ad_banner
ހިނީގެ ބަސް (3)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

6 އޯގަސްޓް 2025

ހިނަޏަކީ ވެސް ޢަޖާއިބެކެވެ.

(2025 ޖުލައި 30ގެ ޢަދަދާ ގުޅޭ)

އަޖައިބުކަން މާ ބޮޑު

 النمل ސޫރަތް ފެށިފައިވާ ގޮތަށް ބަލައިލަމާ ހިނގާށެވެ! ފުރަތަމަ އާޔަތަކީ ((طس تِلْكَ آيَاتُ الْقُرْآنِ وَكِتَابٍ مُبِينٍ)) އެވެ. ފެށެނީ މުޤައްޠަޢާތުގެ ދެ އަކުރުންނެވެ.އެއީ (طس) އެވެ.

-    ފުރަތަމަ އަކުރު (ط)، النمل ސޫރަތުގައި ތަކުރާރުވެފައިވަނީ 27 ފަހަރުއެވެ. 27އަކީ މުޞްޙަފުގައި  النمل ސޫރަތުގެ ތަރުތީބީ ވަނައެވެ.

-    ދެވަނަ އަކުރު (س) ، النمل ސޫރަތުގައި ތަކުރާރުވެފައިވަނީ 93 ފަހަރުއެވެ. 93 އަކީ النمل ސޫރަތުގެ އާޔަތްތަކުގެ ޢަދަދެވެ.

-    ފުރަތަމަ އަކުރު (ط) އަކީ އަލިފުބާ ތަރުތީބުގައި 16 ވަނަ އަކުރެވެ.

-    ދެވަނަ އަކުރު (س) އަކީ އަލިފުބާ ތަރުތީބުގައި 12  ވަނަ އަކުރެވެ.

-    މި ދެ އަކުރުގެ ތަރުތީބީ ވަނައިގެ ޖުމްލައަކީ 28 އެވެ. އެއީ އަލިފުބާ އަކުރުތަކުގެ  ޢަދަދެވެ.

ފެށި ހިސާބަށް އެނބުރިދަމާ! 

މި ޙަޤީޤަތްތައް ހަނދާނުގައި ބަހައްޓާށެވެ!

-         النمل ސޫރަތުގައި و އެއް ފަހަރު ވާރިދުވެފައިވާ އާޔަތްތަކުގެ ޢަދަދަކީ 15 އެވެ.

-         النمل ސޫރަތުގައި و  ދެ ފަހަރު ވާރިދުވެފައިވާ އާޔަތްތަކުގެ ޢަދަދަކީ 15 އެވެ.

-         النمل ސޫރަތުގައި و ތިން ފަހަރު ވާރިދުވެފައިވާ އާޔަތްތަކުގެ ޢަދަދަކީ 15 އެވެ.

-         النمل ސޫރަތުގައި و ހަތަރު ފަހަރު ވާރިދުވެފައިވާ އާޔަތްތަކުގެ ޢަދަދަކީ 15 އެވެ.

-         النمل ސޫރަތުގައި و ފަސް ފަހަރު ވާރިދުވެފައިވާ އާޔަތްތަކުގެ ޢަދަދަކީ 15 އެވެ.

-        މި އާޔަތްތަކުގެ 5 ގިންތީގެ ޖުމްލަ އާޔަތްތަކުގެ ޢަދަދަކީ 15 × 5 އެވެ.

-        މި ފަސް ގިންތީގައި و ތަކުރާރުވެފައިވަނީ 225 ފަހަރުއެވެ. އެއީ 15 × 15 އެވެ.

އާދެ! މިއީ އަޅުގަނޑު ކުރީން ހުށައެޅި ސުވާލެވެ. 15 މި އިޝާރަތް ކުރަނީ ކޮން އެއްޗަކަށް ހެއްޔެވެ؟  النمل ސޫރަތުގެ 15 ވަނަ އާޔަތަށް އެނބުރިދަމާތޯއެވެ؟  މި އާޔަތަކީ (وَلَقَدْ آتَيْنَا دَاوُودَ وَسُلَيْمَانَ عِلْمًا وَقَالَا الْحَمْدُ لِلَّهِ الَّذِي فَضَّلَنَا عَلَى كَثِيرٍ مِنْ عِبَادِهِ الْمُؤْمِنِينَ  ) އެވެ.

-    މިއީ  النمل ސޫރަތުގެ 15 ވަނަ އާޔަތެވެ. މި އާޔަތުގައި އޮތީ  15 ކަލިމައެވެ. މުޞްޙަފުގައި މި އާޔަތުގެ ތަރުތީބީ ވަނައަކީ 3174 އެވެ. އެއީ  23 × 23 × 6 އެވެ. 23 އަކީ ވަޙީ ބާވައިލެއްވުނު އަހަރުތަކުގެ ޢަދަދެވެ. 6 އަކީ ކޮން އެއްޗެއް ހެއްޔެވެ؟

-     النمل ސޫރަތުގައި و 6 ފަހަރު ވާރިދުވެފައިވާ އާޔަތްތަކުގެ ޢަދަދަކީ 6 އެވެ.

-    މުޞްޙަފުގެ ތަރުތީބުން 6 ވަނަ ސޫރަތުގެ 6ވަނަ އާޔަތަށް ޖެހިލަމާހިނގާށެވެ!މި އާޔަތަކީ ((أَلَمْ يَرَوْا كَمْ أَهْلَكْنَا مِنْ قَبْلِهِمْ مِنْ قَرْنٍ مَكَّنَّاهُمْ فِي الْأَرْضِ مَا لَمْ نُمَكِّنْ لَكُمْ وَأَرْسَلْنَا السَّمَاءَ عَلَيْهِمْ مِدْرَارًا وَجَعَلْنَا الْأَنْهَارَ تَجْرِي مِنْ تَحْتِهِمْ فَأَهْلَكْنَاهُمْ بِذُنُوبِهِمْ وَأَنْشَأْنَا مِنْ بَعْدِهِمْ قَرْنًا آخَرِينَ )) އެވެ. މި އާޔަތުގެ އަކުރުތަކުގެ ޢަދަދަކީ 138 އެވެ. އެއީ  23 × 6 އެވެ.

-      النمل ސޫރަތުގައި މުޞްޙަފުގެ ތަރުތީބުން 3174 ވަނަ އޮތް އާޔަތަށް ބަލާށެވެ! އެއީ 23 × 23 × 6 އެވެ. 

ޢަދަދުކުރައްވައި ހިސާބުކުރައްވަން ބޭނުންފުޅު ގޮތަކަށް ހިސާބުކުރައްވާށެވެ! ބޯދާ ގޮތަށް އިނގިލިބިންދަވައިގެން ކުރެއްވިޔަސް ، ޒަމާނީ ގޮތަށް އިލެކުޓްރޯނިކު ވަސީލަތްތަކުން ކުރެއްވިޔަސް ނަތީޖާއަށް ބަދަލެއް ނާންނާނެއެވެ.

މި ދަންނަވާ ޙަޤީޤަތްތައް ކަށަވަރުކުރައްވާށެވެ!

-     النمل ސޫރަތަކީ މުޞްޙަފުގެ ސޫރަތް ތަރުތީބުން 27 ވަނަ ސޫރަތެވެ.

-     النمل ސޫރަތުގައި ލަފްޒުލްޖަލާލަތި (ﷲ)  ތަކުރާރުވެފައި ވަނީ 27 ފަހަރުއެވެ.

-     النمل ސޫރަތުގައި ލަފްޒުލްޖަލާލަތި (ﷲ)  އިން ފެށިފައިވާ ހަމައެކަނި އާޔަތާ ވިދިގެން އަންނަނީ 27 ވަނަ އާޔަތެވެ.

-     النمل ސޫރަތް ފެށިފައިވަނީ ط އިންނެވެ.  النمل ސޫރަތުގައި މި އަކުރު ތަކުރާރުވެފައި  ވަނީ 27  ފަހަރުއެވެ.

-     އަކުރު و އަކީ އަލިފުބާ ތަރުތީބުން 27ވަނަ އަކުރެވެ.  النمل ސޫރަތުގައި و ނެތް ފުރަތަމަ އާޔަތަކީ 27ވަނަ އާޔަތެވެ. އެއީ (قَالَ سَنَنْظُرُ أَصَدَقْتَ أَمْ كُنْتَ مِنَ الْكَاذِبِيْنَ ) އެވެ.

-     މުޞްޙަފުގެ ފެށޭކޮޅުން މި އާޔަތުގެ މުޞްޙަފު ތަރުތީބަކީ 3186 އެވެ. މިއީ 27 × 118 އެވެ.

-    މުޞްޙަފުގެ ނިމޭކޮޅުން މި އާޔަތުގެ ތަރުތީބަކީ 3051 އެވެ. އެއީ 27 × 113 އެވެ.

-    ސޫރަތުގެ ފެށޭކޮޅުން މި އާޔަތުގެ ފުރަތަމަ ކަލިމައިގެ ތަރުތީބަކީ 324 އެވެ. އެއީ  27 × 12 އެވެ.

-    ސޫރަތުގެ ނިމޭކޮޅުން މި އާޔަތުގެ ފުރަތަމަ ކަލިމައިގެ ތަރުތީބަކީ 837 އެވެ. އެއީ 27 × 31 އެވެ.

-      النمل ސޫރަތުގެ ކުރީގައިވާ ސޫރަތްތަކުގެ ވަނަތަކުގެ ޖުމްލައަކީ 351 އެވެ. އެއީ  27 × 13 އެވެ.

-     النمل ސޫރަތުގެ ކުރީގެ ސޫރަތްތަކުގައިވާ  އާޔަތްތަކުގެ ޖުމްލައަކީ  3159 އެވެ. އެއީ 27 × 117 އެވެ.

މި ގޮތަށް  النمل ސޫރަތުގެ އާޔަތްތަކާއި އަކުރުތައް ތަރުތީބުވެ އިންތިޒާމުވެފައި މި ވަނީ ހަމަ ކުއްލިއަކަށް ހެއްޔެވެ؟ ކައު ރަސޫލާއަށް ކީރިތި ޤުރްއާނުގެ އަކުރުތަކާއި ލަފުޒުތައް މި ގޮތަށް ތަރުތީބުކުރައްވައި އަތުރުއްވަން އެނގިވަޑައިގަންނަވާނެ ހެއްޔެވެ؟

ކީރިތި ޤުރްއާން ނޫން ފޮތެއް މި މޭރުމުން ލިޔެވިފައިވޭހެއްޔެވެ؟

މި ޙަޤީޤަތްތަކަށް ގޮންޖެހޭނެ މީހަކު ނުވެއެވެ. މި ކަމާ އިންކާރުކުރެވޭނެ ފަރާތެއް ވެސް ނުވެއެވެ. އެއީ ސާބިތު ޢަދަދުތަކެކެވެ. އެއީ ޠަބީޢީ ޢަދަދުތަކެކެވެ. މި ޙަޤީޤަތްތަކާ ދެކޮޅަށް ޖަދަލުކުރާނެ ޖާގައެއް ނެތެވެ.  النمل ސޫރަތް ނިންމަވައިލައްވަމުން ﷲ ތަޢާލާ ވަހީކުރެއްވީ ކީކޭ ހެއްޔެވެ؟ އެއީ ވެސް ގޮންޖެހުމެކެވެ. އެއީ   النمل ސޫރަތުގެ 93ވަނަ އާޔަތެވެ. ( وَقُلِ ٱلْحَمْدُ لِلَّهِ سَيُرِيكُمْ ءَايَٰتِهِۦ فَتَعْرِفُونَهَا ۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا تَعْمَلُونَ- އަދި ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ތިޔަބައިމީހުންނަށް ނިކަންހުރެ އެކަލާނގެ ދައްކަވާހުށްޓެވެ. ދެން އެކަންތައްތައް ތިޔަބައިމީހުންނަށް އެނގޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންކުރާ عمل ތަކާމެދު غافل ވެވޮޑިގެނެއްނުވެތެވެ.))

މި އާޔަތަށް ބަލައިލަމާ ހިނގާށެވެ!

-        މި އާޔަތުގައި  ف 3 ފަހަރު ތަކުރާރުވެފައިވެއެވެ.

-        މި އާޔަތުގައި  ت  3 ފަހަރު ތަކުރާރުވެފައިވެއެވެ.

-        މި އާޔަތުގައި  ع 3 ފަހަރު ތަކުރާރުވެފައިވެއެވެ.

-        މި އާޔަތުގައި  ر 3 ފަހަރު ތަކުރާރުވެފައިވެއެވެ.

-        މި އާޔަތުގައި  ف 3 ފަހަރު ތަކުރާރުވެފައިވެއެވެ.

-        މި އާޔަތުގައި  و 4 ފަހަރު ތަކުރާރުވެފައިވެއެވެ.

-        މި އާޔަތުގައި ن 2 ފަހަރު ތަކުރާރުވެފައިވެއެވެ.

-        މި އާޔަތުގައި  هـ  3 ފަހަރު ތަކުރާރުވެފައިވެއެވެ.

-        މި އާޔަތުގައި  ا 7 ފަހަރު ތަކުރާރުވެފައިވެއެވެ.

-        މިއީ  (فَتَعْرِفُونَهَا) މި ޖުމްލައިގެ އަކުރުތައް މި ސޫރަތުގައި ތަކުރާރުވެފައިވާ ގޮތެވެ. 31 އެވެ.

އަލުން މި އާޔަތަށް ދަމާހިނގާށެވެ!

(وَقُلِ الْحَمْدُ لِلَّهِ سَيُرِيكُمْ آيَاتِهِ فَتَعْرِفُونَهَا) މި އާޔަތުގައި އައިސްފައިވާ ކަލިމަ ((آيَاتِهِ) އަށް ބަލައިލާނަމެވެ.

-        މި ކަލިމައިގައި  އައިސްފައިވާ   ا  ގެ އަލިފުބާ ތަރުތީބަކީ  1 އެވެ.

-        މި ކަލިމައިގައި  އައިސްފައިވާ   ى  ގެ އަލިފުބާ ތަރުތީބަކީ  28 އެވެ.

-        މި ކަލިމައިގައި  އައިސްފައިވާ   ا  ގެ އަލިފުބާ ތަރުތީބަކީ  1 އެވެ.

-        މި ކަލިމައިގައި  އައިސްފައިވާ   ت ގެ އަލިފުބާ ތަރުތީބަކީ  3 އެވެ.

-        މި ކަލިމައިގައި  އައިސްފައިވާ   هـ  ގެ އަލިފުބާ ތަރުތީބަކީ  26 އެވެ.

-        (آيَاتِهِ) މި ކަލިމައިގެ އަކުރުތަކުގެ އަލިފުބާ ތަރުތީބުގެ ޖުމްލައަކީ 59 އެވެ. 59 އަކީ 17ވަނަ ފުރަޢަދަދެވެ.

-        ކީރިތި ޤުރްއާނުގައި 17 ވަނައަށް އޮތް ސޫރަތަކީ  الإسراء  ސޫރަތެވެ.

-        މި ސޫރަތުގައި 17ވަނައަށް އޮތް ކަލިމައަކީ (آيَاتِنَا) އެވެ. މި ކަލިމަ އައިސްފައިވަނީ الإسراء ސޫރަތުގެ ފުރަތަމަ އާޔަތުގައެވެ. މި އާޔަތަކީ ((سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلًا مِنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا إِنَّهُ هُوَ السَّمِيعُ الْبَصِيرُ))

-        އަޖައިބުވަނިވި ކަމަކަކީ 17 ވަނަ ސޫރަތުގެ 17 ވަނ ކަލިމަ ކަމުގައި މި ކަލިމަވުމެވެ.

މާތް ﷲގެ މި ބަސްފުޅު ((سَيُرِيكُمْ ءَايَٰتِهِۦ فَتَعْرِفُونَهَا ۚ  - އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ތިޔަބައިމީހުންނަށް ނިކަންހުރެ އެކަލާނގެ ދައްކަވާހުށްޓެވެ. ދެން އެކަންތައްތައް ތިޔަބައިމީހުންނަށް އެނގޭނެތެވެ.)) އާ މެދު ނިކަން ވިސްނައި ބަލާށެވެ! ތިބާގެ ކުރިމަތީގައި އަދި ފުރްޞަތު އެބަ އޮތެވެ. ތިބާގެ ކުރިމަތީގައި އެ އޮތީ ﷲގެ އާޔަތްތަކުން ( މުޢުޖިޒާތްތަކުން ) އާޔަތެކެވެ.

-    ވިޔައަކުރުތަކުގެ ބަހުގައި ޝައްކުކުރާނެ މަޖާލެއް ނޯންނާނެއެވެ.އެއީ މުޠުލަޤު ޙަޤީޤަތެވެ.

-    ވިޔައަކުރުގެ ބަހަކީ ދޮގުހަދާނެ ބަހެއްނޫނެވެ. ވަކި މީހަކަށް ވަކި ގޮތަކަށް މުޢާމަލާތުކުރާނެ ބަހެއް ވެސް ނުމެނޫންމެއެވެ. އެ ބަސް އެކި ގޮތްގޮތަށް ފުރޮޅައެއް ނުލެވޭނެއެވެ. އޭގައި އޮންނާނީ އެކަމާނައެކެވެ. ދެކަމާނައެއް ނޯންނާނެއެވެ. ތަފާތު ގޮތްގޮތަށް ތަރުޖަމާއެއް ނުކުރެވޭނެއެވެ.  

މުޅި ދުނިޔޭގައި އޮތް ޤުރްއާނަކީ ހަމަ އެއް ޤުރްއާނެކެވެ. އެއީ މީގެ ސާދަ ސައްތަ އަހަރު ކުރީން ލިޔެވުނު ޤުރްއާނެވެ. އެންމެ އަކުރެއް ވެސް ބަދަލު ނުވެތެވެ. އަރަހުށި މާތް ﷲގެ ބަސްފުޅުގެ ތެދުކަމާއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَٰفِظُونَ - الحجر : 9 - ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ.))

(ނިމުނީ)

 

 

 

ކޮމެންޓު