުރަސް ކުރަންޖެހޭ  ފުރަތަމަ ގޭޓަކީ ބިރެވެ. ބިރު ފަހަނަ އަޅާ ގޮސްގެން ނޫނީ މިގަށް ނުވަދެވޭނެއެވެ.

މި މަގުގައި ވާ ރޫޙާނީ ބާރުތަކުގެ  ނަންތައް ފެންނާނީ މަނާ ކުރެވިފައިވާ  ލިޔުންތަކުންނާއި,  ދުނިޔޭގެ ކަންކޮޅުތަކުގައި ބާއްވާ  ޝައިތާނީ އެއްވުންތަކާއި  ޝިޢާރުތަކުން ނާއި ރަސްމުތަކުންނެވެ . ވާއަތް ފަރާތުގެ މަގުގެ މި ޝައިތާނީ  ރޫޙުތަކުގެ ބާރާއި  ނުފޫޒަކީ  ގަބޫލުކުރިޔަސް ނުކުރިޔަސް ޙަޤީޤަތެކެވެ.

އަދި އަދަށް ދާންދެން ވެސް ފޮރުވިފައިވާ ރޫޙާނީ ސަގާފަތްތަކެއް ދުނިޔޭގެ އެތަން މިތަނުގައި  އެކި އެކި ދީންތަކުގައި ސިއްރު ލިޔުން ތަކުގައި ރައްކާކުރެވިފައިވެއެވެ. ޔަހޫދީންގެ ކައްބާލާއިން ފެށިގެން  ހިންދޫންގެ އަވްޔާ ވަސްތާ ސަމާދީ  އިނގިރޭސީންގެ ތެލަމާ މެޖިކް، ކޭއޯސް މެޖިކް  ފަދަ ނަންތަކެވެ. އެކާވީސްވަނަ ޤަރުނުގައި ވެސް އިންސާނުން އުޅެމުން މިދަނީ  ވާތްފަރާތުގެ މަގުގެ ރޫޙާނީ  ބާރުތަކާއި  ހިޔަނިތަކާއެކުގައި  އެ  ޢަޤީދާތަކާ އެކުގައެވެ . ވާއަތް ފަރާތުގެ މަގުގެ ބާރުތައް ހޯދުމަށް  މި ކުރާ ކަންކަމުގައި ފާޅުވާ ރޫޙާނީ ބާރުތަކަށް ބަލާލަމާތޯއެވެ .

މިފަދަ  ގިނަ ރޫޙާނީ ނިޒާމުތަކުގައި ފަރުދުންނަށް ދަސްކޮށްދެނީ އިލާހީ ޤާނޫނަށް ނުކިޔަމަންތެރިވެ  ހަވާ ނަފުސު ވަރުގަދަކޮށް ދުނިޔަވީ ޢިއްޒަތް ހޯދައިދޭ ބާރުތަކަށް ދިއުމަށެވެ.  އެ ބާރުތަކަށް ވަފާތެރިވެ އޭގެ ތެރެއިން ސަލާމަތް ހޯދުމަށެވެ .

މި ނިޒާމުތަކުގައި  ގިނަ ފަހަރަށް ބާރު ބޭނުންވާ މީހާ  ނުޠާހިރުކަމާއި ނުކިޔަމަންތެރިކަމާއި  ފަސާދައާއި ޝަހުވަތާއި  ބަދުއަޚުލާޤީ ކަންކަން  ޖެހިލުމެއް ނެތި ދެއްކުމުން  ވާތްފަރާތުގެ މަގުގެ  ބާރުތަކާއި ގުޅުން ބަދަހިވެ އެއްބައިވެ ދުނިޔޭގެ ޢިއްޒަތާއި ބާރު ކަށަވަރުވެއެވެ.

ވާތް ފަރާތުގެ މަގަކީ  ކަނާތް ފަރާތުގެ މަގާއި  ދިމާ އިދިކޮޅު މަގެކެވެ .  ކަނާތް ފަރާތުގެމަގު  ދަސްކޮށް ދެނީ އަދި ވަޢުދު ވަނީ   ހަވާ ނަފުސަށް ތަބާ ނުވުމަށާއި ސާފު ތާހިރު ކަމާއި ޝަހުވަތާއި ފަސާދައާއި ނުބައި ކަންކަމުން ދުރުވެ  އިލާހީ ހިދާޔަތަށާ ތަބަޢަ ވުމަށެވެ .  އެހެން އެކަން ކުރަމުން ތިމާގެ ނަފުސާ ދަރިންނާ މުދަލުގައި ބަރަކާތް ލައްވައި  އާޚިރަތުގެ ގޯތި  އެ ފަރާތަކަށް  ކަށަވަރުވެއެވެ.

ޙަޤީޤީ ނޫރު ނުވަތަ އަލި ލިބެނީ ކަނާތް ފަރާތުގެ މަގުންނެވެ. ޝައްކެއް ވެސް ނެތެވެ .ނަމަވެސް މި ދުނިޔޭގައި  ވާތްފަރާތުގެ  ނުފޫޒުގައި ތިބި މީހުންނަށް ކަނާތްފަރާތުގެ މަގުގައި ތިބި މީހުން ފެންނާނީ މީ އަނދިރި ދަތި ދިރިއުޅުމެއްގައި އުޅޭ ބައެއްގެ ގޮތުގައެވެ.  سورة الواقعةގެ 41ވަނަ އާޔަތުން ފެށިގެން ބައްލަވާށެވެ!

 ﴿وَأَصْحَابُ الشِّمَالِ مَا أَصْحَابُ الشِّمَالِ﴾ ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟

﴿فِي سَمُومٍ وَحَمِيمٍ﴾  (އެއުރެންވަނީ، ލޯލިތަކުގެ ބުޑުތައް ފޫވައްޓައިފަނިވި) ހޫނު ވައިގެތެރޭގައެވެ. އަދި ކެކިކެކިހުންނަ ހޫނުފެނުގެ ތެރޭގައެވެ.

﴿وَظِلٍّ مِّن يَحْمُومٍ﴾ އަދި ކަޅުކުލައިގެ ދުމަކުން އުފެދޭ ހިޔަނިގަނޑެއްގެ ތެރޭގައެވެ.

﴿لَّا بَارِدٍ وَلَا كَرِيمٍ﴾ ފިންޏެއް ވެސް ނޫނެވެ. އަދި އަރާމެއް ވެސް ނޫނެވެ.

﴿إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُتْرَفِينَ﴾ ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ، ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ.

﴿وَكَانُوا يُصِرُّونَ عَلَى الْحِنثِ الْعَظِيمِ﴾ އަދި ބޮޑުވެގެންވާ ފާފަވެރިކަމުގެ މަތީގައި ދެމިތިބޭ ބަޔަކުކަމުގައި އެއުރެންވޫއެވެ.

﴿وَكَانُوا يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ﴾ އަދި އެއުރެން ބުނާކަމުގައިވިއެވެ. ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު، އަލުން ދިރުމަކަށް ފޮނުއްވާނޭ ބަޔަކުކަމުގައި ހަމަކަށަވަރުން، ތިމަންމެން ވޭހެއްޔެވެ؟

މިހާރު ތިޔަ ބޭފުޅުންނަށް މި ދެންނެވި ވާތް ފަރާތުގެ މަގު އިޚުތިޔާރު ކުރާ މީހުން ގެންގުޅޭ އަދި  ގެންގުޅޭންޖެހޭ ވިސްނުން އެނގިވަޑައިގަންނަވާނެވެ.

1800 ވަނަ ޤަރުނުން ފެށިގެން 1947 ވަނަ އަހަރާ ހިސާބަށް އުޅުނު  އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އެލިސްޓަރ ކްރޯވލީ  ނަމަކަށް ކިޔާ، ޝާހީ ޚާންދާނާ ގުޅިފައިވާ މަޝްހޫރު ޝަޚުޞިއްޔަތެއް އުޅުނެވެ. ތަޢުލީމު ބްރިޓިޝް ޓްރިނިޓީ ކޮލެޖުން ނިންމުމަށް ފަހު އޭނާ ރޫޙާނީ ބާރުތަކާ ބެހޭ ގޮތުން ހޯދާން ފެށިއެވެ. މި ކަމުގައި އޭނާ  ތައުރާތާއި ޔަހޫދީންގެ ލިޔުންތައް ބަލައި އަދި ޢަރަބި ޤައުމުތައްކަމަށްވާ އަލްޖީރިޔާއާއި މިޞްރަށް ދަތުރުކޮށް ރޫޙާނީ ލިޔުންތައް އެއްކުރިއެވެ .

މިޞްރުގެ އަހުރާމުތަކަށް ވަދެ އެކަމުގައި އުޅެނިކޮށް އޭނާގެ އަންހެނުން މޮޔަވެއްޖެއެވެ. އަދި ގޮތް ނޭނގޭ ޤަދީމީ ބަހަކުން އެ ކަނބުލޭގެ ވާހަކަދައްކާން ފެށިއެވެ. ފަހުން އެނގުނު ގޮތުގައި އެއީ ފިރުޢައުނުނުގެ ޒަމާނުގައި ވާހަކަދައްކައި އުޅުނު ކަންޢާނީ ބަހުރުވައެކެވެ.

އެ ކަނބުލޭގެ ދެއްކިވާހަކަތަކުގެ ތެރޭގައި ތިމަން މީ ހޯރޫސް ކަލާންގެކަމަށާއި އެލިސްޓަރ ކްރޯވލީ  އެއީ ކާކުކަން އެނގޭކަމަށާއި އޭނާއަކީ މުޅީން އެހެން އެއްޗެއް ކިޔަވައިގެން މުޅިން އާ ކަމެއްކުރާން ނުކުމެ އުޅޭ މީހެއްކަން އެނގޭކަމަށް ބުންޏެވެ.

އަދި އެކަމުގައި އެހީތެރިވެދޭނެކަމަށާއި އާ ދީނެއް އެ ކަމަށް ޓަކައި އުފައްދާން ޖެހޭނެކަމަށް ބުންޏެވެ. އަދި ހޯރޫސް ކަލާންގެ ރަމްޒު ފެންނާން ހުންނާނެ މިއުޒިމެއް ހުންނާނެ ތަނާއި އެ ތަނުން ބައްދަލުކުރާން ބުންޏެވެ. ޚުރާފާތުން ބުނާ ގޮތުން ހޯރޫސް ކަލާންގެއަކީ ބާރާއި ޢިއްޒަތް ހޯދައިދޭ ކަލާންގެއެވެ.

ކޮންމެއަކަސް އެ ތަނަށް އޭނާ ދިއުމުން އެ ބުނި ގޮތަށް އެ ތަނުން ހޯރޫސް ކަލާންގެ ރަމްޒު ފެނުނެވެ. އެ ރޫޙާނީ ބާރާއި އޭނާ ގުޅުން ބަދަހިވިއެވެ. އަނދިރީގައި ބައްދަލުވުންތައް ބާއްވާން ފެށިއެވެ. އޭނާ   އެނބުރި އިނގިރޭސި ވިލާތައް އައިސް ތެލަމާ ކިޔާ [ދީނެއް] އުފެއްދިއެވެ.

އެއީ މި ދެންނެވި ރޫޙާނީ ބާރުތަކާއި ގުޅުން ބަދަހިކުރާން އެދޭ ނަމަ، ވަންނާން ޖެހޭ ދީނެއްކަމަށް ބުންޏެވެ. އަދި އިނގިރޭސި ވިލާތުގެ ސްކޮޓްލޭންޑުގައި މީހުން ދިރިއުޅޭ ހިސާބާ ދުރުގައި ހުރި ފައްޅިއެއްގެ ގޮތުގައި ބޭނުން ކުރި ތަނެއް 2000 ޕައުންޑް ދީފައި ދެގުނަ ބޮޑު އަގުގައި އޭނާ އެ  ދީނުގެ ޝިޢާރުތައް ދިރުވާ ރޫޙާނީ ބާރުތަކާއި ބައްދަލުކުރާ ތަނެއްގެ ގޮތުގައި އެ ތަން ގަތެވެ. މި ތަނަށް ބޮލެސްކިން ހައުސް އޭ ކިޔައެވެ. މި ތަނުގައި ޖަނަވާރާއި އިންސާނުން ޤުރުބާންކުރުމާއި  ޝައިތާނީ ރަސްމުތައް ބޭއްވުމަށް ބަރަހަނާގައި ތިބެ އެއްޖިންސުން ގުޅުން ހިންގުމާއި ޝަހުވަތުގެ ޕާޓީތައް ބާއްވަމުން ދިއައެވެ.

އެ ހިސާބު ގަނޑުގައި އުޅުނު ބައެއް މީހުން ބުނާ ގޮތުން ކަޅު ދުމަކުން އުފެދިފައިވާ ހިޔަނިގަނޑުތަކެއް   ބޮޑެތި ވިލާގަނޑުގަނޑުހެން އައިސް އެ ގޭގެ ކުޑަދޮރުތަކުން އެތެރެއަށް ވަންނަ ތަން އެ މީހުންނަށް  ފެނިފައިވެއެވެ. އޭގެ އެތައް ދުވަހެއް ފަހުން އޭނާ އެ ގެ ވިއްކައިލުމުން އޭގެ ފަހުން އެ ގޭގައި އެއްވެސް ބަޔަކަށް ދިރި ނޫޅެވޭކަމަށް ވެއެވެ.  މަޝްހޫރު އިނގިރޭސި  ލަވަކިޔުންތެރިޔާ  ޖިމީ ޕޭޖް ވެސް އެ ގެ ގަތެވެ.  ލެޑްޒެޕްލިނާއި ރޯލިންގް ސްޓޯންގެ ލަވަތަކުގައި އެގޭގެ ވާހަކަ އައިސްފައި ވެއެވެ. ރޯލިންގް ސްޓޯންގެ ރޯޑް ޓު ހެލް  އެއީ އެ ގެއަށް ނިސްބަތް ކޮށް ހަދައިފައިވާ ލަވައެއްކަމަށް ވެއެވެ.

ކޮންމެ އަކަސް  ވާތް ފަރާތުގެ މަގު ދަސްކޮށްދެނީ ފަރުދުންގެ ރޫޙާނީ ދަތުރުގެ މަރުކަޒަކީ ޚުދު ތިމާކަމަށާއި ތިމާ ހުންނާން ޖެހޭނީ އިލާހީ ޚާދިމެއްގެ ގޮތުގައި ނޫންކަމަށެވެ. ތިމާގެ އުފަލާ އަރާމާއި ޢިއްޒަތް ހޯދުމަށް ކޮންމެ ކަމެއްކުރުމަށް ތިމާއަކީ މިނިވަނެއްކަމަށާއި އެ ކަމަށް ބިރުގަންނާން ނުޖެހޭކަމަށާއި އަމިއްލަ އުސްމިނުގެ މަސްދަރަކީ ހަމަ ތިމާކަމުގައި ބުނެދެއެވެ.

މި ވިސްނުން އެންމެ ފުރަތަމަ އުފެއްދި  ބާނީއަކީ ލަޢުލަތްލެއްވިގެންވާ މަޝްހޫރު  ބޮޑު އިބިލީހެވެ.  އެއީ  ތާރީޚުގައި ވެސް  އެންމެ ފުރަތަމަ  خالقވަންތަ ﷲގެ އަމުރުފުޅަށް ނުކިޔަމަންތެރިވެ އަމިއްލަ ގޮތް އިސްކުރި މަޚުލޫޤެވެ. އެހެންވެ ވާތް ފަރާތުގެ މަގުގެ ބާރު ހޯދުމަށް (ލުސިފޭރިއަނިޒަމް) ކިޔާ ޢަޤީދާ އެއްވެސް ބޭނުން ކުރެއެވެ. ލުސިފަރ އެއީ ކްރިސްޓިއަނުން ބުނާ ގޮތުން ބޮޑު އިބިލީހެވެ.

ލުސިފޭރިއަނިޒަމް ބުނާ ގޮތުން ބާރަކީ މަތީން ދެއްވާ އެއްޗެއް ނޫނެވެ. އެއީ ތިމާ ޢަޒުމާ އެކު،  ނަފުސު ތަރުބިއްޔަތުކުރުމުގެ ތެރޭން  ނަފުސަށް ގެންނަ ބަދަލަކުން ހޯދޭ އެއްޗެކެވެ. އެ މަގުގައި   އަމާޒަކަށް ހަދާންޖެހެނީ އިލާހީ ކަންކަމުގެ ތެރެއަށް ތިމާ މަޝްޣޫލްވެގެން ދިއުމެއް ނޫނެވެ. ތިމާއީ  އިލާހުކަމުގައި އެތެރޭގައިވާ އިލާހީ ކަންތައްތައް ހޭލައްވައިލުމެވެ.  

އެއީ މުޅިން ކީރިތި قرآن ގެ ނައްސާއި ﷲގެ ހިދާޔަތާ ދެކޮޅު ވިސްނުމެކެވެ. تعالي ވަޙީކުރައްވައިފައި ވަނީ  ﴿قُلِ اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَنْ تَشَاءُ وَتَنْزِعُ الْمُلْكَ مِمَّنْ تَشَاءُ وَتُعِزُّ مَنْ تَشَاءُ وَتُذِلُّ مَنْ تَشَاءُ بِيَدِكَ الْخَيْرُ إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ﴾

ކަލޭގެފާނު ވިދާޅުވާށެވެ. ބާރުތަކުގެ ވެރި ފަރާތަކީ މަތިވެރި ﷲ އެވެ. ބާރުވެރިކަން ދެއްވަނީ ވެސް ﷲ އެވެ. ބޭނުންވެވޮޑިގަންނަވާ ފަރާތަކަށް ދެއްވައެވެ. ބޭނުންވެވޮޑިގެންވާ ފަރާތެއްގެ ކިބައިން ނަންގަވައެވެ. ބޭނުންވެވޮޑިގަންނަވާ ފަރާތެއް ޢިއްޒަތްތެރިކުރައްވައެވެ. ބޭނުންވެވޮޑިގަންނަވާ ފަރާތެއް ނިކަމެތި ކުރައްވައެވެ. ހުރިހައި ހެޔޮކަމެއް ވަނީ އިނބަސުވާމީންގެ ޔަދު ޤުދުރަތްތެރިކަމުގެ ދަށުގައެވެ. ކޮންމެ ކަމަކަށް އިނބަސުވާމީންގެ ކުޅަދުންވަންތައެވެ.

އަދިވެސް ވަޙީކުރައްވާފައިވެއެވެ.  ﴿أَرَأَيْتَ مَنِ اتَّخَذَ إِلَٰهَهُ هَوَاهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا﴾

([އެމީހެއްގެ  ހަވާ ނަފުސު އެއީ، އެމީހެއްގެ އިލާހުކަމުގައި ހެދިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ ފަހެ، އޭނާ ބަލަހައްޓާ ވަކީލަކު ކަމުގައި، ކަލޭގެފާނު ވާނެތޯއެވެ؟])

އެހެންކަމުން އެއީ  ރަސޫލް صلي الله عليه وسلم ގެނެސްދެއްވި ހިދާޔަތުގެ އަލިމަގެއް ނޫނެވެ. ވާތް ފަރާތުގެ އަނދިރި މަގެވެ. އަމިއްލަ ގޮތެއް އިޚުތިޔާރުކުރާ މީހުންގެ މަގެވެ.

މުޅި ތާރީޚުގައި މި  ރޫޙާނީ ކަރަންޓު އެކި ގޮތްގޮތަށް އެކި ނަންނަމުގައި ފެނިފައިވެއެވެ. ޤަދީމީ އިންޑިއާގައި ވަމާކާރާ މަޒުހަބުގެ ޝަހުވަތުގެ ޓަންޓްރާތަކާއި އޭގައި ހިމެނޭ ރަސްމުތަކެވެ. މިނިވަންކަމުގެ ވަސީލަތެއްގެ ގޮތުގައި ހުޅަނގު ޔޫރަޕުގެ ޤައުމުތަކުގައި ބޭނުންކުރާ ލޫސިފެރިއަނިޒަމާއި ތެލަމިކް ޖާދޫއާއި ޑްރެކޮނިއަން އޯޑަރު އެއީ ހަމަ މި ދެންނެވި ވާތް ފަރާތުގެ މަގުގެ ބާރު ހޯދުމަށް ޓަކައި ބޭނުންކުރާ ވަސީލަތްތަކެވެ.

އޭގައި ވަނީ އަމިއްލަ ނަފުސުގެ މައްޗަށާއި ހަގީގަތުގެ މައްޗަށާއި ބިރުވެރިކަމުގެ މައްޗަށް ތިމާ ގަދަވުމެވެ. ތިމާއީ އިލާހުކަމުގައި ޤަބޫލުކޮށް ކުޑަ ގޮނޑިއެއްގައި ދެން ތިބި ހުރިހައި މަޚުލޫޤުން   ބޭތިއްބުމެވެ. ބިރުގަންނާންޖެހޭ ފަރާތެއް ނެތްކަމަށް ޤަބޫލުކުރުމެވެ. ސަޖިދަޖަހާން ޖެހޭ ފަރާތެއް ނެތްކަމަށް ޤަބޫލުކުރުމެވެ.

ތިމާގެ ކާމިޔާބީ ނުވަތަ ނާކާމިޔާބީގެ ފަހަތުގައި ފޮރުވިފައި އެއްވެސް އިލާހީ ދީނެއް ނުވަތަ ޤާނޫނެއް  އަދި އެ ކަންކަން މެދުވެރިކުރާނޭ މަތީ ބާރެއް ނެތްކަމާއި ތިމާގެ ހުރިހައި ކަމަކާ ތިމާ ޒިންމާވާ ކަންކަން ކަމުގައި ހެދުމެވެ.. އެ ކަން ފުރަތަމަ ކުރި ފަރާތަކީ  ބޮޑު އިބިލީސެވެ. އެއަށް ފަހު އޭނާގެ މި ވާތް ފަރާތުގެ މަގަށް ކިތައް އިންސާނުން ލަންބައިފިތޯއެވެ!

މީގައި އަޅުގަނޑުމެންނަށް ވަންހަނާވެފައިވާ ކަމަކީ ޢިލްމަށް ފޮރުވިފައިވާ ޙަޤީޤަތެއްވާކަމެވެ. ވާތް ފަރާތުގެ މަގު  ބެލެހެއްޓިފައިވަނީ ޝައިޠާނީ ގޮތަކަށް އެތުރިފައިވާ ކިޔާނުތަކަކުންނެވެ. މިއީ މި ޒަމާނުގެ ބަހުން ދަންނަވާ ނަމަ، މިއީ ވަކި މައިދާނެއްގައި ޙަރަކާތްތެރިވާ ނުބައި ތޫނުފިލި ހަކަތައިގެ ފޯމުތަކެކެވެ . 

މިއީ ހަކަތައިގެ ފޯމުތައް ކާއިނާތުގައި ހުންނަ އެ ވެރީންނާ އެއް ފުރީކުއެންސީއަކުން ވައިބްރޭޓްވާ  އެނަރޖީތަކާ އެކުވާ އެކުވުމެކެވެ. މިއަށް [ކުއަންޓަމް އެންޓޭންގްލްމަންޓް]އޭ ސައިންޓިފިކް ބަހުރުވައިން ކިއައެވެ. ލަނޑަޔާ ވާނީ ލަނޑަޔާ ހެން މި ކަން ހިނގައެވެ.

މިއިން ކޮންމެ އެއްޗަކީވެސް މި މަގުގެ މުހިންމު ކަމެއް ތަމްސީލުކުރާ އެއްޗެކެވެ. ބަޣާވާތްކުރުމާއި މީހުން މެރުމާއި ހަލަބޮލިކަން އުފެއްދުމާއި ބާރާއި ޢިއްޒަތް ހޯދުމާއި ޝަހްވަތުގެ ބޭނުމަށް އަންހެނުންނާއި ފިރިހެނުން މޮޔަކުރުމާއި މި ފަދަ ކަންކަމެވެ. 

ތިމާއަށް ނޭނގި ވެސް  ވާތް ފަރާތުގެ މަގަށް ތިމާގެ ވިސްނުން އެނބުރިދާނެއެވެ. މި ދެންނެވި  ބާރުތަކުން ކުރާ ކަންކަމުގެ ތެރޭގައި  މީހުންގެ ސިކުނޑީގައި، އެ މީހުން ނުކުރާ ކަންކަމާއި ތަންތަނުގެ ހަނދާންތައް [އިންދައިދިނުން] ހިމެނެއެވެ. އެ ގޮތަށް އެ ކަން ވުމުން އެ މީހެއްގެ ހިތަށް އަރާނީ  މިއީ ތިމަންނާ ދިޔަ ތަނެކެވެ. ނޫނީ ކުރި ކަމެކެވެ.  އެހެންވެ  އެއީ  ޚުދު އޭނާގެ ވިސްނުންކަމަށް ޤަބޫލުކުރެވި އެ ވިސްނުން ދިފާއުކުރާން އުޅެވެއެވެ.

މިފަދަ ވިސްނުމުގެ ތެރޭގައި ހިމެނޭ ނުރަނގަޅު ބައެއް ވިސްނުމަކީ:

1.  މުޙައްމަދުގެފާނުގެ އަނބިއަނބިކަނބަލުންނާ (އެހެން މީހުން) ކައިވެނިކުރުން ޙަރާމްކުރެއްވުން އެއީ ޢަލީމުވަންތަ، ޚަބީރުވަންތަ، ޙަކީމުވަންތަ އިލާހަކު ކުރައްވައިފާނެ އަމުރުފުޅެއްހެއްޔެވެ. އެ ކަން ބޮޑަށް ވައްތަރީ  މުޙައްމަދުގެފާނު އަމިއްލަފުޅަށް ހެއްދެވި ދީނެއްކަމަށްވުންނޫންހެއްޔެވެ؟

2.  ﷲ އަށް  އެކަލާންގެއަށް ވުރެ ބޮޑު ހިލައެއް ހެއްދެވިދާނެ ހެއްޔެވެ؟

3.  މީހަކަށް އަނިޔާއެއް ނުކޮށް އެއްވެސް ޖިންސެއް ތަފާތުކުރުމެއް ނެތި ދެ މީހަކު އެއްބަސް ވެގެން ޖިންސީ ގުޅުންހިންގުމުގައި (ޒިނޭކުރުމުގައި) މައްސަލައަކީ ކޮބައިހެއްޔެވެ؟

4.  ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ޓަކައި ރައްޔިތުން އިޚުތިޔާރުކުރާ ގޮތަކީ ކޮންމެހެން ކަލާންގެއެއް އެ ދެމެދަށް އަންނާންޖެހޭ ކަމެއްހެއްޔެވެ؟

މިއީ ވާތް ފަރާތުގެ މަގުގެ އަނދިރި ނުބައި [ތޫނުފިލި] ރޫޙާނީ ބާރުތަކުން އިންސާނުންނަށް  ވިސްނައިދީފައި ހުރި، ހަވާ ނަފުސު އެއީ ކަލެއްކަމަށް ދަޢުވާކުރާ ވިސްނުމެވެ.

މިދެންނެވި  ސުވާލުތަކަކީ ކަލާންގެއެއްކަމުގައި ތިމާވެގެން ވެގެން ތިބެ، އަސްލު އެއްކައުވަންތަ ﷲގެ ވުޖޫދާއި ރިސާލަތަށް އިންކާރުކުރުމަށް ދައްކާ ބަހަނާތަކެވެ. މި ދެންނެވި ބާޠިލު ދަޢުވާތަކުގެ ރައްދު ނުވަތަ އޭގެ ޖަވާބު އެބަ ހުއްޓެވެ. ވިދާޅުވާށެވެ!

1.  ސަލާމާއި ޞަލަވާތް ލެއްވި އިތުރު ރަސޫލާ އަށް  އިޙުތިރާމް އާ ޤަދަރު ދިނުމުގެ ގޮތުން  އެކަލޭގެފާނަށް ފަހު، އެކަލޭގެ ފާނުގެ އަނބިއަނބި ކަނބަލުންނީ މަންމައިންކަމުގައި ޤަބޫލުކުރުމަކީ  މައްސަލައެއް ކަމުގައި  ބުނާ މީހާއަށް އެނގޭހެއްޔެވެ؟  ދުނިޔޭގެ އެހެން ޙާޟާރާތްތަކުގައި ވެސް ބެލެވޭނީ އިންސާނީ ކަރާމާތަށް ނުބަލާ އަޚުލާޤް ފާސިދުވެ ފަސާދަވެފައިވާ ވަޙުޝީ މީހެއްގެ ގޮތުގައެވެ. އިސްލާމް ދީން ނޫން އިންސާނުން އުފައްދައިގެން އުޅޭ އެހެން ދީންތަކުގައި ވެސް އެ ކަން އޮތީ އެހެނެވެ. 

އަދިވެސް ގިނަ އިންސާނުންގެ ތެރޭގައި ބެލެވެނީ އަނބި މީހާ ނުވަތަ ފިރި މީހާ މަރުވުމުން އެހެން މީހަކާ ނުއިނދެ އޭނާ އަށްޓަކައި ހުރުން އެއީ ވަފާތެރިކަމާ އަޚުލާޤާއި ތެދުވެރި ލޯބީގެ މަތިވެރި ރަމްޒެއްގެ ގޮތުގައެވެ.  

ތިމާގެ އެންމެ ގާތް އެކުވެރިޔާ ހަމަ ނިޔާވާ އިރަށް އޭނާގެ އަންހެނުންނާ އިންނާން އުޅޭ މީހާ  މުޖުތަމަޢުގައި ބެލެވޭނީ ކޮންގޮތަކަށް ތޯއެވެ؟ ވާއަތް ފަރާތުގެ މަގުގެ އަހުލުވެރީންނަށް ދުނިޔެ ފިޔަވައި އެހެން ތަނެއް ނުފެނެއެވެ. އެ މީހުންގެ ނަޒަރުގައި ދުނިޔޭގެ އަރާމަށް ޓަކައި، ކޮންމެ ކަމެއް ވެސް ހުއްދަވާން ޖެހެއެވެ. 

[ﷲއަށް އެ ކަލާންގެއަށް ވުރެ ބޮޑު ހިލައެއް ހެއްދެވިދާނެ ހެއްޔެވެ؟]

2.    ޖަވާބުގައިވެސް އޮތީ ސުވާލެކެވެ. މީހުން ކުރަހައިފައި ހުންނަ ތަސްވީރުގައި ކުރެހި މީހާ ހުރޭ ހެއްޔެވެ؟

މަޚުލޫޤުންގެ ކިބައިގައި ހުންނަ ސިފަ ޚާލިޤުވަންތަ އިލާހުގެ ކިބައިގައި ހުންނާން ޖެހޭހެއްޔެވެ؟ އެކަލާންގެ އުފައްދަވައިފައިވާ އިންސާނުންގެ ކިބައިގަ ހުންނަ ސިފަތައް އިންސާނުން އުފެއްދެވި ކަލާންގެ ކިބަފުޅުގައި ހުންނާނޭހެއްޔެވެ؟ އެ ގޮތަށް އެ ކަން ވާ ނަމަ (ކަލާނގެ ވެސް) ވީހީ ވެސް  އިންސާނަކަށެވެ. ވާތް ފަރާތުގެ މަގުގެ އަހުލުވެރީންނަށް މި ފަދަ ސުވާލު ޤަބޫލުކުރެވެނީ މާއްދިއްޔަތުގެ ވިސްނުމަކުން ވިސްނޭތީއެވެ.

[މީހަކަށް އަނިޔާއެއް ނުކޮށް، އެއްވެސް ޖިންސެއް ތަފާތު ކުރުމެއް ނެތި، ދެ މީހަކު އެއްބަސް ވެގެން ޖިންސީ ގުޅުން ހިންގުމުގައި މައްސަލައަކީ ކޮބައިހެއްޔެވެ؟]

3.  އާޚިރަތެއް ނެތް ނަމަ އެއީކީ މައްސަލައަކަށް ނުވެދާނެއެވެ. އިންސާނާއަށް ﷲ  ބުއްދި ދެއްވައި  މި ނޫން ދުނިޔެ އެއް އޮތްކަމާއި އާޚިރަތް ހޯދޭނެ މަގު ދެއްކެވުމުން ދެން އެ ބުއްދި ޖަނަވާރުންގެ ފެންވަރަށް ދަށްކޮށް ޖިންސީ އެދުމަކީ ފިތުރަތުގެ ޣަރީޒާއެކޭ، ޖަނަވާރު ވެސް ކައިވެނިކުރާކަށް ނުޖެހޭނޫންހޭ ބުނެ ޖަނަވާރަކާ އެއް ގޮތްވެ އެ ބުއްދިއާ ޒިންމާނުވުމުގެ ފާފަ އިންސާނާ އުފުލާން ޖެހޭނެއެވެ. އަޑުއިވުމާއި ފެނުމާއި ބުއްދިއާ މެދު ޒިންމާ ވާންޖެހޭނެއެވެ.

ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ޓަކައި ރައްޔިތުން އިޚުތިޔާރު ކުރާ ގޮތަކީ ކޮންމެ ހެން  ކަލާންގެއެއް އެ ދެމެދަށް އަންނާންޖެހޭ ކަމެއްހެއްޔެވެ؟

4.  ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތަކުންނެއްނޫނެވެ. މާތް ﷲގެ ޙަޟުރަތުންނެވެ. ބާރުތައް ދެމިއޮންނަނީ ވެސް އެކަލާންގެ ޔަދު ޤުދުރަތްތެރިކަމުގެ ދަށުގައެވެ. ކީރިތި قرآن ރަނގަޅަށް ދިރާސާކޮށް ބައްލަވާށެވެ! ﴿قُلِ اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَنْ تَشَاءُ وَتَنْزِعُ الْمُلْكَ مِمَّنْ تَشَاءُ وَتُعِزُّ مَنْ تَشَاءُ وَتُذِلُّ مَنْ تَشَاءُ بِيَدِكَ الْخَيْرُ إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ﴾

([ކަލޭގެފާނު ވިދާޅުވާށެވެ. ބާރުތަކުގެ ވެރި ފަރާތަކީ މަތިވެރި ﷲ އެވެ. ބާރުވެރިކަން ދެއްވަނީ ވެސް ﷲ އެވެ. ބޭނުންވެވޮޑިގަންނަވާ ފަރާތަކަށް ދެއްވައެވެ. ބޭނުންވެވޮޑިގެންވާ ފަރާތެއްގެ ކިބައިން ނަންގަވައެވެ. ބޭނުންވެވޮޑިގަންނަވާ ފަރާތެއް ޢިއްޒަތްތެރިކުރައްވައެވެ. ބޭނުންވެވޮޑިގަންނަވާ ފަރާތެއް ނިކަމެތި ކުރައްވައެވެ. ހުރިހައި ހެޔޮކަމެއް ވަނީ އިނބަސުވާމީންގެ ޔަދު ޤުދުރަތްތެރިކަމުގެ ދަށުގައެވެ. ކޮންމެ ކަމަކަށް އިނބަސުވާމީންގެ ކުޅަދުންވަންތައެވެ.])

ވާތް ފަރާތުގެ މަގުގެ އަހުލުވެރީން މި ކަން ވެސް މިއަދު މި އޮތީ ބަދަލުކޮށްފައެވެ. މިއިން އެނގެނީ  ގްރީކްގެ ޓައިޓަންސާއި އިންޑިޔާގެ މަހާބާރަތު އަދި މިޞްރުގެ އަހުރާމުތަކުގައި ކަލާންގެތައްކަމަށް ކުރަހައިފައިވާ ރަމްޒުތަކަކީ އެއީ، އުޑުން އެހުމުން ވައްކަންކުރާން އުޅުނު ވާތް ފަރާތުގެ މަގުގެ  އަނދިރި ޖިންނީންގެ ބާރުތައްކަމެވެ. އެ މީހުންގެ ނުފޫޒު ތާރީޚުތައް ހުރަސްކޮށް ދުނިޔޭގެ ބޮޑެތި ޙަޟާރާތްތަކުގެ ތެރޭން އިންސާނުންގެ ހުރިހައި ކަމަކަށް ފޯރައިފައިވެއެވެ.

500 އަހަރު ވަންދެން ދުނިޔޭގެ ވެރިކަން ކުރި އިނގިރޭސީންނަށް އޭގެ އަސަރުކޮށްފައި ހުރި މިންވަރު އިނގިރޭސިވިލާތުގެ އެތަންމިތަނުގައި ހުރި އާސާރުތަކަށް ބަލައިލުމުން ވެސް އެނގިވަޑައިގަންނަވާނެއެވެ. މަޝްހޫރު "ސްޓޯން ހެންޖް" އެއީ  ޖިންނީން އެ ތަނަށް މައުޖޫދުވާ ޕޯޓަލެއް ނުވަތަ ދޮރާއްޓެއްކަމުގައި  ބުނެވެއެވެ. އިނގިރޭސީންގެ ތެރޭން ވާތް ފަރާތުގެ މަގުގެ އަހުލުވެރީން ތެރޭން އެލިސްޓަރ ކްރޯވލީއަކީ ފަހުގެ ތާރީޚެއްގައި އެންމެ ނުބައި ޖިންނީންންގެ ޢިފުރީތުންނާ މާރިދުން ސީދާ ބައްދަލުކޮށްހެދި އެކެކެވެ. އިނގިރޭސީންވެސް ޤަބޫލުކުރާ ގޮތުން އޭނާ އެއީ ދައްޖާލެކެވެ.  

ނިންމުން: ދިރި އުޅުން ދަތިވެދާނެއެވެ. މީސްތަކުންގެ ލޯބި ނުލިބިދާނެއެވެ. ވަޒީފާ ގެއްލިދާނެއެވެ. މީހުން ތިމާޔާ ދުރުވެދާނެއެވެ. ބަލި ޙާލުގައި ޖެހިދާނެއެވެ. ވާތް ފަރާތުގެ އަނދިރި ބާރުތަކުން ކަނާތް ފަރާތުގެ މަގުން މީހާ އެއްކިބާކުރުމަށް މީހާއަށް މި ފަދަ ހުރިހައި މުޞީބާތެއް ކުރިމަތިކުރާނެއެވެ. ކެތްތެރިވުމުންނާއި ނަމާދުން ބާރުހޯދާށެވެ. ދުނިޔެ ނުލިބުނަސް އާޚިރަތް ލިބޭނީ އޭރުންނެވެ. ދުނިޔެއަކީ ފަސްދޮޅަހަކަށް އަހަރުގެ ކުރުކުރު މުއްދަތެކެވެ. ތެދުމަގު ވިއްކައިފައި މަގުފުރެދުން ގަންނަ ބަޔަކީ  ވާތް ފަރާތުގެ މަގު އިޚުތިޔާރުކުރާ މީހުންނެވެ. ވާތް ފަރާތުގެ އަހުލުވެރީންނަކީ އެއީއެވެ. އެއީކީ ރަނގަޅު ވިޔަފާރިއެއް ނޫނެވެ.

 

ބައެއް ލަފުޒުގެ މާނަ:

ޙަޟާރަތް    ނ.    ރަނގަޅު ފެންވަރެއްގެ ދިރިއުޅުމަކަށް ވާޞިލުވުމަށް ޓަކައި އިންސާނާ އުފައްދާ އުފެއްދުންތަކާއި ހޯދާ ހޯދުންތަކާއި ވިސްނާ ވިސްނުންތަކާއި ޤުދުރަތީ މުއްސަނދިކަން ބޭނުންކުރުމަށް ޓަކައި ކުރާ މަސައްކަތްތައް.

އަހުރާމު     ނ.    (1) ދުނިޔޭގެ އިހުގެ ހަތްއަޖައިބުން ކުރެ އެއް އަޖައިބު. މިއީ މިސްރުގައި އިހުޒަމާނުގެ ރަސްރަސްކަލުން ފަސްދާނުލުމަށް ޓަކައި ހަދައިފައި ހުންނަ ތަންތަނެވެ. މި ތަންތަން ހަދައިފައި ހުންނަނީ ފޫ ހަތަރެސްކަނަށް ބިއްތައް ތިނެސްކަނަށް މައްޗަށް ތުނޑަކަށް ނިމޭ ގޮތަށެވެ. (2) ހިސާބުގެ އަދަދުތަކެއް ދެއްކުމަށް ޓަކައި އަހުރާމުގެ ސިފަޔަށް ކުރަހައިފައި ހުންނަ ހޫލަ.

ކިޔާނު      ނ.    (1) އަމިއްލަކަން ލިބިގެންވާ މުއައްސަސާއެއް ނުވަތަ ތަނެއް.      (2) ހަޔަވީ ނުވަތަ ރޫޙާނީ ދިރުން ހުރި އެއްޗެއް.

ކޮމެންޓު