Advertisement

މަޝްހޫރު ކުޅުންތެރީން (3): އަށް ފަހަރު "ބެލަން ޑޯރ" ކާމިޔާބުކުރި ލަޔަނަލް އެންޑްރޫ މެއްސީ

27 Nov 2023 | 14:01
.

ބުރެޒިލްގެ ފުޓުބޯޅަ ދަންނުގައި މެދުތެރެއަށް ކުޅުނު މަޝްހޫރު ކުޅުންތެރިއާ ފެލިޕޭ މެލޯގެ ނަޒަރުގައި އާޖެންޓީނާގެ ފުޓުބޯޅަ ތަރި ލަޔަނަލް މެއްސީއަކީ ދުނިޔޭގެ ތާރީޚުގައި އެންމެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރީންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. މެއްސީގެ ނަން، މެލޯ ހިމަނައިފައިވަނީ މިހާރު ދުނިޔެ ދޫކޮށްފައިވާ ޕެލޭއާއި ޑިއޭގޯ މަރަޑޯނާއާއި އެއް ދަރަޖައެއްގައެވެ.

މެއްސީގެ ޢުމުރުން 30އަށް ވުރެ މައްޗަށް ދިޔަ އިރު ވެސް އޭނާ އަންނަނީ ފުޓުބޯޅައިގެ ދަނޑުގައި އިތުރަށް ވަރުގަދަވެ ޝުހުރަތު ހޯދަމުންނެވެ. މި ދިޔައަހަރު ޤަޠަރުގައި ބޭއްވި ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި ތިންވަނަ ފަހަރަށް އާޖެންޓީނާއިން ވާދަކޮށް މެއްސީގެ ކައްޕިކަމުގެ ދަށުގައި އެ މީހުން ތަށި ހޯދިއެވެ. އެ ޓީމުން ކުޅުނީ އޭރު ދުނިޔޭގެ ޗެމްޕިއަންގެ މަގާމުގައި އޮތް ގައުމާއެވެ. އުމުރުން 36 އަހަރުގެ މެއްސީ މި ވަނީ ފުޓުބޯޅައިގެ މައިދާނުގައި މި އަހަރު އަނެއްކާ އިތުރު ކާމިޔާބީއެއް ހޯދައިފައެވެ.

"ބްރެޒިލް ކުޅުނީ ދުނިޔޭގެ ޗެމްޕިޔަނުންނާ ދެކޮޅަށެވެ. އެ މީހުންނަށް ލިބިފައިވަނީ ޕެލޭއާއި މަރަޑޯނާ ފެންވަރުގެ އެންމެ މޮޅު ކުޅުންތެރިޔާ މެއްސީއެވެ." މެލޯ ބުނެފައިވެއެވެ. "މިހާރަކު މެއްސީގެ ކުރީން ހުރި އިސްޕީޑެއް ނެތެވެ. ނަމަވެސް ކުރިއަށްވުރެ މާ ރަނގަޅު ތަޞައްވުރު މިހާރު ގޭމުގެ ކަންތަކުގައި އޮވެއެވެ."

"މެއްސީއަކީ މުޅި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޭނާގެ ކުޅުމާމެކު ހައިރާންވާހައި ވެއެވެ." މެލޯ ބުނެފައިވެއެވެ.

އާޖެންޓީނާގެ އަދި އިންޓަރމިއާމީގެ ތަރި މެއްސީއަށް، ރަންބޯޅައިގެ ޝަރަފު އަށްފަހަރު ވަނީ ލިބިފައެވެ. އެންމެ ފަހުން މި އަހަރު، ހުސްވި އޮކްޓޫބަރު 30 ވީ ހޯމަ ދުވަހު ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ބޭއްވި ރަސްމިއްޔާތެއްގައި "ބެލަން ޑޯރ"-2023ގެ ޝަރަފު މެއްސީއަށް ލިބުނު އިރު، މީގެ ކުރީން ހަތް ފަހަރަކު މެއްސީއަށް މި އިނާމު ލިބިފައިވެއެވެ. މިއީ މި ޝަރަފު އޭނާއަށް މިބުނު އަށްވަނަ ފަހަރެވެ.  އެ ރޭ އެއިނާމު ޙާޞިލުކުރި އަންހެން ކުޅުންތެރިއަކީ އެމެރިކާގެ އަންހެން ކުޅުންތެރިއެއްކަމަށް ވާ "އަނީތާ ބޮންމާތީ"އެވެ.

މިދިޔަ ފުޓުބޯޅަ މޫސުމުގައި ކުޅުނު55 މެޗުން މެސީ ވަނީ32 ލަނޑު ޖަހައި، 25 ލަނޑެއް ޖަހާން އެހީތެރިވެދީފައެވެ. މީގެ އިތުރަށް މިދިޔަ ފުޓުބޯޅަ މޫސުމުގައި މެއްސީ ހޯދައިފައިވާ ބައެއް ކާމިޔާބީތަކަށް ބަލައިލާ އިރު، ދުނިޔޭގެ ހުރިހާ ކުޅުންތެރިން އެ ތައްޓަކަށް އެދެމުން އައި، ފީފާ ވޯލްޑް ކަޕް މެއްސީ ވަނީ ކާމިޔާބުކޮއްފައެވެ. މެއްސީ ވަނީ ވޯލްޑްކަޕްގައި ހަތް ލަނޑު ޖަހައި ތިން ލަނޑެއް ޖެހުމުގައި އެހީތެރިވެދީފައެވެ. ހަމައެއާއެކު ފީފާ ވޯލްޑް ކަޕްގެ ރަން ބޯޅަ އެވޯޑް ވެސް މެއްސީ ކާމިޔާބުކޮއްފައިވެއެވެ. މެއްސީ ވަނީ ފަރަންސޭސި ކްލަބް ޕީއެސްޖީއަށް ލީގް ކާމިޔާބުކޮށްދީފައެވެ. އަދި އޭނާ މިހާރު ކުޅެމުން އަންނަ އިންޓަ މިއާމީއަށް ލީގްސް ކަޕް ކާމިޔާބުކޮށްދީފައެވެ.

ލަޔަނަލް މެއްސީގެ ފުރިހަމަ ނަމަކީ ލަޔަނަލް އެންދްރޫސް މެއްސީއެވެ. ނަމަވެސް އާންމުކޮށް ކިޔަނީ "ލިއޯ މެސީ"އެވެ. އަދި އެއަށްވުރެ ވެސް އާންމުކޮށް ކިޔަނީ ހަމަ އެކަނި "މެސީ"އެވެ. މިހާރު އޭނާ ކުޅެނީ ބޮޑު ލީގުގެ ފުޓްބޯޅަ ކުލަބެއްކަމަށް ވާ އިންޓަރ މިއާމީއާއި އާޖެންޓީނާގެ ގައުމީ ޓީމުގެ ކައްޕިއެއް ގޮތުގައެވެ. އާޖެންޓީނާގެ ރަސާރިއޯއަށް 1987 ޖޫން 24 ގައި އުފަންވި މެއްސީގެ މިހާރުގެ ޢުމުރަކީ 36 އަހަރެވެ. އޭނާއަށް ފުޓްބޯޅާއިގައި ނުލިބޭ އިނާމެއް ދަންނަވާކަށް ނޭނގެއެވެ. ވިލާތުގެ ރަން ބޯޓާއި އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އިނާމު ފަދަ އިނާމުތައް ހިމެނޭ ގޮތުން ދުނިޔޭގެ މަޝްހޫރު ސާޅީހަށް ވުރެ ގިނަ އިނާމު އޭނާ ވަނީ ޙާޞިލުކޮށްފައެވެ.

އެޑިޓަރުގެ ނޯޓް
.

Advertisement

ކޮމެންޓް