އަބާ މުޙަންމަދު
20 ޖުލައި 2025
ޣައްޒާއާ ދެކޮޅަށް އިސްރާއީލުންދޭ ލާއިންސާނީ ޢުދުވާނު ކުރިއަށްދާ އިރު، އިތުރު ސަރުކާރުތަކުންނާއި ބައިނަލްއަޤްވާމީ އާންމު ޚިޔާލު އިސްރާއީލާ ދެކޮޅަށް އުފުލާ އަޑު، މަޑުމަޑުން ގަދަވާން ވަނީ ފަށައިފައެވެ. އަދި ވަކިވަކި ގައުމުތައް އަމިއްލައަށް އިސްރާއީލު ކުށްވެރިކުރުން އިތުރުވަމުން ވެސް އެބަދެއެވެ.
ހުޅަނގުގެ ބައެއް ގައުމުތަކުން އިސްރާއީލުގެ ވަޒީރުންނާ ދެކޮޅަށް މި ދިޔަ ހަފުތާތަކުގައި ދަތިކުރުމުގެ ފިޔަވަޅު އަޅައިފައިވާ އިރު، އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ކެނެޑާ ގުޅިގެން ވަނީ ޣައްޒާގައި މިއަދު އޮތް [އިންސާނީ ކާރިސާ]ގެ ޙާލަތު [ތަހައްމަލު ނުކުރެވޭ] މިންވަރަށް މައްޗަށް ގޮސް ހައްދުފަހަނަޅައިފައިވާކަމަށް ބުނެ އެ ޢަމަލުތައް (ލިޔުމުން) ކުށްވެރިކޮށްފައެވެ.
މި ހަފުތާގެ ކުރީކޮޅު [ގްލޯބަލް ސައުތު]ގެ ގިނަ ގައުމުތަކެއް ކަމަށްވާ [ދަ ހޭގް ގްރޫޕް]އިން [އިސްރާއީލުން ހިފައިފައިވާ ފަލަސްތީނުގެ ސަރަހައްދުތަކަށް ދޭ ހަމަލާތައް ހުއްޓުވޭނެ]ކަމަށް ބުނާ ގިނަ ފިޔަވަޅުތަކެއްގެ މައްޗަށް އެއްބަސްވެފައިވެފައިވާކަމަށް ބުނެއެވެ.
އަދި ޣައްޒާގެ ކެތޮލިކް ފައްޅިއަކަށް އިސްރާއީލުން ހަމަލާދިނުމާ ގުޅިގެން، މުޅި ދުނިޔޭގައި، ގިނަ އަދަދަކަށް އާންމުންނާއި ސިޔާސީ މީހުންންނާއި، ދީނީ ލީޑަރުން ގެންދަނީ ޣައްޒާގައި އިސްރާއީލުން ހިންގާ ނަސްލުހޭދާ ދެކޮޅަށް ވާހަކަދައްކަމުން އެބަ ގެންދެއެވެ.
އެހެންކަމުން، ސުވާލަކީ ދުނިޔޭގެ ބާރުތަކުން އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރުން އެބަ އިތުރުވޭހެއްޔެވެ؟
ހޭގް ގްރޫޕަކީ ކޮބާ؟
އެ ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން ހޭގް ގްރޫޕަކީ ބައިނަލްއަގްވާމީ ގާނޫނުގެ ދިފާއުގައި އަދި ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަމުގެ ގޮތުން [ގާނޫނީ އަދި ދީބުލޮމާސީ ފިޔަވަޅުތަކެއް] އެޅުމަށް ވައުދުވެ އެ ކަން ވިލަރެއްކުރާން އެއްބަސްވެފައިވާ ޚިޔާލު އެއް ގޮތް ޤައުމުތަކެއްގެ މައްޗަށް އެކުލެވިފައިވާ ބައިނަލްއަގުވާމީ ކުޑަ ޖަމާޢަތެކެވެ.
ދެކުނު އެފްރިކާއާއި، ބޮލީވިއާއާއި، ކޮލަމްބިއާއާއި، ކިއުބާއާއި، ހޮންޑިއުރާހާއި، މެލޭޝިއާއާއި، ނަމީބިއާއާއި ސެނެގާލާއި މި އަށް ޤައުމުގެ މައްޗަށް އެކުލެވިގެންވާ މި ޖަމާއަތުން ވަނީ ބައިނަލްއަގްވާމީ ގާނޫނުތައް ނަގަހައްޓައި ދަމަހައްޓައި، އދ.ގެ ޗާޓަރުގައި ބަޔާންކޮށްފައިވާ އުސޫލުތައް ރައްކާތެރިކުރުމުގެ އަމާޒެއް އަމިއްލައަށް ކަނޑައަޅައިފައެވެ.
އެ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި އެއީ ހަމަ ކޮންމެ ފަރުދެއްގެ މައްޗަށް ވެސް އެ އަސާސްތައް ދެމެހެއްޓުމުގެ ހައްގު ލިބިފައިވާ، އަދި އެ ކަން ނަގަހައްޓައި ދެމެހެއްޓުމުގެ ޒިންމާ ހުރިހައި ގައުމަކުން ވެސް އުފުލާންޖެހޭނެ އަސާސެކެވެ.
އެހެންކަމުން، ހަމަ ތަކުރާރުކޮށް އުފެދޭ ސުވާލަކީ ދުނިޔޭގެ ބާރުތަކުން އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރުން އެބަ އިތުރުވޭހެއްޔެވެ؟