ޑރ. ޢަބްދުލްޙައްނާނު ވަޙީދު
21 ޖުލައި 2025
ސުޢޫދީ ޢަރަބިޔާގެ މިނިސްޓްރީ އޮފް މީޑީޔާގެ އިސްނެގުމެއްކަމުގައިވާ ކުނޫޒުން ]ދަ ޑެސްޓިނޭޝަން[ގެ ނަމުގައި، ސުޢޫދީ ޢަރަބިޔާއިން ފަހަކަށް އައިސް ހޯދައިފައިވާ ސިޔާސީ، އިޤްތިޞާދީ، އަދި ކުޅިވަރާއި ސަގާފީ ކުރިއެރުންތައް ދައްކުވައިދޭ ޑޮކިއުމެންޓަރީ ފިލްމެއް ނެރެފިއެވެ. މި ފިލްމުގައި ދައްކުވައިދެނީ، [ސުޢޫދީ ޢަރަބިއްޔާއިން] މެދުކެނޑުމެއް ނެތި ޙާޞިލުކުރަމުންދާ 'ވިޝަން 2030' އިޞްލާޙީ ޕްރޮގްރާމާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ސުޢޫދީ ޢަރަބިޔާ ކުރިއަރަމުންދާ ކުރިއެރުމެވެ.
މި ފިލްމުގެ ނަމުން ދައްކުވައިދެނީ، ގިނަ ދާއިރާތަކެއްގައި އުންމީދީ އަމާޒުތަކަށް ވާޞިލުވުމަށް ޓަކައި ސުޢޫދީ ޢަރަބިޔާއިން ކުރިމަގަށް ޓަކައި ކުރާ މަސައްކަތްތަކެވެ: މުޅި ދުނިޔެއަށް އަސަރުކުރުވާ ފަދަ އާދަޔާ ޚިލާފު މާސިންގާ ބިޔަ މަޝްރޫޢުތަކާ އެކު، ކުރާ ދެވަނައެއް ނެތް ލާމަސީލު ދަތުރެކެވެ.
[ދަ ޑެސްޓިނޭޝަން]އާ އެކު، ސުޢޫދީ ޢަރަބިޔާގެ މިނިސްޓްރީ އޮފް މީޑިޔާ އިން ދަނީ، މި ފަހުގެ ތާރީޚު ގައި ކުރިޔަށްދާ ޤައުމެއް ބަދަލުކޮށްލުމުގެ އެންމެ ފާހަގަކުރެވޭ އެއް ވާހަކާ އާ މެދު ބައިނަލް އަޤްވާމީ ހޭލުންތެރިކަން އުފައްދައި، މި މާސިންގާ ބަދަލު ގެންނަމުންދާ ގޮތް ދައްކުވައިދެމުންނެވެ.
ޝާހިދު، އެސްޓީސީ ޓީވީ، އަދި ސުޢޫދީ ޓީވީ ޗެނަލްތަކާއި، ސުޢޫދީ މިނިސްޓްރީ އޮފް މީޑީޔާ އާއި ކުނޫޒު ޕްލެޓްފޯމްތަކުން ބަލަން ލިބެންހުރި "ދަ ޑެސްޓިނޭޝަން" ގައި ސުޢޫދީ ޢަރަބިޔާގެ އެކި ސަރަޙައްދުތަކުގެ ޙަޤީޤީ ރިވެތި މަންޒަރުތައް ހިމަނާފައިވަނީ، ޤައުމީ ތަރައްޤީގެ ތަޞައްވުރެއް އުފެއްދުމަށެވެ.
ބެލުންތެރީންނަށް މި ޑޮކިއުމެންޓަރީގައި ފެންނާނެ ސުޢޫދީ ޢަރަބިޔާގެ ނުފޫޒު ގަދަ ޝަޚުޞިއްޔަތްތަކުގެ ތެރޭގައި، ކިންގ ފައިޞަލް ސެންޓަރ ފޯރ ރިސާރޗް އެންޑް އިސްލާމިކް ސްޓަޑީޒް (KFCRIS)ގެ ޗެއަރމަން ހިޒް ރޯޔަލް ހައިނެސް ޕްރިންސް ތުރުކީ އަލްފައިޞަލް؛ މިނިސްޓަރ އޮފް ސްޕޯޓްސް ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޢަބްދުލްޢަޒީޒު ބިން ތުރުކީ އާލް ސުޢޫދު؛ ޖެނެރަލް ކައުންސިލް އޮފް މިނިސްޓަރސްގެ އެޑްވައިޒަރ ޓު ދަ ސެކްރެޓޭރިއަޓް މާޒިން އައްސުދައިރީ؛ ދިރިޔާ ގޭޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ސީއީއޯ ޖެރީ އިންޒެރިއްލޯ؛ އަދި ކިންގ ފައިޞަލް ސްޕެޝަލިސްޓް ހޮސްޕިޓަލް (KFSHRC)ގެ ކާޑިއަކް ސާރޖަރީ ޑިޕާޓްމަންޓްގެ ވެރިޔާ ޑރ. ފިރާސް ޚަލީލު ހިމެނިވަޑައިގަންނަވައެވެ.
މާޒީއާއި، މިހާރާއި، ކުރިމަގާ ގުޅިފައިވާ ތަޞައްވުރަކާ އެކު، ހުރިހައި ސަރަޙައްދުތަކެއްގައި ހިންގާ ޚާއްޞަ މަޝްރޫޢުތަކާ އެކު [ދަ ޑެސްޓިނޭޝަން]އިން ދައްކުވައިދެނީ، ސުޢޫދީ ޢަރަބިޔާގެ ޖިއޮގްރަފީގެ ތަފާތުތަކާއި މުއްސަނދިކަން ފާހަގަކުރާ ޙަޤީޤީ ވާހަކަތަކުގެ ޒަރީޢާއިން އިންސާނީ 'މިނެވެ.' މި ފިލްމުން އަންގައިދެނީ، ސުޢޫދީ ޢަރަބިޔާގެ ޙަޟާރީ ކުރިއެރުންތަކާ އެކު، ޤައުމީ ހުނަރުވެރިކަމަށް ލިބުނު ބާރުވެރިކަމާއި، ސަގާފީ އުފެއްދުންތެރިކަމަށް ލިބުނު ކުރިއެރުމެވެ.
[ދަ ޑެސްޓިނޭޝަން]ގެ ޕްރޮޑަކްޝަން އިޢުލާންކުރެވިގެން ދިޔައީ، ނުވަ ޤައުމީ ސްޓޫޑިއޯއަކާއި، ޚާއްޞަ އަށްޑިހަ ކުންފުންޏަކާއި، 2،600އަށް ވުރެ ގިނަ ހުނަރުވެރި ފަރުދުންނާ ގުޅިގެން، ކުނޫޒު ފިލްމުތަކާއި ޑޮކިއުމެންޓަރީތަކާ އެކު، ޑިސެމްބަރ 2024 ގައި ބޭއްވުނު އިމްޕެކްޓް މޭކާރސް ފޯރަމް (impaQ)ގައެވެ. މިއިން ދައްކުވައިދެނީ، ސުޢޫދީ ޢަރަބިޔާގެ މިނިސްޓްރީ އޮފް މީޑިޔާއިން އެތެރޭގެ ޕްރޮޑަކްޝަންއަށާއި، ކޮންޓެންޓް އުފެއްދުމަށް ދޭ އެހީތެރިކަމެވެ.
ކުނޫޒަކީ، ސުޢޫދީ ޢަރަބިޔާގެ ސަގާފީ މުއްސަނދިކަމާއި، ތާރީޚީ ތަރިކަތަކާއި، ކޮންމެ ދާއިރާއެއްގައި ސުޢޫދީ ރައްޔިތުން ހޯދައިފައިވާ ކާމިޔާބުތައް ފުރޭފުކުރުމަށްޓަކައި 'ވިޝަން 2030'ގެ [ހިއުމަން ކޭޕެބިލިޓީ ޑިވެލޮޕްމެންޓް ޕްރޮގްރާމް] (HCDP)ގެ ތެރެއިން ކުރެވޭ ކަމެކެވެ. މީގެ ތެރޭގައި ހިމެނެނީ، ގިނަ ބަޔެއްގެ މެދުގައި މަޤްބޫލު، އަދި ބައިނަލްއަގުވާމީ ބޮޑެތި ފެސްޓިވަލްތަކުގައި އަޅުވަމުންދާ، އަދި މަތީ ފަންތީގެ އެތަކެއް އެވޯޑް ހާޞިލުކޮށްފައިވާ 'ހާޑް ފޭސް'، 'ސްޓޭޝަން 7'، 'ސީގަލް އޮފް ސުޢޫދީ ޢަރަބިޔާ'، 'ޢަލާ ހަޑެން ސަވާ'، 'ވަޓް ސުޢޫދީސް އީޓް'، 'ސުޢޫދީ އެޓްލަސް' އަދި 'ހޮރައިޒަން' ފަދަ، ޑޮކިއުމެންޓަރީތަކާއި، 'ރާއީ އައްރަޖަބް'އާއި 'ސަފްރާސް ނައިޓް' ފަދަ ކުރު ފިލްމުތަކެވެ.