ad_banner
ދާޚިލިއްޔާމާ ނުވަތަ ބޯގަންވިލެއާއަކީ ނުރައްކާތެރި، ސުންޕާ އެއްޗެއްތަ؟

ހުސައިން ނައުޝާދު

6 ސެޕްޓެންބަރު 2025

ދާޚިލިއްޔާމާ މި ގޮތަށް ހައްދައިލައިފައި އޮންނަ އިރު ވަރަށް ނަލައެވެ.

ތިމާ ދިރިއުޅޭ ގޭގައި ދާޚިލިއްޔާމާ (ބޯގަންވިލެއާ) ހެއްދުމަކީ ސުންޕާ ކަމެއްކަމަށް ތުންތުންމަތީން ކުރީން ވާހަކަދެކެވެއެވެ. އެއީ ގޯތި ފަޅުވާ ކަމެއްކަމަށް ވެސް ކިޔައި އުޅުނެވެ. މި ގަބޫލުކުރުންތަކުގެ ސަބަބުން ގޭގޭގައި ހައްދައިފައި ހުންނަ މި ފަދަ ގަސްތައް ދެކެ މީސްމީހުން ޖެހިލުންވެ ނައްތައިލި ޒަމާނެއް ވެސް އައެވެ. ނަމަވެސް މި ފަހަކަށް އައިސް، ޚާއްޞަކޮށް ކޮމިޑް19ގެ ފަހުން، ޚާރިޖިއްޔާމާ ވެލަކީ މީހުންނަށް މާ ކަމުދާ އެއްޗަކަށްވެ، ގޭގެ ޒީނަތްތެރިކުރުމަށް ޓަކައި އެންމެ މަގުބޫލު އެއްޗަކަށް މި ބާވަތް ވެއްޖެއެވެ.

ދާޚިލިއްޔާ މަލާ މެދު - މި ވެލާ މެދު - ކާބަފައިން ދައްކައިފައި ހުރި ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހިޔާތުތަކެއްކަމަށް ބެލި ނަމަވެސް އެ ވާހަކަތަކުގައި ހަގީގަތްތަކެއް ހުރިކަން މިހާރު މި ޒަމާނުގެ ގަސްގަހާ ގެހީގެ ތަޖުރިބާކާރުންގެ ފަރާތުން މި ވަނީ އެނގިފައެވެ.

ދާޚިލިއްޔާމާ އިންދައި ހެއްދުމަކީ، އޭގެ ޒާތުގައި ނުރައްކާތެރި ކަމެއްނޫން ނަމަ ވެސް، އޭގެ ބޮޑެތި، ތޫނު ކަށިތަކާއި ހަރު ވެޔޮގަނޑު ނުވަތަ ގަސްގަނޑު ހެދި ބޮޑުވަނީ އަޅުގަނޑުމެން ބޭނުންވާ ވަރަށް ވުރެ މާ ބާރަށް މާ ނުރައްކަތެރިކޮށްކަމަށްވާތީ، ޚާރިޖިއްޔާ މާ ހައްދާނަމަ ފަރުވާތެރިކަމާ އެކު، ތަދުބީރުކުރާން ޖެހޭކަމަށް ބަގީޗާ ހެއްދުމުގެ ތަޖުރިބާކާރުން ބުނެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅު އަޅާން ޖެހޭ ކަންބޮޑުވުންތަކުގެ ތެރޭގައި އޭގެ ދިގު ހަނި ކަށިތަކުން މީހުންނާއި ގޭގައި ގެންގުޅޭ ޖަނަވާރުގައި ވަކިއެޅި، އެ ފަދަ ތަންތަން ނުބައިވުމުގެ ނުރައްކާ އޮންނާނެކަމަށް ވެސް ބުނެވެއެވެ. އަދި މި ވެޔޮގަނޑު ހަލުވިކަމާ އެކު މާ އަވަހަށް ހެދި ބޮޑުވާ ޠަބީޢަތަކީ އެ ކަމާ މެދު ސަމާލުކަން ނުދެވިއްޖެ ނަމަ، އެ ކަންކަން ނުބެލެހެއްޓި ދާޚިލިއްޔާމަލުގެ ސަބަބުން ގެއްލުންތަކެއް ވެދާނެއެވެ. ހިނގައިބިނގައިވެ އުޅޭ މަގުތަކާއި އާންމުކޮށް މީހުންނާ މާ ގައިގޯޅިވެވޭ ފަދަ ތަންތާނގައި ނުހެއްދުން ބުއްދިވއެރިއެވެ. ޒީނަތްތެރިކަމަށް ޓަކައި އިންދައި ހައްދާ ނަމަ ވެސް ގަވާއިދުން ކޮށައި ބެހެލެއްޓުމަކީ ދާޚިލިއްޔާމަލުން ލިބޭ އަނިޔާތަކުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ކަމެކެވެ. އެއީ އެ ގަހުގެ ނުރައްކަލުގެ ބަދަލުގައި ގޯތި ގެދޮރުގެ ޒީނަތްތެރިކަން ދެމިއޮތުމަށް ޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ކުރިމަތިވެދާނެ ނުރައްކާތަކާއި ހިރާސް

·     ކަށި:

ބޯގަންވިލެއާގައި ދިގު، ތޫނު ކަނޑިތަކެއް ހުންނަ އިރު، ޚާއްޞަކޮށް ކުޑަކުދިންނާއި ގޭގައި ގެންގުޅޭ ޖަނަވާރުތަކަށް ތަދުވާ ގޮތަށް ގައިގައި ކޫރުންއެޅި، ގަހުގެ ކަށީން އާތުރައިޓިސް ފަދަ [ބަލިތައް] ވެސް ކުރިމަތިވެދާނެއެވެ.

ދާޚިލިއްޔާ މަލަކީ އޭގެ ޒާތުގައި ނުރައްކާތެރި އެއްޗެއް ނޫނަސް އެއީ ފަރުވާތެރިކަމާ އެކު ބަލަހައްޓާން ޖެހޭ އެއްޗެކެވެ.

 

·     ވަރުގަދަކަމާ އެކު ހެދިބޮޑުވުން:

ބޯގަންވިލެއާ ރަނގަޅަށް ނުބެލެހެއްޓިއްޖެ ނަމަ، ހަލުވިކަމާ އެކު ހެދިބޮޑުވާ ގޮފިތައް ގިނަވެ، ކުޑަދޮރުތައް ބަންދުވެ، ގޭގެ އޮނިގަނޑަށް ގެއްލުން ލިބި، ފާރުތަކަށް ވެސް ގެއްލުންލިބިދާނެއެވެ.

·     އިންތިޒާމު ގެއްލުން:

މި ގަސް ބޮޑުވަމުންދާ ވަރަކަށް ފަތްތަކާއި އެހެނިހެން ކުނިތައް އުކާ އިރު، ސާފުކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެއެވެ. އެހެންކަމުން މާ ގިނަ ދުވަސްކޮށްފައި އެއް ފަހަރާ މާ ބައިވަރު ގޮފިތައް  ކޮށުމުގެ ބަދަލުގައި ގަވާއިދުން އަވަސްއަވަހަށް ކޮށައި ބެލެހެއްޓުން މުހިންމެވެ.

ރައްކާތެރިކަމާ އެކު ބޯގަންވިލެއާ އިންދައި ގެންގުޅޭނެ ގޮތް:

·     އިސްތިރާޖީ ގޮތެއްގައި ޖާގަހޯދުން:

އެހެން ގަސްގަހާގެއްސާ މަދުވެގެން ހައެއްކަ ފޫޓު ނުވަތަ ނުވަ ފޫޓެއް ހައި ދުރުމިނުގައި، އަދި ހިނގައިބިނގައިވެ އުޅޭ ގޯޅިތަކާ ހަތަރު ވަރަކަށް ފޫޓު ދުރުގައި ބޯގަންވިލެއާ އިންދާ ނަމަ، އެއަށް ޖާގަ ލިބި، އެއިން ލިބޭ ނުރައްކާ ހުއްޓުވޭނެއެވެ.

  އަދި ކަށިތަކުން ލިބޭ އަނިޔާތަކުން ރައްކާތެރިވުމަށް ޓަކައި މީހުންނާއި ގޭގައި ގެންގުޅޭ ޖަނަވާރު ގިނައިން ހިނގައިބިނގައިވެ އުޅޭ ތަންތަނުގައި އިންދުމުން ދުރުހެލިވުމަކީ    ކޮންމެހެން ބޭނުންތެރި ކަމެކެވެ.

   ·     ގަވާއިދުން ގަސް ކޮށައި ބެލެހެއްޓުން:

  އޭގެ ސައިޒާއި ބައްޓަން ކޮންޓްރޯލުކުރުމަށް ޓަކައި ގަވާއިދުން ކޮށައި ބެލެހެއްޓުމަކީ ބޭނުންތެރި ކަމެކެވެ. ބޯގަންވިލެއާ އިންދާން ކަނޑައަޅައިފައިވާ ސަރަހައްދުން ބޭރަށް      ނުދާނެކަން ޔަގީން ކުރަން ޖެހެ އެވެ.

    ·     ވަރުގަދަ ސަޕޯޓެއް:

  ވަރުގަދަ ގޮފިތައް ހިފެހެއްޓުމަށްޓަކައި ދަގަނޑުން ނުވަތަ ލަކުޑީން ވަރުގަދަ އޮނިގަނޑެއް ފޯރުކޮށްދިނުން މުހިންމެވެ.

    ·   ރައްކާތެރިކަމުގެ ހެދުމެއް ލައިގެން އުޅުން:

  ބޯގަންވިލެއާ ބަލަހައްޓައި ގެންގުޅޭ އިރު، ބޯ ފޮތީގެ ހެދުމެއް ލައިގެން އުޅޭ ނަމަ އަތް ކަނޑައިގެން ދިއުމުން ރައްކާތެރިވެވޭނެއެވެ.

    ·   ގޭތެރޭގައި ހެއްދުން:

  ގޭތެރޭގައި ހައްދާ ނަމަ ދުވާލަކު މަދުވެގެން ހަ ގަޑިއިރު ސީދާ އަވި ލިބޭ ފަދަ އަވިގަދަ ތަނެއް ޚިޔާރުކުރާށެވެ.

ދާޚިލިއްޔާ މަލުގެ ޠަބީޢަތަށް ބަލާ އިރު، ބިންމަތީގައި އިންދައި ހެއްދުމަކީ ރައްކާތެރި ކަމެއްނޫނެވެ. އެއީ ރީތި މަލަކަށް ވާތީ ކޮންމެހެން ހައްދާން ބޭނުން ނަމަ، މުށިމުށިގަނޑުގައި އިންދައި ހައްދައިގެން ރަނގަޅަށް ބެޖެހެއްޓިއްޖެ ނަމަ، މި ވެލުން ގެއްލުން ނުލިބި ގޯތިގެދޮރަށް ދާޚިލިއްޔާ މަލުން ޒީނަތްތެރިކަން ހޯދިދާނެއެވެ.

ކޮމެންޓު